Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތައް ލޯބިދޭށޭ – 03 ބައި

Twinklebean Level 110 Stories
November 25, 2025 3 Mins Read
2 Comments

ބައްދަލުވުމުގެ ދުވަސް އައީ މަޑުމަޑުން އުޑުމަތިން އުދުހެމުން ދިޔަ ތޫފާނެއް ފަދައިންނެވެ. އެލައިރާ ތިންވަނަ ފަހަރަށް ހެދުން އެޖެސްޓް ކޮއްލިއެވެ. އޭރުވެސް އެލައިރާގެ ހިތް ހުއްޓުމެއްނެތި ތެޅެމުން ދިޔައެވެ. ކުރިމަތިލާންޖެހެނީ ކިހާވަރެއްގެ ތޫފާނެއްކަން ކުޑަކޮއްވެސް ހިތަކައް ނާރައެވެ. އެލައިރާގެ އަތް  ތުރުތުރު އަޅަމުން ދިޔައެވެ. އެތައް މަންޒަރުތަކެއް އޭނާ ތަޞައްވުރުކޮށްފައި އޮތް ނަމަވެސް، ހަގީގަތަކީ ކައިލްއާ ބައްދަލުކުރުމަށް އެއްވެސް ވަރަކައް އެލައިރާ ތައްޔާރު ވެވިފައިނެތްކަމެވެ.

މުހައިމީން ކާރު ކައިރީގައި ހުއްޓިލައިގެން ހުރީ އޭނާގެ މޫނުމަތީގެ ކުލަވަރު ކިޔަން ނޭނގޭ ގޮތަކަށެވެ. “ކައިލް އެބަހުރި ކަލޭގެ އިންތިޒާރުގައި . އަދަބުވެރިވާތި އެލައިރާ” އޭނާ ވަރުގަދަ ކަމާއެކު ބުނެލިއެވެ.

މަޑު ހިނިތުންވުމެއް ދޫކޮއްލަމުން އެލައިރާ ބޯޖަހާލިއެވެ. އެލައިރާގެ ހަނދާނައް އައީ އެދުހުގެ ހެނދުނުގެ ވަގުތެއްގައި ރިމްޝާ ދެއްކި ވާހަކަތަކެވެ.: “ޔޫ އާ ސްޓްރޯންގް، އެލައި. ޑޯންޓް ލެޓް އެނީ ވަން މޭކް ޔޫ ފީލް ސްމޯލް.”

ކާރު ދުއްވަމުން ދިޔައީ ހިމޭންކަމާއެކުގައެވެ. އެލައިރާ އެއްފަހަރު ކުޑަދޮރުން މަގުމައްޗަށް ބަލާލިއެވެ. އަނެއްފަހަރު އޭނާގެ ބައްޕަޔާ ދިމާއައް ބަލާލެވެއެވެ. އެލައިރާ ކުޑަކޮއްވެސް މިކައިވެނި ކުރާކައް ބޭނުމެއްނޫނެވެ. .އެކަމަކު ބައްޕަ އޭނާއަށް ޚިޔާރުކުރި މަގުން ފިލައިގެން ނުދެވޭނެކަން އެލައިރާޔައް އެނގެއެވެ.

އިރުކޮޅެއް ފަހުން މާލޭގައި ހުރި ލަގްޒަރީ ކެފޭއަކަށް އާދެވުނެވެ. އޭގެ ބޮޑެތި ބިއްލޫރި ކުޑަދޮރުތަކުން އިރުގެ އަލިތައް ދައްކުވައިދެއެވެ. އެ ފާރުތަކުން ފެންނަނީ މުއްސަނދިކަމާއި ބާރުވެރިކަމެވެ.

އެމީހުން ވަދެގެން އައި އިރު ވަރައް ޒުވާން އުމުރުގެ ފިރިހެން ކުއްޖެއް ދޮރުމަތީގައި ބަލަން ހުއްޓެވެ. . މަޑުމައިތިރި ކަމާއެކު ހިނގަމުން އައިސް  އެކުއްޖާ  އިށީނީ މޭޒުމަތީގައި އަތް ލުއިކޮށްލައިގެންނެވެ. އެފަން އިސްތަށިގަނޑު ހުރީ ނިތްކުރި މައްޗަށް ކުޑަކޮށް ވެއްޓިފައެވެ. އޭނާގެ ދެލޯ ކޮޓަރި ސްކޭން ކުރަމުން ދިޔައިރު އެލައިރާގެ ހިތުގެ ވިންދުވެސް އިންތިހާޔައް އަވަަސްވަމުން ދިޔައެވެ.

“އެލައިރާ” މުހައިމީން އެކުއްޖާގެ  ކޮނޑުގައި އަތް ބާއްވާލަމުން ބުނެލިއެވެ. “މިއީ ކައިލް.. ކައިލް މިއީ އަހަރެންގެ ދަރިފުޅު އެލައިރާ.”

އެލައިރާ ގަދަކަމުން އޭނާގެ ނަޒަރު ބައްދަލުކޮށްލިއެވެ. ކައިލްގެ ދެލޮލުގައި ތޫނުކަން އިހްސާސްވިއިރު އެ ދެލޮލުގައި ކިޔަން ނޭނގޭ އެއްޗެއްގެ ވިދުމެއް ހުއްޓެވެ. ފަހަރެއްގައި ޝައުގުވެރިކަމެވެ. ނޫނީ  ރުޅިވެރިކަމައްވެސް ވެދާނެއެވެ .

“ނައިސް ޓު މީޓް ޔޫ” މަޑުމަޑުން އެލައިރާ ބުނެލީ ކިރިޔާ ހީނލުމެއްގެ މަތީގައެވެ.

ކައިލްގެ ތުންފަތް ކައްސާލީ ކުޑަ އަދަބުވެރި ހިނިތުންވުމަކަށެވެ. “އެފަދައިން” އޭނާ ޖަވާބު ދިނީ އޭނާގެ ރާގު މަޑުމައިތިރިވެފައި، ކިރިޔާ ވަކިވާ ވަރައްށެވެ. ނަމަވެސް އޭނާގެ ނަޒަރުގައި ބާރުގަދަކަމެއްހުރިކަން އެލައިރާޔައް އިހުސާސްކުރެވުނެވެ. އެ ތޫނު ބަލާލުމުގައި ކޮންމެވެސް ކަހަލަގެ ސިއްރެއް ފޮރުވިފައި އޮތް ކަން ޔަގީނެވެ.

މުޅި މާހައުލައް ވެރިވެފައިވަނީ އާދަޔާ ޙިލާފް ހިމޭންކަމެކެވެ . އެލައިރާއަށް ނަޒަރު ހިންގާލެވުނީ ކައިލްއާއި ދިމާއަށެވެ. ކައިލްއަކީ އޭނާއާ ދިމާވި އެއްވެސް މީހަކު ފަދަ މީހެއް ނޫނެވެ. އޭނާގެ ކިބައިގައި ތޫނުކަމެއް ހުއްޓެވެ. އެއީ ކިހާވަރެއްގެ ނުރައްކަލެއްކަން ވެސް ބުނެދޭކައް ނޭންގެއެވެ.

“އެހެންވީމަ…” މުހައިމީން އެތަނުގެ ހަމަހިމޭންކަން މުގުރާލަމުން ވާހަކަ ދެއްކިއެވެ. “ފަހަރެއްގައި މުސްތަގުބަލުގެ ވާހަކަ ދައްކަންވީ ކަމަށް ވެދާނެ. ތިކުދިިންގެ ކައިވެންޏާއި، އަހަރެމެން މަޝްވަރާކުރި ޕްލޭންތަކުގެ ވާހަކަ.”

އެލައިރާގެ މޭ ތެޅިގަތެވެ. ޕްލޭންތައް. މުސްތަޤުބަލު. ކައިވެނި. އައި އޭމް  ނޮޓް ރެޑީ ފޯރ އެނީ އޮފް ދިސް…

އެއްޗެކޭ ބުނަން އަނގަ ހުޅުވާލަން ބޭނުނެވިއެވެ، މިކަން ބޭނުން ނުވާ ވާހަކަ، ލޯތްބަށް ބިރުގަންނަ ވާހަކަ، ހިތުން އެހެން ފިރިހެނަކަށް އިތުބާރު ނުކުރެވޭނެ ކަމަށް ބައްޕަ ގާތު ބުނަން ބޭނުންވިއެވެ. ނަމަވެސް އަހަރެންގެ އެއްވެސް ވާހަކައެއް ބައްޕަ އަޑެއްނާހާނެއެވެ.

“ތިހާ ހާސްނުވޭ.” މަޑުމަޑުން ކައިލް ބުނި ނަމަވެސް އޭނާގެ ބަހުގައި އިންޒާރެއް ކަހަލަގެ ރާގެއް ހުއްޓެވެ. “އަހަރެމެން މިކަމާ ދޭތެރޭ ވާހަކަ ދައްކާނަން … ދެމީހުން އެއްކޮއް…އެކަހެރިވެގެން.”

އެލައިރާ ފިނިވެގެން ދިޔައެވެ.. އޭރުވެސް ކައިލްގެ އެ ތޫނު ނަޒަރު އަމާޒުކުރެވިފައި ވަނީ އެލައިރާގެ ދެލޮލަށެވެ. އެ ދެލޮލައް ބަލާލެވޭ ކޮންމެ ފަހަރަކު އެލައިރާޔައް އިހުސާސް ކުރެވެނީ ބުނަން ނޭނގޭ ކަހަލަގެ ބިރުވެރިކަމެކެވެ.

“އަހަންނައް… އަހަންނައް ހީވަނީ ފުރަތަމަ އެކަކު އަނެކަކު ދަސްކުރަންވީހެން.. ކުރިން… އެއްވެސް ޕްލޭނެއް ހެދުމުގެ ކުރިން.” އަތުގެ އިނގިލިތަކާއި ކުޅެމުން އެލައިރާ ބުނެލިއެވެ.

ކައިލްގެ ތުންފަތުގައި މަޑު ހިނިތުންވުމެއް ޖެހުނެވެ.. “ފެއާ އިނަފް” އޭނާ މަޑުމަޑުން ބުނެލިއެވެ. “އަހަރެން އެއްވެސް ކަމެއް އަވަސްކުރާކަށް ގަސްތެއް ނުކުރަން.”

ކައިލް ހުރީ ހަމަޖެހިލައިގެންވެ. އެކަމަކު އޭނާގެ ކިބައިގައި އެލައިރާޔައް އަޅާނުލެވޭނެ އަނދިރިކަމެއް، އަދި އޭނާއަށް ނުވިސްނޭ އަޑިއެއް ހުއްޓެވެ.

އެދުވަހުގެ މެންދުރު ފަހު ކެފޭއިން ނުކުންނަމުން ދިޔައިރު އެލައިރާއަށް ބިރުވެރިކަމުގެ އިހުސާސް ކުރެވުނެވެ.  އެލައިރާ އޭނާގެ ކޮނޑުގައި އޮތް ދަބަސް ބާރަށް ހިފަހައްޓައިގެން ހުރެ އަމިއްލަ ނަފްސަށް ބުނެލިއެވެ، “ބީ ކެއާރފުލް ޑިާއާރް ސެލްފް… ތިގާތް ވެވެނީ އާދަޔާ ޙިލާފު މީހަކާ….”

“އެލައިރާ. ތިތާ ހުރީމަ ގެޔައް ދެވޭތަ ” އެލައިރާ ސިއްސައިގެން ދިޔައީ ކާރުގައި އިން މުހައިމީންގެ އަޑު ކަންފަތުގައި ޖެހުނުލެއް ބާރު ކަމުންނެވެ. އެ އަޑުގައި ރުޅިވެރިކަން ފިޔަވައި އިތުރު އެއްވެސް އެއްޗެއް ނެތެވެ. ” މި..މި އަރަނީ..” އަޑު ތުރުތުރު އަޅާ ހާލު އެލައިރާ ބުނެލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ކެފޭ ދޮރުމަތީގައި ބަލަންހުރި ކައިލްއެވެ. ކައިލްއައް އެ މަންޒްރު ފެނުމުން އެލައިރާ ކުޑަކޮއް ލަނދުވެސް ގަތެވެ. މޫނުމަތީގައި ހުރި އިސްތަށިތައް އެފަރާރްކޮއްލަމުން އެލައިރާ ކާރައް އެރިއެވެ. ” ބައްޕަ އަބަދު ވެސް އަހަންނައް ނަފްރަތު ކުރަނީ ކީއްވެތަ؟ަ… ލޯބިން އަހަންނައް ދުވަހަކުވެސް ވާހަކަ ނުދައްކަނީ ކީއްވެތަ.؟ަ..އަހަރެން ދެކެ ބައްޕަ އެހާ ރުޅިއަންނަނީ އަހަރެން ބައްޕަޔައް ކީއްކޮއްގެންތަ..؟” އެލައިރާ ހިތާ ހިތުން ބުނެލިއެވެ. އަދި ލޮލުން އަންނަމުންދިޔަ ކަރުނަތައް ފޮހެލިއެވެ.

ރުއިމުގެ އޮތީ ވަކި ކޮން ބޭނުމެއް ހެއްޔެވެ؟. ކިތެންމެ ވަރަކައް ރޮޔަސް އެޔަކުން މީހަކައް އަސަރެއްނުކުރާނެއެވެ…

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Twinklebean

Level 110 Stories

Other Articles

Previous

ހިތް އެދޭހާ ކަމެއް.. (5 ވަނަބައި)

Next

ދެވުނީ ވޭނޭ 19

Next
November 26, 2025

ދެވުނީ ވޭނޭ 19

Previews
November 25, 2025

ހިތް އެދޭހާ ކަމެއް.. (5 ވަނަބައި)

2 Comments!

  1. mysterious girl says:
    November 25, 2025 at 6:07 pm

    Vrh reethi masha Allah

    1. Anonymous says:
      November 26, 2025 at 6:09 am

      Thank u so much

Comments are closed.

Next Episodeމިހިތައް ލޯބިދޭށޭ – 09 ބައި←


All Right Reserved!