“މަންމަ… ކީއްވެ ކުއްލިއަކަށް… ތިވާހަކަ ތި ދެއްކީ” ހަމަ ޖެހޭގޮތް ދައްކަމުން ފައިސަލު ވާހަކަ ދެއްކިއެވެ. “ދޮންބެ މުސްކުޅި ވާތީ އެއްނު… މިހާރު 24 އަހަރު ވަނީ..” ފައިހާ މަލާމަތްކޮށްލިއެވެ. ” މަންމައަށް އަތްގާތް ކޮށްދޭނެ ކުއްޖެއް ނެތީމަ… ފައިހާވެސް އެއުޅެނީ ކިޔަވަން މާލެދާން…” ފަހީމާ އެހެން ބުނެލި ވަގުތަކީ ތާރާވެސް އައިސް ކާގެއަށް ވަތް ވަގުތެވެ. ފައިސަލު ކަޅިޖަހައި ނުލާ ތާރާގެ މޫނަށް ބަލަމުން ދިޔައެވެ. ހީވާ ކަހަލައެވެ. ތާރާ ނޫން އެހެން މީހެއް އެތާގައި […]
ހަވީރުގެ މަރިޔާދު ވަގުތެވެ. ޖެހެމުންދިޔަ ފިނި ވައިގެ ބާނިތަށް ހިތްތައް ފަތަޙަ ކުރަމުން ދިޔައެވެ. އެއަރާމު ވަގުތުގެ އިސްތިޤުބާލުގައި އެކި އުމުރު ފުރައިގެ މީހުން ފިނި މައިޒާން ތަކުގައި މަސްޢޫލު ވަމުން ދިޔައެވެ. ފަރި ހިނގުމެއްގައި ނިހާ ރަށުގެ ބޮޑު މަގުން ހިނަގައިފައި ދިޔައެވެ. ލައިގެން ހުރި ގަޔަށް ބާރު ހެދުމުގެ ސަބަބުން ކިތައްމެ ހާވެސް ރަނގަޅަށް އޭނާގެ ހަށިގަނޑު ފާޅުވަމުން ދިޔައެވެ. މަޑު މުށިކުލައެއް ޖައްސާފައިވާ ބުޅި އިސްތަށިގަނޑު އެއްފަރާތަށް ވައްޓާލައިފައި އޮތް އިރު ތުންފަތް […]
އިރުގެ ދޯދިތައް ދުނިޔެއަށް މަރުޙަބާ ކިޔަމުންދިޔަ ވަގުތެވެ. ކޮވެލީގެ ނަލަ ގޮވާލުމުގެ އަޑުވެސް މަދުން ނަމަވެސް އިވެމުން ދިޔައެވެ. ޖެހެމުން ދިޔަ އަރާމު ވައިގެ ބާނިތަކުން ހިތަށް ހަމަޖެހުން ގެނެސްދޭނެކަން ގައިމެވެ. އެ ހިތްގައިމު ވަގުތުގެ އިސްތިޤުބާލުގައި އަތިރިމަތީގައި ތާރާ ފިޔަވައި އެއްވެސް މީހެއް ފެންނާކަށް ނެތެވެ. މަދު ފަހަރަކު ނޫނީ އެ އުމުރުފުރާ ގެ ކުއްޖަކު އެގޮތަށް އެކަނިމާއެކަނި އިންނަ ތަނެއް ނުފެންނާނެއެވެ. ބަލާބެލުމަށް އަދި އެއީ 18 ވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ. ހަމުގެ […]