ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. އެލައިރާ މިއަދު ހޮސްޕިޓަލައް ވަދެގެން އައި އިރު އެހެން ދުވަސްތަކައް ވުރެއް އަޑު މަޑުހެން ހީވިއެވެ. މުޅި މާހައުލައް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ. ދޭތެރެ ދޭތެރެޔަކުން މީހަކު ހިނގާލާ އަޑެއް ނޫނީ އެހެން އަޑެއް ނީވެއެވެ. އެލައިރާ އަވަސްވެގަތީ ގަޑި ޖެހުމުގެ ކުރިން ފިންގާރ ޖެހުމަށެވެ. ރޭގައި ލަހުން ނިދުމުގެ ސަބަބުން އެލައިރާޔައް މިއަދު ހޭލެވުނީ ވެސް ލަހުންނެވެ. ފިނަގާރ ޖެހުމައްފަހު އެލައިރާ އޭނާގެ އިސްތަށިގަނޑު ހުޅިއެއްޖަހައި، މޫނުމައްޗައް ވެރިފައި ހުރި […]
ރެސްޓޯރެންޓްގެ އެެތެރޭގައި ވަނީ މަޑު އައްޔަކުން ދިއްލާފައެވެ. ބަލާ ބެލުމައް އެއީ ވަރައް ފޭންސީ ރެސްޓޯރެންޓެކެވެ.. މުޅި ތަނުގައި ހުރީ ކުދިކުދި ބޮކިތަކަކުން ދިއްލާފައެވެ. އަދި ކޮންމެ ފާރެއްގައި ވެސް ބައިވަރު މާތަކެއް ހަރުކޮއްފައި ހުއްޓެވެ. ބިންމަތީގައި ހުރި މުށިތައް ވިދާލާއިރު އަމިއްލަ ސޫރަވެސް ފެނެއެވެ. އެތެރެ ސްކޭން ކުރަމުން މަޑުމަޑުން އަހަރެން ވަނީމެވެ. އޭރު އަމްޖަދުގެ ކައިރީގައި އިށީންދެގެން ކައިލް އިނެވެ. ކައިލް ލައިގެން ހުރީ ރަތްކުލައިގެ އޯވަސައިޒް ޓީޝާޓަކާއި ކަޅުކުލައިގެ ޖީންސެކެވެ.. އެ ސްޓައިލްގައި […]
ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. މިއަދަކީ ހޮސްޕިޓަލުގައި ވަރައް ބުރަ ދުވަހެކެވެ. ކުއްލި ހާލަތުގެ ދެ ކޭސް ޖެހިޖެހިގެން އައެވެ. އެކަކީ މެދު އުމުރުގެ ފިރިހެނެކެވެ. އޭނާ އައީ މޭގައި ވަރައް ބޮޑައް ރިއްސާތީއެވެ. ދެން އައީ ހިތުގެ އެރިތްމިއާ ޖެހިފައިވާ ފުރާވަރުގެ ކުއްޖެކެވެ. އެލާމްތައް ގުގުމާލުމުން ނަރުހުންތަެއް ކޮރިޑޯއިން ފައިބައިގެން ދިޔައިރު، ވައި ގަދަވެގެން ދިޔައީ އަވަސްކަމުގެ ސަބަބުންނެވެ. އެލައިރާ އޭނާގެ ޕްރޮފެޝަނަލް މޯޑް އޮން ކޮއްލިއެވެ. “ސްޓާރޓް ދަ އައިވީ ލައިން.. އެލައިރާ އަމުރު ކޮއްލިއެވެ. […]
އޭޑީކޭގެ ކުޑަދޮރުތަކުން ހެނދުނުގެ އިރު އޮހޮރެމުން ދިޔައިރު، އެލައިރާ ކޮރިޑޯތަކުން ބާރު ސްޕީޑެއްގައި ހިނގަމުން ދިޔައެވެ. އޭނާގެ ހުދު ކޯޓު މިއަދު އާންމު ގޮތަކަށް ވުރެ ބަރުހެން ހީވިއެވެ. އޭނާގެ ސިކުނޑީގެ އެއްބައިގައި ބަލިމީހުންނައް ސަމާލުކަންދިނެވެ. އަނެއްބައި އޮތީ ކައިލްގެ ޙިޔާލުތަކައް ދޫކޮއްލެވިފައެވެ. އެންގޭޖް ވިފަހުން މިހާރު އެލައިރާގެ ކަމަކީ މިއެވެ. ކޮންމެ ތާކު ކޮންމެ ކަމެއް ކުރަން ހުއްޓަސް ކޮންވެސް ގޮތަކުން ކައިލް އެލައިރާގެ ހަނދާނައް އާދެޔެވެ.ެ “އެލައިރާ.. ވީ ނީޑް ޔޫ… ފާސްޓް…” ޙިޔާލުތައް އެއްފަރާތް […]
އިރު އޮއްސިއްޖެއެވެ. މާލެގެ މަގުތައް ވަނީ ރަންކުލައިގެ ލައިޓްތަކެއް ފަދައިން ދިއްލިފައެވެ. އެންގޭޖްމަންޓް ހަފްލާ ނިންމާފައި އެނބުރި ގެއަށް އައި އިރު މީހާ މުޅިން ތުރުތުރު އަޅައެވެ. އަވަހައް ކާރުން ފޭބުމައްފަހު އެލައިރާ ގެޔައް ވަންނަން ދުއްވައިގަތެވެ. “އެލައި ދޮންތީ” ފަހަތުން މިޝީ ގޮވާލިއެވެ. ނަމަވެސް މަޑުނުކޮއް އަހަރެން ދިޔަގޮތައް ގޮސް ކޮޓަރިޔައް ވަދެ ދޮރު ޖަހާލީމެވެ. އޭގެ އިރުކޮޅެއްފަހެ. އެނދުމަތީގައި އޮއްވާ އަހަންނައް މީހަކު ކޮޓަރިޔައް ވަތް އަޑު އިވުނެވެ. ތެދުވެ ބަލާލިއިރު އެއި މިޝީއެވެ. “އެލައި ދޮންތީ” […]
އެލައިރާއަށް ހޭލެވުނީ ފަތިހުގެ އަލިން އިރުގެ އަލިތައް ލޮލައް އެޅެން ފެށުމުންނެވެ. އިއްޔެއިން ފެށިގެން ބައްޕަ ދެއްކި ވާހަކަތަކުގެ ސަބަބުން އޭނަގެ ސިކުނޑި އަދިވެސް އޮތީ އެ ޙިޔާލުތަކުން ނުނިކުމެވިފައެވެ. “ކައިލް އާއި އިންނަން ޖެހޭނެ …” އެ ބަސްތައް އެލައިރާގެ ކަންފަތުގައި ކެތްތެރިކަމެއް ނެތި ގުގުމާލިއިރު، އޭނަގެ އިޚްތިޔާރު ދެން މުހިންމު ނުވާކަން ހަނދާންކޮށްދިނެވެ. އެނދުގެ އަރިމަތީގައި ކަކުލު ހުޅު ކައިރިކޮށްލައިގެން އިށީނދެގެން އިނދެ އިސްތަށިގަނޑު އައްސާލީމެވެ.. ފަތިހުގެ މަޑު އަލިން ކޮޓަރިތެރެ ފަނޑު ކުލަތަކެއް ކުލަޖައްސައިލި […]
ބައްދަލުވުމުގެ ދުވަސް އައީ މަޑުމަޑުން އުޑުމަތިން އުދުހެމުން ދިޔަ ތޫފާނެއް ފަދައިންނެވެ. އެލައިރާ ތިންވަނަ ފަހަރަށް ހެދުން އެޖެސްޓް ކޮއްލިއެވެ. އޭރުވެސް އެލައިރާގެ ހިތް ހުއްޓުމެއްނެތި ތެޅެމުން ދިޔައެވެ. ކުރިމަތިލާންޖެހެނީ ކިހާވަރެއްގެ ތޫފާނެއްކަން ކުޑަކޮއްވެސް ހިތަކައް ނާރައެވެ. އެލައިރާގެ އަތް ތުރުތުރު އަޅަމުން ދިޔައެވެ. އެތައް މަންޒަރުތަކެއް އޭނާ ތަޞައްވުރުކޮށްފައި އޮތް ނަމަވެސް، ހަގީގަތަކީ ކައިލްއާ ބައްދަލުކުރުމަށް އެއްވެސް ވަރަކައް އެލައިރާ ތައްޔާރު ވެވިފައިނެތްކަމެވެ. މުހައިމީން ކާރު ކައިރީގައި ހުއްޓިލައިގެން ހުރީ އޭނާގެ މޫނުމަތީގެ ކުލަވަރު ކިޔަން ނޭނގޭ ގޮތަކަށެވެ. […]
އެލައިރާ އޭނާގެ ކޮޓަރީގެ ކުޑަދޮރު ކައިރީގައި އިށީންދެގެން އިންއިރު ތިރީގައި ވިދާލާ ސިޓީގެ ލައިޓްތަކަށް ބަލަހައްޓައިގެން ހުއްޓެވެ. ޓްރެފިކްގެ ހޫމް އާދައިގެ ގޮތަކަށް އިހުސާސް ކުރެވެން ޖެހުނު ނަމަވެސް، ހަމަޖެހުމެއް ވެސް ލިބޭ ނަމަވެސް މިރޭ އެއީ ކަންފަތް ކަނޑާލާ އެއްޗެކެވެ. ކޮންމެ ހޮންކެއް، ފާއިތުވަމުން ދިޔަ ކޮންމެ ކާރެއްގައި ވެސް އެދުވަހުގެ ކުރީކޮޅު ބައްޕަ ދެއްކި ބަސްތައް ގުގުމާލާ ކަހަލައެވެ: “ކަލޭ ކައިވެނި ކުރާނީ ކައިލްއާއެވެ.” އޭނާގެ އިނގިލިތަކުން އޭނާގެ ކްރިސްޕް ހުދު ލެބް ކޯޓުގެ […]
ކައިލް އާއި ބައްދަލުވުމަށްފަހު ހެނދުނު އޭނާ އުފުލާލީ ދެވަނަ ހަންގަނޑެއް ފަދައިން ހިފަހައްޓާފައިވާ ބަރުކަމެވެ. ކަށިގަނޑުގައި ވަރުބަލިވެފައި ހުރި ނަމަވެސް ނިދި ދެލޯ ބްރަޝް ކޮށްލީ ކިރިޔާއެވެ. ފަތިހުގެ ފުރަތަމަ ބަލިކަށި ވިލާތައް ފަރުދާތަކުގެ ތެރެއަށް ވަދެގެން ދިޔައިރު، އޭނާގެ ކޮޓަރި ފުރިގެން ދިޔައީ އަބަދުވެސް ހުރިހާ ކަމެއް ހަމަހިމޭންކަން އިހުސާސްކޮށްދޭ… ހިތާމަވެރި އެ ފިނި ނޫކުލައިގެ ދިއްލުމުންނެވެ. އެލައިރާ ދެއަތް ލުއިކޮށްލައިގެން އެނދުގެ އަރިމަތީގައި އިށީނެވެ. އެކަމަކު އޭނާގެ ސިކުނޑީގައި އިއްޔެގެ ހުރިހާ ކަމެއް އަލުން ކުޅެމުން […]