Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގޮއްޔެ (2)

saana Level 110 Stories
July 29, 2017 One Min Read
38 Comments

ހިތައް ކުރި އަސަރަކުން ނަސީރުގެ އަތް ސަލްމާގެ އަތުން ދޫކޮށްލައި މޫނު އަނބުރާލިއެވެ. ސަލްމާވެސް މަޑުމަޑުން ހުރީއެވެ.. ހިތްބުނަނީ މިތަނުން ދިޔުމަށެވެ. އެހެން ނަމަވެސް ފައި ހަރަކާތެއް ނުކުރިއެވެ. ހިތެއް އެއްބަހެއް ނުވިއެވެ. ކީއްވެހެއްޔެވެ. އަމިއްލަ ނަފްސާ ސަލްމާ ސުވާލުކޮށްލިއެވެ. ދާންވީ ހެއްޔެވެ. މަޑުކުރަންވީ ހެއްޔެވެ. ނަސީރުގެ ހިތްހެޔޮކަން ސަލްމާގެ ހިތާކުޅެލީހެއްޔެވެ. ނޫނީ ސީދާސީދަލަށް ނަސީރު ބޭނުންވާގޮތް ހާމަކުރުމުން ސަލްމާ ބިރުގަތީ ހެއްޔެވެ. ނޫނެކެވެ. މިއަދުގެ ހާލަތު ތަފާތެވެ. މިއަދު ސަލްމާއަކީ ނަސީރަށް މިމޭރުމުން ވާހަކަ ދެއްކުން މަނާމީހެކެވެ.މީހަކާ އިންނަން އެހާ ގާތްވެފައި އޮއްވާ މިހެން ނަސީރު ގާތު ހުރުން އެއީ ހަޑިހުތުރު ކަމެކެވެ. ސަލްމާގެ އަމިއްލަ ހިތް އެކަމާ ދެކޮޅު ހެދިއަސް ހަގީގަތާ ކުރިމަތިލިއެވެ. “އަހަރެން މީހަކާ ދެވަން މާމަމެން އެބައުޅޭ. ” ނަސީރުގެ މުޅި ހަށިގަނޑު ތުރު ތުރު އަޅައިގެން ދިޔައެވެ. ހީވީ ދާދިގާތުން ބާރު ގުގުރިއެއް ޖެހި ހެނެވެ. އެބުނީ ހެޔޮކޮށްބާއެވެ. އެހެންވީރު އެއީ ކޮންގޯއްޗަކު ކާކުބާއެވެ. ދެވަން މާމަ އުޅެޔޭ އެބުނީ ގޮއްޔެގެ ނުގަބޫލުގައި ބާއެވެ. ގައިން ވާގި ނެތޭފަދަ އިހްސާސެއް ކުރެވެން ފަށައިފިއެވެ. މޫނު މައްޗައް އެނބުރުން އަރައިގެން ހިނގައްޖެއެވެ. މީ ކޮންކަހަލަ އިއްތިފާގެއް ހެއްޔެވެ. މިއޮއް ހުރިހާ ދުވަހު ހިތުލައިގެން އުޅުނު ބޮޑު ސިއްރު ނުހަނު މަސައްކަތުން ހާމަަ ކުރީއެވެ. އެކަމަކުން ވީ ފައިދާއެއް ކޮބާ ހެއްޔެވެ. ސަލްމާއާއި ބައްދަލު ވީ ފުރަތަމަ ދުވަހަކީ އެންމެ ފަހުގެ  ވެސް ބައްދަލުވުންކަން ޔަގީން ވުމުން ނަސީރަށް ބޭއިޙްތިޔާރުގައި ސަލްމާއާއި ދިމާއަށް އެނބުރިގަތް ގޮތަށް ސަލްމާގެ ގައިގައި އޮޅުލައި ގަނެވިއްޖެއެވެ. ވީނުވީ އެއްނޭގި ސަލްމާއަށް ހުއްޓުން އަރާފައި ވަގުތު ކޮޅަކު ހުރެވުނެވެ. މިފަދަ އިހްސާސެއް މީގެ ކުރިއަކުން ނުކުރެވި ހުރި ސަލްމާއަށް ނަސީރުގެ ހިތުގެ ވިންދު  ހަށިގަނޑުގެ ތެރެއިން އިހްސާސް ވިކަހަލަ އެވެ. މެޔާމޭ ޖެހި ފިތިގެން ދިޔަ ހިނދު ސަލްމާއަށް ކުރެވުނީ ތަފާތު ތަޖުރިބާއެކެވެ. ހޫނު އިހްސާސެކެވެ.  ނަސީރުގެ ތަނަވަސް މެޔާ ދިމާލުގައި ސަލްމާގެ މޫނުވަނީ ފޮރުވިފައެވެ. މަޑުމަޑުން ސިއްރު ސިއްރުން ނޭވާއެތެރެއަށް ދަމާލިއެވެ. ކާށިތެލުގެ ވަހުން ސަލްމާގެ ނޯއްފުރުނެެ. ކޮންފަދަ ހިތްގައިމު ތަޖުރިބާއެއް ހެއްޔެވެ. ދެލޯ މެރިގެން ދިޔައެވެ. ފަޅިސިކުންތެއްގެ ތެރޭގައި ދެހިތެއްގެ ދެމެދު ހިނގާދިޔައީ އެތަކަކެއް އަހަރުތަކަކަށް ދެމިގެންދާނެ ހަދާން ތަކެއްކަމެއް އެއިގެ ތެރެއިން އެކަކަށްވެސް އެނގޭނެ ނަމައެވެ.

މަޑު މަޑުގިސްލުމެއް ނަސީރު ލައްވާލުމާއެކު ސަލްމާއަށް ހޭވެރިކަންވެއްޖެއެވެ. ހަމަ ބިމަށް އާދެވުނެވެ. ކުއްލިއަކަށް ފެނުނީސަލްމާގެ ދެއަތް ނަސީރު ގެ މޭގައި އަޅާލުމަށްފަހު ގަޔާދުރަށް ކޮށްޕާލިމަންޒަރެވެ. ނަސީރުގެ ހަށިގަނޑަށް އެރި ޅޮޅުމާއެކު ދެފިޔަވަޅެއް ފަހަތައް އަޅާލެވުނެވެ. އެހެނަސް އަނެއްކާވެސް އެބުރިލީ ގޮއްޔެއާ ދިމާއަށެވެ. ކަރުނައިގެ ތެރެއިން ގޮއްޔެއާދިމާއަށް ބަލާލަމުން ހިތްވަރު އާކޮށްލިއެވެ. ހިތުގައި ފޮރުވިފައިވާހާ އެއްޗެއް ހާމަކޮށްލަން ބޭނުންވަނީ އެވެ.ދެލޯ ފެންކަޅިވެފައިވާ ހާލު ނަސީރުގެ އެންމެ ފަހުގެ އެދުން ހާމަ ކޮށްލިއެވެ. “ގޮއްޔޭ! މަ މިދައްކާ ވާހަކަ އަޑު އަހާ، މަ ގޮއްޔެ ހިތުލައިގެން އުޅޭތާ އެތައް ޒަމާނެއް ވޭތުވެއްޖެ. ތިގޯތި މަސްލޯގަނޑުދޮންނަން މާމައާއެކު އަތިރިއަށް ދާ ދުވަސް ދުވަހު މައެބަ އޮންނަން ބަލަން. އިރުއަރާ ބިންގަނޑަށް އަލި ވުމުގެ ކުރިން ގޭދޮއް ކަހާ ކުނި އުކަންދާ މަގުމަތީ މަ ހުންނަން ގޮއްޔެއަށް ފާރަވެރިވެ. ގޮއްޔެ މަށާ ނީނިއްޔާ މަމިހެން އުމުރު ހުސްކޮށްލާނަން”. ނޭފަތް ދަމާލުމަށް ފަހު އަތްތިލައިން ނޭފަތް ފޮޅާލާ މުންޑުގެ ނުފުށުގައި ފޮހެލައިފިއެވެ. އަނެއްކާވެސް ހަމަ ހިމޭން ވަގުތު ކޮޅަކަށްފަހު ވާހަކަ ދައްކަން ފެށީ ނަސީރެވެ. “ގޮއްޔެ ކާކާ އިންނަނީ”

އެއްއަތުން އަނެތްއަތްތިލަ މޮޑެލަ މޮޑެލާ ހުރި ސަލްމާ އިސްއުފުލާލި އިރު ސަލްމާއަށްވެސް ހުރީ ރޮވިފައެވެ. ސަލްމާގެ ކޯތާފަތް މަތިން ކަރުގައިގެ ރޮގެއް ދެމިފައި ވެއެވެ. ނަސީރު އެއްފިޔަވަޅު ކުރިޔަށް ޖެހިލީ އެކަރުނަ ފޮދުނަސީރުގެ އަތުގެ ތެރެއަށް ލުމަށެވެ، އެހެންނަމަވެސް އެއަށްވުރެ ކުރިން ސަލްމާ އަތުގެ ނުފުށުން މޫނުމަތީގައި ހާކާލިއެވެ. ނޭފަތް ދަމާލާފައި ބުންޏެވެ. ” ނޭގެ..މާލޭ ސޮރެކޯ.. އަންނަ ބައްތެލިން ރަށަށް އަރާނޯ. ތައްޔާރުވެގެން ހުނަން ބުނީ. މާމަމެން ބަނބުކެޔޮ ތެލަށް އަޅާ އަތު ޖެހިވެސް ހަދައިފި. ”

“ގޮއްޔެ ނުވެސް ދަންނަމީހެއްތަ އެކިޔަކީ” ސަލްމާ ބޯޖަހާލީ އާނ އެކޭ ބުނުމުގެ ގޮތުން ނެވެ. ނަސީރުގެ ޝައުގުވެރިކަން ހުރީ އެބުނާ މާލޭން އަންނަ ސޮރަށެވެ. ޔަގީނުންވެސް އެވާނީ ބޮޑު މުއްސަންޖަކަށްތާއެވެ. ނިކަން ފައިސާވެރި ވެފަ މޮޅަށް ކިޔަވައިގެން ހުރި މީހަކަށް ތާއެވެ. ނަސީރާ އެސޮރަކާ އަރާ އަރަފޯދިގެން ނުވާނެއެވެ. އަމިއްލަ ހިތަށް އެކިކަހަލަ ވަހުމް ވައްދަމުން ގޮސް ޚިޔާލުގެ ފުންކަނޑަކަށް ގެއްލި ހުސްވެސްޖެއެވެ. އިރުގަނޑެއް ފަހުން ސަލްމާ ގެ އަޑު އިވުނެވެ. “މަގޯއްޗަށް ދާންވެއްޖެ. އިރުއޮއްސިގެން ދިޔަތާ ކޮންއިރެއް. މާމަ މިހާރު ހޯދާނެ. ” ދުލުން އެހެން ބުންޏަސް ސަލްމާ ހިގައި ގަންނާކަށް ބޭނުމެއް ނުވިއެވެ. އިސްއޮބާލައިގެން ހުރި ނަސީރާ ދިމާއަށް ބަލާލުމަށް ފަހު އަނެއްކާވެސް ބުނެލިއެވެ. ” ނަސީރު ދެން ހިތްހެޔޮ ކުރޭ. އަހަރުމެން ދެމީހުންނަކީ ދެބީރައްޓެހިންނަށް ވުން މާރަގަޅުވާނެ، އަހަރުމެން ދެމީހުންގެ ނަން ތަގުދީރުގައި ލިޔެވިފައި ވާނަމަ ކޮންމެވެސް ދުވަހަކުން އަދި ބައްދަލުވާނެ. އަހަރެންވެސް މީ މިހާރު މީހަކާ އިންނަން ތައްޔާރުވެފައިން މީހެއް. މާމަމެންގެ ނުގަބޫލުގަ މަށަށް މިއަދު އެއްކަމެއްވެސް ކުރެވޭކަށް ނެތް. ހިތައްއަރާ ނަސީރާ ކުރިން ބައްދަލުވި ނަމައޭ. ހިތައް އަރާ މީހަކާ އިންނަން ހަމަނުޖެހުނު ނަމައޭ… އޭރު މަށަށް ނަސީރު އެދޭ ކަހަަލަ ޖަވާބެއް ދެވުނީސް” ކުޑަ ލަދުރަކި ކަމަކާއެކު ހިނިތުންވުމެއް ހަދިޔާކޮށްލަމުން މިހެންބުނެނިމުނު އިރު ސަލްމާގެ އަތްފައި ފިނިވެއްޖެއެވެ. އަމިއްލަ ނަފްސައްވެސް ނޭގި ނަސީރުގާތު މިބުނެވުނީ ހަމަ ހިތުގެހާލަތެވެ. ހިތުގައި ދުލެއް ވަނީބާއެވެ. މިއީ ކޮންކަހަލަ ޖަޒުބާތެއް ބާއެވެ. މިޔަށް ކިޔަނީ ހިތާވުންބާއެވެ. މިއަދު ހަވީރާ ހަމައަށް ސަލްމާގެ ހިތަކީ ހުދުސާފު ފޮތިކޮޅެކޭ އެއްގޮތެވެ. އެޔަށް ދިރުންލިބި ތަފާތު ކުލަތައް ޖެހިލިލެއް ކިހާ އަވަސް ހެއްޔެވެ. ޅަފުރައިގެ ދުވަސްތައްގުނަމުން މިއައީ ކިހާ ހުސްކޮށް ކަމެއް ހުދު ސަލްމާވެސް ނުދެނަ ހުއްޓެވެ. ސަލްމާގެ މޫނުމައްޗައް އަރާ ފައިބާ ކުލަވަރު ބަލަން ހެވިދިލިފައި ނަސީރު ހުއްޓެވެ. ސަލްމާނަސީރާ ދިމާއަށް ފުންނަޒަރަކުން ބަލާލިއެވެ. ހަންކަޅު ފަތި ހަށިމީހެކެވެ. އިސްކޮޅުބިޔަނޫނަސް ސަލްމާއާއެކު ހުންނައިރު ދެމީހުންދާދި އެއްވަރެވެ. ފުޅާ ބާމައްޗެކެވެ. އެމުލަށްދަނޑީގައި ބާރު ހުންނާނެކަން ގައިމެވެ. ބޮލުގައި ފުނާއަޅާފައި ހުންނަނީ އެންމެ ޒަމާނީކޮށް މެދުންފަޅާފައި ދެބަޔަށްވާގޮތަށް ތެޔޮލާ ތަތްކޮށްފައެވެ. އެއީ ސަލްމާއަށްވަރަށް ރީތި ގޮތެކެވެ. ސަލްމާާ މިހާގާތުން ނަސީރާދިމާއަށް ބަލާތީ ނަސީރުވެސް ކުޑަކޮށް ފިނިވާާ ގޮތް ވެއްޖެއެވެ. އެހެން ނަމަވެސް ހިތް އުފަލުން ނަށަނީއެވެ. އެދެ ލޮލުގެ ވިދުން ގަދަވެފައި މޫނުގެ އުޖާލާކަން އިހުނަށްވުރެ ފާޅުވެގެން ހިގަނއްޖެއެވެ، ސާފުހުދު ދައްތްޕިލާއެއްކޮށް ފެނިލިއެވެ. ސަލްމާއާއި ގާތަށް ޖެހިލާފައި ސަލްމާގެ ދެކޮނޑުގައި މަޑުމަޑުން ހިފާލިއެވެ. ސީދާ ސަލްމާގެ ލޮލަށް ބަލަހައްޓައިގެން ނަސީރު ބުނެލި އެއްޗަކުން ސަލްމާ ވަގުތުން މޫނުމަތީ ދެއަތް އަޅާލައި ލަދުރަކި ހީލުމެއް އިއްވާލިއެވެ. އާއެކެވެ. ސަލްމާގެ ހިތުގައިވެސް ނަސީރަށްޓަކައި ޖާގައެއް ދެވިއްޖެއެވެ. ކޮންމެ ކަމަކަށްވެސް ވަގުތެއް އޮވެޔޭ ބުނާބީދައިން ސަލްމާގެ ހިތުގައިވެސް ވިކާލާނެ ފިރިހެނަކު ވެއްޖެއެވެ. މިއަދުގެ ކުރު ބައްދަލުވުން ވެގެން މިދަނީ ވަރަށް ވެސް ތާރީޚީ ބައްދަލު ވުމަކަށެވެ. އިރުއޮއްސިގެންގޮސް ކަނު އަނދިރިކަން ވަށާލައި ހަސަދަވެރިންގެ ލޯތަކަށް މިލޯބިވެރިންގެ  ބައްދަލުވުން ސިއްރުކުވައިދީފިއެވެ. ދެހިތް ގުޅުނީ ކިހާލޯބިން ހެއްޔެވެ. އެދެމެދަށް މީހަކު ވަދެ ދެހިތް ވަކިކުރުވާފާނެއެކޭ ހީވެދާނެ ހެއްޔެވެ. އެކަކު އަނެކަކަށް ޓަކާ ލެއްވިފަދައެވެ.

“ގޮއްޔެ މާދަމާވެސް އަންނައްޗޭ. އަހަރެން މިތާހުންނާނަން” ނަސީރުގެ އެދުމަށް ސަލްމާ ޖަވާބެއްނުދީ ލުއި ހިނިތުންވެލުމަކުން އަލްވަދާޢު ކިޔާލާފައި ހިގައިގަތެެވެ. ނަސީރުވެސް އިރުކޮޅަކު މަޑުކޮށްލީ މީހެއްގެ ހިލަންވިހެން ހީވެގެން ގަސްތަކާދިމާއަށް ބަލަން ހުރެ ހުރެފައެވެ. އެވާނީ ހީވިގޮތަކަށެވެ. މިއީ މީހުންއަތިރިއަށް އަންނަ ދިމާލެއްވެސް ނޫންވިއްޔާއެވެ. ހިތާހިތުން ކުރެވުނީ ކުއްހީއެއްކަމަށް ނިންމައިގެން ނަސީރު ހިގައިގެންފިއެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

saana

Level 110 Stories

Other Articles

Previous

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ހަތަރުވަނަ ބައި)

Next

ލޯބި ލިބިއްޖެހޭ

Next
July 29, 2017

ލޯބި ލިބިއްޖެހޭ

Previews
July 29, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ހަތަރުވަނަ ބައި)

38 Comments!

  1. Amyy says:
    July 29, 2017 at 2:14 pm

    V
    thafaathu. V salhi story

    1. saana says:
      July 29, 2017 at 3:32 pm

      thank you Amyy

  2. Psenhi says:
    July 29, 2017 at 2:25 pm

    V majavanehen hyvey. Nice 🙂

    1. saana says:
      July 29, 2017 at 3:36 pm

      thank you for reading.

  3. H says:
    July 29, 2017 at 2:29 pm

    Varah reethi..

    1. saana says:
      July 29, 2017 at 5:16 pm

      shukurihyaa

  4. Ash? says:
    July 29, 2017 at 3:40 pm

    Varah thafaathu brand ehge stry eh….?v.majaavaanehen hyvany?……salhi?

    1. saana says:
      July 29, 2017 at 5:39 pm

      thank you Ash

  5. i_far says:
    July 29, 2017 at 3:45 pm

    Maa Shaa ALLAH. V reethi. Saana alhe komme dhuvahakuves upload kohdhehchey.

    1. saana says:
      July 29, 2017 at 5:18 pm

      In sha allah balaanan komme dhuvahaku up koh dheveytho. thank you

  6. Dhiye ? says:
    July 29, 2017 at 3:53 pm

    Reeethi… varah ves reeethii ?

    1. saana says:
      July 29, 2017 at 5:17 pm

      Dhiye, thank you

  7. abcdefgh says:
    July 29, 2017 at 4:01 pm

    mi vaahaka keen knmes site akun.. dhn i think e rich myha knmes gothakun jinni moya kanneyge vaany.. dhn eyna maruvaany.. dhn salma aa naseer aa gulheyny.. i think ehn kanneyge vany.. btw i also dnt remembr much.. vrh rythi mi story.. keep it up.. medhu thereyn bodu twist eh genessiya salhi vaane

    1. saana says:
      July 29, 2017 at 5:15 pm

      thi vaane hama konmes ehen vaahaka akah.. mee 100% alhuganduge amihla hiyaal ge mahchah liyamun dhaa vaahaka eh. varah ufaa vehje mi story kiyaathee

  8. Rau Shan says:
    July 29, 2017 at 4:25 pm

    Shaai

  9. Aish says:
    July 29, 2017 at 6:25 pm

    V reethi kaashitheyo laafafunaalhaafa hunnaeru v majaavaanedhow he he

    1. maroon says:
      July 29, 2017 at 6:34 pm

      I could imagine. Komme isthatteh tharutheebukoh … adhi vidhun ehaa gadha vaane.. amaan omaankoh ?

    2. saana says:
      July 29, 2017 at 6:41 pm

      hehehe…its 80’s hit style

  10. maroon says:
    July 29, 2017 at 6:29 pm

    Alhugadah kaashi theyo vas v v nubai ?
    Salmaa ah meeru vahakah vejjethaa ? v v reethi story.. sifa kohdhey goiyves ?
    Waiting for next part.. ???

    1. saana says:
      July 29, 2017 at 6:54 pm

      eyru enoon theleh nuhureye. salma ah ves ehen ve ehaa kamudhiyaee dho. hehe. thank you maroon.

  11. song joong ki..KOREAN says:
    July 29, 2017 at 7:38 pm

    hahahaa kaashi theyo. v majaa ingey mi story 😉 sifakurunthah vx best hama. salma ah dhefaraathah falhaafa hunna goihthaa dhw mi reethi vee. 😀 eyruge hit fashion thaa dhw. haha. varah salhi mi part vx. waiting for the nxt part!! 🙂 🙂

  12. Aish says:
    July 29, 2017 at 7:57 pm

    Ahrumenvess kueru kaashitheluga nubaivass dhuvaathee ayah alhanee huvandhumaley

    1. song joong ki..KOREAN says:
      July 29, 2017 at 9:20 pm

      yaaa. mirashu myhunvx huvandhumaa alhany 🙂 😀

    2. Adha? says:
      July 30, 2017 at 5:54 pm

      Nubai vass dhuviyass varah rangalhu ehcheh dw???

    3. Adha? says:
      July 30, 2017 at 5:56 pm

      Varah reethi mi story.. nd varah majaa .. ❤❤?

    4. song joong ki..KOREAN says:
      July 30, 2017 at 6:02 pm

      hehe yaa. aee rangalhu ehcheh. 😀

    5. Adha? says:
      July 30, 2017 at 6:08 pm

      Hmm.. hehe ?alhugandu ves e laigen once a week hair massage kuran.. aslu mom gadhakamun lany.. hair varugadhavefa reethivaane o kiyaafa kiyaafa.. but varah bad smell eh.. yuck?

    6. maroon says:
      July 30, 2017 at 7:13 pm

      Adha ..hehehe

    7. Adha? says:
      July 30, 2017 at 7:43 pm

      Keehkuraany dw mom ge bass ahanvaanu ehkameh nukuriass

    8. song joong ki..KOREAN says:
      July 30, 2017 at 8:46 pm

      vvv bas ahaa kujje 🙂 🙂 kaashi theyo vas dhuviyas, i will just run away. haha. mi vaahaka kee iruvx heevee vas dhuvihen ehisaabah kiyunu thanun. lol. adha mireyvx kaashitheyo ungulhan vaane. hehe 😉 😀 dhw MAROON? maroonvx ungulhaala. 😀

    9. maroon says:
      July 30, 2017 at 8:56 pm

      Hehehe song joong ki… i will join you in the run ?
      I tried it twice. But dhuvaa vahun huttaalany dhethin dhuvas vaa irah…?
      Wish we are friends ?

    10. Adha? says:
      July 30, 2017 at 10:05 pm

      Wish i could run away too?

  13. song joong ki..KOREAN says:
    July 30, 2017 at 9:02 pm

    hehe may be in future we will be friend 🙂 😀 i wish!! hehehe kithamme varakah dhuviyas eyge vas gandu annaane fahathun. haha. ehaa vas gadha vaane viyya. dhn jeheynee body spray hifaigen dhuvan. 😀

    1. maroon says:
      July 30, 2017 at 9:06 pm

      Hehe…dhw ?
      Btw sana when is next part ???

    2. song joong ki..KOREAN says:
      July 30, 2017 at 9:08 pm

      hehe yaa

    3. song joong ki..KOREAN says:
      July 30, 2017 at 9:18 pm

      mihaaru mi story ge aneh bai kiyaahihvany hama, dhw maroon? saana kn irakun up vaany??

    4. maroon says:
      July 30, 2017 at 10:31 pm

      Yh… irukolhu kolhaa eba beley ?

  14. Raanee says:
    August 4, 2017 at 1:04 pm

    “Miyah kiyanee hithaavun baa e?”
    LOL. I died at that sentence
    😛
    Varah majaaand different mivaahaka

Comments are closed.

Next Episodeގޮއްޔެ (3)←


All Right Reserved!