އަލީނާގެ ހަޔާތް…3
ހިސާބު ކްލާހުގެ މެދުތެރޭގައި އަލީނާ ވިސްނަމުން ދިޔައީ ސާހިލް އަކީ ކޮންކަހަލަ މީހެއްތޯ އެވެ. ހަމަބިމަށް އާދެވުނީ ހިސާބު ކްލާހުގެ ބެލް ޖެހުމާއެކުއެވެ. ކްލާސްތައް ނިމުމުން އަލީނާ ސްކޫލު ދަބަސް ޕެކް ކުރިއެވެ. ދެން އެލީނާ އާއި އައިރާ ސްކޫލްގެ ގޭޓް ކައިރިއަށް ގޮސް އެމީހުންގެ ގެޔަށް ދިޔައެވެ. ގެއައް ދިޔަ މަގުމަތީގައި އޭނާ އާ އެއް އުމުރެއްގެ ފިރިހެން ކުއްޖެއްގެ ގައިގާ އަލީނާ ލައިގަތެވެ. މާފަށް އެދެން އިސްއުފުލާލި ނަމަވެސް އަނގައިން އެއްވެސް ބަހެއް ނުނިކުތީ ކުރިމަތީގައި ފެންނަން ހުރި ހިތްގައިމު, އަންހެން ކުދިގެން ގެ ހިތް ތައް ކަތިލާނެ ފަދަ އެތައް ސިފައެއްލިބިފައި ހުރި ޒުވާނާ ފެނިފައެވެ. އެ ފިރިހެން ކުއްޖާގެ ހަލަކީތޯއެވެ. ކުރިމަތީގައި ހުރީ ސާދަވިލޭރޭގެ ހަނދައް ވުރެއްވެސް ރީތި ހޫރު ޕަރީއެކެވެ. އޭނާ އައް ހުރެވުނީ ލޮލުފިޔަ ޖަހަން ވެސް ނޭނގިފައެވެ.
**3 ވަނަ ބައި**
އާދުވަހެއް ފެށި އިރު އަލީނާ އުޅުނީ ސްކޫލަށް ދާން ތައްޔާރުވާށެވެ. ރީތި ވާން ހުރިވަގުތު އަލީނާގެ ހިތުގައި ކުރުހާލީ އިއްޔެ މަގުމަތިން ދިމާވި ކުއްޖާގެ ސޫރައެވެ. ބޭޙްތިޔާރުގައި ހީލެވުނެވެ. އެކުއްޖާގެ ހިޔާލުން ނުކުމެވުނީ އަލީނާގެ މަންމަ ގޮވުމުންނެވެ. އަވަހަށް ދަބަސް އަޅުވާ ބޫޓައް އަރަގެން ގޭޓު ކައިރިއައް ދިޔައިރު އައިރާ މަޑުކޮއްގެން ހުއްޓެވެ. އެކުގައި ގޮސް ކްލާހައް ވަދެ އެމީހަކު އިންނަން ޖެހޭތަނުގައި އިށީނެވެ. ކްލާސް ޓީޗަރު އައިސް އާ ދަރިވަރުގެ ނަން ކިޔައި އޭނާގެ ތަޢާރަފަށް އެދުނެވެ. އިސްޖަހައިގެން އިން އަލީނާ އިސް އުފުލާލީ އެ ކުއްޖާ ވާހަކަ ދައްކަން ފެށުމުންނެވެ. އޭނާގެ މޫނު ފެނުމާއެކު އަލީނާ ހައިރާންވެ އަނގަ ހުޅުވުނެވެ. ކްލާސް ކުރިމަތީގައި އެ ހުރީ އެއްކަލަ ފިރިހެން ކުއްޖާއެވެ. އެއީ އިއްޔެ އަހަރެން ސްކޫލުން ގެއަށް ދިޔަ ވަގުތު އަހަރެން ގެ ގައިގައި ލައިގެން ފިރިހެން ކުއްޖާއެވެ. އެހެންވީމާ އަހަރެންގެ ގައިގައި އިއްޔެ ލައިގަތީ ސާހިލް ދޯ … އަލިނާގެ ހތައި ވިއެވެ.
*****
ކްލާސް ގަޑި ތައް ނިމުމުން ގެއައް ދާން ދަބަސް ޕެކް ކޮއްގެން ނުކުންނަން ދިޔަ އަލީނާ އަށާއި އައިރާ އައް އިވުނީ ކްލާހުގެ އެންމެ ނުފޫޒުގަދަ އަންހެންކުއްޖާ އަމާނީ, އަނެހެން ބުނާނަމަ “ކްލާހުގެ ކުއީން”އޭނާގެ ރައްޓެހިންގާތު ސާހިލް ރީތި ކަމުގެ ވާހަކަ ދައްކަނިކޮށެވެ. އަމާނީގެ އަޑު އިވޭއިރައް އަލީނާ އާއި އައިރާ މުނައްވައްތަރެއް ޖައްސާލިއެވެ.
*****
އޭރު ހަވީރުގެ ވަގުތެވެ. އަލީނާ ރީތި ވަމުން ދިޔައީ އައިރާ މެންގެޔައް ގުރޫޕް ސްޓަޑީ ހަދަން ދާށެވެ. އެގެޔައް ދާން ނކުމެފައި ކައިރީގައި ހުރިފިހާރަ އަކައް ވަނީ ކިޔަވާ އިރު ކާލަން ކޫސަނި އެތިކޮޅެއް ގަންނާށެވެ. ފިހާރަ އައް ވަދެ ނުކުއިން ވަގުތު އޭނާގެ ލޮލުގައި އަޅައި ގަތީ އޭތާ ކައިރީގައި ހުރި ގަހެއްައި ލައްގަނެގެން އޭނާ އާ ދިމާލައް ކަޅި ޖަހާ ނުލާ ބަލަން ހުރި ސާހިލްއެވެ. ސާހިލް ކަޅިޖަހާ ނުލާ ބަލަން ހުރުމުން ހިލާފައި އަލީނާ ،އައިރާ މެންގެއައް ދާން ހިނގައި ގަތެވެ. އޭނާ ހިގައިގަތުމުން ސާހިލް ގޮސް އަލީނާ އާ އަރާ ހަމަ ކުރިއެވެ. އަދި އަލީނާ އޭނާ އާ ދިމާލަށް ބަލައި ނުލުމުން އަލީނާގެ އަތުގައި ހިފާ އޭނަ އާ ދަމާލައް އަނބުރާލިއެވެ. ދެން އެހެން ހުރެފާ ސާހިލް ބުނި އެއްޗަކުން އަލީނަާގެ ދެލޯ ބޮޑުވިއެވެ.
އަޅުގަނޑުގެ ޓެސްޓު އާދިއްތަ ދުވަހު ފެށޭތީވެ މިފެށޭ ހަފްތާގައި ވާހަކަ ނުގެނެސް ދެވޭނެ ކަން ހިތާމަ އާ އެކު ބުނެލަން. އެހެންނަމަވެސް ޓެސްޓު ނިމުނު ހާ އަވަހައް ވާހަކައިގެ ބައިތައް ކުރިއެކޭ އެއްފަދައިން ގެނެސްދޭނަމެވެ.💙
ނުނިމޭ
3 Comments!
Comments are closed.


Varah reethi. Masha ﷲ. I’ll be waiting for the next part. The best of luck for your exams.
Thanks Anonymous💙
Y my name.,,my name is amaanee , ,,,,but I’m not a girl like that…and 1 complain…vhk liyaairu than kolheh details himanaaliyya kannengge bodah furihama vaanee…but vhk vrh Reethi . ..and characters ah nan dhey iru than kolheh aanmmu noon name eh liyyaa kannenge furihama vaany ithurah…..vhk vrh Reeth adhi vx ehffaharu..keep it up gurrll…lyysm