Skip to content
އެސްފިޔަ

އެ ވިއްސާރަ

ދުވަސްކޮޅަކީ ވަރަށް ވިއްސާރަ ދުވަސްކޮޅެކެވެ. ރީތިކޮށް އުޑުމަތި ސާފުކޮށް އޮތް ނަމަވެސް ކަޅުވިލާތަކުން އުޑުމަތި ބައްދާލައި ވާރޭ އޮހިގަންނަނީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މާލޭގެވެސް ބައެއް މަގުތަކުގައި ފެންބޮޑުވެ ބިންމަތި ނުފެންނައިރު އަނެއްބައި މަގުތަކުގައި ވަނީ ފެނުގެ ކޯރު ކޯރު ހެދިފައެވެ. ސުކޫލަށް ދާ ކުދިންނާއި އޮފީސް އޮފީސްތަކަށް ދާ މީހުންވެސް ބަލަނީ ފެންކޮޅެއްގައި ނުޖެހި އަވަހަށް ދެވޭތޯއެވެ. ޓެކްސީ އެއް ހޯދުމަށް އެއްބަޔަކު ހޭބޯނާރާ އުޅޭއިރު ސައިކަލު ތަކުގައި ވެސް މީހުން އެމީހުންގެ މަންޒިލަށް ދިއުމަށްޓަކައި ދަތުރު ކުރަމުން ދެއެވެ. ފައިމަގުގައި ވެސް ދާ މީހުން މަދެއް ނޫނެވެ. ބައެއް މީހުން ފެންގަނޑު ތެރެއަށް އެރެމުންނެވެ. އަދި އަނެއްބައި މީހުން އެމީހުންގެ ދަރިން އުރައިގެންނެވެ.

އަހަރެންވެސް މަސައްކަތް ކުރަމުން ދިޔައީ އަހަރެންގެ އެކުވެރިޔާ އާ އެކު އޮފީހަށް ދިއުމަށެވެ. ގޭ ދޮރުމަތިން ފެށިގެން މަގުގެ ކޮޅާ ކޮޅަށް ފެންބޮޑުވެފައި ވުމާއެކު އަހަރެންނާއި އަހަރެންގެ އެކުވެރިޔާ ބެލީ ޓެކްސީއެއް ލިބޭތޯއެވެ. އެކި ސެންޓަރުތަކަށް ގުޅުމުގައި އަހަރެންގެ އެކުވެރިޔާ މަސައްކަތް ކުރަމުން ދިޔައިރު އެއް އިރަކުވެސް ހިމޭނުން ނޯންނަ ދޫ ހަލުވަމުން ދިޔައެވެ.  އޭނާ ކުދި ކިޔަމުން ދިޔައީ އެއްވެސް ސެންޓަރަކުން ފޯން ނުނަގާތީ އެވެ. އަދި ފޯން ނެގުމަށްފަހުވެސް ކަނޑާލާތީ މީހާ ހުރީ ރުޅިއައިސް ރަތްވެފައެވެ. މަދިރިއެއް އައިސް ޖައްސާލިއަސް ސަލާމަތް ނުވާނެ ކަންނޭންގެ އެވެ. އޭނާ އާއި ފުދޭވަރަކަށް ދުރުގައި އަހަރެން ހުރި އިރު އަދި މިއޮށް ފިނި ދުވަހު ވެސް އެހޫނުގެ އަސަރު އަހަންނަށްވެސް ކުރެއެވެ.

ކޮންމެއަކަސް ޓެކްސީއެއް ހޯދަން ކުރިމަސައްކަތް ދިޔައީ ފަނު ފުލުންނެވެ. އޮފީހަށް ރިޕޯރޓް ކުރަންޖެހޭ ގަޑި ކުޑަތަންވަމުން އަންނައިރު އަހަރެންގެ ހިތްވެސް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ. އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ އަހަރެންގެ ބޮސް އަކީ ވަރަށް ހަރުކަށި މީހެއް ކަމުން ގަޑިޖެހިގެން ދެވިއްޖެ ނަމަ އޮފީހުން ކަނޑާލުމަކަށްވެސް އޭނާ ޖެހިލުމެއް ނުވާނެއެވެ.

ބައިގަޑީރު ވަންދެން ކުރި މަސައްކަތް ބޭކާރު ވުމުން އަހަރެންގެ އެކުވެރިޔާ ދިޔައީ އެކަމާ ކުދި ކިޔަމުންނެވެ. ހިސާބަކަށް ރުޅިވެސް ގަދަ މީހެއްކަމުން އަހަރެން ވިސްނީ އޭނަ ދައްކާ ވާހަކައާއި ނުވުމަށެވެ. ކިރިޔާވެސް ހިތްހަމަނުޖެހޭ އެއްޗެކޭ ބުނެވިދާނެތީއެވެ. ކިތަންމެ ގާތް އެކުވެރިޔެއް ކަމަކުވެސް ރުޅިއައުމުން ކޮންޓްރޯލް ނުވެ އަހަރެން ބުރު ބުރު އަޅުވާލާފާނެތީއެވެ.

ކޮންމެއަކަސް ވަގުތު ބޭކާރުކުރުމަކާނުލައި ހިނގައިގަތީ ކުރިމަތީ އޮލްވިލާގަނޑުގެ ވާރޭއާއި ލައްވާލުމުގެ ކުރިން އޮފީހަށް ދެވޭތޯއެވެ. ކަންދިމާކުރި ގޮތުން މިއަދު އަހަންނަށް ލެވިފައި ހުރީވެސް ފިސާރި ހެދުމެކެވެ. މިއަދު ވަރަށް ރީތިވެގެން ދާން ކަމަށްހިތައި އުޅުނު މީހާގެ ކަރުގައި އެންމެ ފަހުން އެ ލީ ހިތިރަހައެވެ. ލައިގެން ހުރި ބޮޑު ތިރީގައި ހިފަހަށްޓާލުމަށްފަހު ގަޑި ބަލައިލީމެވެ. ގަޑިއަށް ނަޒަރު ހިނގާލުމަށްފަހު ހިތް ރޯލީ ހެދުން ބަދަލުކޮށްގެން އަންނާނެހާ ވަގުތު ނެތުމުންނެވެ. ފަޔަށް އަރުވާފައިވާ އިސްޓާކީނު ބޭލުމަށްފަހު ބޫޓާއި ތިރީގެ ފަސްބައި ހިއްލާލުމަށްފަހު އަހަންނާއި އަހަރެންގެ އެކުވެރިޔާ ހިނގައިގަތީ ފެންގަނޑަށް އެރިގެން ދާން ޖެހުނަސް ހެޔޮ ކަމަށެވެ. ހިނގާފައި ހިސާބަކަށް ދެވުނު ފަހުން ހިތަށް އަރައި ފައިބަން ފެށި ހިޔާލުތަކުން މީހާ ދާހިއްލާ ފޯވީ އެސްފިޔަ ޖަހާލާހާ ކުޑަ ވަގުތުކޮޅެއްގައެވެ. ހޮޓަލުން ނިކުންނަ މީހުން މަގުމަށްޗަށް ޖަހާ ރަތް ކުޅާއި މަގުމަށްޗަށް މީހުން އުކާ ކުންޏާއި، މި ޚިޔާލުތަކުން ފަކުރު ގަތީ ދުވަހަކުވެސް އަހަރެން ފަކުރު ނުގަންނަހާ ވަރަށެވެ. އަދި ރައްޓެހި ކުއްޖެއް ކައިރީ ކިތަންމެ ވިއްސާރަޔަސް މާލޭގައި ހެދޭ ފެންގަނޑަށް އެރެން ޖެހުނެސް ނޭރޭނަން ކަމަށް އަހަންނަށް އޮތީ ހުވާވެސް ކުރެވިފަކަން ހަނދާންވީވެސް ހަމަ އެވަގުތު އެވެ.

މީހާ ގަތްފައިވާ ފަކުރަކުން ހިނގެން ފެށުނީވެސް ފައިގެ އިނގިލިތަކުގެ ކޮޅުޖައްސައިގެންނެވެ. މަޖީދީމަގަށް އަރަން ހިޔާލުކުރީވެސް އެހެންވެ އެވެ. އެންމެ ފަހުން އޮފީހަށް ދިއުމަށްޓަކައި ދިގު މަގު ހިޔާރު ކުރަން މަޖުބޫރުވީވެސް މިވަގުތު ވަންނަން ނުވާ ހިޔާލެއް ދުވެފައި އައިސް ސިކުނޑިތެރެއަށްވަދެ ފިލައި އެ ނުނިކުތުމުންނެވެ. މަޖީދީ މަގުން ހިނގާފައި ވަކި ހިސާބަކަށް ދެވުނު ތަނުން ވާރޭ ވެހެންފެށީ އިންޒާރަކާވެސް ނުލައެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި އަހަންނާއި އަހަރެންގެ އެކުވެރިޔާ ވާރޭގެ އަޅަކަށް ވެގެން ގޮއްސިއެވެ.

ކޮންމއަކަސް އަހަރުމެން ދެމީހުން ނިންމީ ތެމި ފޯވެގެން ވިޔަސް ގަޑި ނުޖެހި އޮފީހަށް ގޮސް ސޮއި ކުރުމަށެވެ. ބާރު ބާރަށް ހިނގަން ފެށީވެސް އެހެންވެ އެވެ. ވާރެއާ ތެމި ފޯވެގެން އޮފީސް އިންނަ މަގަށް އެޅުނު އިރު އަދި ގަނޑިޖެހެން ބާކީ 5 މިނެޓު އޮތުމުން ހިތަށް ކޮންމެވެސް ހަމަޖެހުމެއް ލިބުނެވެ. އެހެންނަމަވެސް……. އެހެންނަމަވެސް ދެން ވީ މާ ނުބައި ގޮތެކެވެ. މަގުމަތީގައި އޮތް ގާބުރިއެއްގައި އަޅައިގަނެގެން ފެންގަނޑަށް ވެއްޓުމީ މިއަދު އަހަރެންގެ ހިތަށް އަރާނެ އެންމެ ފަހު ކަންތައް ކަންނޭންގެ އެވެ. މަގުމަތިން ހިނގާފައި އުޅުނުހައި މީހުންނަކާއި ދުއްވާ އެއްޗެހީގައި ދަތުރު ކުރަމުން ދިޔަ މީހުންތަށް ކުޑަ ހިނދުކޮޅަކަށް ނަމަވެސް އަހަންނަށް ހުއްޓުނު ފަދައެވެ. ގަތް ލަދުން އިސް އުފުލާލަން ވެސް ނުކެރި އަދި ތެދުވަންވެސް ނުކެރިފައި އެ އޮތް ގޮތަށް އޮއްވާ އަހަރެންގެ އެކުވެރިޔާ އަހަންނަށް އެހީތެރިވެދިނެވެ.

ކޮންމެއަކަސް އެދުވަހަކީ އަހަރެންގެ ހަޔާތުގައި ރަން އަކުރުން ފަވާލެވިގެން ދާނޭ ދުވަހެއް ކަން ޔަގީނެވެ.  އެދުވަހު ފަހުން އޮފީހަށްވެސް ނުވަދެ އަހަރެން ދިޔައީ ގެޔަށެވެ. ނަސީބަކުން އަހަރެންގެ ބޮސް އަށް ގުޅުމަށްފަހު ވީގޮތް އޮޅުން ފިލުވައި ދިނުމުން ބޮސް އެ މައްސަލައަކަށް ނުހެދިއެވެ. އެދުވަހު އަހަރެންގެ ހިތަށް އެރި އެވެ. ވިއްސާރަ ދުވަހެއްގައި ނަމަ ނަމަ އަހަރެން ދެން ބޭރަކަށް ނުނިކުންނާނަމެވެ.

(ނިމުނީ)

Comments (11)

  1. ?Shifu?Shifrraa?

    Yey me first.. v.reethi mi vaahaka vx. Waiting 4 a new story….??

    1. Rau❤❣
      ?Shifu?Shifrraa?

      Hehehe… Thank you @shifu?❤❣

  2. Aami

    ? Perfectly suits mihaaaruge situation ah
    Story is nice.

    1. Rau❤❣
      Aami

      dhw… hehehee.. thanku

  3. cutie afuar

    love this story

  4. Sahul

    Vrh reethi ingey
    but vrh kuh tha eba huri
    next story ehga rangalhu kurahchey ingey
    Keep going ❤❤?

  5. Isha

    Sorry i am too late to comment…story is nice but it is too short and not that interesting…

  6. Rauha rau

    Vvvv nice I love it….it’s not too much short….and it’s interesting

  7. Rauha rau

    Vvvv nice I love it….mivaahaka kureh noon…nulaahiku interesting…

  8. Rau

    Rau kiyaa Meehun vvv reethi vaane.. Ehen V maa Rau kiyaa Meehun liyaa vaahaka ves Hama reethi vaane…

  9. Emma

    Reethi

Comments are closed.