އުޑުގައި ދަތުރު ކުރަމުން ދާ ހުދުކަން ގަދަ ވިލާތަކުން ނޫކުލައިގެ އެ ބޮޑު އުޑު އިތުރައް ރީތި ވެފައި ފުރިހަމަ ކަމައް ދައްކައެވެ. ގާޑަން ވިވް އަށް ވަދެގެން އަންނަ މަގުގެ ދެފަރާތުގައި އިންދާފައި ހުރި އެކި ކުލަ ކުލާގެ މާމެލާ މެލީގެ ގަސްތަކުގައި ފޮޅެފައި ހުރި މަލުގެ މީރުވަސް މުޅި އެ ހިސާބު އެއް ވަސް ކޮއްފައި ވެއެވެ. މުޅިގޭ ގޯތި ތެރެ ފެންނަނީ ފެހި ކޮށްށެވެ. ގެއަައް ވަންނަ މަގާ އެކު ގޯތި ތެރެ ހަދައިފަ ހުރި އުދޯލި ގެއާ ޕޫލް އަދި ޕްލޭ ގުރައުންޑް އަށް ދާން އޮންނަ މަގުގައި ގައު އަޅާފަ ހުރި އިރު އެހެން ހުރިހާތަނެއް ގައި ވަނީ ކާޕެޓް އިންދާފަ އެވެ. ގޭގެ ބިއްދޮށުގައި އެކި ކުލަ ކުލާގެ ފަތް ހުރި ބޮޑެތި ގަސްތަކުން ގޭގެ ރީތިކަން އިތުރައް ފުރިހަމަ ކޮއްދެއެވެ. ވިނުވީ އެއް ނޭންގި ވައި ގަދަވެ އުޑުގައި ކަޅު ވިލާތައް ގިނަވާން ފެށާފިއެވެ. ގިނައިރުތަކެއް ނުވެ ރުޅިވެރިކަމާ އެކު އުޑު ކަޅުކުރަމުން ދިޔަ ކަޅު ވިލާ ތަކުން ބޮޑެތި ފެން ތިކިތައް ބިމުގައި ބޮސް ދެމުން ދިޔައެވެ. އިންދާފައި ހުރި ގަސްތަން ވެސް ވެހެމުން ދިޔަ ވާރެއަށް އިޖާބަ ދިނުމުގެ ގޮތުން ދެކޮޅަށް ހެލިލަ ހެލިލާ ހުއްޓެވެ. ކުޑަ ދޮރުން މި ހިތްފަސޭހަ މަންޒަރު ބަލަން ޝިބާން ހުރި އިރު އޭނަ އަށް މިކަމުން އެއް ވެސް އަސަރެއް ނުކުރާ ފަދައެވެ. އެކަން އޭނަގެ މޫނު މަތީގައި ހުރި އުދާސް ކަމާ ލޮލުން އައިސް ހުރި ފެނުން ހެކިވެދެ އެވެ. ޝިބާންގެ ތުންފަތް މައްޗައް ކުޑަ ހިނިތުން ވުމެއް ވެރިވެގެން ދިޔައީ 2އަހަރުގެ ކުޑަ ޝައިނާ ސިއްރު ސިއްރުންގެައިން ނިކުމެ ގޯތި ތެރޭ ވިނަގަދު މަތީ އޮށޮއްވެ ދެކޮޅައް އެބުރި އެބުރިފައި ކުޑަ ބޮކެއްގެ ފަހަތުން އެ ފުންމާ ގޮތައް ފުންމާ އުޅޭ މަންޒަރު ފެނިފައެވެ. “ޝިބާން ތިގޮތައް ހީލީމަ ވަރަށް ލޯބި” ޒޯއި ޝިބާން ގެ ގާތައް ޖެހިލަމުން ބުނެލިއެވެ. ޝިބާން ޖަވާބް ދިނުމެއް ނެތި ހިގައި ގަތީ ބޭރައްށެވެ. “ދަރިފުޅާ ޝައިނާ… އާދެބަލަ ޑެޑީ ގާތަށް… ރޯގާ ޖެހިދާނެ ދޫނީ….” ޝިބާން އޯގާތެރި ކަމާ އެކު ޝައިނާ އަށް ގޮވާލިއެވެ. “ޑެޑީ ބަލާބަ ޝައިއްކޮ ފުރޮގް ކޮޕީ ކުރަނީ…. ވަރަށް މަޖާ ” ޝައިނާ އަދިވެސް ބޮއް ފުންމާ ގޮތައް ފުންމަމުން ޝިބާން ގާތު ބުނެލިއެވެ. ޝިބާން ގާތަށް ހިނި އައިސް އެ ލޯބި ދަރިފުޅުގެ ހަރަކާތްތަކަށް ލޯބިން ފުރިގެންވާ ނަޒަރަކުން ބަލަހައްޓައިގެން ހުއްޓެވެ. “ދޫނީ ދެން އާދޭ އެތެރައް…..” ޝިބާން އޯގާތެރި ކަމާއެކު ބުނެލިއެވެ. މިފަހަރު ޝައިނާ އެއްވެސް ދެކޮޅު ހެދުމެއް ނެތި ޝިބާން އަތު ހިފާލައިގެން ގޭތެރެއަށް ވަދެއްޖެއެވެ. ޝަަަަައިނާ ގެންގޮސް ފާހަނާ އަށް ވަށްދައި ކުޑަކޮށް ގައި ދޮވެލުމަށް ފަހު ނެރެ ސުވެޓަރ ފާޑުގެ ބޯ މަތިކޮޅަކާ ޖިންސެއް ލައްވާލުމައްފަހު މެންދުރުގެ ނާސްތާ ގެނައުމައް ޝައިނާގެ ނެނީ ގާތު ބުނެލިއެވެ. ޝައިނާ ބަލަން މީހުން ތިއްބަސް ޝިބާން އެ މީހުނަށް ޝައިނާގެ އެއްވެސް ކަމެއް ކުރާކަށް ނުޖައްސައެވެ. ޝައިނާ ސޯފާގައި ބޭންދުމަށްފަހު ކާޓޫން އަޅުވަދީފައި އެބުރިލި އިރު އިނީ ޓިއުޓެކްސް ފުޅި ތަކެށް ހިފާގެން ފައިގެ ނިޔަފަތި ތަކުގައި ކުލަ ޖައްސާށެވެ. ގުދުވެލާގެން އޮތްއިރު ބޮލުގެ އިސްތަށި ތައް މޫނު މައްޗަށް ވެއްޓިފައި ހުއްޓެވެ. ބޮޑު ވައް ދެލޯ ފެނުމުންއެސް މީހުން ލޯބިން ފުރޭހާވެއެވެ. އެސްފިޔަތަށް ދިގުކަމުން އެ ބޮޑު ދެލޯ އިތުރަށް ފުރިހަމަ ކޮށްދެއެވެ. ހަމުގެ ކުލަ އަލި ނޫން ނަމަވެސް ހަންގަޑު އޮމާން ވެފައި އޮފްކަން ގަދައެވެ. ފިނި ގަދަކަމުން އެލޯބި ތުންފަތް ވަނީ ކަޅުވެފައެވެ. ޝައިނާ ބަސްގަބޫލޮ ކޮއް ކަންކަމާ ބޮޑާ ހާކާ ނޫޅޭތީ ޝިބާން އަށް ޝައިނާ ގެންގުޅެން ވަރަށް ފަސޭހައެވެ. އަދި ހަމަ އެހާ އުފާވެސް ވެއެވެ. ކާންދީ ނިންމާލުމަށްފަހު ޝައިނާ ގެންގޮސް ނިންދަވާލާފައި އެދުގައި ބޭއްވިއެވެ. އެދުން ތެދުވެގެން ކުޑަ ދޮރުކައިރިއަށް ޝިބާން ދިޔައެވެ. ކުޑަދޮރުންކޮޓަރީތެރަށް ވަންނަމުން ދިޔަ ފިނި ރޯޅިތައް ޝިބާން ގެ އިސްތަށިގަޑާ ސަމާސާ ކުރަމުން ދިޔައެވެ. ގަސްތައް އެގޮތް މިގޮތަށް ހެލި ހެލި ހުރިއިރު ފެންނަ ފެނުމަށް ހީވަނީ ގަސްތައް ނަށަާ ހެންނެވެ. ދުރުން ފެންނަ މަންޒަރު ބަލާލަން ކިތަންމެ ހިތް ގައިމު ކަމުގަިއިޔަސް އޭގެން އެއްވެސް އަސަރެއް ޝިބާން އަށް ނުކުރާކަހަލައެވެ. އެފަދަ މަންޒަރު ތަކުން އޭނާގެ ހިތަށް ކުރަނީ ބުނަންވެސް ނޭންގޭ ކަހަލަ އަސަރެކެވެ. ދުވަސްތަށް މާޒީވެ ގޮސް ކިތަންމެ ޒަމާނެށް ވިޔަސް ފިލާގެން ނުދާނެ ހިތި އަސަރު ތަކެކެވެ. ” ޝިބާން ކީއްވެތަ ތިހެން އަބަދު ހިމޭންވެފަ ހުންނަނީ….. އަހަރެން މިހާ ލޯބިން އުޅޭއިރުވެސް ޝިބާން އެއްވެސް ވަރަކަށް އަހަރެންށް ސަމާލުކަމެށް ނުދެ…. މީގެ 4އަހަރު ކުރީގެ ޝިބާން ކޮބާތަ.. އެދުވަހު ވީ ލޯބި ކޮބާތަ…. އެދުވަހު ވީ ވައުދު ތަށް ކޮބާތަ؟؟؟؟؟ ޕްލީޒް ޝިބާން އަހަރެންނަށް ތިހެން ނުހަދާ.. އަހަރެން ކުޝަކީ ކޮބާތަ؟؟ ” ޒޯއި ޝަކުވާ ފުރިގެންވާ ނަޒަރަކުން ޝިބާން އަށް ބަލާލުމަށް ފަހު އަސަރުން ފުރިގެންވާ ބަސްތަށް އަމުނާލިއެވެ.. ޝިބާން ބަލަހައްޓަިގެން އިރުކޮޅަކު ހުރުމަށްފަހު އެތަނުން ދުރަށް ދާން ހިގައިގަތެވެ. ނަމަވެސް ޒޯއި ހުރީ ހުރި ފިޔަވަޅު މަތީ ގުޑާވެސްނުލައެވެ. ” ތިހުރިހާ ސުވާލެށްގެ ޖަވާބަކީ މީ” ޝިބާންގެ އަޑާ އެކު ޒޯއި އަށް ދިއްކޮށްލީ ފޮތެކެވެ. އޭގައި ވަނީ “ޝައިން” ޖަހާފައެވެ. “ޝައިން”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.


siban aky anhenneh hn sifa kurumun dheyhavany…bt dharifulhah govaaaly dadyy kairi ah aumah..
Sifakurun v furihama
v v v v vv v nice
i am still confused weather shibaan is a girl or a boy
but it was still really beautiful and awesome keep it up
dhdn