Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގޮތްޔެ

saana Level 110 Stories
July 28, 2017 2 Mins Read
25 Comments

ދުވަސްވަރަކީ ރަށްރަށުގައި ގަދައަށް ގަސްހެދިފައި އޮތް ދުވަސް ވަރެވެ. ދޫނިސޫފާސޫފިތައް އެއްގަހުން އަނެއްގަހަށް އުދުހި އުދުހިފައި ނުހަނު މިނިވަން ކަމާއެކު އެސޮރުމެންގެ ހާލިތައް ހަދަމުން މިނިވަން ސާފު ޖައްވެއްގައި އުޅުނު ދުވަސް ވަރެވެ. އެރަށެއްގެ ބަޔަކު އެރަށަކުން ދަނޑުގޮވާންކޮށް ކައި ބޮއި އުޅުޅު ޒަމާނެވެ. އަށްޑިހައިގެ މެދުތެރެއެވެ. ރުއްއަރާމީހުން ދިގު ރުއްރުކަށް އަރާ ރާބާލައިގެން ގޮސް އެއިން ފައިދާ ހޯދައެވެ. ކުދިބޮޑު ހުރިހާ އެންމެންވެސް ކޮންމެވެސް މަސައްކަތެއްކޮށް ހެލިފެލިވެ އުޅޭނެއެވެ. އެކަކު އަނެކަކު ބީރަށްޓެހި ކަމެއް ނެތި އެއްބަޔެއް ގެ ގޮތުގައި އުޅުނުވެސް މެއެވެ. އެހެން ނަމަވެސް ފުރާވަރު އުމުރުގެ ކުދިން ނަކީ އެހެން މީހުނާ ބަލާ ސަކަ މިޒާޖެއްގެ ކުދިބަޔެކެވެ. މީހުނާ ދެވަންދެންވެސް އެކުދިން އުޅޭނީ ބަތްކައްކާ ކުޅި މޫދަށް ގޮސް މަޖާ ނެގުމުގައެވެ. އެއްޖީލުން އަނެތްޖީލަށް ކަންކަން ބަދަލުވަމުން ދާގޮތް ދެކިބަލާށެވެ. ކައިވެނި ކުރުމާ ލޯބިވުމާ ހިތާވެގެން  އުޅުން ވެސްމީ އެކިއެކި ޒަމާނުގައި ތަފާތު ތަކެއް ހިމެނިފައި އޮތް ކަންކަމެވެ. މިއީވެސް ވަރުގަދަ ލޯބީގެ ވާހަކަ އެކެވެ. ލޯބީގައި އުމުރު ދުވަހު ދެގޮތެއް ނުވެ ތިބި ދެމީހެއްގެ ވާހަކަ އެވެ. އެދެމީހުންގެ ލޯބި ފެށި ހިސާބަށް ޖެހިލަމާ ހެއްޔެވެ.

****

ހިތްފަސޭހަ ހަވީރެއްގެ ވަގުތެވެ. މާކަނޑުން ނަގާރީތި ވައިރޯޅިތައް އެއްވެސް ހުރަހެއް ނެތި އައިސް ބޮސްދެމުން ދަނީ ސަލްމާގެ ދިގުދިގު އިސްތަށިގަނޑުގައެެވެ. ބައެއްފަހަރު ވައިރޯޅި ބާރުވެ އެކިދިމަދިމާއަށް އިސްތަށިގަނޑު ހަލުވާލުމުން ހިތްހަމަ ނުޖެހިފައި އިނދެ ސަލްމާ މުޅި އިސްތަށިގަނޑު އަތުތެރެއަށްލާ ރީތި ކޮށްލައެވެ. އެކަމަކު އިރުކޮޅެއްފަހުން އަނެއްކާވެސް ވައިގެ ތެރެއަށް ވިހުރެން އިސްތަށިގަނޑު އޮންނަނިީ ދޫކޮށްލާފައެވެ. ސަލްމާގެ ހަރަކާތް ތަަައްހުރިގޮތުން ހީވަނީ ނިކަންބޮޑު ހަމަ ނުޖެހުމެއް އޭނާގެ ސިކުނޑީގައި އެނބުރެމުންދާހެނެވެ. ދެތުންފަތް އެކީ ފިތާލަމުން ދެބުމަ ގޮއްޖަހާލާއިރު ހިތައް އެއަރަނީ ކީކޭބާއެވެ. އެރީތި މޫނުމަތިން ހިތް ހަމަ ނުޖެހުމާ ނުތަނަވަސް ކަން ވެރިވެލާ ކޮންމެ ފަހަރަކު ސަލްމާ އޮތް ޖޯލިފައްޗާ މާދުރުނޫން ހިސާބެއްގައި ހުރި ރުކެއްގައި އޮތް ނަސީރަށް ހިންދިރުވާލެވެއެވެ. ސަލްމާގެ ހަރަކާތްތައް މިޔަށްވުރެ ގާތުން ބަލާކަށް ނަސީރަކަށް ނުކެރެއެވެ. ހިތް އެއްކޮށް ހުޅުވާލާ ހިތުގެ ހާލު ބަޔާން ކުރަން އެތައްފަހަރަކު މަތިން ނަސީރު މަސައްކަތް ކޮށްފިއެވެ. އެންމެ ކުޑަމިނުން ދުލުން ބަހެއް ބުނެލުމުގެ ހިތްވަރުވެސް ނަސީރަކަށް ނުލިބުނެެވެ. ކޮންމެ ދުވަހަކު ސަލްމާ ފެންވަރާލައިގެން އަސުރުން ފައިބައިގެން އައިސް އެޖޯލިފަތީގައި އެކަނި މާ އެކަނި އެތައް އިރަކު އޮވެފައި އިރުއޮއްސި އަނަދިރި ވުމުން ގެޔަށް ދަނީ އެވެ. މިނޫން ވަގުތަކު ސަލްމާ ފެނުން އެއީ ވަރަށް ނާދިރު ކަމެކެވެ. ގޭތެރޭގެ ކަންކަމުގައި ސަލްމާ ގެ ހުރިހާ ވަގުތެއް ހޭދަކޮށްލައެވެ. މީހުންގެ ތެރެއަށް ނިކުމެ އުޅުމަކީ ސަލްމާ އެހާ ކުރަން ބޭނުން ނޫން ކަމެކެވެ.  އެއްފުރާގެ ކުދިން އަތިރީގައި މަޖާނަގާއިރު ސަލްމާ ގޭތެރެ ސާފުކުރުމުގައި ވަގުތު ހޭދަކުރެއެވެ. އެކުދިން ގޮބާ ރިހާކުރު ކާން ބަލާވެސް އައިސް ހަދާނެއެވެ. އެހެން ނަމަވެސް ސަލްމާ އެކަމާ އިންކާރުކޮށް ހަދާތީ ފަހުން ފަހުން އެކުދިން ވެސް އެ ސަކަރާތުގައި ބައިވެރިި ކުރާކަށް ނޫޅޭނެއެވެ. އެއިގެ ތެރެއިން ބައެއް ކުދިން މީހުނާ ހިތާވެ ކައިވެނި ކޮށްގެން ފިރިމީހާ ގެޔަށް ގޮސް ދިރިއުޅުމެއްވެސް ފަށައިފިއެވެ.  ސަލްމާވެސް މިހާރު ފިރިފުރަޔަށް އަޅަފިއެވެ. މީހަކާ އިންނާކަށް ކީއްކުރަން ހެއްޔެވެ، ހިތްކިޔާމީހަކުވެސް އެކުޑަކުޑަ ގެމެންދޫގައި ނުހުންނަނީ ތޯއްޗެކެވެ. ސަލްމާގެ ހިތުން ޖާގައަކަށް އެދި އެދި ނަސީރު ހުންނަކަން ނޭގެނީއެވެ. ނަސީރުގެ ހިތުގައި ސަލްމާއަށްޓަކާ އޮތީ ވަރަށް ފުންލޮތްބެކެވެ. އެހެން ނަމަވެސް އަދި އެއީ ނަސީރުގެ ހިތުގެ އެންމެ ފުނުގައި ރައްކާކުރެވިފައިވާ ސިއްރެކެވެ.

އުތުރު ފަރާތު ބޮޑު ދިއްގާގަސް ދޮށުގައި ހުންނަ ޖޯލިފައްޗަކީ ކުރިން ރަށުމީހުން ވަރަށް އެއްވާ ޖޯލިފައްޗެކެވެ. އެހެން ނަމަވެސް ރަށުގެ ރައްޔިތުން ފަސޭހައަކަށް އެހެންދިމާއަކު ޖޯލިފައްޗެއް ހަދައިގެން ދިޔަފަހުން މިދިމާ އޮންނަނީ ފަޅަށެވެ. ނަސީރަށް ސަލްމާ ފެނުނީ މިޖޯލިފަތީގައި އެކަނި އޮއްވައެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ސަލްމާއަށް ފާރަލައެވެ. ސަލްމާ އެއޮތް ތަނުން ފޫހިތްލާލުމާއެކު، ސަލްމާގެ ކޮންމެ ހަރަކާތަކަށް ފަރުވާތެރިވެ އޮތް ނަސީރުގެ ސަމާލުކަން އިތުރުވެގެން ދިޔައެވެ. ކުޑަކޮށް ކަރު ހިތްލާލާ ހަށިގަނޑު ތެދުކޮށްލައި ސަމާލުވެލިއެވެ. އެމަންޒަރިު ނިކަން ރަގަޅަށް ބަލަން އޮތެެވެ. އުނަގަނޑުން ތިރިއަށް އޮތް އިސްތަށިގަނޑު އަތުތެރެއަށް އެއްކޮށްލުމާއެކު ކުއްލި ހަރަކާތެއް އަތަށް ގެނެސް އިސްތަށިގަނޑު އަތުތެރެއަށް އޮޅާލިއެވެ. އެޔާއެކު ކަނދުރާމައްޗަށް ވާގޮތަށް ބޮޑު ހުޅިއެއް ޖަހާލާ ރީއްޗަށް އިސްތަށިގަނޑު ހަރުކޮށްލިއެވެ. ހިރަފުސް ގަނޑުން ކަނޑިކި ސަލާމަތް ކުރަން ކަނޑިކީގެ ކަން ކުޑަކޮށް ހިތްލާފައި ހިގަނއިގަތީ އެވެ.  ސަލްމާގެ ނަޒަރުހުރީ ސީދާ އަތިރިއާ ދިމާއަށެވެ. އިރުކޮޅަކު ނަސީރު ބަލަން އޮވެފައި ރުކުން ފޭބިއެވެ. ދެޚިޔާލެއްގައި ހުރެ ނަސީރު ދެކޮޅުބަލާލާފައި ސަލްމާގެ ފަސްފަހަތުން ހިނގައި ގަތެވެ. އިރުއޮއްސުމުގެ އަލާމާތްތައް އުދަރެހުން ފާޅުވަމުން ދެއެވެ. މާހައުލުގެ ހަމަ ހިމޭންކަން ނަގާލައިފައިވަނީ ކާޅުތަކުގެ އަޑުން ނެވެ. ސަލްމާއަށް ނުފެންނާނެހެން ނަސީރު އޭނާގެ ފަސްފަހަތުން ހިގަމުންގޮސް މަޑުޖެހިލީ ސަލްމާވެސް ގޮސް ދޮންފަސްގަނޑުމަތީ އިށީން ތަންފެނުމުންނެވެ. ނަސީރުގެ ހިތްއެތައްވާހަކައެއް ބުނަމުން ދިޔައެވެ. ދުރުގަ ނުހުރެ ސަލްމާގާތަށް ދިޔުމަށް ހިތް އެދެމުން ދިޔައެވެ. ނަސީރު އިރުކޮޅަކު ވިސްނަން ހުރެފައި މަޑުފިޔަަޅުމަތީގައި ސަލްމާއާ ދިމާއަށް ހިގައި ގަތެވެ. އަޅާލާ ކޮންމެ ފިޔަޅަކުން ހިތުގެ ހިގުން ހަގުނައަށް އިތުރުވާހެން ހީވެއެވެ. އަތްފައިން އޮއްދާ ހިއްލާލައިފިއެވެ. މަޑުމަޑުން ދެއަތްތިލަ ލައިގެން ހުރި މުންޑުގެ ދެއަރިމަތީ ކާއްތާލުމަށް ފަހު މުންޑުން އަތް ދޫކޮށްލިއެވެ. ސަލްމާއަށް މީހަކު ހުރިކަމުގެ އިހްސާސްވިހެން ހީވެގެން ފަސްއެނބުރި ބަލާލުމާއެކު ކުޑަ ސިހުމެއްވެސް ވެރިވެގެން ދިޔައެވެ. ކުޑަހިނދުކޮޅަކަށް ނަމަވެސް ދެމީހުންގެ ކަޅި ބައްދަލުވެގެން ދިޔައެވެ. ފުރަތަމަ ފަހަރަށެވެ. ނަސީރުގެ ހިތުގެ ވިންދު އެހިނދުކޮޅު ތެރޭގައި މަޑުޖެހިލި ކަހަލައެވެ. ވައިރޯޅިވެސް އެދެމެދުގައި ހުރަހަކަށް ވިނަމަ އެކަންވެސް ނަސީރު ނެތިކޮށްލީސްބާއެވެ. އެހިނދުކޮޅު އެތައްހާސް އަހަރަކަށް ދިގުދައްމާލެވޭނެ ނަމަ އެކަންވެސް ކުރާނެއެވެ. އެތެރެ ހަށީގައި ނޭވާ ތާށިވެގެން ދިޔައެވެ. ލިބުނު ހިތްހަމަ ޖެހުމާއެކު ނަސީރަށް ހުރެވުނީ ދެދަތްޕިލާ ފެންނަވަރަށް ހެވިފައެވެ. ސިކުންތެއްގެ ތެރޭގައި ސަލްމާ ގެ މޫނު އަނބުރާލާ ފުރަގަސްދިނެވެ. އެވީ ކީއްބާއެވެ. ނަސީރުގެ ހިތުގައި ޖެހުނެވެ. ނިކަން އަސަރުކޮށްފިއެވެ.

“ކީއްވީ؟” ނުުބުނަން ހުއްޓަސް ދުލުގެ ކުރިން ހިތުގެ ގޮވުމުގެ އަޑު ބޭރުވެއްޖެއެވެ.

“ތިޔައީކާކު” ސަލްމާގެ އަޑު އިވުނެވެ. އެއީ ސުވާލެއްކަންވެސް ނަސީރު ހަދާން ނެތުނު ކަހަލަ އެވެ. އެހާރީތި އަޑެއް ދުވަހަކުވެސް ނަސީރު މީގެ ކުރިން އަހާފައިވެސް ނެތްކަހަލައެވެ. އެއަޑެއް އެހުމަށްޓަކައި ކެތްތެެރިކަން ކޮޅުންލީ ކިތައް ދުވަހުކަން ސަލްމާއަށް އިނގޭނެ ބާވައެވެ.

އަނެއްކާވެސް ސަލްމާ ހަމަ އެހެން ތަކުރާރުކޮށްލިއެވެ. މިފަހަރު ނަސީރާ ދިމާ ކުރިމަތިވާނެ ހެން އެނބުރިލާފައެވެ. “ނަ ..”

ނަސީރު ނަންބުނަން އުޅުނެވެ..އެހެންނަމަވެސް ވަރަށް ބޮޑަށް ކަރުހިކިފައި ހުރުމުގެ ސަބަބުން ކަރުތެރެއިން އަޑު ނިކުންނަން އުނދަގޫވީއެވެ. ހޫނުގަދަ ދުވަހެއްގެ މެންދުރު ގަދަ އަވީގައި ފެންބޮވައި ގަނެފައި ހުރި މީހެކޭ އެއްގޮތެވެ. ކުއްލިޔަކަށް މުޅި ގައިން އޮއްދާ ހިތްލާލައިފިއެވެ. މިތަނަނށް ނާދެވުނު ނަމައެވެ، ސަލްމާ ފަސްފަހަތުން ނައިސް އެހެން ދުވަސް ދުވަހެކޭ އެއްގޮތަށް އެ ރުކުގައި ދުރުން ބަލަން އޮތް ނަމަ މިޔަށް ވުރެ ހިތަށް ފަސޭހަވީހެވެ. ދެން ކުރާނެ ކަމެއް ނެތެ. ނަސީރަށް ޖެހުނީ ހިތްވަރު ކުރާށެވެ.

“މަށަށް ކިޔަނީ ނަސީރު” އިރުކޮޅަކު މަޑުކޮށްލުމަށް ފަހު ބުނެލިއެވެ

ސަލްމާ އިތުރު އެއްޗެއް ނުބުނެ ވެލިގަނޑުމަތީ ކުރިންވެސް އެއިންހެން ހަމަ އިނީއެވެ. ނަސީރަށް ވާހަކަދައްކަން ފުރުސަތު ދިން ކަހަލަ އެވެ.

“ކޮންމެ ދުވަހަކު އެދިމާ ޖޯލީގަ އެކަނި ކީއްވެ އޮންނަނީ.؟”

ކުއްލިޔަކަށް ސަލްމާ ނަސީރާ ދިމާއަށް އެނބުރި ބަލާލިއެވެ. ހިތްހަމަ ނުޖެހުމުގެ ކުލަވަރު އެމޫނުން ދައްކުވާލިއެވެ. އަނެއްކާ މިބުނެވުނީ ގޯސްއެއްޗެއްބާއެވެ.

“ކިހިނެތް އެކަން އެނގުނީ”

“ފެންނާތީ ”

ކުރުޖަވާބަކުން ނަސީރު ފުއްދާލިއެވެ. އެހެންނަމަވެސް ސަލްމާ އިތުރު ތަފްސީލު ބޭނުންވިއެވެ.

“ގައިމު މަށެއް ނަސީރެއް ނުދެކެން. ކިހިނެތް ދެން އަހަރެން ފެނުނީ” ޖެހިލި މަޑު ވައިރޯޅިއާއެކު ސަލްމާ މޫނުމައްޗައް ވެއްޓުނު ފަން އިސްތަށިކޮޅެއް އަނެއްކާވެސް ކަންފަތް ދަށަށް ލަމުން ބުނެލިއެވެ. ސަލްމާގެ ހަރަކާތް ތަކަށް ނަސީރު ބަލާކަން ސަލްމާއަށް ވެސް ފާހަގަ ކުރެވިއްޖެހެން ހީވުމުން ކުޑަ ލަދުރަކިކަމެއް މޫނަށް އަތުވެއްޖެއެވެ.

“ކޮންނަމެއް ކިޔަނީ”ނަސީރު ކުޑަކޮށް ހިނިތުން ވެ އިނދެ ސަލްމާގެ ނަން އަހާލިއެވެ.

“ގޮތްޔެ” ސަލްމާވެސް ފަރި ގޮތަކަށް ހިނިތުންވެލުމެއް ރައްދުކުރަމުން މިހެންބުނެލީ ސަލްމާގެ އަސްލު ނަމަކީ އާންމުކޮށްބޭނުން ކުރާ ނަމަކަށް ނުވެފައި އެއީ ރަށުގައިގިނަ ބަޔަކަށް  އެނަން ނޭނގޭނެތީއެވެ. ގޮތްޔެއަކީ ސަލްމާގެ ބައްޕަ ސަލްމާއަށް ލޯބިން ކިޔާ އުޅުނު ނަމެކެވެ.

” ވަރަށް ގިނަ ދުވަހު އެދިމާ ރުކުގަ ގޮތްޔެ ގެ ޚަބަރު ބަލަން އަރާ އޮންނަން. ގޮތްޔެ ގޯއްޗަށް ގޮސް ވަންނަންދެން ބަޔެއްދުވަސް ދުވަހު ފަހަތުން ދަން. ގޮތްޔެ މަށަށް ވަރަށް ކަމުދޭ”

އިސްޖަހާލައިގެން އިނދެ ބޮޑުކުށެއްކޮށް،ކުށަށް އިޢުތިރާފްވާ މީހެއް ފަދައިން ނަސީރު ބުނެލިއެވެ. ސަލްމާއަށްވެސް އިނދެވުނީ ނަސީރު އެދެއްކި ވާހަކަ ގަބޫލު ނުކުރެވިފައެވެ. ހަމަ އެޔާއެކު ނަސީރުގެ މަގުސަދަކީ ކޮބާކަން ސަލްމާގެ ސިކުނޑިޔަށް ނަގައި ގަނެވިއްޖެއެވެ. ސަލްމާ އަވަސް އަވަހަށް އިންތަނުން ތެދުވެ ދެއަތުން ބުޑުމަތީގައި ހުރި ވެލިތައް ފޮޅާލިއެވެ. ނަސީރުވެސް ކައްޓެއް ޖެހިހެން ތެދުވިއެވެ. ގޮތްޔެ ހިތްހަމަ ނުޖެހުނީކަން ގައިމުވެއްޖެއެވެ.

“ވަރަށް ލަސްވެއްޖެ. ދަނީ” ސަލްމާގެ އަޑު ތުރުތުރު ލާކަން ހުދު ސަލްމާ އަށްވެސް ފާހަގަ ކުރެވުނެވެ. ނަސީރު ކުއްލިޔަކަށް ސަލްމާގެ އަތު މުލަށް ދަނޑީގައި ނިކަންބާރަށް ހިފަހައްޓާ ފައި ގަޔާވީ ދިމާލަށް އަނބުރާލިއެވެ. “ޖަވާބެއް ނުދީ ނުދެވޭނެ” ނަސީރުވެސް މިއޮތް ހުރިހާ ދުވަހު ކުރަމުން އައި އިންތިޒާރު މިފަދަ ގޮތަކަށް ނިމެން ނަސީރު ބޭނުމެއް ނުވިއެވެ، ދެން ދުވަހަކުން ސަލްމާ ނުފެނި ދާނެ ކަމުގެ ބިރުވެސް އެވަގުތު ހިތުތެރޭގައި އެނބުރި ގަތެވެ. ނަސީރު އަދި އެހެން ބުނަން މާއަވަސް ހެއްޔެވެ. ސަލްމާ ގެ ހިތްއޮތްގޮތެއް ނުބަލާ އެހެން ބުނެވުނީ އިހްތިޔާރަކާ ނުލައެވެ.އެހެން ނަމަވެސް ހެވެ، މިއަދު ސަލްމާ ދާންޖެހޭނީ ކޮންމެވެސް ޖަވާބެއް ދީފައެވެ. ނަސީރު ސަލްމާއާ ހަތަރުކަޅި ހަމަކޮށް ބަލާލިއެވެ. އެދެލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. މޫނުމަޓީގައި މީގެ ކުޑައިރުކޮޅެއް ކުރިން ހުރި ތާޒާކަން ނެތި ގޮއްސި ކަހަލައެވެ. ހިތައް ކުރި އަސަރަކުން ނަސީރުގެ އަތް ސަލްމާގެ އަތުން ދޫކޮށްލައި މޫނު އަނބުރާލިއެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

saana

Level 110 Stories

Other Articles

Previous

ޓެކްސީ (ނުވަވަނަ ބައި)

Next

ދޫކޮށް ނުދާށޭ 2

Next
July 28, 2017

ދޫކޮށް ނުދާށޭ 2

Previews
July 27, 2017

ޓެކްސީ (ނުވަވަނަ ބައި)

25 Comments!

  1. maroon says:
    July 28, 2017 at 12:10 pm

    Tradional bai gennahchey.. v kiyaa hiy vey eba. Kon dhuvas thakegga up vany ?

    1. maroon says:
      July 28, 2017 at 12:35 pm

      Traditional*

    2. maroon says:
      July 28, 2017 at 1:10 pm

      Goyye kiyaa iru alifu sukuneh…. alhaigannaathy bunely… waiting for next part…??

    3. saana says:
      July 28, 2017 at 2:18 pm

      thank you. In Sha Allah dhedhuvahun ehdhuvahu vaahaka genes dheveytho masaikai kuraanan.

  2. Ash? says:
    July 28, 2017 at 12:23 pm

    Reethi vaanegen hyvany….varah kiyaa hih varah kiyaa hihvey…nex prt ah inthizaarukuran….me second

    1. saana says:
      July 28, 2017 at 2:20 pm

      thank you Ash. varah ufaavehje mi story kamudhiyameema.

  3. saana says:
    July 28, 2017 at 12:53 pm

    Maroon

  4. Aish says:
    July 28, 2017 at 2:23 pm

    Heevanee reethivaanehen

  5. .Noor says:
    July 28, 2017 at 2:24 pm

    Wow..a very different story..kuriah huri bai thah varah kiyaalaahiy vejje..❤❤❤

    1. saana says:
      July 28, 2017 at 4:39 pm

      thank you Noor

    2. song joong ki..KOREAN says:
      July 29, 2017 at 7:42 pm

      hey noor. can u plx tell an expected date of publishing ur new story???

  6. Adha? says:
    July 28, 2017 at 3:41 pm

    Varah thafaathu..
    Varah reethi ?❤❤❤❤

    1. saana says:
      July 28, 2017 at 4:39 pm

      thank you Adha

  7. song joong ki..KOREAN says:
    July 28, 2017 at 3:51 pm

    v salhi n interesting

    1. saana says:
      July 28, 2017 at 4:38 pm

      thank you

  8. Iz says:
    July 28, 2017 at 8:03 pm

    Reethi vaane hen heevany

    1. saana says:
      July 29, 2017 at 9:33 am

      thank you Iz

  9. Saamii says:
    July 28, 2017 at 8:50 pm

    Salhi. Love this kinda stories ?
    Interesting ❤

  10. Xna says:
    July 28, 2017 at 10:15 pm

    Thafaath?..naseeru raivareh kiaalaane namey hithah eree stry kiaali iru ?? .all the best. Waiting ??

    1. saana says:
      July 29, 2017 at 9:35 am

      hehe…ann dho… naseeru hih halaakuvefa ey.ehen veema dhen raivareh hithakah naaraanun. thank you Xna

  11. ZaaZauly says:
    July 28, 2017 at 11:45 pm

    V habeys sifakurun thah ..
    Kiyaa hih vey eba.keep it up?

  12. ZaaZauly says:
    July 28, 2017 at 11:51 pm

    Story ge cover pic maa muskulhi keeve?

    1. saana says:
      July 29, 2017 at 9:36 am

      inthizaaru kohlahvaa

  13. Dhiye ? says:
    July 29, 2017 at 11:48 am

    Feshun varah reethi… heevey varah reethi vaahaka akah vaanehen… waiting for the next part ?

    1. saana says:
      July 29, 2017 at 12:16 pm

      Dhiye, thank you. next part varah avahah upvaane

Comments are closed.

Next Episodeގޮއްޔެ (2)←


All Right Reserved!