ކްލާސްރޫމުގައި ޓީޗަރު ކިޔަވައިދެމުން ދިޔައިރު އަލީނާ ހުރީ އެހެން ދުނިޔެއެއްގައެވެ. އޭނާ ވިސްނަމުން ދިޔައީ ގަނާ ކުރި ކުއްޖާ ދެއްކި ވާހަކަތަކާ މެދުގަ އެވެ. އެލީނާގެ ސިކުނޑި ފުރެމުން ދިޔައީ އެކި ކަހަލަ ސުވާލު ތަކަކުންނެވެ. އޭނާގެ ބޮލައް އެންމެ އުނދަގޫ ކުރަމުން ދިޔައީ ދެ ސުވާލެވެ. އެއީ……. “ގަަނާ ކުރާކުއްޖާ އެކިޔަނީ ހަމަ ތެދައްބާ؟” “ބައްޕަ ހަމަ އަހަރަމެން އެކަނި ދޫކޮއްލާފަ ދިޔައީ އަހަރަމެން ދެކެ ބައްޕަ ލޯބި ނުވާތީބާ ؟” މި ހިޔާލު ތަކުތެރޭން […]
އެލީނާ އަކީ ގުދުރަތީ ރީތިކަމަށް ލޯބިކުރާ އަންހެން ކުއްޖެކެވެ. އޭނާގެ ގޭގައި އޭނާގެ އަމިއްލަ ބަގީޗާއެއް ވެސް އޮވެއެވެ. އޭނާ ދިރިއުޅެމުން ދިޔައީ ވަރަށް ވެސް އުފަލުގައެވެ. ނަމަވެސް ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ ބުނާހާ މަދުސިކުންތު ކޮޅެއް ތެރޭގައެވެ. އޭނާގެ މައިންބަފައިން ވަރިވުމުން އޭނާގެ ދިރިއުޅުން މާލެއަށް ބަދަލުކުރަންޖެހުނެވެ. އޭނާ ދިރިއުޅެން ޖެހުނީ ދެ ކޮޓަރި އާއި ކުޑަ ބަދިގެއެއް ހުންނަ ކުޑަ އެޕާޓްމެންޓެއްގައެވެ. އެލީނާ ދިރިއުޅެމުން ދިޔައީ އޭނާގެ މަންމަ އާއި ހަތަރު އަހަރުގެ […]