ނަސީރުވެސް އިރުކޮޅަކު މަޑުކޮށްލީ މީހެއްގެ ހިލަންވިހެން ހީވެގެން ގަސްތަކާދިމާއަށް ބަލަން ހުރެ ހުރެފައެވެ. އެވާނީ ހީވިގޮތަކަށެވެ. މިއީ މީހުންއަތިރިއަށް އަންނަ ދިމާލެއްވެސް ނޫންވިއްޔާއެވެ. ހިތާހިތުން ކުރެވުނީ ކުއްހީއެއްކަމަށް ނިންމައިގެން ނަސީރު ހިގައިގެންފިއެވެ. ސަލްމާ ދެފަޔަށް ލެވުނުހާ ބާރެއްލަމުން ދުރުދުރުގައި ފިޔަވަޅު އަޅަމުން ގޯތިތެރެއަށް ބޯދީފައި ދެފަރާތް ބަލާލިއެވެ. ގޯތީގެ މެދުތެރޭގައި ތެޅިގަލުން ރާނާފައި ހުރި ގެގަނޑަކީ ސަލްމާ ގެ ބައްޕަގެ ދުނިޔޭގައި ނުހަނު ބުރަމަސައްކަތުން ސަލްމާމެން ދެބެންނަށް އަޅާދީފައި ހުރި ގެއެކެވެ. މިއަދު އެގޭގައި ދިރިއުޅެމުންދަނީ ސަލްމާމެން […]
ހިތައް ކުރި އަސަރަކުން ނަސީރުގެ އަތް ސަލްމާގެ އަތުން ދޫކޮށްލައި މޫނު އަނބުރާލިއެވެ. ސަލްމާވެސް މަޑުމަޑުން ހުރީއެވެ.. ހިތްބުނަނީ މިތަނުން ދިޔުމަށެވެ. އެހެން ނަމަވެސް ފައި ހަރަކާތެއް ނުކުރިއެވެ. ހިތެއް އެއްބަހެއް ނުވިއެވެ. ކީއްވެހެއްޔެވެ. އަމިއްލަ ނަފްސާ ސަލްމާ ސުވާލުކޮށްލިއެވެ. ދާންވީ ހެއްޔެވެ. މަޑުކުރަންވީ ހެއްޔެވެ. ނަސީރުގެ ހިތްހެޔޮކަން ސަލްމާގެ ހިތާކުޅެލީހެއްޔެވެ. ނޫނީ ސީދާސީދަލަށް ނަސީރު ބޭނުންވާގޮތް ހާމަކުރުމުން ސަލްމާ ބިރުގަތީ ހެއްޔެވެ. ނޫނެކެވެ. މިއަދުގެ ހާލަތު ތަފާތެވެ. މިއަދު ސަލްމާއަކީ ނަސީރަށް މިމޭރުމުން ވާހަކަ ދެއްކުން މަނާމީހެކެވެ.މީހަކާ އިންނަން އެހާ ގާތްވެފައި އޮއްވާ މިހެން ނަސީރު ގާތު ހުރުން އެއީ ހަޑިހުތުރު ކަމެކެވެ. ސަލްމާގެ އަމިއްލަ ހިތް އެކަމާ ދެކޮޅު ހެދިއަސް ހަގީގަތާ ކުރިމަތިލިއެވެ. “އަހަރެން މީހަކާ ދެވަން މާމަމެން އެބައުޅޭ. ” ނަސީރުގެ މުޅި ހަށިގަނޑު ތުރު ތުރު އަޅައިގެން ދިޔައެވެ. ހީވީ ދާދިގާތުން ބާރު ގުގުރިއެއް ޖެހި ހެނެވެ. އެބުނީ ހެޔޮކޮށްބާއެވެ. އެހެންވީރު އެއީ ކޮންގޯއްޗަކު ކާކުބާއެވެ. ދެވަން މާމަ އުޅެޔޭ އެބުނީ ގޮއްޔެގެ ނުގަބޫލުގައި ބާއެވެ. ގައިން ވާގި ނެތޭފަދަ އިހްސާސެއް ކުރެވެން ފަށައިފިއެވެ. މޫނު މައްޗައް އެނބުރުން އަރައިގެން ހިނގައްޖެއެވެ. މީ ކޮންކަހަލަ އިއްތިފާގެއް ހެއްޔެވެ. މިއޮއް ހުރިހާ ދުވަހު ހިތުލައިގެން އުޅުނު ބޮޑު ސިއްރު ނުހަނު މަސައްކަތުން ހާމަަ ކުރީއެވެ. އެކަމަކުން ވީ ފައިދާއެއް ކޮބާ ހެއްޔެވެ. ސަލްމާއާއި ބައްދަލު ވީ ފުރަތަމަ ދުވަހަކީ އެންމެ ފަހުގެ ވެސް ބައްދަލުވުންކަން ޔަގީން ވުމުން ނަސީރަށް ބޭއިޙްތިޔާރުގައި ސަލްމާއާއި ދިމާއަށް އެނބުރިގަތް ގޮތަށް ސަލްމާގެ ގައިގައި އޮޅުލައި ގަނެވިއްޖެއެވެ. ވީނުވީ އެއްނޭގި ސަލްމާއަށް ހުއްޓުން އަރާފައި ވަގުތު ކޮޅަކު ހުރެވުނެވެ. މިފަދަ އިހްސާސެއް މީގެ ކުރިއަކުން ނުކުރެވި ހުރި ސަލްމާއަށް ނަސީރުގެ ހިތުގެ ވިންދު ހަށިގަނޑުގެ ތެރެއިން އިހްސާސް ވިކަހަލަ އެވެ. މެޔާމޭ ޖެހި ފިތިގެން ދިޔަ ހިނދު ސަލްމާއަށް ކުރެވުނީ ތަފާތު […]
ދުވަސްވަރަކީ ރަށްރަށުގައި ގަދައަށް ގަސްހެދިފައި އޮތް ދުވަސް ވަރެވެ. ދޫނިސޫފާސޫފިތައް އެއްގަހުން އަނެއްގަހަށް އުދުހި އުދުހިފައި ނުހަނު މިނިވަން ކަމާއެކު އެސޮރުމެންގެ ހާލިތައް ހަދަމުން މިނިވަން ސާފު ޖައްވެއްގައި އުޅުނު ދުވަސް ވަރެވެ. އެރަށެއްގެ ބަޔަކު އެރަށަކުން ދަނޑުގޮވާންކޮށް ކައި ބޮއި އުޅުޅު ޒަމާނެވެ. އަށްޑިހައިގެ މެދުތެރެއެވެ. ރުއްއަރާމީހުން ދިގު ރުއްރުކަށް އަރާ ރާބާލައިގެން ގޮސް އެއިން ފައިދާ ހޯދައެވެ. ކުދިބޮޑު ހުރިހާ އެންމެންވެސް ކޮންމެވެސް މަސައްކަތެއްކޮށް ހެލިފެލިވެ އުޅޭނެއެވެ. އެކަކު އަނެކަކު ބީރަށްޓެހި ކަމެއް ނެތި […]