-*-*-*-*-*-*-*–*-*-*-*-*-*-*-*-*-*-*-*-*-*–*-*-*-*-*-*-*-*-* ޝިބާން ….. ދަރިފުޅަ މާލެ ދާން ތައްޔާރުވޭ… މިހާރު ކިޔަވާވެސް ނިމުނީނު” ފަރީދު އޭނާގެ ހަމައެކަނި ހުރި ދަރިފުޅު ގާތު ބުނެލި އަޑު އިވުނެވެ. “ނޫން ޑޭޑް.. އައި ޖަސްޓް ހޭޓް މާލެ ސޯ ބޯރިންގް ޕްލޭސް…” ޝިބާން ކުދިކިޔާ ފާޑަށް ތުން އޫކޮއްލާފައި ބުނެލިއެވެ. ފަރީދު އަށް ޝިބާންގެ މި ހަރަކާތުން ހިނި އައްނަ ގޮތްވިއެވެ. “އެކަމަކު ދަރިފުޅާ މިފަހަރު ބައްޕަ ބޭނުމީ ދަރިފުޅު މާލެ ގެންދަން… ބޮޑުދާތަ ވެސް ބުނި މަންމަ ނިޔާވިފަހުން ޝިބާން މާލެ ނުދާ ވާހަކަ.. އެހެން ވީމަ ވާނެ މިފަހަރު ކޯންމެހެން ހަދާފަވެސް ދާން..” ފަރީދު ޝިބާން އަށް ވިސްނޭނެހެން ބުނެލަދިނެވެ. ނަސީބަކުން މިފަހަރު ޝިބާން މައްސަލަ ޖެއްސުމެށް ނެތި ބައްޕަގެ ބަސް ގަބޫލް ކުރިއެވެ. 3ދުވަހުގެ ތައްޔާރު ވުމަކަށްފަހު ޝިބާން އާއި އޭނަގެ ބައްޕަ މާލެ އަތުވެއްޖެއެވެ. މާލެ ފަސްގަޑުގައި ފައި ޖެހުމާއެކު ޝިބާން އަށް އަމިއްލަ ވަންތަ އިހުސާސެއް ކުރެވުނީ ކީއްވެ ކަމެއް ހުދު އޭނަ އަށްވެސް ނޭގުނެވެ. “ޝިބާން.. ކޮބާކިހިނެތް ބުރޯ.. ހާދަ ދުވަހެށް ކޮށްލާފައޭދޯ މި ދިމާވީ” އިޒާން ބުނެލިއެވެ. އިޒާން އަކީ ޝިބާން ބޮޑުދައިތައިގެ ހުރި ހަމައެކަނި ދަރިފުޅެވެ. ރީތި ކަމުން ފުރިގެންވާ ޒުވާނެކެވެ. ހިމަދިގު ލޮލުގަިވާ ކަޅި އަކީ މަޑު ފެހިކުލާގެ ކަޅިއެކެވެ. ބޯ ބުމަ އަކާ ދިގު އެސްފިޔަތަކުގެ އެހީގައި އެ ދުލޯ ވިދަ ވިދާ ހުއްޓެވެ.ހަމުގެ ކުލަ އަލިވެފަ ފިރިހެން ވަންތައެވެ. ބޮލުގެ އިސްތަށި ކަޅުކޮށް ކުރުކޮށް ކޮށާލާފައި ހުރުމުން މީހާ އިތުރަށް ހަރުދަނާ ކަމަށް ދަށްކައެވެ. ނަމަވެސް ޝިބާންގެ ރީތިކަން އެއަށްވުރެ މާ ފުރިހަމައެވެ.އެމެރިކަން ސްޓައިލް ގައި ޝިބާން ފެންނަލޭ މާފުރިހަމައެވެ. އަރާމްކޮއްލުމައްފަހު ހޭލެވުނީ އިރުއޮއްސުމަށްފަހު އެވެ. ކުޑަކޮށް ތާޒާވެލުމަށްފަހު ބޭރަށް ދާންނިކުތީ އިޒާން އާއި އެއްކޮށްށެވެ.ސަބަބަކީ އަދި މާލޭގައި ހިގަން ނޭގޭތީއެވެ. ދެމީހުން ނިކުމެގެނ ފުރަތަމަވެސް ދިޔައީ ސުނާމީ ބިނާ އަށްށެވެ. އެއީ ޝިބާން ޔޫކޭގައި އުޅުނު އިރު ކޮއްކޮ އީޝާ މާލޭގެ އެންމެ ހިތްފަސޭހަ ތަނަކީ އެއީ ކަމުގައި ބުނަތީއެވެ.. “އިޒަން ދެން އޯކޭ ދިޔަސް.. މިހާރު އެގޭނެ ގެއަށް ދާން.. ތޭންކްސް އެގޭ” ޝިބާން އިޒާން އާއި ދިމާލަށް ބުނެލިއެވެ. އިޒާން “އާ ޔޫ ސުވަރ” ހޭ ކިޔައި އަހާލުމުނ ޝިބާން ބޯ ޖަހާލުމާއެކު ސައިކަލުގައި އެހެންދިމާ އަކަށް މިސްރާބަ ޖަހާ ސުނާމީ ބިނާ ފަސްދީ ހިގައްޖެއެވެ. ކަޅުކަން ވެރިވެފައިވާ އުޑުގައި ފިޔަޖަހަމުން ދިޔަ ތަރިތަށް ފެނި ޝިބާން ހައިރާންވިއެވެ. މިވީހާ ދުވަހު އޭނާ އަށް އެފަދަ ހިތްގައިމު މަންޒަރެއްފެނިފައި ނުވާ ފަދައެވެ. އެސްފިޔަ ޖަހާލަންވެސް ބޭނުންނުވީ ފެނިދާ މަންޒަރު ހިދުކޮޅަކަށް ނަމަވެސް ގެއްލިގެން ދާން ބޭނުން ނުވާތީއެވެ. “މަންމާ.. ކީއަވެތަ ތިގޮތައް ކަންތައް ކުރީ.. ކީއްވެ ބައްޕަ އެގޮތައް ކަންތައް ކުރަނީ.. ދަރިއަކަށް މިފަދަ ގޮތެށް ހަދާނީ ހިތެށް ނެތީމަ ދޯ މަންމާ” ޝިބާން އަށް އިވެމުން ދިޔަ އަޑު އިވެމުން ދިޔައީ އޭނާއާ ފުރަގަހައް ހުރި ބުރުގެ އަނެށްފަރާތުންނެވެ. އެތަނުގައި މީހަކު ފެންނާން ނެތުމުން ހިތައް ބިރުވެރި ކަން އަދުނެވެ. ނަމަވެސް އެގޮތައް ރޮއިފައި ވާހަކަ ދައްކަނީ ކާކުކަން ބަލަން ހިތުގައި ޝައުގު ވެރިކަން ވެރިވީ ކީއްވެ ކމެއް ހުދު ޝިބާން އަށްވެސް ނޭނގުނެވެ. ސިއްރު ސިއްރުން ބުރުގެ އަނެއް ފަރާތައް ގޮސް ބަލަަލިއެވެ.. ޒުވާން އުމުރުގެ އަންހެން ކުއްޖަކު ދުރުގައި ފެންނަން އޮތް ކަޅު ކަޑާ މުހާތަބު ކުރަނީއެވެ. މޮޔަކުޖެކެވެ. އެ ކަޑައް އެގޭނީ ކޮންއެއްޗެއް ހެއްޔެވެ؟ އިރުކޮޅަކުން އިވުނީ އޭނާގެ ފޯނު ރިންގުވި އަޑެވެ. އެ އަންހެން ކުޖާ ސިއްސައިގެން ގޮސް އަތުއޮތް ފޮނުވެސް ނުވެއްޓުނީ ކިރިޔާއެވެ. “މަން…މަންމާ…އަޅުގަނޑު މިދަނީއޭ…..” އެ އަންހެން ކުއްޖާ ބުނެލި އަޑު އިވުނެވެ. ޝިބާން އަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގި އާޝޯހު ވެފައެވެ. ޝިބާން ބޭރު ގައުމުތަކުންވެސް ރީތި ކުދިން ފެނެއެވެ. ނަމަވެސް މިވަރެއް ނުވެއެވެ. އަވަސް އަވަހައް ތެދުއެގެން އެ ކުއްޖާ ގޮސް އޮބާލަން ދެނަ ޝިބާން އަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. “ވާވް…ޝީ އިޒް ސޯ ޕްރިޓީ” ޝިބާން އަށް ބޭ އިހްތިޔާރުގައި ބުނެލެވުނެވެ. އެބުރި ގެއަށް ދާން ބޭނުން ވެގެން އެބުރިލި ތަނާ ފައިގައި ޖެހުނީ ކުޑަ ފޮތެކެވެ. ފޮތުގެ ބޭރު ގަޑުގައި ބޮޑުއަކުރުން “ލޯބިވާ މަންމަ އަށް” ޖަހާލާފައި އޮތެވެ.. އެއީ ދެންމެ އެތާނގައި އިން ކުއްޖާގެ އެއްޗެއްކަން އެނގި އޭގައި ލިޔެފައި ވަނީ ކޮން އެށްޗެއްތޯ ކިޔާލަން ބޭނުންވިޔަސް ގެއަށް ގޮސް ކިޔާލަން ފަސްކޮށްލީ ބަނޑުހައިވެސް ވެފަހުރިލޭ ބޮޑުކަމުންނެވެ. ގެއަށްދިޔަ މަގުމަތީ އެކި އެކި ތަން ތަން ފެނި ހިތްހަމަ ޖެހުމެއް ލިބުނެވެ. ގެއަށް ވަދެ ކުޑަކޮށް ފުރެޝް ވެލުމަށް ފަހު ކާގެން ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާ ލުމަށްފަހު ސުނާމި ބިނާ އިން ފެނުނު ފޮތް ހުޅުވާލިއެވެ. *ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.


v reethi mi part ves…. keep it upn avaskoh up kohlla deyne kamah unmeedh kuran…☺☺☺☺☺☺
esfiya ves mihaaru haadha kadaey story ey liyan fashaairu up kuran jehey date up ey nuvey kiun therin thiben jeheny maayoos vegen..mi story ah vaany kihine baa…………….
story nice but v speling mistake ebahuri, re check kollaafa up kollyma k vaane kanneyge e prob, n divehi liya kolhah change nukohthi iny up kollaafa, select koffa right side ah select koffa up kollaa, n sukunuge masssalaves eba ulhey, gud luck.
I love u shaizaan
Vaahaka liyun huttalafa aadhe ma kairi ah dhen shaai neitha dhen ithuru chance kolheh ummmmm i m in so love wwith u n ur s all things
Haaadha kurey …thankolheh Dhigukn up kohdheeeba …..v reethi Mi part ves
Knme part eh ninmaalaneee fothakun…. Eyga otheee anehkaaa kohcheh baaa
Xaa mi kiyany kykey baa vaahaka liyun huttaaln mioh govaalany
Suvaa aky koacheh? Are you suvaa?