Skip to content
އެސްފިޔަ

ލޯބިވެރިޔެއް ތިނޫނީ މަށެއް ނޭދެމޭ 2

“ދެން ރައުލް”އަލީޒާ މަޑުމަޑުން ރައުލްގެ އަތުގައި ޖަހައިލިއެވެ. “ބަލާބަލަ ރައުލް މިހާރު ވެސް ޒެލް އާއި ދިމާކުރާވަރު. އެކަމަކު އަހަރެމެން އެއްޗެކޭ ބުނެފިއްޔާ ތި ވަރަށް ދިމަ ނުކުރާށެ ކިޔާނެ”ޝަޔާލް ރައުލް އާއި ދިމާލަށް ކަޅިއެއް އެއްލުމަށް ފަހު ބުނެލިއެވެ.
“ޝަޔާލް ތިހާ ދިމާކުރާ ހިތްވަންޏާ ކުއްޖަކު ހޯދަން ވީނު. އޭރުން ދެމީހުންނަށް ދިމާކޮށް ކޮށް ހުރެވޭނެއެއްނު.އަނެއްކާ ކުއްޖަކު ސެޓު ނުވީތަ. ނުވެއްޖެއްޔާ ބުނޭ އަހަރެން ސެޓު ކޮށްދީފާނަން”ރައުލް ޝަޔާލް އާއި ދިމާކޮށްލަން ފުރުސަތުގެ ބޭނުން ހިފިއެވެ.
“ކުއްޖަކު ސެޓު ނުވެ ހުންނާނެތަ. މިހާރުވެސް އެތައްކުދިންނެއް މަށަށް ގުޅާ ޝަޔާލް ނަމްބަރު ހޯދަން.ކުރިންދުވަހު އޮފީހަށް ވަން ރައިހާ ވެސް މަގޭ ކައިރީ އެހި ޝަޔާލް ގެ ނަމްބަރު. ޔަގީން މިހާރުވެސް ދިގު ކިޔު އެއް އޮންނާނެކަން.”އަލީޒާ ޝަޔާލްގެ މޫނަށް އަރައިފައިބަމުން ދިޔަ ކުލަވަރަށް ބަލަން ހުރެ ބުނެލިއެވެ.
“މަށަށް ވެސް ވަރަށް ކުދިން ގުޅާ ޝަޔާލް ނަމްބަރ ހޯދަން.”ޔާޝާވެސް ދިފްލާ އާއި އެއްބައި ވެލިއެވެ. “ހޫނ .ދެން މީ ޒެލް އާއި ރައުގެ ސްޕެޝަލް ރެއެއްނު. މިރޭދެން މަގޭ ވާހަކަ ނުދައްކަބަލަ.” ޝަޔާލް ރީތިގޮތުގައި މައުލޫ އަނބުރާލީދޯ!” އަލީޒާ ބުނެލިއެވެ.
އަލީޒާގެ ނަޒަރު ހުއްޓުނީ މާދުރުގައި އަތުގުޅުވައިލައިގެން ހިނގަމުން ދިޔަ އޭނާގެ މަންމަ އީމާން އާއި ދޮންބައްޕަ މައުޒިލްއަށެވެ. ޒުވާން ދުވަސްވަރު ގެއްލުނު ލޯބި މަންމައަށް ކާމިޔާބު ވުމުން އަލީޒާ ގެހިތް އެކަމާ އުފާ ކުރެއެވެ.
އެހެންނޫނަސް މައުޒިލް އަކީ މީހަކަށް ލިބޭނެ އެންމެ ރަނގަޅު ދޮންބައްޕަ އެވެ. އަމިއްލަ ދަރިފުޅު ޝަޔާލް އާއި އަލީޒާ އާއި ދުވަހަކުވެސް ތަފާތެއް ނުކުރެއެވެ. އެހާ ހިތްހެޔޮ ވެފައި އޯގާތެރިއެވެ. އަލީޒާ އެދޭ އެއްވެސް ކަމަކަށް ދުވަހަކު ނޫނެކޭ ނުބުނެއެވެ. އަލީޒާ އެއްޗެއް ބޭނުންވެފައި ބުނަން ނުކެެިފައި ހުއްޓަސް އަމިއްލައަށް އެކަން ދެނަގަނެއެއްޗެއް ހޯދަދެއެވެ.
އެއްދުވަހަކު އަލީޒާ ލެޕްޓޮޕް ހަލާކުވެގެން އެވާހަކަ އެކަކު ކައިރީ ވެސް ބުނަން ނުކެރިފައި ހުއްޓާ މައުޒިލް އެފަހަރު ރާއްޖެއިން ބޭރަށް ގޮސްފައި އަންނަމުން ލެޕްޓޮޕެއްް ގެނެސް ދިނެވެ.
ބައެއްފަހަރަށް ޝަޔާލް އަށްވުރެ ވެސް އަލީޒާ އަށް މައުޒިލް މާ ރަނގަޅުހެން ހީވެއެވެ.އެކުދިން ކުޑައިރު މައުޒިލް ކުޅޭއެއްޗިހި ގަނެގެން ގެނެސްފައި އެންމެ ފުރަތަމަ ނަގަން ދޭނީ އަލީޒާއަށެވެ. ޝަޔާލް އަށް ނަގަން ދޭނީ އޭގެ ފަހުގައެވެ. ކޮއްކޮވީމައި ޝަޔާލް އަލީޒާ ދެކެ ވަރަށް ލޯބިވާނެއެވެ.އަދި ދުވަހަކުވެސް އެކަހަލަ އެއްވެސް ކަމަކާއި ޝަކުވާއެއް ނުކުރާނެއެވެ.
ނަމަވެސް އަލީޒާ ގެ ސިކުނޑީގެ ލޯގަނޑަށް އޭނާގެ ބައްޕަގެ ހިތާމަވެރި މޫނު ފެނުމާއެކު އޭނައަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. ހިތްހަލާކު ވެފައިވާ ބައްޕަ އެކަނިކޮށް މަންމައާއެކު އުފާކުރުމަކީ އިންސާފެއް ހެއްޔެވެ؟
ބައްޕަ ބާކީވީ އެއްވެސް ކުށަކާއި ނުލައެވެ. މައިންބަފައިންގެ ބަސްއަހައިގެން ކައިވެނިކުރުން ވީ ބައްޕަ އަށް ކުރެވުނު ކުށަކަށް ހެއްޔެވެ؟ ކައިވެނީގެ އެއްވެސް އުފަލެއް ނުލިބި ވޭތުކުރަން ޖެހުނު ދުވަސްތަކުގައި އެހެން އަންހެން ކުއްޖަކާ އެކީ އުޅުމަކީ ބައްޕައަށް ކުރެވުނު ކުށެއްހެއްޔެވެ؟ ނުވަތަ އެކަމުގައި ކުށްވެރި ވާނީ މަންމަ ހެއްޔެވެ؟ ރައުލް ދެކެ ލޯބި ވެވިފައި ވާއިރު ހަގީގީ ލޯބީގެ ބާރު އޭނާ އަށް މިއަދު އިހުސާސް ކުރެވެއެވެ. މަންމައަށް ދޮންބައްޕަ އާއި ވަކިވާން ޖެހުން ވާނީ ބޮޑު ވޭނަކަށެވެ.
ހިޔާލު ތަކުގެ ތެރޭގައި ބެހެމުންދިޔަ އަލީޒާ އަށް ހޭވެރިކަންވީ ރައުލް ގޮވައިލުމުންނެވެ. އޭރު ހުރިހާ ލޯތަށް އަމާޒުވެފައިވީ އަލީޒާ އަށެވެ.
“ޔަގީން މިހާރު ޒެލް މިރޭ ވާނެ ގޮތް ފެންޓަސައިޒް ކުރަނީކަން.” ރިޝްފާ އަކީ ލާނެތް ޒުވާނެއްކަން އޭނާގެ ޖުމްލައިން ހާމަވިއެވެ. “ތެދެއް ޒެލް.މިހާ އަވަހަށް؟” ދިފްލާ ވެސް ރިޝްފާ އާއި އެއްބައިވެލިއެވެ.
“ޕިސް ޕިސް. އެނޫން އެހެން ކަމަކާ ދޭތެރޭ ނުވިސްނޭނެތަ؟” ރިޝްފާގެ މޫނަށް އަލީޒާ ބަލައިލިއެވެ. “ޔަޤީނެއްނު. ވެޑިން ނައިޓްގަ އެނޫން ކަމަކާއި ދޭތެރޭ ވިސްނާ ކަމެއް މަށަކަށް އެނގިފައެއް ނެތް.” އަލީޒާ ފޯނަށް ބަލައިލީ ލަދުގަތަކަން ފޮރުވަން ވެގެންނެވެ.އެ ފަނޑު އަލީގައި ވެސް އެދޮންމޫނު ޗެރީއެއްހާ ރަތްވިތަން އެންމެންނަށް ވެސް ފެނުނެވެ.
“މިހާރު އެއޮތް އެގާރަ ޖެހީ”ފަަހަރަކު މީހެއްގެ މޫނަށް އަލީޒާ ބަލަައިލިއެވެ. “ރީތިކޮށް ޑިސްޓާރބް ނުކޮށް ދާށޭ ދޯ ތިބުނީ. އެކަމް މިރެޔަކު އުނދަގުކުރަންވެސް ނުދާނަން .އިރުއަރަންދެން ވެސް މިތާ ތިމީހުންނަށް ޑިސްޓަރބް ކޮށްލަން ހުންނަ ހިތްވަނީ” ޝާން ރައުލް ގެ މޫނަށް ބަލައިލިއެވެ.
“ވަރަށް ލަސްވެއްޖެ ދޯ! ހިނގާ ބޭބް ދަމާ” “އުހުން ޒެލް މަޑުކުރޭ. ތިހާ ފަސޭހަކޮށެއް މިރޭޒެލް އެއް ނުލިބޭނެ” ރައުލްގެ ޖުމްލަ މެދުކަނޑައިލަމުން ދިފްލާ އަލީޒާ ގެ އަތުގައި ހިފެހެއްޓިއެވެ.
“ރައުލް ހާދަ ކެތްތެރިކަމެއްނެތޭ ! އަދި ބާރަ ވެސް ނުޖަހާ. ނިކަން އިރުކޮޅަކު އަހަރެމެންނާ އެކީ ވާހަަކަ ދައްކާލަންހުރެބަލަ.” ޝަޔާލް އަށް އޭނާގެ ލާނެތްކަން ދައްކައިނުލައި ނުހުރެވުނެވެ.
“އަސްލު މިފެމިލީގެ ހުރިހާ ކުދިންނަށް ވެސް ލިބިފައިވާ ހުނަރެއްދޯ ލަވަކިޔުމަކީ. މިރޭ އެންމެން ލަވަ ކީމަ އެހެން ހިތަށް އެރީ .” ޔާޝާގެ އަޑުގައި ވަނީ އުފާވެރި ކަމެވެ. އޭނާގެ ދޮންމޫނުގައި ވަނީ ފަޚުރުވެރިކަމުގެ ހިނިތުން ވުމެކެވެ.
“އާނ. ޔާޝް ވަރަށް މޮޅު ލަވަ ކިޔަން. ދެން މިރޭ ޕާފޯރމް ކުރި އެންމެން ކީ ލަވަތަށް ވެސް ވަރަށް ރީތި. އެކަމަކު ޒެލް ލަވަ ކިޔާ އަޑެއް ދުވަހަކުވެސް ނާހަން.” ރިޝްފާގެ ޖުމްލަ ނިންމާލީ ސުވާލާކުން އަލީޒާގެ މަޑު ކަފަކޮޅެއްފަދަ ހިތް ހާސް ކޮށްލާފައެވެ.
. “ރިޝޫ އަށް އިނގޭތަ ޒެލް އެއްދުވަހަކު ދޮންބެއަށް ކަލާޔާނުލާ ކިޔައިދިން އަޑު މަށަށް އިވުނު. ޒެލް ލަދުން ދޯ މީހުން ގިނަ ތަންތާ ލަވަ ނުކިޔަނީ. ދެން މަށަކަށް ވެސް ނޭނގެ. ޒެލްގެ މޮޅު ލަވަކިޔުން އެންމެ ރަނަގަޅަށް އިނގޭނީ ދޮންބެއަށް. އަހަރެމެންނަށް އަޑުއިވޭ ހިސާބުގައި ޒެލް ލަވައެއް ވެސް ނުކިޔާ ވިއްޔަ.” ޖުމްލަ ނިއްމާލިއިރު ދިފްލާ އަޑުގައި ވަނީ ޝަކުވާ އެވެ.
“ޒެލް ލަވައެއް ކިޔާ އަޑު ދުވަހަކު ވެސް ނާހަން. ޒެލް ކިޔާ ދީބަލަ ލަވައެއް.” ޝާންގެ މޫނަށްވެރިވީ ލާނެތް ހިނިތުންވުމެކެވެ. “ނޭނގޭނެ” “އުހޫ ނޭނގޭނެއެކޭ ނުބުނެވޭނެ. ދިފޫ އެބުނީނު ރައު އަށް ކަލާޔާ ނުލާ ކިޔައިދިން ވާހަކަ. އެހެންވީމަ ޒެލް އަށް އެލަވަ އިނގޭނެއެއްނު. ކަލާޔާ ނުލާ ކިޔައިދީބަލަ!” ޔާޝާ އަލީޒާ ގެ ޖުމްލަ މެދު ކަނޑާލިއެވެ.
“ޒެލް ކިޔައިފާނެ ކޮންމެފަދަ އެއްޗެކޭ ވެސް.ދެން ތިމީހުން ހަމަ ގަބޫލުކުރީތަ؟ މަށަކަށް ނޭނގެޔޭ ލަވަ ކިޔާކަށް.” އަލީޒާގެ ދުލުން ބޭރުވި ބަސްތައް އަޑުއިވުނު ރައުލްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.
ދެން އެމީހުންނަށް އެހާވަރަށް އާދޭސް ކުރަން ނުޖައްސަބަލަ ބޭބީ. އެހެންނޫނަސް މި ސްޕެޝަލް ރޭގައި މަވެސް ބޭނުން ބޭބީ ރީތި ލަވައެއް ކިޔައިދޭ އަޑުއަހަން. އޭރުން ތިއަޑުގެ ޖާދޫ ހަނދާން ހުންނާނެ މިމެޖިކަލް ރޭގެ ހަނދާން ތަކުގެ ތެރޭގަ.”
“އޯކޭ.ދެން ރައު ބުނީމަ ކިޔައިދީފާނަން.”

ހިތްއުފާ ވާނެހޭ ދެން ކަލާޔާނުލާ
ނޫޅެވޭނޭ މަށަށް ދެން ކަލާޔާ ނުލާ
ބޭނުމީ ދާއިމީލޯތްބޭ ދިނުން ހަމަ ކަލާ
ބޭނުމީ ގާތުގައި ލޯބިން އުޅޭށޭކަލާ
ބީވެގެން ލޯމަތިން ދާން މަނޭދެންކަލާ
ހިތްއުފާ ވާނެހޭ ދެން ކަލާޔާނުލާ

ލޯބިވާއަށްޓަކާ ހިތް ހުޅުވައިލަމޭ
ލޯބިވާވަރު ކަލާޔަށް އަންގައިދެމޭ
ލޯބިވާއަށްޓަކާ ހިތް ހުޅުވައިލަމޭ
ލޯބިވާވަރު ކަލާޔަށް އަންގައިދެމޭ
ލޯބިން ކަލާ މިހިތާ ކުޅެން އުމުރަށް މަ ދޭނަމޭ
ދާކަށް ވަޔާ އަހަރެންގެ ހިތްދޫކޮށްނުލާނަމޭ

މަންޒިލެއް ދާން އެދޭ ނެތް ކަލާޔާ ނުލާ
މަންޒިލެއް ދާން އެދޭ ނެތް ކަލާޔާ ނުލާ
ބޭނުމީ ދާއިމީ ލޯތްބޭ ދިނުން ހަމަ ކަލާ
ބޭނުމީ ގާތުގައި ލޯބިން އުޅޭށޭ ކަލާ
ބީވެގެން ލޯމަތިން ދާން މަނޭދެން ކަލާ
ހިތްއުފާވާނެހެ ދެން ކަލާޔާ ނުލާ

ހައްގަކަށް ތީ މަގޭ ވުން ނިކަން ބޭނުމޭ
ލޯބިވެރިޔެއް ތިނޫނީ މަށެއް ނޭދެމޭ

އެބައިތުކިޔާލި އިރު އަލީޒާގެ ނަޒަރު އަމާޒުވެފައިވީ ސިއްރުން ފުރިގެންވާ ފުން ކަނޑެއްފަދަ އަޑި ނޭގޭ ރައުލްގެ ދެލޮލަށެވެ. ހަތަރުކަޅި ބައްދަލުވިހިނދު އަލީޒާ އަށް ރައުލްގެ ލޮލުން ފެނުނީ އޭނާ ދެކެވާ މަތިވެރި ލޯތްބެވެ. ވަފާތެރިކަންމަތީ އުމުރަށް ވާނެކަމާއެކު ވާނެ ކަމަށް ބުނެ ކުރާ ވައުދާހުވާގެ ތެދުވެރިކަމެވެ.

ހައްގަކަށް ތީ މަގޭ ވުން ނިކަން ބޭނުމޭ
ލޯބިވެރިޔެއް ތިނޫނީ މަށެއް ނޭދެމޭ
ހިތްހެޔޮކަމާ ލޮތްބާ އުފާ ބޭނުންވެފައި ވަމޭ
ލޯތްބަށްޓަކާ އަހރެން ހުވާ މަރުވެސް ވެދާނަމޭ

ދިރިއުޅެން އުނދަގު ވާނޭ ކަލާޔާނުލާ
ދިރިއުޅެން އުނދަގު ވާނޭ ކަލާޔާނުލާ
ބޭނުމީ ދާއިމީ ލޯތްބޭ ދިނުން ހަމަ ކަލާ
ބޭނުމީ ގާތުގައި ލޯބިން އުޅޭށޭ ކަލާ
ބީވެގެން ލޯމަތިން ދާން މަ ނޭދެން ކަލާ
ހިތްއުފާވާނެހޭ ދެން ކަލާޔާ ނުލާ

އަލީޒާ ކިޔަމުންދިޔަ ލަވައިގެ ބައިތު ތަކުންވެސް ރައުލް އަށް އިހުސާސް ކުރެވެމުން ދިޔައީ އަލީޒާ އޭނާ ދެކެވާ މުގައްދަސް ލޯތްބެވެ. އަލީޒާ ގެ ރަތްކަން ގަދަ ދެތުންފަތް ފޫދުއްވައިލުމަށް ފަހު ބޭރުވަމުންދިޔަ ލަފްޒުތަށް ރައުލްގެ ކަންފަތުގައި ބޮސްދެމުން ދިޔައީ ލުއިލުއި މިޔުޒިކެއް ފަދއިންނެވެ.
މާމުއިއަށް ވުރެ ފޮނި އަލީޒާ ގެ އޮމާން އަޑުގެ ޖާދޫގައި ޖެހުނީ ހަމައެކަނި ރައުލް އެއްނޫނެވެ. ރިޝްފާ އާއި ޔާޝާ އަނގައިން ބަސްހުސްވެފައި ހުރިއިރު ޝާން އާއި ޝަޔާލް ގެ ލޮލުންވެސް އަލީޒާ އަށްޓަކައި އޮހެމުންދިޔައީ ތައުރީފުގެ މަދަހަތަކެވެ. ދިފްލާގެ ތުންފަތުގައިވީ އެކުވެރިޔާގެ ހުނަރާއި މެދު ފަޚުރުވެރިވާކަމުގެ ހިނިތުންވުމެކެވެ.
ލަވަ ކިޔާ ނިންމާލި އަލީޒާގެ ހަށިގަނޑު ވަށައިލެވިގެން ދިޔައީ ރައުލްގެ ބާރުގަދަ ދެއަތުންނެވެ. މާހައުލުގެ ފިނިކަމުގެ ތެރެއިން ދެޖިސްމަށް ހޫނުކަން އިހުސާސް ކުރެވިގެން ދިޔައެވެ. ވައިރޯޅިއަކަށްވެސް އެދެމެދަށް ނުވަދެވޭ ވަރަށް ރައުލް އަލީޒާ ގަޔާއި ކައިރި ކޮށްލިއެވެ. އޭރު ދެހިތުގެ ތެޅުންވެސް ވަނީ އިންތިހާ އަށް އިތުރުވެފައެވެ. މުޅި މަހައުލު ގުގުމައިގެން ދިޔައީ ހޯބޮ ލެވުމާއި ތަރުހީބުގެ އަތްތިލަ ބަޑި ތަކުންނެވެ. “ބޭބް ވަރަށް މޮޅު.” ރައުލް އަލީޒާގެ ކަންފަތްދަށުގައި ބުނެލިއެވެ. ރައުލްގެ ތުންފަތް އަލީޒާގެ ކަންފަތުގައި ޖެހުމާއެކު އަލީޒާގެ ހަށިގަނޑުގައި ލުއި ހީލިކެރުވުމެއް އުފެފިގެން ދިޔައެވެ.
އަލީޒާ ވަގުތުން ދުރަށް ޖެހިލިއެވެ.ރައުލް ކުޑަކޮށް ދުރުކޮށްލުމަށް ފަހުއަތް އަޅުވައިލީ އަލީޒާ ގެ އުނަގަނޑުގައެވެ. އެއަަށް ފަހު އޭނާގެ އެކުވެެރިންނާއި ދިމާލަށް އެނބުރުނެވެ.
“ތިމީހުން ނިދަން ނުދަންޏާ ތިބޭ .އަހަރެމެން މިދަނީ” “އަޅެ ރައު އަދި އިރުކޮޅަކު މަޖާކޮށްލަން މިތާ ހުރެބަލަ” ރައުލްގެ ބަސްތަށް އަޑުއިވުނު ހިނދު ޝަޔާލް އެދުނެވެ.
“ނޫން . މިހާރު ބާރަ ވެސް ޖަހައިފި.” އެހެންބުނުމަށްފަހު އަލީޒާ ގެ އަތުގައި ހިފައިގެން ރައުލް މިސްރާބު ޖެހީ އެ ދެމަފިރިންނަށް މިރެޔަށް ޚާއްސަ ކުރެވިފައިވާ ކޮޓަރިޔަށް ދިޔުމަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. redlailacrose

    Hey. guys hope you like this episode ??yeoja?and ? rain lover for commenting on the last episode ? ? comment section close vefa hureema i couldn’t reply. But thanks guys for commenting.it means a lot to me ?? hope to get such lovely comment on this episode too love u all readers ?? stay safe ?? bye

  2. Annora

    maasha allah ❤️❤️ v reethi ❤️❤️

    1. ❤️ lailac ❤️
      Annora

      Thanks ???

  3. redlailacrose

    Hey.guys. kuree episode ah comment kurevvi faraai thakah thnks. Alhugandah e comment fenunu iru comment section close vefa hureema reply nukurevenee
    Lysm
    Stay safe
    Stay home

  4. fregle

    Dhuvahakuves hiyeh nukuran mi part mihaa reethi vedhaane kamah! varah reethi mashaa allah????
    you are the best redlailacrose .. hope to see such nice storys from you

    1. ❤️ lailac ❤️
      fregle

      Thanks a lot for commenting ??? insha Allah I’ll write more stories.as lolng as i have such friendly commenters.????

  5. Shaleen

    Hey ?
    Aslu varah reethi mi vaahaka ingey..
    V interesting … V curious
    ???
    Aslu liyuntherikamah ehchei bunelanyaa bunelaanee v v touch ebahuttey.. v ufaavey dhivehi bahuge gavaidh thakah visnaigen vaahaka liyefa hunnaathee..
    Ekam shaleen beynun adhi kudakamei rangalhu Kollan bunan

    Ei:- dialogues ves vaki paragraph eh gothah gap dhookollaafa baindhadheefiyyaa
    Kiyaa meehunnah v faseyhavaane I think. This is just an opinion ..

    Bt redlailacrose beynun gothei hadhaanee mihen bunyas ingey?

    Vaahaka Hama ? ey bunelaanee..
    Mi dhe part vessss ??

    1. ❤️ lailac ❤️
      Shaleen

      Thanks shaleen ?? aslu vrh ufaavejje mistakes point out kohfa hureema. Thikahala binaa kuranivi faadu kiyumakee kiyuntheringe kurierun. And thnks for commenting ?? stay safe ?? stay home

Comments are closed.