Skip to content
އެސްފިޔަ

ލޯބިވާ ވަރު ކަލާޔަށް އަންގައިދެމޭ 4

އަވަހަށް އަނާ ގޮސް ގޮނޑިއެއްގައޭ އިއްތައި މެލީ
އަވަހެއްނު ހޭ ދުވަމުންއެއައި ބާރަށް އިނގޭ ދޮންދައްތައޭ
މަސްރިހައެޅުން ފެންތަށި އެޅުން ރޮށި ފުޑުވުމާ ސައިތަށިގިރުން
ލަސްވެސްނުކޮށް އެންމެންގެ މޫނު ބަލައިލުމާ އެކުގައި ވިއޭ
އުފަލާއި މަޖަލާ އެކުވިއޭ ހިނިތުންވުމާ ސަކަރާތް ޖެހުން
މިފުރާނަ ދުށް ކުލަރީތި ނަލަ ހުވަފަންތަކޭ މާޒީ ތިއޭ
ކައިނިމުނުއިރު ހައިކަން ފިލާ ވަރުވެސް މިވީ ގަދައޭއިނގޭ
ކައިނިމި އަނާ ތަށިވެސް މަގޭ އެކުގައި އަތާ ދޮވެފީ މުއޭ
ދޮންދައްތައާއި އަހަރެން އެކީ ދިޔައީ ސަނާ މެންގޭދަށަށް
އެންމެންކުޅެން ބައިހަމަކުރަން އެކިގޭގެޔަށް ދިޔައީމުއޭ
ޔުސްރާ، ފިޒާ، ރައުލާ، ޒަހާ، ރިމްނާ، ހިދާ، ޝައުފާ، އިނާ
އިސްރާ،މަލާ، ޒޫނާ، ޖިނާ، ޝަރުމީނުވެސް އެކުގައިވިއޭ
އެންމެން ބެހީ ދެބަޔަށް މެވާ ކުޅުމަށްޓަކައި ފައިގާތަޅާ
ހެން ހީނުވޭ ގިނައިރުތަކެއް ވީހެން ގުރޫޕެއްް ވެސް އައޭ
ފައުޒާނުއާ، ޒީވާނުއާ ، ޝައްފާނުއާ ، ހަމްދާނު ތާ
މައުރީނުއާ، ޒީޝާނުއާ ، ޒައިދާނުއާ މައިރާ ވިއޭ
ފެށިއިރު އަލުން ރޫޙޭ ވަނީ އާލާވެފާ ކުޅިވަރު މިތާ
ކަށިތަކުގަވީ ހިތްވަރުނެރުން ޖޯޝާއެކީ ކުޅެލައިފިއޭ
ވަރުބަލިނުވޭ އެތަކެއް ބުރެއް ވަގުތުގެކަށިން ޖެހިއިރުމިތާ
ކެރި ފޯރިލާ ކުޅެމުންދިޔައި ގުޑުމެއްނުވާ އަޒުމެއްގައޭ
*****************
ނޯޓް . މިވާހަކައިގެ ކުރީބަޔަށް ކޮމެންޓް ކުރައްވާފައި ހުރި ރެއިން ލަވާރ، ދިރާވިޝް، ފްރެޖައިލް، ޝަލީން، މެރޫން އަދި ވޮންޑަރ އަށް ފަށްފަށުން ޝުކުރުދަންނަވަމެވެ. އެ ހުރިހާ ކޮމެންޓް ތައް ފެނުމުނ ްްއަޅުގަނޑަށް އިހުސާސްކުރެވުނީ އުފާވެރިކަމެވެ. އެކޮމެންޓް ތަކުން އަޅުގަނޑަށް ލިބުނު ހިތްވަރުގައި މިބައިވެސް ލިޔެލީމެވެ. ކޮމެންޓް ކުރެއްވި ހުރިހާ ފަރާތްތަކަށް ހިތުގެ އަޑިން ޝުކުރިއްޔާއެވެ. ތިޔަ ކިޔުންތެރިން ދެއްވާ ތަދުހީބަކީ ލިޔުންތެރިންގެ ހިތްވަރެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (7)

  1. Marsha

    Very nice! I like this. Thi gothuga kuriah redlailacrose! ❤️❤️❤️

    1. redlailacrose
      Marsha

      Thanks a lot marsha ???for ur lovely comment ?? and wissihing me luck???readers ge comment fenuneyma alhugandah libey ufaaverikn bayaan kuraane gotheh vs neyge. it really inspire me ?? anyways thanks for commenting.
      Stay safe ??

  2. fregle

    Mi bai ves vara salhi ..❤❤ sis kinineh vaahaka lhen hadhany? Haadha ufaavejjeyey .. duvahakuves ekahala liyintheriyeh alhugabdakah fenifayeh nei!!??
    Anyways varah reethi .. aneh bai thankolheh dhigukohllachey dear .. my all good wishes for you

    —❤❤—

    1. redlailacrose
      fregle

      Aslu alhugandah stry lhemeh hadhan inspirevee famous lhenveriyeh kamahvaa saikuraa ibrahim naeem liyefa huri yamanuge mausooma elhen kiyumahfahu.hama hitah eree try kohlaaniyyey stry lhemeh hadhan. Dhn aslu thedhah bunanyaa readers ge comments in inspire vegn mi lhen vs adi ehn stry thah vs liyevenee. ehvs comment eh nulibennya demotivate vanee. Readers ge comments are a good inspiration.thnks a lot for commenting. an i myself dont believe im that great.and im quite new at writing..but its my dream to be a writer.who writes strys, poems, nd songs.anywaus stay safe.

  3. Shaleen

    Hi redlailcrose
    Alhugandah kurin sifavee thee nufolhi in red rose eh kamah ? ekamaku mihaaru shaleen ah heevanee bageechaaeh therey varah ufalun folhifa indhe ? ranikan kuramun dhaahen.
    ??
    ??????
    V v v v ufaavejje
    When kudhinge comments and hihvaru libigen kuriyah dhaathan fennaathee.
    Lysm
    Stay safe ❤️
    Good night

  4. redlailacrose

    Alhugandu mi dhuvas kolhu kodakoh busy koh ulheythee shaleen ge stry ah gavaaidhun comment nukurevenee.but i read the stry ??.and im really glade shaleen thdhevva hihvarah.nd shaleen ah vs stry lhemeh liyumuga kaamiyaabah edhen.adhi lhen hadhan beynun vaa hurihaa kudinnah vs kaamiyaabee minvaru kurevun edhen??aslu shaleen lailac ah vrh surpotive??ehnve feel vane ur likemy sis???dhn mi stry ah comment kuraa hurihaa kudhin vs vrh friendly??aslu thi hurihaa comment eh fenuneyma inspire veyy,??thnks a lot for commenting on my poem.
    Stay safe ??

  5. redlailacrose

    Thanks u all for commenting

Comments are closed.