Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގޮއްޔެ (3)

saana Level 110 Stories
July 30, 2017 4 Mins Read
21 Comments

ނަސީރުވެސް އިރުކޮޅަކު މަޑުކޮށްލީ މީހެއްގެ ހިލަންވިހެން ހީވެގެން ގަސްތަކާދިމާއަށް ބަލަން ހުރެ ހުރެފައެވެ. އެވާނީ ހީވިގޮތަކަށެވެ. މިއީ މީހުންއަތިރިއަށް އަންނަ ދިމާލެއްވެސް ނޫންވިއްޔާއެވެ. ހިތާހިތުން ކުރެވުނީ ކުއްހީއެއްކަމަށް ނިންމައިގެން ނަސީރު ހިގައިގެންފިއެވެ.

ސަލްމާ ދެފަޔަށް ލެވުނުހާ ބާރެއްލަމުން ދުރުދުރުގައި ފިޔަވަޅު އަޅަމުން ގޯތިތެރެއަށް ބޯދީފައި ދެފަރާތް ބަލާލިއެވެ. ގޯތީގެ މެދުތެރޭގައި ތެޅިގަލުން ރާނާފައި ހުރި ގެގަނޑަކީ ސަލްމާ ގެ ބައްޕަގެ ދުނިޔޭގައި ނުހަނު ބުރަމަސައްކަތުން ސަލްމާމެން ދެބެންނަށް އަޅާދީފައި ހުރި ގެއެކެވެ. މިއަދު އެގޭގައި ދިރިއުޅެމުންދަނީ ސަލްމާމެން ދެބެންނާ ބައްޕަ ފަރާތު މާމައާއި ކާފައެވެ. އެދެމީހުން މިދެކުދިން ބަލާބޮޑުކުރީ ނުހަނު ލޯބިން އެހާމެ ރަގަޅު ތަރުބިއްޔަތެއްގެ މަތީގައެވެ. މާމައާއި ކާފަގެ ރަގަޅު އަޚްލާގާ ރަގަަޅު އާދަތައް އެކުދިންގެ ކަށީގައި ވަނީ އަށަގަންނުވާފައެވެ. ދީނީތަރުބިއްޔަތާ ހިސާބުއަކުރު އެއްކޮށް ގެއްލަން ދަސްކޮށްދީފައިވާނެއެވެ. އެއުމުރުގެ އެހެންކުދިންނަށް ވުރެ ތައުލީމީފެންވަރު ރަގަޅުކަންމީ ރަށުއެންމެން ދަންނަ ހަގީގަތެކެވެ.

ކޮންމެ ރެއެއްގެވެސް އާދައިގެ މަތިން ގޭތެރެއިން އިވިގެންދިޔައީ މާމަގެއަޑުން ކީރިތި ޤުރުއާންގެ އާޔަތްތައް ކިޔަވަމުންދާ އަޑެވެ. މެދުގެ ތެރޭގައި ހުރި ފަސްވޯޓުގެ ރީނދޫ ކުލައިގެ ބޮކިއަލީގައި މާމަ ކިޔަވަން އިންއިރު ސަލްމާ ހުރީ މާމަބަލާލިއަސް ނުފެންނާނެ ހެން ނިވާވެގެންނެވެ. ބަލާ ބެލުމަށް ސަލްމާ ގޭގައި ނެތިގެން މާމަގެ އެއްވެސް ހާސް ކަމެއް ނެތެވެ. އެހެނެއް ނުވާނެ އެވެ. މާމައަކީ މާމަގެ ގޮއްޔެ އަތިރިއަކަށް ދިޔަސް ފަހަތުން ދާމީހެކެވެ. މިރޭ މިހާ ލަސްވާއިރުވެސް ހަމަ ހޯދަންވެސް ނޫޅެނީ ބާއެވެ. މާމަ އަހައިފިއްޔާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ. އަތިރި އަށް އެރުނީ އެވެ. ނޫނެކެވެ ، މިއޮއްހާ ދުވަހު މާމަ ކުރިމަތީ ދޮގެއް ހަދާފައި ނުވާނެއެވެ. އެންމެ ރަގަޅުވާނީ ތެދަށް ބުނުމެވެ. މިނިންމުމާ އެކު ސަލްމާމަޑުމަޑުން ގޮސް ގިފިލިން ވުޟޫކޮށްލައިގެން އައިސް ނަމާދަށް އެރި އެވެ. އެއަށްފަހު މުސްހަފް ނަގައިގެން އައިސް ކިޔަން ފެށިއެވެ، އިޝާއަށް ބަންގި ގޮވި އިރުވެސް މާމަގެ ފުށުން އެއްވެސް ކަހަލަ ހިތްހަމަ ނުޖެހުމެއް ސަލްމާ އަށް ނުފެނުމުން ކުޑަކޮށް ހިތްހަމަ ޖައްސާލެވުނެވެ. ދެން އެކަމާ ނުވިސްނާން ނިންމައިގެން ބަދިފަރާތަށް ނިކުތީ ކޮއްކޮއާއި ކާފަ އަންނަންވާއިރަށް ބޮޑުއަށްޓަށް ކާން ހެދުމަށެވެ. ބޮޑު ދޮލަނގުގައި ހޫނު ރަތްގަރުދިޔަ ބޯތައްޓަކާއި އުކުރާފައި ހުރި ކާށިކިބައެއް އޮތެވެ. ފޮޅިކުރި ހަޔެއްކަ މިރުހާ ލުބޯފަޅިއަކާ ދޮންހުނި ތައްޓެއްބަހައްޓާލާފައި ހުއްޓެވެ. ސަލްމާގެ ފަހަތުން މާމަވެސް ނިކުތީ ދުންއަރައަރާ ހުރި ފެނުކެއްކި ބަނބުކެޔޮ ތައްޓެއް ދޮލަނގެއްގައި ބަހައްޓައިގެން ނެވެ. ހަމަ އެވަގުތު ގޭގެ ދޮރު ހުޅުވާލާފައި ސަލާމް ގޮވާލަމުން އެތެރެއަށް ވަދެގެން އައީ ސަލްމާގެ އެއްބަނޑު އެއްބަފާހުރި ހަމަ އެކަނި ކޮއްކޮ ސުލައިމާނާއި އެކުދިންގެ ކާފައެވެ. ކާފައަތުގައި ހިފާލައިގެން އޮޅިގިރާ ކުރުމަށްފަހު އައިސް ބޮޑުއަށި ކޮޅުގައި ބޭންދިއެވެ. ދެން ކާފައާއި ހަވާލުވީ މާމައެވެ. ތައްޓަކަށް ބަނބުކެޔޮ އަޅާ އެހިހޫކޮށް ދިނުމަށްފަހު ގަރުދިޔަ އަޅާ ނިކަން މީރުވާނެހެން މޮޑެލިއެވެ.

“ގޮއްޔޭ ކޮބާ ހުނިތަށި” ސަލްމާއަށްވެސް ހުނިތަށި ބަދިގޭގައި ބަހައްޓާފައި އާދެވުކަން އެނގުނީ މާމަ ބުނުމުން ނެވެ. އަވަހަށް ބަދިގެޔަށް ގޮސް ހުނި ތަށި ގެނެސް މާމަ އަތު ޖެހޭ ފަށުގައި ބަހައްޓާ ދިނެވެ. އޭރު ސުލައިމާނުވެސް ކާންފަށައިފިއެވެ.

ސަލްމާގެ އަތްމަތި އަވަސްވެފައިވާތަނާ މޫނުމަތީގެ ނުތަނަވަސްކަން ގާތުން ބަލަން ސުލައިމާނުއިނެވެ. ހީވަނީ އެކަނިވެލާނެ ވަގުތަކަށް ބަލަބަލާ އިންހެނެވެ. ދެފިރިހެނުން ކައި އަވަދިވުމުން މާމައާއި ސަލްމާ ކާންފެށިއެވެ. ކާފަވަދެގެން ދިޔައީ އެތެރެ ގެއަށެވެ. ސުލައިމާނު ދޭތެރެއަކުން އެތެރެ ގޭތެރެއަށް ވަދެލާފައި އެބަ ހުރެ ނިކުމެއެވެ. އަނެއްކާވެސް އެހެން ދިމާއަކަށް މިސްރާބުޖަހައެވެ. ސަލްމާގެ ތޮބީއަތު ބަދަލުވެފައި އިންލެއް ބޮޑުކަމުން ކަރުން އެއްޗެއް އެތެރެ ކުރުންވެސް ވެފައިވަނީ ބޮޑު ކަމަކަށެވެ. އެހެން ނަމަވެސް މާމައަށް ޝައްކެއްވެދާނެތީ އެކަމާ ބިރުން ސައިފެންތައްޓެއް އަޅައިގެން އައިސް އެޔާއެކު ކައި ނިންމާލައިފިއެވެ. ކެއިތަށިތައް ނަގާ ބަދިގެ ދޮރުޖަހާ ހެދުމަށް ފަހު މާމަ ވެސް ގޮސް އެތެރެގެއަށްވަނީ ސުލައިމާނަށް ގޮވާ ރަގަޅަށް ބޭރު ދޮރުގައި މަކުޑި އެޅުމަށް ބުނެފައެވެ. އޭރު ސަލްމާގޮސް އޭނަގެ ކޮޓަރިއަށްވަދެ އޮތްތައިފިއެވެ.

ކޮޓަރިތެރޭގައި ވަނީ ހަމަހިމޭންކަމެވެ. ދޭތެރެއަކު ފަނި ހިރޭ އަޑު ހިވިލައެވެ. މަދިރިން ސަލާމަތްވާން އެނދުގެ ވަށައިގެން ވަނީ މަދިރިގެއެއް ދަމާފައެވެ. އެންމެ ޒަމާނުގެ މޮޅު ހައިވަކަރު އެދެކެވެ. ކަފަ ބަލީހެކެވެ. މިއީ މީގެކުރިން ސަލްމާއަށް ނުހަނު އަރާމު ތަންމައްޗެކެވެ. އެހްނ ނަމަވެސް މިރޭމި ތަންމަތީގައި އޮތުން މިވަނީ އުނދަގުލަކަށްވެފައެވެ. ސަލްމާއަށް މިވެގެން އުޅޭގޮތެއް ހިލާ ނޭނގުނެވެ. މިހާރު ގައިމުވެސް ދަންވަރު އެކެއްދޭއް ޖަހާފާނެތާއެވެ. ލޮލަށް އެއްގޮތަކަށްވެސް ނިންޖެއްނައެވެ. މިއަދު ހަވީރު އެދިމާވީ އެހެންޏާ ދުވަހަކުވެސް ސަލްމާއަށް ދިމާވެފައި ނުވާހާ ބޮޑު ކަންތައްގަނޑެކާއެވެ. އެއަށްވުރެވެސް އަޖައިބު ކުރުވަނިވި ކަމަކީ މާމައާ ކާފަގެ އެއްވެސް ކަހަލަ ސަމާލުކަމެއް ސަލްމާ ލަހުންގެޔަށް އައުމާ ވިދިގެން ނުލިބުނީމައެވެ. ކަންކަމާ ފިކުރަމުން ފުރޮޅި ފުރޮޅި އަވަދިވީ އިރުވެސް ނިންޖަކާ ނުވިއެވެ. އެނދުން ތެދުވެ ކައިރީގައި ހުރި ފެންބަނޑިޔަލުން ފެންތައްޓެއް ބީލިއެވެ. ފުންނޭވާއެއް ލުމަށްފަހު އަނެއްކާވެސް އެނދަށް އެރިއެވެ.

ނަސީރަކީ ކޮންގޯއްޗަކު މީހެއްބާއެވެ. ރަށުތެރެއިން އެހެންޏާ ނަސީރަކާ ދިމައެއް ނުވޭވިއްޔާއެވެ. ދިމާވާނީވެސް ކިހިނެތް ހެއްޔެވެ. ސަލްމާއަކީ ރަށަށް ގިނަވެގަނެގެން އުޅޭ ކުއްޖެއް ނޫނީމެވެ. ނަސީރު މަތިން ހަނދާން ވުމާއެކު ކުއްލިޔަކަށް ގައިންހީބިހި ނަގައިގެން ގޮސްފިއެވެ. ހީވީ ހަމަ ކާށިތެޔޮގެ ވަސް ދުވިހެނެވެ. ނަސީރުގެ ހަށިގަނޑުގެ ހޫނުކަން ތަޖުރިބާކޮށްލެވުނު ހިނދުކޮޅު އަލުންބަލުން ލޮލުގެ ކުރިމަތީ ސިފަވެގެން ދިޔައެވެ. ލަދުވެތި އިހްސާސެކެވެ. އެހެންނަމަވެސް ސަލްމާގެ މޫނުމަތިން ފުޅާ ހިނިތުންވުމެއް ފާޅުވެއްޖެއެވެ. މަޑުމަޑުން މޫނުގައި އަމިއްލަ އިނގިލިއަތައް ކާއްތާލެވުނެވެ. ނޭވާ އެތެރެއަށް ދަމާލެވުނެވެ. ލާނެތް ހިންޔެއް އަތުވެއްޖެއެވެ.

“އަދިބުނެފިއެއްނުން މާދަންވެސް އަންނައްޗޭ! ނުދާނަން…”

ނިކަން ހެވިފަ އޮވެ އަރާމު ނިންޖަކުން ނިދުނީ ކޮންއިރަކު ކަމެއްވެސް ސަލްމާ ނުދެނެ ހުއްޓެވެ. ފަތިހު ހޭލަން އާދަވެފައި ހުރުމުން ކިއަތްމެ ލަހުން ނިދުނު ކަމުގައި ވީނަމަވެސް ސަލްމާ ބަރާބަރު ފަހެއްޖެހި އިރު ހުރީ ހޭލައެވެ. ނަމާދުކޮށް ނިންމައިގެން ފެށީ ގޭދޮށްކަހާށެވެ. އިރުގެ އަލިކަން އަދި އޭރު ކިރިއަ ކިރިއާ ހުރިކަމެވެ. ދުރުން މިސްކިތްދޮށުން ފައިައިގެން ފިރިހެންވެރިން އަންނަތަން ފެނެއެވެ. ސަލްމާގޭ މަގު އެއްފަޅި ކަހާ ނިންމާލުމަށްފަހު މުޅޯއްޓަކަށް ކުނިކޮޅު އަޅާލިއެވެ. ދެން އަނެއް ކަންމަތިން ފެށިގެން ނުކަހާ އޮތް މަގު ކަހަން ފެށިއެވެ. އޭރު ކާފައާ ސުލައިމާނުވެސް ގޭދޮރުމައްޗައް އަރާ ހަމަވީއެވެ. ކާފަ ހުއްޓިލާފައި ނިކަން ލޯބިން ގޮއްޔެ އަށް ގޮވާލިއެވެ.

“ކާފާ. ކިހިނެތްވީ”

“ކާފައަށް ހީވަނީ މިއަދު އެމީހުން ލަފާނެހެން.. ރަގަޅު އެއްޗެއް ހަދާފަ ބަހައްޓައްޗޭ ، އެއީ މާލޭގެ ވަރަށް ގަދަރުވެރި ބަޔެއް. މިރަށުގެ މީހުންނަށްވެސް އެނގޭނެ އެ މުހައްމައިދީމެން.”

މުހައްމައިދީމެނޭ…..ކޮންކަހަލަ މުސްކުޅި ނަމެއް..އެހާ މުސްކުޅިޔަކާބާ މަ ދެވަން އެއުޅެނީ. ސަލްމާގެ ހިތްރޯލިއެވެ. މިއަދު ސަލްމާއަށް ނޫނެކޭ ބުނެވޭނެ ހެއްޔެވެ. މާމަ ބުނި ގޮތުން ވިއްޔާ އެ އާއިލާއަކީ ބައްޕަގެ ވަރަށް ގާތް ބަޔެކެވެ. ކައިވެންޏަށް އެދިފައިވެސް ވަނީ އެމީހުންނެވެ. ޔަގީނެވެ. އެބުނާ މީހަކީ ވަރަށް ގަދަރުވެރި މުއްސަނދި ބޮޑު މުސްކުޅިއެކެވެ. ނަސީރުމެން ކަހަލަ ރީތިމީހެއްނަމަތާއެވެ. ނަސީރުހާ ހިތްހެޔެވާނެ ބާއެވެ. މިއަދަކު މާވަރަކަށް ނަސީރުގެ ކަންކަމަށް މިވިސްނެނީ ކީއްވެބާއެވެ. ނަސީރަކީ އިއްޔެ ފެނުން ބީރައްޓެއްސެއް ކަހަލަ މީހެކެވެ. ކައިވެނި ކުރަން އެއޮއް މީހުން އަންނަނީއެވެ. އަމްދަކުން މިކަހަލަ ވިސްނުން ގެންގުޅުންވެސް ގޯހެވެ. ސަލްމާ ދެފަރާތަކަށް ބޯހޫރާލަމުން ކާފައަށް ޖަވާބުދިނީ މަޑުމައިތިރި ކަމާއެކުއެވެ.

“ކާފާ…އެމީހުން ފައިބާ އައިސް ތިބެނީ ކޮންތާކު”

“ދަރިފުޅާ ކާފައެކަން ހަމަ ޖައްސާނަން. ކަތީބު އަހުމަދު ގޯތިންވެސް އެމީހުނަށް ނިދަން ތަންވާނެ.. އަނެއްކޮޅުން މާވަޑި ގޯތީގަވެސް އެމީހުން ބޭތިއްބިދާނެތާދޯ. ކާފަވެސް ހިތައް އަރާ ކިތަކެކަށް މީހުންބާވަޔޭ އެއަންނީ”

ވާހަކަ އަޑުއިވޭ ހިސާބުގައި ހުރެފައި މާމަ ބުނެލިއެވެ. “މަގޯތި މުހައްމަދުވެސް ތިޔޮއްދައްކާވާހަކައެއް، ބަލަ ކައިވެންޏަކަށް އަންނާނީ ގޭ މީހުނެއްނުން..މަށަށް ވަރިހަމަ ކިތައްމެ ބައިވަރެއް އަޔަސް، އިރާދަކުރެއްވިއްޔާ ރޯދިހުރިއެއްޗެއް ކާންދޭނަން. އެހެރީ މިހާރުވެސް ކާޑުގެ ބާވައްތައް އެތެރެ ކޮށްފަ. ދެން ހައްވަ ބުނެފި އެގޭ އިން ކެޔޮގަނޑުދޭނަމޭ. މިގޭ ގަހުގަ އެހެރީ ބަނބުކެޔޮ … ދެން މިހާވަރު ރަގަޅެއްނުން. ” އެއްފައްޗަކަށް ހުރިހާއެއްޗެއް ކިޔާލުމަށް ފަހު މާމަގޮސް ކާފަގާތަށް ހުއްޓިއްޖެއެވެ. ކާފަވެސް ހީލާފަ ބުނެލިއެވެ.

“ދޮންކަމަނަ ތިޔަބުނިގޮތަށް ކަންކަން ހުރިއްޔާ މަ މިހިރީ ހިތްހަމަ ޖެހިގެން.” ދެން ” ދެމަފިރިން އެކުގަ އަތުގުޅާލައިގެން ގޯތިތެރެއަށް ވަދެގެން ދިޔައެވެ. އޭރު ސަލްމާވެސް ނުކެހި އޮތްދިމާ ކަހާނިމި ކުނިތައް މުޅޯއްޓަށް ވެސް އަޅާ ނިންމައިފިއެވެ. އެވަގުތުވެސް ހަދާނަށް އައީ ނަސީރު ބުނެލި ވާހަކަ އެވެ. ފަތިހު ކުނި ކަހާފައި ކުނިއުކާލަންދާ އިރު ފާރައަށް ހުންނަ ވާހަކައެވެ. އަވަސް އަވަހަށް މަގުގެ ދެކޮޅަށް ކަޅިހިންގާލެވުނެވެ. ދުރުން އެހެރައަންނަނީ ޖެހިގެން މިހިރަގޭ މަރިޔަނބެވެ،. މަގުގެ އަނެއްފަރާތުގަ އެކަކުވެސް ފެންނާކަށް ނެތެވެ. އަނެއްކާ ނަސީރު ފިލާހުންނަނީ ކޮން ދިމާލަކުބާއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

saana

Level 110 Stories

Other Articles

Previous

އެ ތޫފާނީ ރޭ (16)

Next

ލޯބި ލިބިއްޖެހޭ 2

Next
July 31, 2017

ލޯބި ލިބިއްޖެހޭ 2

Previews
July 30, 2017

އެ ތޫފާނީ ރޭ (16)

21 Comments!

  1. maroon says:
    July 30, 2017 at 10:40 pm

    Wow sana!!!! V inthizaaru kurevijjee… v unique!
    V shauguveri… every detail is amazing ? could picture myself there … when next part?

    1. saana says:
      July 31, 2017 at 1:36 pm

      thank you maroon. InShaAllah, next part varah avahah genesdheynan

    2. song joong ki..KOREAN says:
      July 31, 2017 at 2:19 pm

      maroon.. vaahaka kee gady kaashi theyo vasgandu v gadhayah dhuvi dhw ?? 😀 😀 😉

    3. song joong ki..KOREAN says:
      July 31, 2017 at 2:21 pm

      mi story haa thafaathu story eh adhi nukiyan. n v majaa mi story aslu… 🙂 😀

    4. maroon says:
      July 31, 2017 at 2:58 pm

      Agree with song joong.. this story so unique!!
      Hehehe.. mi vaahakaige nan fenunas e vas dhuvan fasha mihaaru ?
      Will be waiting sana ?

  2. Psenhi says:
    July 30, 2017 at 10:49 pm

    Nice story. Hey ekm eboi kameh rangalhu kohlan. Storyge name nujahaa innathy v undhagoo gotheh hyvey. Next time rangalhukohlyma 🙂

    1. saana says:
      July 31, 2017 at 1:37 pm

      shukurihyaa… e heevanee admin side ge mahsala eh hen. ragalhu kohlan bunefin

  3. Adha? says:
    July 30, 2017 at 10:56 pm

    Haadha kuruhen heeve ey…. maa kiyaa hithun huryma heevi goiy kanneynge dw? varah salhi ingey mi mart ves..?
    Waitingss ❤❤❤❤

    1. saana says:
      July 31, 2017 at 1:42 pm

      hehe…kuruhen hama heevanee…kuree part ah vure gaimuves dhiguvaane. varah bodah shukurihya thiya hdey tharuheebah

  4. i_far says:
    July 30, 2017 at 11:20 pm

    Maa Shaa ALLAH. Varah varah reethi mi part ves. V kudairuge handhaan thakeh vany mi vaahaka keema. dholanguha kaan hadhaavaahakayaa mulhoattah kuni alhaa vaahaka kahala vaahakathakun varah e handhaan thah aavey. Kaiveni kuravenyaa varah reethikoh eyerge goiy thah genesdheyne kamah v yageen kuran. Yageenunves mee mihaaruge kudhinnah varah beynuntheri vahtharehge vaahaka eh.Thank you saana.

    1. saana says:
      July 31, 2017 at 1:40 pm

      thank you i_far. i am so glad you like it

  5. Dhiye ? says:
    July 31, 2017 at 8:12 am

    Masha Allaah.. ❤️
    Haadha molhey vaahaka liyan… varah kiyaa hivvaa gothakah mibai ves thi genesdhinee… ?
    Waiting for the next part…

    1. saana says:
      July 31, 2017 at 1:58 pm

      Shukurihya Dhiye. InShaAllah, varah avahah next part upkuraanan

  6. Kamana says:
    July 31, 2017 at 9:49 am

    Aalu ves mithaage mibira comment thah haggu hama sana ah. Hama v habeys v salhi mi vaahaka. Kureega beynun kurevunu ehchessaa e ehchessah kiyaa nan thah bureema ves heevanee hama e zamaa fenna hen. V salhi. Mi vaahaka kiyaaleema hithah araa e zamaanuga ulhelan libunu nama ey. ? next part ah v inthizaaru kuran eba..

    1. saana says:
      July 31, 2017 at 2:00 pm

      varah bodah Shukurihyaa Kamana. varah ufaakohfin mi part ves kamudhiyaeema

  7. song joong ki..KOREAN says:
    July 31, 2017 at 12:30 pm

    woww. imagine khdhyfa huri goih hama v salh. this part is amazing. good luck dear. waiting waiting

    1. saana says:
      July 31, 2017 at 2:01 pm

      thank you dear. i am glad you like the story.

  8. Ilha says:
    July 31, 2017 at 2:48 pm

    Wooow v salhi mipartves ❤❤❤❤❤❤

  9. Xna says:
    July 31, 2017 at 4:11 pm

    Emeehun vaahaka dhahkan thibithan knmes meehakah fenun dho?..v kiaa hithun mihiree , Adhi bunefiehnu maadhan ves annahchey?? salma ah nugos hureveynetha..? Waiting.vaahaka v rythi. ??

  10. Suma2 says:
    August 1, 2017 at 12:57 am

    Then goyye will marry to naseer dhw
    She will not like person from male’
    She will be begging to marry naseer

  11. 1234 says:
    August 1, 2017 at 1:00 am

    Yes

Comments are closed.

Next Episodeގޮއްޔެ (4)←


All Right Reserved!