އެވަގުތު ޔޮޓުގެ މެދުނުކެނޑި އިވެމުންދިޔަ އެލާރމްގެ އަޑުގެ ތެރެއިން ފޭދިގެން ފުލުހުންގެ ސައިރަންގެ އަޑު ފަނޑުކޮށް އިވެންފެށިއެވެ. ***** ފުލުހުންގެ ލޯންޗުތަކުގެ ނޫ އަދި ރަތްކުލައިގެ ސްޓްރޯބް އަލިތަކުން ލޮނުގަނޑު ދިއްލިގެން ދިޔައިރު، ބާރު ދުވެލީގައި އައި ފުލުހުންގެ ފަސް ލޯންޗެއް ހިނދުކޮޅެއްގެ ތެރޭގައި މެރީނާ ވަށާލައި ބަންދުކޮށްލިއެވެ. ތާރިޤުގެ މޫނުމަތީގެ ކުލަވަރު ވަގުތުން އޮއްސިގެން ދިޔައެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އޭނާގެ ކިބައިން ފެނުނު ކިބުރުވެރިކަމާއި ބޮޑާކަމުގެ ބަދަލުގައި، މުޅި މޫނުމަތިން މިހާރު ފެންނަމުން ދިޔައީ […]
އަޑު ޖެހުމާއިއެކު ނާއިލްގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. އޭނާ އައިރާގެ ކުރިމައްޗަށް އަރައި، އޭނާގެ ހަށިގަނޑުން އައިރާ ނިވާކުރިއެވެ. އެވަގުތު ބްރިޖަށް އެރީ ދެވަނަ އެހެން މީހެއް ނޫނެވެ. **** ތޯރިގު ހުރީ ސާފު ހުދު ކުލައިގެ ފޮތި ގަމީހެއްގައެވެ. އޭނާގެ އަތުގައި ރިހިކުލައިގެ ފިސްތޯލައެއް އޮތްއިރު، އޭނާގެ ދެފަރާތުގައި ހަތިޔާރު އެޅި ދެ ސެކިއުރިޓީ ގާޑުން ތިއްބެވެ. ތާރިގު ފެންނަފެނުމަށް ކުށްވެރިއަކާ ވައްތަރު އެއްގޮތެއްވެސް ނެތެވެ. އޭނާ ވައްތަރީ ހިތްގެޔޮ އޯގާތެރި މީހަކާއެވެ. މޫނުމަތީގައި […]
“ހިނގާބެ ސަޅި ރިވެންޖެއް އެގޮލާއަށް ދޭން!” ނާއިލް ނުރައްކާތެރި ބެލުމަކުން އެ ޔޮޓަށް ބަަލައިލުމަށްފަހު ބުންޏެވެ. އޭރު އޭނާގެ މޫނުމަތިން ފެންނަނީ ޖެހިލުން ކުޑަކަމެވެ. ***** އެމީހުން ތިބި މުދާ އުފުލާ ލަކުޑި ދޯނި ގޮސް ‘އޯޝަން ހޮރައިޒަން’ ގެ އޮމާން ފައިބަރުގައި މަޑުމަޑުން ކޭއްތިލުމަށްފަހު މަޑުވިއެވެ. ރިޟްވާން ދޯނިތެރެ ހާވައިލުމަށްފަހު ނަގިލި ނެގުމަށްފަހު ޔޮޓުގެ ފަހަތު ޕްލެޓްފޯމްގެ ރޭލިންގައި އަޅުވާ، އައްސައިލުމަށްފަހު އެމީހުން ތިބި ދޯނި ޔޮޓުގެ ހިޔަނީގެ ތެރޭގައި ހަރުކޮށްލިއެވެ. “ހެނދުނު ޝިފްޓަށް އަންނަ […]
“ރިޟްވާން! އިންޖީނު އިސްޓާޓް ކުރޭ، އަހަރެމެން މިދަނީ ހުޅުމާލެއަށް!” ނާއިލް ތެދުވެ، ދޯނީގެ މަތީގައި އަޅާފައިހުރި ލަކުޑި ބެރި ތަކުގެ ތެރެއިން ބެރިއެއްގައި ހިފަހައްޓާލަމުން ބުންޏެވެ. ***** ރިޟްވާން އިތުރު ބަހެއް ނުބުނެ، ބޯޖަހާލުމަށްފަހު ޒަޔާންގެ ކައިރިން ދެމިގަނެގެން ގޮސް ދޯނީގެ ފަހަތުގައި ހުރި ކުޑަ އިންޖީނު ރޫމަށް ވަނެވެ. އިރުކޮޅެއްގެ ތެރޭގައި، ދޯނީގެ އިންޖީނު ބާރު އަޑަކާއެކު އިސްޓާޓްވެ، މުޅި ދޯނި ގުޑުވާލިއެވެ. ނާއިލްގެ ފައިދަށުގައި ހުރި ފިލާގަނޑުތައްވެސް އިންޖީނުގެ ގުޑުމަށް ތުރުތުރުލަމުން ދިޔައެވެ. އެ […]
އެވަގުތު، ބޭރުގައި ހިނގަމުންދިޔަ ނުރައްކާތެރި ކަންތައްތަކާއި، ފަހަތުން އަޅުވާލާފައި ތިބި މީހުންނާއި، ބޯވަމުންދިޔަ ވާރޭގެ މަތިންވެސް ނާއިލް ހަނދާން ނެތުނު ކަހަލައެވެ. އޭނާ ހުރީ އައިރާގެ ރީތިކަމަށް ގެއްލިފައެވެ. ހިތާހިތުން ‘މާޝާ ﷲ’ އޭ ނާއިލް ބުނެލިއެވެ. ***** “ދެން އޯކޭ އަތުން ދޫކޮށްލިއަސް!” ނާއިލް އައިރާއާއި ދިމާލަށް ބަލައިލުމަށްފަހު މަޑުމަޑުން ބުނެލިއެވެ. އޭނާގެ އަޑު އައިރާއަށް އިވިގެންދިޔައީ އެ ދޯނީގެ އިންޖީނުގެ އަޑުގެ ތެރެއިންނެވެ. އައިރާއަށް ހޭވެރިކަންވީ ދެނެވެ. ދެމީހުންނަށް ތިބެވުނު ގާތްކަން އިހުސާސްވުމުން އޭނާގެ […]
“އެފަރާތް ބަލާބަލަ!” ދަތްޕިލާ ޖައްސާލައިގެން ހުރެ މަޑުމަޑުން އެމީހުންގެ ވާއަތް ފަރާތަށް އިޝާރާތް ކުރުމަށްފަހު ނާއިލް ބުންޏެވެ. **** މުދާ ބާލާ ފާލަމުގެ ތެތް ލަކުޑި ރޭމްޕުން ފައިބައިގެން އެ އައީ ތާރީގުގެ ބިޔަ ސެކިއުރިޓީ ޓީމެއް ނޫނެވެ. އެއީ ކަޅު ވާރޭ ކޯޓަކާއި، ކާގޯ ފަޓުލޫނެއް ލައިގެން ހުރި އަންހެން ކުއްޖެކެވެ. ބަނދަރުގެ ބައްތިތަކުގެ އަލީގައި އޭނާގެ އިނގިލިތަކުގައިވާ ރިހި ކުލައިގެ އަނގޮޓިތަކާއި އަތުގައި އަޅައިފައިވާ ޗޭނު ފަށްތަށް ދިޔައީ ބަބުޅަމުންނެވެ. ލައިގެން ހުރި ކޯޓުން […]
“މިއީ ހަމަ އަސްކަރީ ފެންވަރުގެ ސެކިއުރިޓީއެއް. ބްރޯ، ތާރިގަކީ ހަމައެކަނި ރިސޯޓް މަހުޖަނެއް ނޫން. އޭނާ މި ހިންގަނީ ވަރަށް ނުރައްކާތެރި، ވަގު ނެޓްވޯކެއް!”. ޒަޔާން ހާސްވެފައިހުރި ފާޑަކަށް ބުނެލިއެވެ. *** ނާއިލް އޭނާގެ ފައިބުޑުގައި އޮތް ފޮށީގެ ތެރޭގައި އޮތް ފެންޖެހި މިލައިފައިވާ ކަރުދާސް ފޮތް ހުޅުވާލިއެވެ. އޭގައިވާ ލިޔުންތައް ހުރީ ފަނޑުވެފައިވާ ނޫކުލައިގެ ދަލަކުން، ތުރުތުރުލާ އަތަކުން ލިޔެފައެވެ. އޭގައި ހުރީ މީހުންގެ ނަންތަކާއި، ތާރީޚުތަކާއި، ކަނޑުމެދުގެ ކޯޑިނޭޓްތަކުގެ އިތުރުން، އެތައް ސުންތަކެއް ހިމެނޭ […]
ނާއިލް، ޒަޔާނަށް އިޝާރާތްކުރީ ފާލަންމަތީގައި ރަފީގަށްް ބަލަހައްޓައިގެން ހުރުމަށެވެ. އަދި އޭނާ ފީފާއާ ގާތްވިއެވެ. ރަފީގަށް ފާރަވެރިވެ ހުރެ، ވަރަށް ސަމާލުކަމާއެކު، ނާއިލް އެ ބަރު ފޮށީގެ ދެ ތަޅު ނައްޓާލިއެވެ. އެއާއެކު، ބަންދުވެފައި ހުރި ވައިގެ އަޑާއެކު ފޮށި ހުޅުވިގެން ދިޔައެވެ. ***** ފޮށީގެ ތެރޭގައި، ކަޅުކުލައިގެ ފޯމުގަނޑެއްގެ މަތީގައި އޮތީ ތިން މިލިއަން ޑޮލަރުގެ އަލިމަހެއް ނޫނެވެ. އޭގެ ބަދަލުގައި އޮތީ ރިހިކުލައިގެ ސެޓެލައިޓް ޑްރައިވެއްގެ އިތުރުން، ފެން ޖެހި ހަލާކުވެފައިވާ ކަރުދާސް ފޮތަކާއި، […]
ރޭގަނޑުގެ އެ ހަލަބޮލި ވަގުތުގައި ހެންވޭރުގެ ހަނި، ގުދު ގޯޅިތަކުގެ ތެރޭގައި، ކުލަ ފަނޑުވެފައިވާ ނޫކުލައިގެ ފާރުތަކުގެ ކައިރިން ސައިކަލުތައް ދުއްވާފައި ދާއިރު، ނާއިލް އިނީ މަގުގެ އެއްފަރާތުގައި މަޑުކޮށްލައިގެން އޮތް، ކަޅު ބިއްލޫރި ޖެހި ނޫކުލައިގެ ‘ހިޔުންޑާއި’ ކާރެއްގެ ތެރޭގައެވެ. ކާރުގެ އިންޖީނު މަޑުމަޑުން ހިނގަމުން ދިޔައީ، އިކުއޭޓަރުގެ ތެތްފިނި ހޫނުމިނުން ސަލާމަތްވުމަށް އޭސީގެ ފިނިކަން ހިފެހެއްޓޭ މިންވަރަށެވެ. ބޭރުގައި، މޫސުމީ ބޯވާރޭގެ ފެންގަނޑުތައް ޓިނު ފުރާޅުތަކުން އޮހެމުން ގޮސް، މަގުގެ ކައިރީގައި ހުރި ކުނިބުންޏާއި […]