ރެސްޓޯރެންޓްގެ އެެތެރޭގައި ވަނީ މަޑު އައްޔަކުން ދިއްލާފައެވެ. ބަލާ ބެލުމައް އެއީ ވަރައް ފޭންސީ ރެސްޓޯރެންޓެކެވެ.. މުޅި ތަނުގައި ހުރީ ކުދިކުދި ބޮކިތަކަކުން ދިއްލާފައެވެ. އަދި ކޮންމެ ފާރެއްގައި ވެސް ބައިވަރު މާތަކެއް ހަރުކޮއްފައި ހުއްޓެވެ. ބިންމަތީގައި ހުރި މުށިތައް ވިދާލާއިރު އަމިއްލަ ސޫރަވެސް ފެނެއެވެ. އެތެރެ ސްކޭން ކުރަމުން މަޑުމަޑުން އަހަރެން ވަނީމެވެ. އޭރު އަމްޖަދުގެ ކައިރީގައި އިށީންދެގެން ކައިލް އިނެވެ. ކައިލް ލައިގެން ހުރީ ރަތްކުލައިގެ އޯވަސައިޒް ޓީޝާޓަކާއި ކަޅުކުލައިގެ ޖީންސެކެވެ.. އެ ސްޓައިލްގައި ކައިލް ފެންނައިރު ވަރައް ހޭނޑްސަމް ކުއްޖެއް ވައްތަރު ޖަހައެވެ. މަޑު ފިޔަވަޅުތަކެއްގައި ގޮސް އަހަރެން މޭޒުކައިރީގައި ހުއްޓިލީމެވެ. އެވަގުތު ކައިލް އަހަންނާއި ދެިމާއައް ބަލާލިއިރު އަހަރެންގެ މުޅި ގައިން ހީބިހި ނަގައިގެންދިޔައެވެ. ކައިލްގެ ނަޒަރުގައި ބުނެދޭން ނޭނގޭ ކަހަލަގެ ތޫނުކަމެއް ހުއްޓެވެ. އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު ކައިލް ކުޑަކޮށް ހީލިއެވެ. ނޭނގިހުރެ އަހަންނައްވެސް ކައިލްއައް ހިނިތުންވުމެއް ދެވުނެވެ.
“އެލައި… އިށީންދޭ…” މަޑުމަޑުން ކައިލް ބުނެލިއެވެ.
“ވަރައް ލަސްވެއްޖެތަ… ޑިއުޓީ ނިމުނުހާ އަވަހަކައް މިއައީ..” ގޮނޑީގައި އިށިންނަމުން އަހަރެން ބުނެލީމެވެ. އެވަގުތު ސަފާނާގެ ދަތްކުޑި ވިކާލިއެވެ. “ޑިއުޓީއްޔޯ..” އަހަންނައް އަޑުއިވޭވަރައް ސަފާނާ ބުނެލިއެވެ. ތޫނު ނަޒަރަކުން ކައިލްގެ ދެލޯ ސަފާނާ އާއި ދިމާއަށް ހުއްޓުނެވެ. ކައިލް އެއްވެސް އެއްޗެއް ނުބުނެއެވެ. އެކަމަކު އެ ނަޒަރުގައި ހުރި ތޫނުކަން އަހަންނައް ވެސް ފެނުނެވެ.
އިރުކޮޅެއްފަހުން ވެއިޓާރ ފެން ހިފައިގެން އައިސް މޭޒުމަތީގައި އަދަބުވެރިކަމާއެކު އަތުރާލިއެވެ. އެޔައްފަހު މަޑުމަޑުން ވާހަކަ ދެކެވެން ފެށުނެވެ. އެވަގުތު މޭޒު ދަށުން ކައިލް މަޑުމަޑުން އަހަރެންގެ އަތުގައި އަތްޖައްސާލިއެވެ. އަދި އޭނާގެ ފޯނުގައި ލިޔެފައި އިން އެއްޗެއް ދައްކާލިއެވެ. “ޔޫ ގުޑް..” އަހަރެން ބޯ ޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.
“އެހެންވީމަ… މިހާރު އެންގޭޖްމަންޓް ނިމިފަތާ މިއޮތީ … ދެން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރަންވީ.” އަމްޖަދު ބުނެލިއެވެ. އަހަރެންގެ ހިތް އަވަސްވިއެވެ. ދެން އަޅަންޖެހޭ ފިޔަވަޅުތަކާމެދު ވިސްނެނީއެވެ. ތޫފާނުގެ ވިލާތަކެއް ފަދައިން އަހަރެންގެ މައްޗަށް ވިއްސައިގެން ދިޔަ ބަސްތަކުގެ މަތިން ހަނދާން ވަނީއެވެ…ކައިވެނި…ލޯބި… ދިރިއުޅުން.. މިހުރިހާ ކަމެއް ކުއްލިޔަކައް ވާއިރު ތައްޔާރުވާނީ ކިހިނެއް؟ އަހަންނައް އެއްޗެކޭ ނުބުނެވި އުޅެނިކޮއް ކައިލް ވާހަކަ ދެއްކިޔެވެ.
“ޑޭޓްތަކާއި ވެނިއުތަކާއި އެއްވެސް ތަފްސީލަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމުގެ ކުރިން އަހަރެން ބޭނުންވަނީ މަސައްކަތުގެ ޝެޑިއުލްތަކަށް ވިސްނަން. އެލައި އަކީ ކާޑިއޮލޮޖިސްޓެއް. ގިނަ ގަޑިއިރު، ބައެއް ފަހަރު ރޭގަނޑު ހޮސްޕިޓަލުގައި ހޭދަކުރާނެ. އެއީ މުހިންމު ކަމެއް، އަދި އެކަމަށް އިހުތިރާމް ކުރަން ޖެހޭނެ.” އެޔާއެކު މޭޒުމަތި ހިމޭންވެގެން ދިޔައެވެ. ބައްޕަގެ މޫނު ހަރުވެ، ސަފާނާގެ ދެލޯ ހަނިވެ، ދޮންދައްތަވެސް ކައިލްގެ ބަހުގެ ބޮޑުކަން އިހުސާސް ކުރެވެމުން މަޑުކޮށްލި ކަހަލައެވެ. އަހަރެންގެ ނާރުތައް އަވަސްވިއެވެ.. ރުޅިވެރިކަމަކުން ނޫނެވެ، ކައިލްގެ ރާގުގައި ހުރި މަޑުމައިތިރި ވިސްނުމުންނެވެ.
“އެލައިރާއަށް މެނޭޖް ކުރެވޭނެ.. އޭނަ އަބަދުވެސް ގޮތް ހޯދާނެ.” ބައްޕަ ބުނެލިއެވެ. ” މެނޭޖްކުރެވޭނެޔޭ… އަހަރެން ވެސް މީ އިންސާނެއް… އަހަންނައް ވެސް ހަމަޖެހިލަން ވަގުތް ބޭނުންވާނެއްނު… ރެސްޓްކޮއްލަން.. ބޯހަމަޖައްސާލަން.. އެކަމް… ކީއްވެތަ ބައްޕަޔައް ނުވިސްނެނީ…” އަހަންނައް ހިތާއި ހިތުން ބުނެވުނެވެ.
އެމީހުންގެ ވަށައިގެންވާ ވާހަކަތައް ކުރިއަށް ދިޔައީ، ކެތްތެރިކަމެއް ނެތެވެ. ހަފްލާ ބާއްވާ ތަންތަނާއި، ކައިވެނީގެ ޕްލޭނަރުންނާއި، އަނގޮޓިތަކާއި، ކުރިއަށް އޮތް ތަނުގައި އިންތިޒާމުތައް ހަމަޖެއްސުމެވެ. ކޮންމެ ބަހެއްވެސް ހީވީ އެލައިރާޔައް ހުއްޓުވޭން ނެތް ރާޅެއްހެންނެވެ.
“އަވަހަށް ޕްލޭން ކުރަންވީ. އެލައިރާއަށް ވަގުތު ބޭނުންވާނެ އަނބިމީހަކައް ވާން އެޖަސްޓްވާން، އަދި ޑޮކްޓަރަކައް ވިޔަސް ނިމުނީކީއެއް ނޫން. މީހަކާ އިންނަން އުޅޭއިރު ތިމާ އަމިއްލަޔައްވެސް ވިސްނަން ޖެހޭނޭ މިކަމާ.. އާއިލާޔައް މާ ބިޒީވެފަ ޑިއުިޓީއައް އަބަދުވެސް ރެޑީވީމަ ނިމުނީކީއެއްނޫން..” ސަފާނާ ބުނެލިއެވެ.. އަނެއްކާވެސް މޭޒުމަތި ހިމޭންވެގެން ދިޔައެވެ. އަހަރެންގެ މޭމަތި ބާރުވިއެވެ. އަހަންނައް ޖަވާބެއް ދެވުމުގެ ކުރިން މިފަހަރުވެސް ވާހަކަދެއްކީ ކައިލްއެވެ.
“އެލައި އަކީ ހަމައެކަނި ޑޮކްޓަރެއް ނޫން. އެލައި ކޮންމެ ދުވަހަކުވެސް އެތައް ފުރާނައެއް ސަލާމަތް ކޮއްދޭ .އެލައިގެ މަސައްކަތަށް އިހުތިރާމް ކުރަންޖެހޭނެ ކޮންމެ މީހެއްވެސް ، އެއީ އުނދަގުލެއްގެ ގޮތުގައި ބަލަންވީކީ ނޫން.” އެލައިރާގެ ހިތައް ކުޑަކޮއް ހަމަޖެހުން ލިބުނެވެ. ދުވަހަކުވެސް އޭނާގެ އާއިލާގެ މީހުން ކިޔާ އެއްޗިއްސަކައް އެކަކުވެސް އޭނަގެ ދިފާއުގައި ވާހަކައެއް ނުދައްކައެވެ. ނަމަވެސް ކައިލް އެހެން ބުނުމުން އެލައިރާޔައް ވަރައް ބޮޑައް ހިތްހަމަޖެހުން ލިބުނެވެ.
ކާއެއްޗެހި އައުމަށްފަހު ވާހަކަ މަޑުމައިތިރިވިއެވެ. އެލައިރާއަށް އިހުސާސް ކުރެވުނީ އޭނާގެ ކައިރީގައި ހުރި ކައިލްގެ ރައްކާތެރިކަމެވެ، އޭނައަށް ވިސްނުނީ އޭނަ މުޅިން އެކަނިވެރިއެއް ނޫންކަމެވެ.
ރޭގަނޑުގެ ވައި ފިނިވެ، މާލޭގެ ފަނޑު ވަސް ޖެހެމުން ދިޔައެވެ. ކައިލްއާއި އެލައިރާ އެކަހެރިވެލުމައް އެ ރެސްތޯރެންޓްގެ ޓެރެސް ބައިގައި ތިއްބެވެ.
“ޔޫ އޯކޭ؟”ކައިލް މަޑުމަޑުން އަހާލިއެވެ.
“ޓްރައިންގް ޓު ބީ އޯކޭ” މަޑުމަޑުން އެލައިރާ ބުނެލިއެވެ.
“އެމީހިން އަބަދުވެސް ވަރައް އެއްޗިސް ކިޔައިތަ.. ދެރަވާ ކަހަލަ…. ” ޖީބައް އަތް ޖަހައިގެން ހުރެ ކައިލް ބުނެލިއެވެ.
“ބައެއްފަހަރުު… އެކަމް.. އައި އޭމް ޔޫޒްޑް ޓު އިޓް ނައު…” ޖަވާބުގައި އެލައިރާ ބުނެލިއެވެ.
“ނޯ ވަން ޝުޑް ބީ ފެލްޓް ލައިކް ދެޓް… މިއަދު ވަރައް ޓްރައި ކުރިން އެއްޗެކޭ ނުބުނެވޭތޯ.. ބިކޯޒް ޔޫ އާރ ނޮޓް ފުލީ މައިން ޔެޓް… އެކަމް.. އަހަރެންގެ މީހަކައް އެލައި ވާ ހިސާބުން މީހަކައް ވައި ވެސް އެޅޭކައް ނުކެރޭނެ… ” ކައިލް އެހެން ބުނެލުމައްފަހު ހިނގައިގަތީ ޓެރަހުން ބޭރަށެވެ.. ވަރައް ގިނަ ދުވަހައްފަހު މިއަދު އަހަންނައް އަނެއްކާވެސް ރައްކާތެރިކަން އިހްސާސް ކުރެވުނެވެ.. ދުވަހަކުވެސް މީހަކު އަހަންނާއި ދިމާއަކައް އެހެންނެއް ނުބުނެއެވެ… އެކަމް.. މިއަދު ކައިލް އެހެން ބުނުމުން އަހަންނައް އަނެއްކާވެސް ބުނެދޭން ނޭނގޭ އިހްސާސްތަކެއް ކުރެވެން ފެށުނެވެ.. ކުޑައިރުކޮޅަކު ހުރެލުމައްފަހު އަހަރެން ހިގައިގަތީ ގެޔައް ދިއުމަށެވެ..
އެލަރިރާ އެތާންގައި ބަހައްޓައިފައި އަހަރެން ތިރިޔައް ފޭބީމެވެ. އަދި ބައްޕަމެން ތިބި ތަނައް ދިޔައީމެވެ..
” ބައްޕާ،،އަހަރެން މި ދަނީ އޮފީހައް.. މިހާރު ވަރައް ލަސްވޭ.. އަދި ޖެހޭ ކުޑަ ރިޕޯރޓެއްވެސް ނިންމަން.” ބައްޕަ ބޯ ޖަހާލުމުން އަހަރެން އަވަހައް ރެސްޓޮރެންޓުން ނިކުމެ ކާރައް އަރާލީމެވެ.. އެވަގުތު ވާރޭ ކަނި ވެސް ޖަހައެވެ. ކާރު ވަކި ހިސާބަކައް ދުއްވާލިއިރު އަހަންނައް ފެނުނީ އެލައިރާ ހިނގާފައި ދާތަނެވެ.
“އެލައި…” އަހަރެން ގޮވާލުމާއެކު އެލައިރާ ހުއްޓުނެވެ.
“އެކަނިތަ ދަނީ… ކަމްއޯން އައި ވިލް ޑްރޮޕް ޔޫ ހޯމް..”
” ނޯ.. އިޓްސް އޯކޭ .. އައި ކޭން ވޯކް…”
“ޕްލީސް… އަހަރެން ބުނީތީ..”
“އޯކޭ”
އެޔާއެކު އެލައިރާ ކާރައް އެރިއެވެ. ކާރުގައި ތިބިއިރު އެކަކުވެސް އަގަޔަކުން ނުބުނެއެވެ. އަހަންނައް އިރުއިރުކޮޅާ އެލައިރާޔައް ބަލާލެވެއެވެ. އޭނާ އިނީ ކާރުން ބޭރައް ބަލަހައްޓައިގެންނެވެ..
“އެލައިއަކީ ހާދަ ކެތްގަދަ ކުއްޖެކޭ… އެހާ ވަރު ކުރާއިރުވެސް ދިފާއުގަ އެއްވެސް އެއްޗެކޭ ނުބުނޭ… އަދި ރުޅިއެއްވެސް ނާދޭ.. އެކަމް… އެދެލޮލައް ބަލާލާ ކޮނމެފަހަރަކު ވެސް ފެންނަނީ ދެރަވެފަ ހުންނަތަން… ކާކު ދެރަ ނުވާނީ..؟ އެހެރީ އަމިއްލަ އާއިލާ ކިޔާ އެއްޗިސް.. އަނެއްކޮޅުން ކައިވެނި ވެސް އެ ކުރުވަނީ ގަދަބާރުން.. އެކަމްވެސް ޝީ އިޒް ކަމިންގް ޓު މީ… ޝީ އިޒް ލީވިންގ އެވްްރީ ތިންގް ބެކް….
އަހަރެން… އަހަރެން އެލައިއައް ރަނގަޅައް ޓްރީޓް ކުރަން ޖެހޭނެ.. އަހަންނަކައް އެލައިއަކައް ދެރައެއް ނުދެވޭނެ.. އެކަމް… އެލައި އަހަންނައް ބޭވަފާތެރިވެއްޖިއްޔާޔޯ..؟ ނޫން.. އަނެއްކާ އެހެންވިޔަކަ ނުދޭނަން.. އަނެއްކާވެސް އަންހެނެއްގެ ސަބަބުން އަހަރެން ދަށައްދިޔަކަ ނުދޭނަން… އެލައި މާ ވިސްނުން ތޫނު ވާނެ… އަހަރެން އޭނަގެ ބަހައް ހެއްލިއްޖިއްޔާ އަހަންނައް ހުރިހާ ދެރައެއްވެސް ލިބޭނީ.. ކިތަންމެ މަޑުން އިނަކަސް އެލައިގެ އަސްލެއް ކިހިނެތް އަހަންނައް އިނގޭނީ..؟ ފަހަރެއްގައި ރަނގަޅު ކަމައް ހެދިގެން ވެސް އުޅެދާނެއްނު.. އަހަންނައް ކިހިނެއް އިނގޭނީ އެލައިގެ އަސްލު ކުލައެއްވެސް… ވީ ޖަސްޓް މެޓް… މިހާ ހިސާބައްވެސް މި އާދެވުނީ ވަރައް އުނދަގުލުން.. އަނެއްކާ ވައްޓާލުމުގެ ފުރުސަތު ކިހިނެއް ދޭނީ… އެކަމް… އެހެންވިޔަސް… އައި ސްޓިލް ކާންޓް ހާރޓް ހާ…”
ވިސްނަމުންދިޔަ ކަންތައްތަކުގެ ބަރުދަން ކައިލް އައް އިހުސާސް ވުމުން މީހާ ސްޓްރެސް ވާ ގޮތް ވިއެވެ..ކުރިމަތި ވެފައި މިވާ ކަމުގެ ބޮޑުކަމުން ކައިލް އިނީ ހަދާފައި ނުހަދާނެ ގޮތެއްވެސް ނެތިފައެވެ. މީޙަކާއި އިނުމުން ފިރިމީހާގެ ޒިންމާ ވަރައް ބޮޑުކަން ކައިލްއައް ވެސް އެނގެޔެވެ. މައްސަލަޔަކީ ބިރުގަންނާތީއެވެ..
ފަހަރުގައި އެލައި އަކީ ކައިލްގެ ނަސީބައްވެސް ވެދާނެއެވެ.. ނޫނީ އޭނާގެ ހަލާކައް ވެސް ވެދާނެއެވެ..
.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

