ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. އެލައިރާ މިއަދު ހޮސްޕިޓަލައް ވަދެގެން އައި އިރު އެހެން ދުވަސްތަކައް ވުރެއް އަޑު މަޑުހެން ހީވިއެވެ. މުޅި މާހައުލައް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ. ދޭތެރެ ދޭތެރެޔަކުން މީހަކު ހިނގާލާ އަޑެއް ނޫނީ އެހެން އަޑެއް ނީވެއެވެ. އެލައިރާ އަވަސްވެގަތީ ގަޑި ޖެހުމުގެ ކުރިން ފިންގާރ ޖެހުމަށެވެ. ރޭގައި ލަހުން ނިދުމުގެ ސަބަބުން އެލައިރާޔައް މިއަދު ހޭލެވުނީ ވެސް ލަހުންނެވެ. ފިނަގާރ ޖެހުމައްފަހު އެލައިރާ އޭނާގެ އިސްތަށިގަނޑު ހުޅިއެއްޖަހައި، މޫނުމައްޗައް ވެރިފައި ހުރި އިސްތަށިކޮޅު ރީތިކޮއްލިއެވެ.
“ލޯންގް ނައިޓް؟” އެލައިރާގެ އަތައް ކޮފީ ތައްޓެއް ދެމުން ރިމްޝާ އަހާލިއެވެ.
“ތިކަހަލަ ގޮތެއް. ” ގަދަކަމުން ހިނިތުންވެލަމުން އެލައިރާ ބުނެލިއެވެ.
“އެލައި ހީވަނީ ކަމަކާ ވިސްނައި ވިސްނައި ބޯ ގޯސް ވެފަ ހުރިހެން… ނުނިދަންތަ..؟ ޔޫ ލުުކް ވެރީ ޓަޔާރޑް..” އެލައިރާގެ މޫނު ރަނގަޅައް ދިރާސާކޮއްލަމުން ރިމްޝާ ބުނެލިއެވެ.
” ރޭގަ ވަރައް ލަހުން ގެޔައް އާދެވުނީވެސް.. ޔޫ ނޯ.. ދަ ޑިނާރ އައި ޓޯލްޑް ޔޫ އެބައުޓް.. ގެޔައް އައިއްސަ ވެސް ވަރައް ޓްރައި ކުރިން އަވަހައް ނިދޭތޯ.. އެކަމް ކަންކަމާ ވިސްނަން ހަދައިގެން ނިދުނުއިރުވެސް 3 ޖަހާ ބޮޑު ވާނެކަންނޭންގެ.. އެހެންވެ ވަރައް ޓަޔާރޑް.. ލަހުން ހޭވެސް ލެވުނީ.. ސައިބޯކައް ވެސް ޓައިމްއެއް ނުލިބުން..” ކޮފީ ތަށިން އެތިކޮޅެއް ބޯލަމުން އެލައިރާ ބުނެލިއެވެ.
” އަޅޭ.. ދެންވެސްް ތިބޯލަބަ.. މިއޮތީ ޑޯނަޓްއެއްވެސް. މިތާ ފިހާރައިން އަންނަމުން ފެނުނީމަ ހިތައް އެރީ ދެމީހުންނައް ގެންދާނީއޭ.. ނަސީބެއްނު މިގެނެވުނުކަން ވެސް.. ހިނގަ ދާން ސްޓާރފް ރޫމް އައް.. ވީ ކޭން ޓޯރކް އެބައުޓް ދިސް.. އަދި ނެތް ޕޭޝަންޓެއްވެސް. ” ރިމްޝާ ބުނެލިއެވެ.
ދެމީހުން ހިނގައިގަތީ ސްޓާފް ރޫމައްށެވެ. އެލައިރާ ގޮނޑީގައި އިށީންދެލަމުން ފުން ނޭވާއެއް ދޫކޮއްލިއެވެ. ރިމްޝާވެސް އެލައިރާގެ ކައިރީގައި އިން ގޮޑީގައި އިށީންދެލިއެވެ.
“އޯކޭ..” ރިމްޝާ ހަމަޖެހިލަމުން ބުނެލިއެވެ . ” ވަޓް ހެޕަންޑް.”
އެލައިރާ އަތުގައި އިން ކޮފީ ތައްޓައް ބަލަހައްޓައިގެން ހުރިއިރު، އެ ސިނކުޑީގައި ރޭގައި ވީ ކަންތައް ރީޕްލޭ ވަމުންދިޔަ ކަހަލައެވެ. ވާހަކަ ދައްކާން ފަށާނީ ވެސް ވަކި ކޮން ހިސާބަކުން ހެއްޔެވެ؟ އާއިލާ މީހުުން ދެެއްކި ވާހަކަތަކާ، ކައިލްގެ ހަރަކާތްތައް ހުރި ގޮތް އެއްފަހަރާ ކިޔައިދޭނީ ކިހިނަކުން ހެއްޔެވެ؟ެ. ކުޑައިރުކޮޅެއް ވަންދެެން އަނގައިން ނުބުނެ އިނުމައްފަހު އެލައިރާ ފުން ނޭވާއެއްދޫކޮއްލިއެވެ. އަދި މަޑު މަޑުން ވީ ގޮތް ކިޔައިދޭން ފެށިއެވެ.
“އިއްޔެ ފެމެލީ ޑިނަރ އެއް އޮތީ” އެލައިރާ ބުނެލިއެވެ. “ދެ އާއިލާވެސް. މައިން އެންޑް… ކައިލްގެ.”
ރިމްޝާގެ ދެބުމަ އުފުލިގެން ދިޔައެވެ. “ފޯމަލް ޑިނާއެއް؟”
އެލައިރާ ބޯޖަހާލިއެވެ. “އެމީހުން ދެއްކީ ކައިވެނީގެ ވާހަކަ، އުންމީދުތަކުގެ ވާހަކަ، އިވެންޓްތަކުގެ ވާހަކަ… ހުރިހާ ކަމެއް. ލައިކް އަ ހޯލް އައުޓްލައިން އޮފް އަ ލައިފް އައި ޑިޑިންޓެ އީވެން އާސްކް އަބައުޓް.”
ރިމްޝާ އެލައިރާގެ އަތުގައި ހިފާލިއެވެ.
“އަހަރެން އިނީ އެހުރިހާ ވާހަކެއް ދެއްކިއިރުވެސް ބުނާނެ އެއްޗެއް ނޭންގިފަ ” އެލައިރާ ކުރިއަށް ގެންދިޔައެވެ. “އެންޑް އަހަންނައް ހީވީ އަހަރެން މީ އެތާންގަ ނެތް މީހެއްހެން… އެހެން އެންމެން ކަންތައްތައް ނިންމީ. އެހެން އެންމެން ވާހަކަ ދެއްކީ ވެސް. އެކަމް.. އަހަރެން ކައިރީ އެއްވެސް އެއްޗެއް އަހާނުލާ…އޯކޭ ތޯ ވެސް އަހާނުލާ… ހީވަނީ ހުރިހާ ކަމެއް ވެސް އޯލްރެޑީ ނިންމާފަ ބޭއްވި މީޓިންއެއްހެން… ދޭ ޑިޑިންޓް ކެއާރ އަހަރެން އޯކޭ ތޯވެސް… ސޯ އައި ޖަސްޓް ސެޓް ދެއާރ ލައިކް އިޓް ވޯސް އޯލް އޯކޭ….”
އެލައިރާޔައް ނޭވާލާން އުނދަގޫވުމުން ދައްކަމުން ދިޔަ ވާހަކަ މަޑުކޮއްލިއެވެ.
“ދެން އިނީ ސަފާނާ…” ކުޑަ އިރުކޮޅަކައް ލޯ މަރާލަމުން އެލައިރާ ބުނެލިއެވެ، “އޭނަ އިރުއިރުކޮޅަކާ މެސްޖް ކޮއްފަވެސް ބުނޭ ރީތި އެއްޗެއް ލައްޗޭ… ރަނގަޅައް އަމަލު ކުރައްޗޭ… މިވެނި ގޮތަކައް އުޅޭށޭ.. އެންޑް އަހަންނައް ކުޑަކޮއް ލަހުން އާދެވުނީމަވެސް ޝީ ހުމިލިޔޭޓެޑް މީ… އެވަރު ނުކުރެ އޭނަގެ ލަގޮނޑިޔައް ހަމަ ކެތްނުވަނީތަ؟ ވަޓް ޑިޑް އައި އީވެން ޑޫ ޓޫ ހާ…؟
ރިމްޝާގެ ދަތްކުޑި ވިކާލިއެވެ. “ތި ސަފާނާ އަޅެ ވަރުބަލި ވެސް ނުވޭތަ މީހުންގެ ދިރިއުޅުމައް ނުކުޅަދާނަކޮއްކޮއްވެސް.. ބޮޑު ކަމެއްނު އޭނަޔާ ހެދިި.”
“އޭނަ ނުވާނެ ދުވަހަކުވެސް ވަރުބައްޔެއް… އަދި އިނގޭތަ… ސަފާނާ ބުނި އަހަރެން ޑިއުޓީ ޕްރިއޯރިޓީއަކައް ހަދަައިގެން ނުވާނެޔޭ ދެން… އަހަރެން މިހާރު އެންގޭޖް ވެފަޔޯ މިހުރީ… ޑޮކްޓަރަކައް ވެވުނީމަ މާ މުހިއްމު މީހެއްކަމައް ހެދިގެން ނޫޅޭށޯ…. ”
އެބަހައްފަހު އެލައިރާގެ ހިފަހައްޓައިގެން ހުރި ކަރުނަތައް އޭނާޔައް ބޭވަފާތެރިވެ ކޯތާފަތް މައްޗައް އޮހޮރިގެން ދިޔައެވެ.
ރިމްޝާ ވަގުތުން ކުރިއަށް ޖެހިލިއެވެ. “އެލައި…. ލުކް އެޓް މީ.”
އެލައިރާ މަޑުމަުން ރިމްޝާޔާއި ދިމާއައް ބަލާލިއެވެ.
“ޔޫ ސޭވް ލައިފްސް. އެލައި ތީ މުހިންމު މީހެއް. މި ހޮސްޕިޓަލުގަ އުޅޭ މީހުންވެސް ބުނާނެ އެހެން… ޔޫޑޫ ސޯ މަޗް ފޯ އޯލް އޮފް އަސް.. އެލައި ކިހާ މަސައްކަތެއް ކުރި ޑޮކްޓާއަކައް ވާން. ވެސް. އެއްވެސް މީހަކަށް…. ސަފާނާއަކައް ، ނުނީ އާއިލާގެ އެއްވެސް މީހަކަށްވެސް އެލައިގެ މުސްތަގްބަލަކައް ހުރަހެއް ނޭޅޭނެ… އެލައިގެ ކުރިއެރުމައް އެމީހުން ފަޙުރުވެރި ނުވުމަކީ އެމީހުންގެ ކަމެއް.. އަދި އަންނާނެ ދުވަހެއް އެމީހުންނައް ވެސް ވިސްނޭން އެލައިގެ މުހިއްމުކަން .. އައި ނޯ ހައު ސްޓްރޯންގް ޔޫ އާ އެލައި ” އެލައިރާގެ ކަރުނަތައް ފޮހެދެމުން ރިމްޝާ ބުނެލިއެވެ.
ވަރައް އުނދަގުލުން ނަމަވެސް އެލައިރާ ފުންނޭވާއެއް ދޫކޮއްލިއެވެ. “އެކަމް… ބައެއްފަހަރު އައި ގެޓް ސޯ ޓަޔާރޑް ރިމް… ހުރިހާ ވަގުތެއްގައި ސްޓްރޯންގް ވާން… ގޭގަވެސް އަހަރެން އެހާ މަޑުން އިންނަން ޖެހެނީ.. ޑިއުޓިއައް އައީމަ އެހެން މީހުން އަހަންނައް ޑިޕެންޑް ވަނީ.. އެންޑް ފެމެލީ ބައްދަލުވުންތަކުގަ އަހަރެން ޖެހޭނެ ކިޔަމަންވެގެން އިންނައް.. ބުނަން ބޭނުންވާ އެއްޗެއް އޮތަސް އަނގައިން ނުބުނެ އިންނަން.. އައި ޑޯންޓް ވޯންޓު ބީ ސްޓްރޯންގެ ސަމްޓައިމްސް ރިމް… އަހަރެން ވެސް މީ އިންސާނެއް… އަހަރެން ވެސް ދެރަވާނެދޯ… އެކަމް އެހެންމީހުނައް އެކަމެއް ނުވިސްނޭ… ކޮންމެފަހަރަކު އަހަރެން ޖެހެނީ ސްޓްރޯންގް ކަމައް ހެދިގެން ހުންނަން…”
ރިމްޝާ އެލައިރާގެ ގައިގައި ބައްދާލިއެވެ.. ” ކޮންމެ ފަހަރަކު ސްޓްރޯންގް ނުވިޔަސް އޯކޭ ވާނެ.. އެލައި ވެސް ތީ އިންސާނެއް.. އެހެން މީހުން ހެން އެލައި ވެސް ދެރަވާނެ… ވަރުބަލިވާނެ.. އެއީ މައްސަލަޔެއް ނޫން ޔޫ ޑޯންޓް ނީޑް ޓު ޕްރިޓެންޑް،… އަހަރެން މިހިރީނު އެކަކު ނެތަސް… އެންޑް އަބަދުވެސް ހުނަނާނަން…”
“ތި ހުރިހާ ކަމެއް ވެގެން ދިޔައިރު ކައިލް ނުބުނޭތަ އެއްޗެކޭ؟ އެއްޗެކޭ ނުބުނެ އިރުކޮޅަކު އިނުމައްފަހު ރިމްޝާ އަހާލިއެވެ..
“ކައިލް އިއްޔެ އަހަރެން ޑިފެންޑް ކުރި . ދެފަހަރު އަސްލު. ” އެލައިރާ ބުނެލިއެވެ.
“ލައިކް ފޯ ރިއަލް ؟” ރިމްޝާ މަޑުމަޑުން ބުނެލިއެވެ..
އެލައިރާ ބޯޖަހާލިއެވެ. ކައިލްގެ ހަނދާންވުމުން އަނެއްކާވެސް އެލައިރާގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. “އަހަންނަކަށް ނޭނގެ ވިސްނަންވީ ގޮތެއް،” އެލައިރާ ބުނެލިއެވެ. “އެކަމް އަހަންނައް މިފަހަކައް އައިއްސަ ވަރައް ވިއާޑް ފީލް ވޭ… ނޭންގެ ކީއްވެ ކަމެއްވެސް.. ކައިލްގެ ފަރާތުން މިކަހަލަ ކުދިކުދި ކަންްތައް ފެންނާން ފެށި ފަހުން ވާ ގޮތެއް މީ…”
ރިމްޝާޔައް އެއްޗެކޭ ނުބުނެވި އުޅެނިކޮއް އެލާރމްގެ އަޑު އިވުނެވެ.
“ކޯޑް ބްލޫ. ކާޑިއޮލޮޖީ. ރޫމް 214.”
ރިމްޝާ ވަގުތުން ފައިމައްޗަށް ތެދުވިއެވެ. އެލައިރާ ވެސް އަވަހައް ދެލޯ ފޮހެލުމައްފަހު ކޮޅައް ތެދުވިއެވެ.
“ރެޑީތަ..؟” ރިމަޝާ އަހާލިއެވެ.
“އަބަދުވެސް” އެލައިރާ ކޯޓު އެޖެސްޓް ކޮއްލަމުން ބުނެލިއެވެ.
ދެމީހުން އަވަސް އަވަހަށް ހޯލަށް ވަދެގެން ދިޔައިރު ދެމީހުންގެ ފިޔަވަޅުތައް އެކުގައި ގުގުމާލަމުން ދިޔައެވެ. އެލައިރާޔައް އަނެއްކާވެސް ހަމަޖެހޭ ގޮތް ވިއެވެ.
ހިނގަމުން ދިޔަގަޑީ އެލައިރާގެ ހިތައް އެރިއެވެ.
“އެންގޭޖްމަންޓާ މެދު ކުރާނެ ކަމެއް ނޭނގިދާނެއެވެ….. އެކަމަކު އޭނަ އެކަނި އެކަމާ ދެން ކުރިމަތިލާން ނުޖެހިދާނެއެވެ..”
ފުންނޭވާއެއް ދޫކޮއްލުމައްފަހު އެލައިރާ ރޫމް އައް ވަދެ އޭނާގެ މަސައްކަތާއި ހަވާލުވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


އައްސަލާމު އަލައިކުމް ލިޔުންތެެރިޔާ
އަސްލު އިންނާނީ ‘މި ހިތަށް ލޯބިދޭށޭ’ މިހެން. ލިޔާއިރު ށ ސުކުނާއި އަ ސުކުނަށް ވިސްނާލައްޗޭ. މިގޮތުން ހަމަ “ރަނގަޅަށް އަމަލު ކުރައްޗޭ” އަދި “މިވެނި ގޮތަކަށް އުޅޭށޭ” އަދި “އަހަންނަށް ކުޑަކޮށް ލަހުން އާދެވުނީމަ ވެސް” މި ޖުމްލަތަކުގައި ހުރި އ ސުކުނަކީ ހަގީގަތުގަ ށ ސުކުނެއް. ތީ ‘ޕޮޓެންޝިއަލް’ ހުރި ކުއްޖަކަށް ވާތީ އަޅުގަނޑު ފާހަގަ ކޮށްދޭން ބޭނުންވީ. މުސްތަގުބަލުގަ މިބައިތައް ރަނގަޅު ކޮށްލީމަ އިރާދަކުރެއްވިއްޔާ ވަރަށް މޮޅުވާނެ. ސަލާމް.
labha. thank you. will try to make it better