މި ވާހަކައިގެ އެ ބައި ޕޯސްޓް ނުކުރީތީ މަޢާފަށް އެދެން. އަޅުގަނޑު ނިންމީ ވާހަކަ ލިޔުމުން ބްރޭކް ނަގަން އެއީ ކިޔެވުމަށް ފޯކަސް ކުރަން އަޅުގަނޑު ބޭނުންވާތީ… އެހެންކަމުން މި ވާހަކަގެ ބައިތައް ގެނެސްދޭނީ 2027 ގެއެވެ.
ގޭތެރޭގެ މަސްރަހު މިހާރު ވަނީ މުޅިން ބަދަލުވެފައެވެ. މަންމަގެ ލޮލުގައި އައިލީންއަކީ ރަށުގެ އެންމެ އަހުލާގު ރަނގަޅު، ބަސްއަހާ ކުއްޖާއެވެ. “އައިލީން، ދަރިފުޅު ތިޔައީ މަގޭ ފަހުރަކީ. އައިރީންއަށްވުރެ ދަރިފުޅު މާ ވިސްނޭ،” މަންމަ ބުންޏެވެ. އައިލީން މައުސޫމް ގޮތަކަށް ހީލާފައި، އައިރީންއާ ދިމާލަށް ބަލާލީ މަލާމާތުގެ ނަޒަރަކުންނެވެ. އައިރީން ކޮޓަރީގައި އިނދެ ރޮނީއެވެ. އޭނާ ބޭނުންވީ ނީމްއަށް ވީގޮތް ބަލާށެވެ. އެރޭ ގޮނޑުދޮށުގައި ހިނގި ހާދިސާއަށްފަހު، ނީމްގެ ހަބަރެއް ނުވެއެވެ. ނަމަވެސް އައިލީން ވަނީ އައިރީން […]
ޝައިނާގެ ހިތުގެ ކަނެއްގައި އަދިވެސް ނީމްއަށްޓަކައި ކުޑަ އުންމީދެއް އޮތެވެ. ނަމަވެސް އައިލީންގެ “ގޭސްލައިޓިންގް” ނުވަތަ ނަފްސާނީ ގޮތުން މަޅީގައި ޖެއްސުމުގެ އުކުޅުތައް ދިޔައީ ވަރުގަދަވަމުންނެވެ. އައިލީން ކޮންމެ ދުވަހަކުވެސް ޝައިނާއަށް ވިސްނައިދެނީ، އޭނާ ނީމްގެ މަތިން ހަނދާންވަނީ ހަގީގަތުގައި ނީމް ދެކެ ލޯބިވާތީ ނޫން ކަމަށާއި، އެއީ އޭނާގެ ސިކުނޑިއަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން ކަމަށެވެ. ޝައިނާގެ އަމިއްލަ ނަފްސަށް އޮތް އިތުބާރު ގެއްލި، އޭނާ އައިލީންގެ ބަސްތަކަށް ބަރޯސާވާން ފެށިއެވެ. “އައިލީން، އަހަރެން ހީކުރީ […]
ނީމް އޭނާގެ ކޮޓަރީގައި އެކަނި އިނދެ ގިސްލާ ރޮމުން ދަނިކޮށެވެ. އޭނާގެ މުޅި ދުނިޔެ ބަދަލުވެއްޖެއެވެ. އެކުވެރިންނެއް ނެތެވެ. ލޯބިވެރިއެއް ނެތެވެ. އާއިލާގެ އިތުބާރެއް ނެތެވެ. އޭނާ މިހާރު އެ ހުރީ އައިލީން އުފެއްދި ނަރަކައިގެ ތެރޭގައި ބަންދުވެފައެވެ. އައިރީން ދުރުގައި ހުރެ މި މަންޒަރު ބަލަމުން ދިޔައީ އިންތިހާއަށް ދެރަވެފައިވާ ހާލުގައެވެ. ***** ޝައިނާ މަސައްކަތް ކުރަމުން ދިޔައީ ނީމްގެ ހަނދާންތަކާ ދުރުވެ، އައިލީންއާއެކު އައު ދިރިއުޅުމެއް ފެށުމަށެވެ. ނަމަވެސް ކޮންމެ ރެއަކު އޭނާގެ ހުވަފެންތަކުގައި […]
އއިލީން ފެންވަރައިގެން ނުކުތްއިރު، އޭނާގެ އެނދުމަތީގައި ފޯނު ހިފައިގެން އައިރީން އިށީނދެގެން އިނެވެ. އައިލީންގެ މޫނުމަތިން ކުއްލިއަކަށް ކުލަވަރު ބަދަލުވެ، ބިރުވެރިކަން އުފެދުނެވެ. “ތީގެން ކަލޭ ތިބަލަނީ ކޮން އެއްޗެއް؟” އައިލީން ހަޅޭއްލަވައިގަންނަމުން ފޯނު އަތުލަން މަސައްކަތްކުރިއެވެ. ނަމަވެސް އައިރީން ތެދުވެ، މަލާމާތުގެ ހިނިތުންވުމަކާއެކު އައިލީންއަށް ބަލާލިއެވެ. “މަންމަގެ ރަން ދަރިފުޅުގެ އަސްލު ސޫރަ ފެނިއްޖެ. ޝައިން އާއި ނީމްގެ ދިރިއުޅުން ކަލޭ ތި ހަލާކުކޮށްލީ ވަރަށް ރޭވުންތެރިކަމާއެކު ދޯ؟” އައިރީން ބުންޏެވެ. އައިލީންގެ މޫނުމަތީގައި އޮތް […]
އައިލީން އާއި އޭނާގެ މަންމަ، ފާތުމަ، ތިބީ ބަދިގޭގައި މެންދުރުގެ ކެއުން ތައްޔާރުކުރާށެވެ. ބަދިގެތެރޭގައި ހިފާލާފައިވަނީ މީރުވަސްދުވާ ކުކުޅު ރިހައެއްގެ ވަހެވެ. އައިލީން ފިޔާ ކޮށަން ހުއްޓާ، މަންމަ ކުއްލިއަކަށް ފުން ނޭވާއެއްލުމަށްފަހު ވާހަކަދައްކަން ފެށިއެވެ. “އައިލީން، ދަރިފުޅު ބަލާބަލަ ތިހިރަ އައިރީންގެ އުޅުމަށް. އޭނާއަކީ ދަރިފުޅާ އެއްބަނޑު އެއްގުނަ އެއްކަހަލަ ސިފައެއް ލިބިފައި ހުރި ކުއްޖަކަށް ވިޔަސް، އޭނާގެ ހިތަކީ ހާދަ ނުބައި ހިތެކެވެ. ކޮންމެ ކަމެއްގައިވެސް އޭނާ ބަލަނީ އަނެކުންނަށް ދެރައެއް ދެވޭތޯއެވެ. މަންމަ […]
މިދުވަސްކޮޅަކީ އަޅުގަނޑު ވަރަށް ބިޒީ ދުވަސްކޮޅެއް ކަމުން މިދުވަސްކޮޅު ވާހަކަ ނުގެނެސްދެވޭނެއެވެ. އިންޝާﷲ ޗުއްޓީ ނިމުމުން މިވާޙަކައިގެ 1 ވަނަ ބައި ކިޔާލަން ލިބޭނެ. ވާހަކަ ލަސްވާތީ ހުރިހާ ކިޔުންތެރިންގެ ކިބައިންވެސް މަޢާފަށްއެދެން. މިވާޙަކައިގެ 1 ވަނަ ބަޔަށް އިންތިޒާރު ކޮއްލައްވާ…!
އާ ދުވަހަކަށް އިރު އެރި، ގިނަ ބައެއްގެ ހިތްތަކަށް އުފާވެރިކަން ގެނުވަމުންނެވެ. އެހެންނަމަވެސް އެ އުފާވެރިކަމެއް އައިލީންގެ މޫނުމަތީން ފެންނާކަށް ނެތެވެ. އައިލީން ތައްޔާރުވަމުން ދިޔައީ ސްކޫލަށް ދިއުމަށްޓަކައެވެ. އައިލީން ސްކޫލަށް ދާން ނުކުތް އިރު، ހުރީ މީހާ މިލާމޯޅިވެފައެވެ. ނަމަވެސް އޭނާ އަށް ޝާއިން ފެނުުހެނެއް ހިޔެއްނުވެ އޭނާގެ މިލާމޯޅިވެފައިވީ މިޒާޖު ވައިންތަނެއްވެސް ނޭންގެއެވެ. އެހެން ނަމަވެސް ޝާއިން އެއީން މުޅިން އިދިކޮޅެވެ. އޭނާގެ އުފާވެރިކަން އައިލީން ފެންނަ އިރަށް މިލާގެންދިޔަ އެވެ. ޝާއިންއަށް މިވީ […]
ހިސާބު ކްލާހުގެ މެދުތެރޭގައި އަލީނާ ވިސްނަމުން ދިޔައީ ސާހިލް އަކީ ކޮންކަހަލަ މީހެއްތޯ އެވެ. ހަމަބިމަށް އާދެވުނީ ހިސާބު ކްލާހުގެ ބެލް ޖެހުމާއެކުއެވެ. ކްލާސްތައް ނިމުމުން އަލީނާ ސްކޫލު ދަބަސް ޕެކް ކުރިއެވެ. ދެން އެލީނާ އާއި އައިރާ ސްކޫލްގެ ގޭޓް ކައިރިއަށް ގޮސް އެމީހުންގެ ގެޔަށް ދިޔައެވެ. ގެއައް ދިޔަ މަގުމަތީގައި އޭނާ އާ އެއް އުމުރެއްގެ ފިރިހެން ކުއްޖެއްގެ ގައިގާ އަލީނާ ލައިގަތެވެ. މާފަށް އެދެން އިސްއުފުލާލި ނަމަވެސް އަނގައިން އެއްވެސް ބަހެއް ނުނިކުތީ […]