ރީކެޕް.. “އައި އޭމް ހަންގްރީ.” ކައިލްއާއި ކައިރީގައި ހުއްޓީލަމުން އެލައިރާ ބުނެލިއެވެ. “އޯކޭ.. ހިނގާ ކާންދަމާ ދޯ..” ކައިލްގެ ބަހައް އެލައިރާ ބޯޖަހާލިއެވެ. “ރަނގަޅައް ކެއިންތަ..” ރެސްޓޯރެންޓް އިން ނިކުންނަމުން ކައިލް އަހާލިއެވެ. “ޔެއާރ.. އޭތި ވަރަށް މީރު..” އަތް ގަޔާއި ލައި ބާރު ކޮއްލަމުން އެލައިރާ ބުނެލިއެވެ. އެލައިރާގެ ހަރަކާތްތަކުން އޭނާ އެހުރީ ވަރަށް ފިނިވެފައިކަން އެނގެއެވެ. ދެވަނަ ވިސްނުމެއް ނެތި ކައިލް އޭނާ ލައިގެން ހުރި ޖެކެޓް އެލައިރާގެ ގައިގައި އޮޅާލިއެވެ. “ކައިލްއައް ފިނިވާނެއްނު..” […]
އިރުގެ އަލިން ކޮޓަރިތެރެ ދިއްލެން ފެށުމާއެކު އެލައިރާޔައް ހޭލެވިއްޖެއެވެ. އެވަގުތު އިއްޔެގެ ހަނދާންތައް މަޑުމަޑުން އެނބުރި އައީ ފަޅުތެރެއަށް ރާޅުތައް ބުރުސް ޖަހާލި ފަދައިންނެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ބަދަލުވެގެން ދިޔަ އެ ދިރިއުޅުމާއެކު މިހާރު އެއީ މީހެއްގެ އަތްބެއްކަން ހަނދާންވިއެވެ. ކުޑައިރުކޮޅަކު އަމިއްލަ ދުނިޔޭގައި އޮވެލުމައްފަހު އެލައިރާ އަނެއްފަރާތައް އެނބުރިލިއެވެ. އޭރު ކައިލް އެލައިރާޔާއި ވާ ފަރާތައް މޫނު އަނބުރައިގެން އޮތެވެ. އޭނާގެ އެއް އަތް އެލައިރާގެ ގަޔާއި ކައިރީގައި ބޭއްވިފައި އޮތެވެ. މޫނުމަތިންވެސް […]
އެލައިރާގެ ކޮޓަރީގެ ދޮރުފޮތިގަނޑު މަޑު އައްޔަކުން ދިއްލިގެން ދިޔައެވެ. މިއަދުގެ އިރު އެރީ އޭނާ ނުނިދިގެން އުޅެނިކޮއްށެވެ. އޭނާއައް ނަޒަރު ހިންގާލެވުނީ ބެލްކަންޏައް ވާ ދޮރުގައި އަޅުވާފައި އިން ބޮޑު ހުދު ކުލައިގެ ވެޑިންގް ޑްރެސްއަށެވެ. އެ ހެދުމައް ބަލާލުމުން އެއީ ވަރަށް ފުރިހަމަޔައް ތައްޔާރުކުރެވިފަ އިން ހެދުމެއްކަން އެނގެއެވެ. އެހާމެވެސް ރީއްޗެވެ. ދެރައީ އެ ހެނދުން ލާނީ އޭނާކަމައް ވީނަމަވެސް އުފާވެރިކަން ނެތީމައެވެ. ހީވަނީ އަމިއްލަ ނަފްސު ނޭނގުމެއްގެ ތެރެޔައް ގަނބައިގެން ދިޔަހެންނެވެ. އެލައިރާގެ ހަނދާނައް […]
އަހަންނަކަށް ރެޔަކު އެއްގޮތަކައްވެސް ނިދޭ ގޮތެއް ނުވިއެވެ. ރޭއްސުރެއް ބައްޕަ ދެއްކިވާހަކަތައް ސިކުނޑިތެރޭގައި އެނބުރުން ނޫންކަމެއް ނުކުރެއެވެ. އަހަންނައް އަދިވެސް ގަބޫލުކުރަން ދަތިވަނީއެވެ. އެލައި… އެ ކުށެއް ނެތް ކުއްޖާއައް އެ މީހުން ހިތު ހުރި ގޮތެއް އެހަދަނީ… އަނެއްކާ އެލައި ގެ މަންމަގެ ކުށެއްގެ ސަޒާ އެ ދެނީ އެކުއްޖާއައް… މުހައިމީން އަކީ ހާދަ ހިތްބުރަ މީހެކޭ…. ކުށެއް ނެތް ކުއްޖަކައް އެވަރު ކުރާކައް ނުވާނެ… އެކަމް… މުހައިމީންއައް ކުޑަކޮއްވެސް އަސަރެތް ނުކުރޭ…. މިއަދު މަންމަ […]
ކާރު ގޮސް ގޭގެ ކުރިމައްޗައް ހުއްޓިއްޖެއެވެ. އޭރު ކައިލް ވަރައް ހިމޭންކަމާއެކު ކާރުގެ ސްޓިއަރިންގައި ހިފަހައްޓައިގެން އިނެވެ. އަހަރެންގެ ނަޒަރު ހުރީ މަގުމައްޗަށެވެ. ކައިލްއާއިދިމާއަށް އެއްފަހަރު ވެސް ބަލާލާކައް އަހަންނަކައް ނުކެރުނެވެ. ކައިލްވެސް އިނީ އެފަދަ ހާލެއްގަކަން އަހަންނައް އޭނާގެ މޫނުމަތިން އެނގެއެވެ. އިރުކޮޅަކު ހަމަހިމޭންކަން އޮތުމައްފަހު މިފަހަރުވެސް އިސްވެ ފުރަތަމަ ވާހަކަ ދެއްކީ ކައިލްއެވެ. “އެލައީ.. މިރޭ އެހާ ބޮޑަށް ނުވިސްނައްޗޭ…” މަޑުމަޑުން ކައިލް ބުނެލިއެވެ. އަހަރެން ބޯ ޖަހާލީމެވެ. އެއައްފަހު ކާރުން ފައިބަން ދޮރުގައި […]
ހޮސްޕިޓަލުގެ މައިދޮރުނެ ވަދެގެން ދިޔައިރު އެތަނައް ވެރިވެފައިވާ ހަލަބޮލިކަން ފެނުނެވެ. އަވަސްއަވަހައް ބޮލުގައި ރަބަރު އައްސާލީމެވެ. މި ދެތިން ރެޔަކު ރަނގަޅައް ނުނިދޭތީ މީހާ އިތުރައް ވެސް ވަރުބަލިހެން ހީވެއެވެ. މިވަގުތުގައި ވެސް އޭނާޔައް ވިސްނެނީ ހަމަ މިޝީއާއި މެދުއެވެ. އެދެމެދައް ވެރިވެފައި އޮތް ހަމަހިމޭންކަމަކީ މީގެ ކުރިން ދުވަހަކުވެސް ވެފައިވާ ކަމެއްނޫނެކެވެ. “ޑރ އެލައިރާ” ނަރުހަކު އަވަސް އަވަހަށް ގޮވާލިއެވެ. “އެމަޖެންސީ. ފާސްޓް. އުމުރުން ސާޅީސް އަހަރުގެ ފިރިހެނެއް. ޝައްކު ކުރެވެނީ އެއޯޓިކް ޑިސެކްޝަން ކަމަށް.” އަހަރެންގެ ޚިޔާލުތައް […]
ރޭގަނޑު ފާއިތުވެ ގޮސް ދަންވަރުވެއްޖެއެވެ. ދެކޮޅައް ފުރޮޅިލަ ފުރޮޅިލައި އޮތް ކައިލްގެ ލޮލައް މިރޭ އެއްގޮތަކައްވެސް ނިދީގެ އަސަރެއް ނުކުރެއެވެ. މިރޭ އޭނާގެ ޙިޔާލުތައް އެއްކޮއްހެން ވޭތުވަނީ އެލައިރާގެ ހަނދާނުގައެވެ. އަމިއްލަ އިޙްތިޔާރަކާއި ނުލައި ކައިލްގެ ވިސްނުމައް މިހާ ފުންކޮށް މީހަކު ވަދެގެން ދިޔަ ދުވަހެއް ކައިލް ހަނދާނެއް ނުވިއެވެ. އޭނާ ނުވިސްނަން މަސައްކަތް ކުރި ނަމަވެސް އެކަމެއް ކާމިޔާބެއް ނުވިއެވެ. އެންމެ ފަހުން އޮތް ތަނުން ތެދުވެ އީމެއިލްތަކާއި، ރިޕޯޓްތަކާއި، ނުނިމި ހުރި ޕްރޮޕޯސަލްތައް ވެސް […]
ކުޑަދޮރު ކައިރީގައި ފޯނު ކަންފަތައްޖަހައިގެން މިޝީ ހުއްޓެވެ. ސަފާނާގެ ވާހަކަތައް ކަނުލައި އަޑުއަހަންށެވެ. “ދަރިފުޅު ވަރިބަލިވެފައެއްނު ތިހުރީ” ސަފާނާ ވާހަކަދެއްކީ އޯގާތެރިކަމާއި އެކުގައެވެ. “ފަހަކަށް އައިސް މާ ބޮޑަށް ބިޒީ ކޮއްނު ތިއުޅެވެނީ ދޫނީ. ސްކޫލައް ދުވަމުން، ޓިއުށަނައް ދަމުން، ނުވިތާކައް އެއުޅޭ އެލައިރާގެ ފޫބުޑުންވެސް ނުނެއްޓިގެން ތިއުޅެވެނީ. މަންމި ބުނީމެއްނު އޭނަގެ ކަންކަމުގައި ނޫޅޭށޭ.. ދެންދޭ ރެސްޓްކޮއްލަން ކައިގެން” މިޝްޔާ ފުންނޭވާއެއް ދޫކޮއްލިއެވެ. “މިޝީ ޓަޔާރޑް އެއް ނުވެޔޭ މަންމީ. އެންޑް އެލާ ދޮންތި ވަރައް […]
ހޮސްޕިޓަލުގެ ލިފްޓުން ނުކުމެގެން ދިޔައިރު، ދެންމެ ފަރުވާދިން ޕޭޝާންޓްގެ މަތިން ހަނދާންވިއެވެ. ފަހަތުން ބީޕް ކުރާ މޮނިޓަރުތަކުގެ އަޑު އަދިވެސް އިވޭ ކަހަލައެވެ. ކޮރިޑޯތަށް މިހާރު ހަލަބޮލިވެފައި އާދައިގެ ވަރަކަށް އަޑުގަދައެވެ. އެލައިރާގެ ސިކުނޑީގައި އަނެއްކާވެސް ދިރެމުން ދިިޔައީ ވެގެންދިޔަ ކަންތައްތަކެވެ.. ލިފްޓުން ބޭރަށް ނިކުމެ އެލައިރާ އެންމެ ފުރަތަމަ ކަމަކައް ފޯނު ނަގާ ބަލާލިއެވެ. އެއްވެސް މެއިލްއެއް ނުވަތަ މުހިއްމު މެސެޖެއް އައިއްސަ އިންތޯ ބެލުމަށެވެ. ފޯނު ޗެކް ކުރަމުން ދިޔައިރު ކުއްލިޔަކަށް ކައިލްގެ މެސެޖެއް އައެވެ. ކައިލް: […]