ކޮޓަރިޔަށް ވަންނަން އަޅާލި ފުރަތަމަ ފިޔަވަޅާއެކު ރައުލް އަށް ވަށައިގެން ބަލައިލެވުނެވެ. ފައިދަށުގައި ރަތް ފިނިފެންމަލުގެ މަޑު ދޫލައެއް ފަތުރާލެވިފައި ވާއިރު އެނދުމަތީގައި އަޅާފައިވާ ހުދުކުލައިގެ ބެޑްޝީޓް ވެސް ފޮރުވިފައިވަނީ ރަތްފިނިފެންމަލުގެ ފިޔަތަކުންނެވެ. ލެމަންގްރާސް އުއްބަތިތަކުގެ ލުއި މީރުވަސް ހިފައިލައިފައިވާ ކޮޓަރި ވަނީ އާކައިވެނީގެ ރެޔަށް ނުހަނު ފުރިހަމައަށް ތައްޔާރު ކުރެވިފައެވެ. ކޮޓަރީގެ އެކި ދިމަދިމާލުގައި ބެހެއްޓިފައިވާ އުއްބައްތިތަކުގެ ހުޅުކޮޅުތަށް ނަށަ ނަށާ ހުއްޓެވެ. ސޯޅައަށް ލައިފައި ހުރި އޭސީގެ ފިނިކަން މާހައުލު އިތުރަށް އިޝްގީ ކޮށްދެމުން […]
ލ މާޒް އިންޓަރނޭޝަނަލް ކޮލެޖުގެ ގޯތިތެރޭގައި ކުދިންނާއި ޓީޗަރުން ހޭލަމޭލަވަމުން ދިޔައެވެ. އެކުވެރިން ތަކާއެކު ވާހަކަ ދައްކަމުން އައި ޖަޒްލާގެ ދެންމެފޮޅުނު ތާޒާ ޅަ ފިނިފެންމަލެއް ފަދަ ދޮން މޫނުގައި ފަރިވެފައިވީ އުފާވެރިކަމުފެ ލުއި ހިނިތުންވުމެކެވެ. އޭނާއަކީ ދުނިޔޭގައި ހުރި އެންނެ އުފާވެރި އަދި އެންމެ ނަސީބުރަނގަޅު ކުއްޖާ އޭ ފެންނަ މީހެއްގެ ހިތަށް އަރައިފާނެއެވެ. މަޑު ނޫ ކުލައިގެ އަތްދިގުޓޮޕަކާއި ކަޅުކުލައިގެ ޖިންސެއް ލައިފައި ހުރިއިރު ރީތިކަމުގެ އިންތިހާއެވެ. ކައިރީގައިތިބި ދެ އެކުވެރިންނާއެކު ސަމާސާ ވާހަކަތަކެއް […]
“ދެން ރައުލް”އަލީޒާ މަޑުމަޑުން ރައުލްގެ އަތުގައި ޖަހައިލިއެވެ. “ބަލާބަލަ ރައުލް މިހާރު ވެސް ޒެލް އާއި ދިމާކުރާވަރު. އެކަމަކު އަހަރެމެން އެއްޗެކޭ ބުނެފިއްޔާ ތި ވަރަށް ދިމަ ނުކުރާށެ ކިޔާނެ”ޝަޔާލް ރައުލް އާއި ދިމާލަށް ކަޅިއެއް އެއްލުމަށް ފަހު ބުނެލިއެވެ. “ޝަޔާލް ތިހާ ދިމާކުރާ ހިތްވަންޏާ ކުއްޖަކު ހޯދަން ވީނު. އޭރުން ދެމީހުންނަށް ދިމާކޮށް ކޮށް ހުރެވޭނެއެއްނު.އަނެއްކާ ކުއްޖަކު ސެޓު ނުވީތަ. ނުވެއްޖެއްޔާ ބުނޭ އަހަރެން ސެޓު ކޮށްދީފާނަން”ރައުލް ޝަޔާލް އާއި ދިމާކޮށްލަން ފުރުސަތުގެ ބޭނުން ހިފިއެވެ. […]
އަވަހަށް އަނާ ގޮސް ގޮނޑިއެއްގައޭ އިއްތައި މެލީ އަވަހެއްނު ހޭ ދުވަމުންއެއައި ބާރަށް އިނގޭ ދޮންދައްތައޭ މަސްރިހައެޅުން ފެންތަށި އެޅުން ރޮށި ފުޑުވުމާ ސައިތަށިގިރުން ލަސްވެސްނުކޮށް އެންމެންގެ މޫނު ބަލައިލުމާ އެކުގައި ވިއޭ އުފަލާއި މަޖަލާ އެކުވިއޭ ހިނިތުންވުމާ ސަކަރާތް ޖެހުން މިފުރާނަ ދުށް ކުލަރީތި ނަލަ ހުވަފަންތަކޭ މާޒީ ތިއޭ ކައިނިމުނުއިރު ހައިކަން ފިލާ ވަރުވެސް މިވީ ގަދައޭއިނގޭ ކައިނިމި އަނާ ތަށިވެސް މަގޭ އެކުގައި އަތާ ދޮވެފީ މުއޭ ދޮންދައްތައާއި އަހަރެން އެކީ ދިޔައީ […]
“ދަރިފުޅާ ޖަޒްލާ. އަވަހަށް ތެދުވޭ. މިހާރު އެއޮތް ކޮލެޖަށް ދާގަޑި ޖެހެނީ.” ފުންނިދީގެ އާލަމުން ޖަޒްލާއަށް ބޭރުވެވުނީ އޭނާގެ މަންމަ ކޮލެޖަށް ދާން ގޮވުމުންނެވެ. މަޑުމަޑުން އެސްފިޔަތަށް ތަޅުވާލުމަށްފަހު ލޯހުޅުވައިލި ޖަޒްލާގެ ލޮލަށް އެންމެ ފުރަތަމަވެސް ފެނުނީ އޭނާގެ ގާތުގައި އަރާމްކޮށް ނިދާލައިފައި އޮތް ނިއަމްއެވެ. ޖަޒްލާ މަޑުމަޑުން ތެދުވެ އިށިންދެލިއެވެ. އެއަށް ފަހު ދަރިފުޅުގެ ބަނޑުގައި ގިލިގިލި ކޮއްޓާލިއެވެ. މަންމަގެ ގޯނާތަކަށް ކެތްނުވެގެން ނިއަމް ލޯ ހުޅުވައިލިއެވެ. ހެމުންހެމުން ތެދުވި ނިއަމް އޮޅުލައިގަތީ ޖަޒްލާގެ ކަރުގައެވެ. […]
ރަނާއި ނުލުގެ މާފަތިތަކުން މުޅި ގޮނޑުދަށް ވަނީ ޖަރީ ކުރެވެފިއެވެ. މާހައުލުގައި ރަސްކަން ކުރަމުންދިޔައީ އުއްބައްތިތަކުގެ ރަން އަލިކަމެވެ. ދޮންވެލިގަނޑުގައި ބީހިލާ ލުއި ރާޅުތަކުގެ މިޔުޒިކް ކެނޑިނޭޅި އިވެމުން ދިޔައެވެ. ޕާރޓީ އަށްއައިސް ގޮސްވާ މެހެމާނުންގެ ސަބަބުން މާހައުލުގައި ވީ ހަލަބޮލިކަމެވެ. ކައިވެނިކުރެވިފައި ވާ ދެމަފިރިން ތިބުމަށް ހަމަޖެހިފައިވާ ތަން ވަނީ ރަންކުލައިގެ ބޮކިފަތި ތަކުންޒީނަތްތެރިކުރެވިފައެވެ. ހުދުކުލައިގެ ވިދާ މިނާތަކައެއް ހަރުކޮށްފައި ހުރި ބޮޑު ވެޑިން ޑެރެސްގައި އަލީޒާ ހީވަނީ ހޫރެއްހެންނެވެ. ސްޓައިލް ކޮށްފައިވާ އަލީޒާގެ ފަން […]
މާޒީގެ އެކި އެހަނދާން ތަކޭ އޭނާގެ ސިކުނޑި ވަށާލަނީ ޔާޒޫމުކޮށް އެޚިޔާލުތަށް ހިތްވެސްއެކީ މިވަށާލިއޭ ލޯބިންމަގޭ ހިތްވެސްފުރުނު އެދުވަސްތަކޭ މިހަނދާންވަނީ ލޯބިންއުޅުނު ދޮންދައްތައާ މަންމާ އި ބައްޕަ އެކީ ވިއޭ ފެށެނީ ދުވަސް މަންމަގެ އަޑުން ތެދުވޭ ފަތިސް މިނަމާދުއަށް މެށެނީ ކަރުން މަންމަގެ މިހަން ރާޔާ ނުހާ މެ ނުތެދުވިއޭ އެތަކެއް ހަޅޭއްލެވުމަށްފަހުން މަންމާ ނިކަން ވަން ބަދިގެއަށް ގަދަހިތްވަރުން އޮންނަންނުކެރި ލޯވެސް އަނާ ހުޅުވައިލައޭ ރާޔާގެ ގައިގައި ވެސްޖެހީ ބާލިހަކުން މަޑުމަޑުމިތާ ރާޔާ ނިކަން […]
ތިޔައީ މަގޭ ލޮލުގާމިވާ ނޫރޭއިނގޭ ބުންޔޭނުހާ ތިޔައީމަގޭ ވިންދޭ ހިތުގެ ތެޅުމޭ އަހާށޭ ލޯބިއޭ ފުންމާނަވީ ބަސްތައްއެކީ ލޯބިން ބުނީ ހިނިތުންވެފާ ފުންއަސަރުތަށް ލޮލުގައެވާ ލޯތްބަށްބަދަލު ހޭލާވިއޭ މަންޒަރުނިކަން ފެނިދެނިމެވާ ހަމަކޮންމެ މީހެއް ވީ ލޮލާ ހިތްވެސް ނިކަންބަންޑުންވެގެން ލޯބިންމިތާ ފުރިދާނެއޭ ރަހުމާ ނުލާ ބޯކޮށްވެހެން ވާރޭ އެ ފެށި ހަމަލާއަކުން އަޚުނޭ ނުހާ ދުއްވައިގަތީ އަސްކަނިދަށަށް ރައްކާވިއޭ ތެޅިގާތަކުން ރާނާފަވާ ވިފުރާޅުގައި ބާޓިނުތަކާ ފެޅިފައިމެވާ ތަންކޮޅުތަކުން ފެންފައިބަމުން ވާރެ ދިޔައޭ ޒާރާނަގައި ބައްދާލިއޭ އެހިމާޔަތޭ […]
ސާދުނާ އަދި ރަޝީދާ އަކީ އެއްބަޑު އެއްބަފާ ދެބޭންގެ އިތުރަށް ވަރަށް ގާތް ދެއެކުވެރިންނެވެ. އެދެމީހުން މީހުންނާއި އިނުމަށް ފަހު ދަރިން ކުޑައިރު މެލޭޝިއާ އަށް ކުރި ދަތުރެއްގައި ދިމާވި ނުރައްކާތެރި އެކްސިޑެންޓެއްގައި އެދެމީހުންގެ ފިރިންވަނީ ނިޔާވެފައެވެ. ދެބެން ވެސް ބޭނުންވީ އެދެމީހުންގެ ދަރިން އަނެކަކުގެ ދަރިންނާއި ކައިވެނި ކުރުވުމަށެވެ. މިގޮތުން ސާދުނާގެ އެންމެ ދޮށީ ދަރިފުޅު އައުޝަން އާއި ރަޝީދާ ގެ އެންމެ ހަގު ދަރިފުޅު ލުޔޫނާގެ ކައިވެނި ކުރެވުނެވެ. އެދެމަފިރިންނަށް ރިޝްފާ ކިޔާ ލޯބިލޯބި […]