Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވެރިޔެއް ތިނޫނީ މަށެއް ނޭދެމޭ 1

❤️ lailac ❤️ Level 310 Stories100 Comments100 Login
February 22, 2021 4 Mins Read
4 Comments

ރަނާއި ނުލުގެ މާފަތިތަކުން މުޅި ގޮނޑުދަށް ވަނީ ޖަރީ ކުރެވެފިއެވެ. މާހައުލުގައި ރަސްކަން ކުރަމުންދިޔައީ އުއްބައްތިތަކުގެ ރަން އަލިކަމެވެ. ދޮންވެލިގަނޑުގައި ބީހިލާ ލުއި ރާޅުތަކުގެ މިޔުޒިކް ކެނޑިނޭޅި އިވެމުން ދިޔައެވެ. ޕާރޓީ އަށްއައިސް ގޮސްވާ މެހެމާނުންގެ ސަބަބުން މާހައުލުގައި ވީ ހަލަބޮލިކަމެވެ. ކައިވެނިކުރެވިފައި ވާ ދެމަފިރިން ތިބުމަށް ހަމަޖެހިފައިވާ ތަން ވަނީ ރަންކުލައިގެ ބޮކިފަތި ތަކުންޒީނަތްތެރިކުރެވިފައެވެ.
ހުދުކުލައިގެ ވިދާ މިނާތަކައެއް ހަރުކޮށްފައި ހުރި ބޮޑު ވެޑިން ޑެރެސްގައި އަލީޒާ ހީވަނީ ހޫރެއްހެންނެވެ. ސްޓައިލް ކޮށްފައިވާ އަލީޒާގެ ފަން އިސްތށިގަނޑާއި އެދޮން މޫނުގައިވާ ލުއި މޭކަޕްގެ އަސަރުން އެރީތިކަމަށް އިތުރު ފުރިހަމަ ކަމެއްގެނުވައެވެ. އެއްތުން ރަތްފިނިފެންމަލުގެ ގުލްދަސްތާގައި ހިފަހައްޓައިގެން ހުރިއިރު ، އަނެއްއަތުން މެހެމާނުންނާއި ސަލާން ކުރަމުން ދިޔައެވެ.އަލީޒާގެ އުނަގަނޑުގައި އަތްއަޅުވައިލައިގެ ހުރި އޭނާގެ ފިރިމީހާ ރައުލް ހީވަނީ މެގަޒިންއެއްގެ ބޭރުގަނޑުން ފުންމާލައިގެން އައިސް ހުރި މޮޑެލް އެއްހެންނެވެ. ހަންހާރާވެތިކަމާއެކު އަނބިމީހާއަށް ބަލާލި ރައުލްގެ ލޮލުގައި ވަނީ ނިމުމެއްނެތް ލޭފައިގެ އަސަރުތަކެވެ.
ރޭގަނޑުގެ އުޑުގައި ފަރިވެފައި އިން ހަނދު ވެސް ހިނިތުންވެހުރެ މިދެމަފިރިންނަށް މަރުހަބާ ކިޔަމުން ދާފަދައެވެ. ފަލަކުގައިވާ އެތަށް މިލިއަން ތަރިތަކުގެ ދުލުން އޮހެމުންދިޔައީ ތަހާނީގެ ލަވަތަކެވެ.
ޕާރޓީ އަށް އަންނަ އެއްވެސް މެހެމާނަކު ފަށައްސެލި ވެގެން ހުންނާކަށް ނުޖެހެއެވެ.ޕާރޓީގެ ޖޯޝާއި ފޯރި އެހާވެސް ގަދައެވެ. “ބޭބީ ނިކަން މަށާ ދިމާލަށް ބަލައިލައިފައި ހީލަބަލަ.”އޭރު ޕާރޓީ އަށް އައި މެހެމާނުންތަށް އެތަން ދޫކޮށް ދާން ފަށައިފިއެވެ.ރައުލްގެ ޖުމްލަ އަޑުއިވުނު އަލީޒާ ލަދުން އިސްއޮބާލިއިރު އެމޫނަށް ވަނީ ރަތުގެ އެކި ކުލަތަށް ވެރިވެފައެވެ.
“އުހުމް އުހުމް”ރައުލްގެ ކައިރީގައި އައިސް ހުއްޓިލި ޝަޔާލްގެ ލޮލުގައި ނަށަނަށާ ހުރީ ލާނެތްކަމެވެ. “ހަމަ ރޯމިއޯ އެންޑް ޖޫލިއެޓް ހެން ހީވަނީ.” ޝަޔާލް ގެކޮނޑަށް އަތްވައްޓައިލަމުން ޝާން ބުނެލިއެވެ. “ރޯމިއޯ ޖޫލުއެޓް ލައިލާ މަޖުނޫނު މިހެންގޮސް ނަންހުސްކޮށް ލޯބިވެރިންގެ ނަންކިޔަސް މިދެމީހުންނަކާވާދައެއް ނުކުރެވޭނެ” ދިފްލާ ވެސް އެމީހުންނާއި ބައިވެރިވެލިއެވެ.
“ދެން ދިފޫ ކިޔާފާނެ ކޮންމެ ފަދަ އެއްޗެކޭ ވެސް.”އެކުވެރިންގެ ދިމާކުރުންތަކުން ލަދުގަންފައި ހުރި އަލީޒާ ބުނެލިއެވެ. “ޒެލް ހީވަނީ ވަރަށް ޓަޔަޑް ވެފަހުރިހެން. މިހާރު ދެން ޕާރޓީ ވެސް ނިމުނީއެއްނު .ހިނގާ އަވަހަށް ތަނެއްގައި އިށިންނަނަން ދާން. މިއޮތް ޚާއްސަ ރޭ ޒެލް ވަރުބަލިވެގެން އަނބުރައި ގެންފިއްޔާ މާ ދެރަވާނެ.” ކަންބޮޑުވެފައި ހުރެ ދިފްލާ ފެށި ވާހަކަ ނިންމާލީ އަނެއްކާ ވެސް އަލީޒާ ގެ މޫނުގައިވި ރަތްކަން އިތުރު ކުރުވަމުންނެވެ.
” ތެދެއް ބޭބް ޓަޔަޑް ތަ؟” ރައުލް ދެމާނަ އެކުލެވޭ ޖުމްކައެއް ބުނިއިރު އެ ކަނޑެއްފަދަ ފުން ދެލޮލުގައި ވަނީ އަލީޒާ ދެކެވާ މަތިވެރި ލޯތްބެވެ. “އަނެއްކާ މިރޭ ބޭބީ ވަރުބަލިވެގެން ހަލާކުވީމަ ކަމަކު ނުދާނެ. މަންމަމެން ވެއްޖެ ވިއްޔަ މިހާ ބޮޑު ޕާރޓީ އެއްބާއްވަން. ހިނގާ އަވަހަށް ކޮންމެވެސް ތަނެއްގައި އިށިންނަން ދާން.”
އާލީޒާ ބޯޖަހައިލުމާއެކު ރައުލް އަލީޒާގެ އުނަނގަޑުގައި އަތް އަޅުވައިލައިގެން ގޮސް މޭޒެއްގެ ކައިރީގައި އިށިންދެލިއެވެ. ޔާޝާ އަދި ދިފްލާ އައިސް އަލީޒާ ގެ ކައިރީގައި އިށިންދެލިއެވެ.ޝާން އާއި ޝަޔާލް ވެސް އައިސް އެމޭޒު ދަށުގައި އިށިންދެލިއެވެ. ” ޒެލް އަވަހަށް މިރެޔަށް އެނަރޖީ ސޭވް ކުރަނީ ދޯ.”
ދިފްލާ އަނގަ ގަދަ ކަމުން ދިމާކުރަން އެކިއެއްޗިހި ކިޔަސް ޔާޝާ އިނީ ހިމޭނުންނެވެ. “ވަރށް ތާރސްޓީ .ފެންތަށްޓެއް ދީބަލަ”
އަލީޒާ ގެ ޖުމްލައިން ޝާން އާއި ޝަޔާލް ގެ މޫނަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ގަދަކަމުން ހިނިތުންވުން ހިފަހައްޓަން މަސައްކަތްކުރާމީހެއް ފަދައިން ޝަޔާލް ތުންފަތުގައި ދަތް އަޅާލިއެވެ. ޝާން ގެއަނގައިން ލުއި ހުނުމެއްގެ އަޑު ބެރުވިއެވެ.
ލޯބިން ފުރިގެންވާ ނަޒަރަކުން ރައުލް އަލީޒާ އަށް ބަލައިލިއެވެ. އަލީޒާގެ މައްސޫމުކަމުން ރައުލްގެ ހިތް އިތުރަށް ދީވާނާ ވާގޮތްވިއެވެ.
އަލިޒާގެ ޖުމްލަ އަޑުއިވުމާއެކު ދިފްލާއަށް ބާރަށް ހެވުނީއެވެ. އަދި އެހެންލައިފައި ދިޔަ ވެއިޓަރެއްގެ ކައިރީ ފެންތަށްޓެއް ގެނެސް ދިނުމަށް ދިފްލާ ބުނެލިއެވެ. އިރުކޮޅެއްނުވެ ފެންތަށި ހިފައިގެން ވެއިޓަރ އައުމުން އަލީޒާ ފެނތަށި ނަގައި ކޯވަރެއް ބޯލިއެވެ.
ޝާން އާއި ޝަޔާލް އަދި ދިފްލާ އަލީޒާ އާއި ރައުލް އާއި ދިމާކުރަމުންދިޔައެވެ. އިސްޖަހައިލައިގެން އަލީޒާ ހުރިިއިރު ރައުލްގެ މޫނުން ފެންނަމުންފިޔައީ ހަމަޖެހިލަފައި ހުރިކަމެވެ.އެމީހުން ކިޔަމުން ދިޔަ އެއްޗިހިން ރައުލް އަށް އަސަރެއް ނުކުރާފަދައެވެ.
” އާދޭ ހުރިހާ ކުދިން ކާން.” އެކުދިންތިބި މޭޒުކައިރިޔަށް ހުއްޓިލަމުން އީމާން ބުނެލިއެވެ. އީމާން ގެ ފަހަތުން ހުރިހާ ކުދިން ކާން ދިޔައިރު އެ ދިގު މޭޒު ކައިރީގައި އާއިލާގެ ހުރިހާ މެމްބަރުން ތިއްބެވެ.
ހުދުކުލައިގެ އޮފު އަރާ މޭޒުމަތި ފަޅުފިލުވައިލައިފައި ވަނީ އެކި ބާވަތްތަކުގެ ކާބޯ ތަކެތިންނެވެ. ފަރާޓާ އާއި ކުކުޅެވެ.މަސްބަތާއި ތަރުކާރީބަތެވެ. ނޫޑުލިހާއި ޕާސްތާ އެވެ. ކޯކާއި ފެންޓާ އެވެ. ޕާނައި ފިހުނު މަހެވެ. ސެލެޑާއި މޭވައެވެ. ޕިރިނީ އާއި ކަސްޓަރޑެވެ. ނަންހުސްކޮށް ހެދިކާތަކެވެ. މޭޒުމަތީގައި އޮތް ބޮޑު އައިސިން ކޭކުން ސުފުރާ އިތުރަށް ފުރިހަމަ ކޮށްދެއެވެ.
އުފާވެރި މާހައުލެއްގައި ކެއުމުގެ ކަންތަށް ނިމިގެންދިޔަ އެވެ. ދެން އެއަށްފަހު އޮތީ ލަވަކިޔުމުގެ ފޯރިގަދަ ހަރަކާތްތަކެވެ. ދިފްލާ ޔާޝާ އަދި ރިޝްފާ “ކަލާޔާނުލާ” ރައުލް އާއި އަލީޒާ އަށް ޚާއްސަ ކޮށް ކިޔައިދިނެވެ.
” ލޯބިވެރިޔެއްތިނޫނީ މަށެއް ނޭދެމޭ”
ދިފްލާ ކިޔައިލި އެބައިތު ރައުލް ގެ މޫނަށް ބަލަންހުރެ އަލީޒާ ކިޔައިލިއެވެ. އަލީޒާ ގެ ލަފްޒުތަށް ރައުލްއަށް އަޑު އިވުނީ ހިމޭން މެންދަމެއްގައި ދުރުން އިވިލި ލުއި މިޔުޒިކެއް ފަދައިންނެވެ. އަލީޒާ އާއި ދިމާލަށް އެނބުރިލި ރައުލްގެ މޫނުމަތިގައިވި ހިނތުންވުން އިތުރަށް ފުންވެގެން ދިޔައެވެ.
ދެން ލަވަ ކިޔަން ދިޔައީ ޝާން އަދި ޝަޔާލްއެވެ. ޝާން ނާދޭ މިރޭ ނިންޖެއް އިނގޭ ފެށުމާއެކު ލަދުން އިސްޖަހާލި އަލީޒާގެ ދޮން މޫނު ރަތް ޖަމްބަކަށް ބަދަލުވެގެން ދިޔައެވެ. ބްލަޝަރ އެއްގެ އެހީ އައި ނުލައި އެ ދޮން މޫނު ރަތްވާތަން ފެނުމުން ރައުލްގެ ލޭގެ ހިނގުން އަވަސްވެގެން ދިޔައެވެ. އަލީޒާ އަށް ދިމާލަށް ބަލަހައްޓައިގެން ބަސްހުއްޓިފައި ރައުލް ހުރިއިރު “ނާދޭ މިރޭ ނިންޖެއް އިނގޭ” ގެ ބައިތުތަށް އެނާގެ ހިތާ ކުޅެމުން ދިޔައެވެ.
ލަވަ ނިންމާލުމަށް ފަހު ޝާން އެދުނީ ރައުލް އަލީޒާ އަށް ޚާއްސަ ކޮށްގެން ލަވައެއް ކިޔުމަށެވެ. ޝާން ގެ ދުލުން ބޭރުވި ބަސްތަށް އަޑު އިވުނު އަލީޒާގެ ނަޒަރު ދަތުރު ކޮށްލީ ރައުލްގެ ފިރެހެންވަންތަ މޫނަށެވެ.
ހަމަޖެހިލައިފައި ހުރެ ރައުލް ގޮސް ޝާނު އަތުން މައިކް އަތުލިއެވެ. އަދި އަލީޒާ އާއި ދިމާލަށް ބަލައިލުމަށްފަހު ލަވަ ފެށިއެވެ.
“މަހި ނޫރެއް ހާ ލޯބިކަމެއް
ކޮހި ނޫރެއްހާ ޗާލު ކަމެއް
ރިހި ކަނދުރާގެ ރީތިކަމެއް
ލޮލުގައި ވާތީ ތޫނުކަމެއް

ތީމަގެ ދުނިޔެ ހެން ހީވެޔޭ
ތީމަގެ ހިތުގެ ދިރުމޭ އިނގޭ
ކުރަން ސިފަ ގަލަމަކަށް ނޭނގޭ
ތީފަރި ލޯބިވާ މަގޭ
ތީމަގެ ދުނިޔެ ހެން ހީވެޔޭ
ތީމަގެ ހިތުގެ ދިރުމޭ އިނގޭ
ކުރަން ސިފަ މިދުލަކަށް ނޭނގޭ
ތިފަރި ލޯބިވާ މަގޭ

މަލްމަލްގެ ނަލަކަން ފެންނަނީ
ސުންދުސްގެ ފޭރާން ޖަދުވީ
މާތަށް ލަދުން ގޮސް މޯޅިވީ
ގާތަށް އުދުހި ދާން ބޭނުމީ

ތީމަގެ ދުނިޔެ ހެން ހީވެޔޭ
ތީމަގެ ހިތުގެ ދިރުމޭ އިނގޭ
ކުރަން ސިފަ ގަލަމަކަށް ނޭނގޭ
ތިފަރި ލޯބިވާ މަގޭ
ތީމަގެ ދުނިޔެ ހެން ހީވެޔޭ
ތީމަގެ ހިތުގެ ދިރުމޭ އިނގޭ
ކުރަން ސިފަ މިދުލަކަށް ނޭނގޭ
ތިފަރި ލޯބިވާ މަގޭ

ހިރިލާ އެރާޅުގެ މިޔުޒިކޭ
ބީހޭ މިރޯޅިން ހިތް ތެޅޭ
ނިންޖާ އަރާމޭ ގެއްލެނީ
ވިންދާ ހިތާ އޭ ވަކިވަނި
ތީމަގެ ހިޔަނި ހެން ހިވެއޭ
ތީމަގެ ހިތުގެ ދިރުމޭ އިނގޭ
ކުރަން ސިފަ މިދުލަކަށް ނޭނގޭ
ތިފަރި ލޯބިވާ މަގޭ

ލަވައިގެ ކޮންމެ ބައިތެއްވެސް ކިޔަމުން ދިޔައިރު ރައުލްގެ ލޯ ކުރިމަތީގައި ސިފަވަމުން ދިޔައި އޭނާގެ ހިތުގެ މަލިކާ އެވެ. ފަލަކުގައިވާ ޝާއްބަ ހަނދާއި އެތަށް މިލިއަން ތަރިތަކަށް ވުރެ ފުރިހަމަ އޭނާގެ ހިތުގެ ރާނީއެވެ.
ރައުލްގެ ޖާދުވީ އަޑުން ކިޔާލަދިން ލަވަ އަޑު އިވުނު އަލީޒާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެލަވައިގެ ކޮންމެ ލަފްޒެއް ހީވަނީ އޭނާ އާއި މުޚާތަބް ކުރާހެންނެވެ.
ލަވަ ކިޔައި ނިންމާލައިފައި ރައުލް އައިސް އަލީޒާގެ ގާތުގައި އިށިންދެލިއެވެ. “އަހަރެން ކީ ލަވަ ކަމުދޭތަ؟” ލަދުގެންފައި އިން އަލީޒާ އިތުރަށް ލަދު ގަންނަވައިލުމުގައި ރާއުލް ކާމިޔާބު ކުރިއެވެ.
“ދެން ޒެލް ލަވަ އެއް ކިޔާ ދީބަ ދޮންބެއަށް؟”އެވަގުތު ވެސް ދިފްލާ އަށްމަޑަކުން ނުހުރެވުނެވެ. ” ނުކެރޭނެ” އޭރުވެސް އަލީޒާ މަލެއްހެން ލަދުން މޯޅިވަމުން ދިޔައެވެ. އެއަޑު އިވުމާ އެކު އެންމެން ކިޔަން ފެށީ އަލީޒާ ރައުލް އަށް ލަވައެއް ކިޔައިދިނުމަށެވެ. އެންމެން ކިތަންމެ ވަރަކަށް އާދޭސް ކުރި ނަމަވެސް ލަދުން ހުރި އަލީޒާ އެކަމާއި އެއްބަހެއް ނުވިއެވެ.
މާބޮޑަށް ލަސްވާން ފަށައިފި ކަމަށް ބުނެ އައްފާން، އަސްމާ، ސާދުނާ، ލުޔޫނާ އާއި ސުދާ އަދި މާހިލް ވެސް މިސްރާބު ޖެހީ އެމީހުންނަށް ޚާއްސަ ކުރެވިފައި ވާކޮޓަރިތަކަށް ދިޔުމަށެވެ. ރޭގަނޑުގެ އަރާމް ނިދީގެ ފޮނި މީރުކަން ހާސިލް ކުރުމަށްޓަކައެވެ.
ޒުވާން ކުދިންތަށް ގޮސް ބީޗް ޗެއަރ ތަކުގައި އިށިންދެލިއެވެ. “ވަރަށް ޓަޔަޑް” އަލީޒާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރި ރައުލްގެ ލޮލާއި ލޯ ސީދާ ކޮށްކަމުން އަލީޒާ ބުނެލިއެވެ. “އަވަހަށް އެނަރޖީ ސޭވް ކުރަން ފަށާ މިރޭ އަދި އޮތީ ކުރިޔަށް.” އަލީޒާ ގެ ކަންފަތް ދަށުގައި އެހެން ބުނެލި ރައުލްގެ ލޮލުގައި ނަށަނަށައި ހުރީ ލާނެތް ކަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

❤️ lailac ❤️

Level 310 Stories100 Comments100 Login

❤️Im a girl who loves reading and writing ??? I also love to write songs??❤️

Other Articles

Previous

ރީމާ – 5

Next

ބަދު ނަސީބުގެ ހިޔަނި އެޅުމުން (11)

Next
February 22, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (11)

Previews
February 22, 2021

ރީމާ – 5

4 Comments!

  1. Shaleen says:
    February 22, 2021 at 11:38 pm

    Awwwnn!!!
    V v v reethi mi vaahakaige ibaaray kurunthah. ❤️??
    Heevanee vaahaka varah reethi vaanehen.
    Kuriyah huri baithakah inthizaar kuraanan.
    Kon irakun next part???
    Avas kolla dhehchey

  2. Rain lover says:
    February 23, 2021 at 8:26 pm

    Wow, varah reethi, hama bunaane ehcheh neyngifa mihury. Very intersting. Varah varah gayaavi. Nimunu iruves neyngunu. Anehbai ah inthixaru kuran

  3. YEOJA says:
    February 23, 2021 at 9:57 pm

    Masha Allah♥️♥️
    Haaadha lwbi eyy mi part♥️♥️
    Sifakurumuge baa vrh vxx furihama♥️♥️
    Waiting for the next part ♥️♥️♥️
    Stay safe ♥️♥️♥️

  4. redlailacrose says:
    February 24, 2021 at 8:29 pm

    Oow. thnks shaleen.n shaleen ge stry ah reply nukurevenee midhuvaskolhu busy veema.ekm vs gavaaidhun stry kiyan .vrh reethi stry..n next part sunday ga. Any ways stay safe

Comments are closed.

Next Episodeލޯބިވެރިޔެއް ތިނޫނީ މަށެއް ނޭދެމޭ 2←


All Right Reserved!