އޭޑީކޭގެ ކުޑަދޮރުތަކުން ހެނދުނުގެ އިރު އޮހޮރެމުން ދިޔައިރު، އެލައިރާ ކޮރިޑޯތަކުން ބާރު ސްޕީޑެއްގައި ހިނގަމުން ދިޔައެވެ. އޭނާގެ ހުދު ކޯޓު މިއަދު އާންމު ގޮތަކަށް ވުރެ ބަރުހެން ހީވިއެވެ. އޭނާގެ ސިކުނޑީގެ އެއްބައިގައި ބަލިމީހުންނައް ސަމާލުކަންދިނެވެ. އަނެއްބައި އޮތީ ކައިލްގެ ޙިޔާލުތަކައް ދޫކޮއްލެވިފައެވެ. އެންގޭޖް ވިފަހުން މިހާރު އެލައިރާގެ ކަމަކީ މިއެވެ. ކޮންމެ ތާކު ކޮންމެ ކަމެއް ކުރަން ހުއްޓަސް ކޮންވެސް ގޮތަކުން ކައިލް އެލައިރާގެ ހަނދާނައް އާދެޔެވެ.ެ
“އެލައިރާ.. ވީ ނީޑް ޔޫ… ފާސްޓް…” ޙިޔާލުތައް އެއްފަރާތް ކޮއްލަން ޖެހުނީ ފަހަތުން ނަރެހެއް ގޮވާލި އަޑަށެވެ.
އަޅައިގެން ހުރި މާސްކް ރަނގަޅު ކޮއްލުމައްފަހު އެލައިރާ ގޮސް ވާރޑް އައް ވަނެވެ. މެދު އުމުރުގެ ފިރިހެނަކު މޭމަތީގައި ރިއްސާތީ އުނދަގޫތަކެއް ކުރިމަތިވަމުން ދިޔައިރު، އޭނާގެ އާއިލާ މީހުން އެލައިރާޔައް ބަލަހައްޓައިގެން ހުރީ އޭނަގެ ބަހަކައް އިންތިޒާރުކުރާ ގޮތަކަށެވެ. އަވަސް އަވަހައް އެ މީހާގެ ވައިޓަލްސް ބަލައި ޗެކްކޮއްލީމެވެ.
ޕޭށެންޓް ހަމަޔަކައް އެޅުވުމައްފަހު އެލައިރާ ފާހަނަޔައް ދިޔައެވެ. ކުޑަކޮއް މޫނުދޮވެ ފްރެށް ވެލުމުގެ ގޮތުގައެވެ. ކުޑަ ދުވަސްކޮޅެއްގެ ޗުއްޓީޔަކައް ފަހު މިއަދު ޑިއުޓީއައް އައުމުން އެލައިރާ ހުރީ ކުޑަކޮއް ހިތްހަމަ ޖެހިފައެވެ. ވަޒީފާގެ މާހައުުިގައި ބިޒީ ވެލީމާ ކައިލްގެ ޙިޔާލުތަކާއި ގޭތެރޭގެ ކަންތައްތަކުންވެސް ހަމަޖެހުން ލިބިދާނެއެވެ. ނަމަވެސް އެ ޙިޔާލުތަކުން ހަމަޖެހުން ނުލިބެނީ ހަމައެކަނި ކައިލްގެ ޙިޔާލުތަކުންނެވެ. ކޮންމެ ކަމެއްކުރިޔައް ކައިލްގެ މަތިން ވަރައް ހަނދާންވެއެ.
ލޯގަނޑު ކުރިމައްޗައް ބަލަހައްޓައިގެން އެލައިރާއައް ހުރެވުނު އިރެއްވެސް ނޭނގުނެވެ. އަވަސް އަވަހައް މޫނުދޮވެލައިގެން ކުޑަކޮއް ސްކިން ކެއާރ ކޮއްލުމައްފަހު އެލައިރާ އަވަސްވެގަތީ ދެން ކުރަން ހުރި ކަންތައްތައް ކުރުމައް ދެވޭތޯއެވެ.
މާލޭގެ އަނެއްކޮޅުގައި ފަރުމާކޮއްފައި ހުރި ރީތި އޮފީހެއްގައި ކައިލް އިނެވެ. އޭނާ ލައިގެން އިން ސޫޓް އޭނާއަށް ފުރިހަމައަށް ފިޓްވެފައި، ޓައި ރީތިކޮށް ޖަހާފައި ހުރި ނަމަވެސް މިއަދު އެނާ ހީވަނީ ގެއްލިފައި އިން މީހެއްހެންނެވެ. ބައްދަލުވުންތަކާއި، ކޮންޓްރެކްޓްތަކާއި، ކްލައިންޓް ކޯލްތަކާއި- މިހުރިހާ ކަމެއް ވެސް ވީ އޭނާއަށް އަޅާނުލާ ދޫކޮށްނުލެވޭ ކަންތައްތަކަށެވެ. އަނެއްކޮޅުން… އެލައިރާ…. މިއަދުގެ މުޅި ދުވަސް މި ހޭދަވަނީ ކައިލްގެ ސިކުނޑީގައި އެނޫން ޙިޔާލެއްނެތިއެވެ.
އިށީންދެގެން އިން ގޮނޑިން ފަހަތަށް ޖެހިލަމުން ބައްޕަގެ ބަސްތަކާ މެދު ވިސްނާލީމެވެ. ބައްޕަޔާ ދެކޮޅު ހަދަން ކެރިގެން އުޅުނު ނަމަވެސް، ބައްޕަގެ އެއްވެސް ނިންމުމަކައް އަހަރެން ދުވަހަކުވެސް ދެކޮޅެއް ނުހަދަމެވެ. ކުޑައިރުއްސުރެއް ވެސް އަހަރެންގެ ހުރިހާވެސް މީހަކީ ބައްޕައެވެ. އޭރުއްސުރެއް ބައްޕަގެ ހުރިޙާ އެންގެވުމަކައް އަހަރެން ކިޔަމަންވީމެވެ. އެއީ އެބައްޕަ ވެސް އަހަރެން ބޭނުން ހުރިހާ ކަމެއް އަހަންނައް ކޮއްދޭތީއެވެ. ސްކޫލުގައި އުޅުނު އިރުވެސް އަހަރެންގެ ހުރިހާ ކަމެއް އެންމެ ގާތުން ބަލަހައްޓައިދިން މީހަކީ ވެސް ބައްޕައެވެ.. އަހަރެން ދުވަހަކުވެސް އަހަރެންގެ މަންމައެއް ނުދެކެމެވެ.. ބައްޕަ ބުނިގޮތުގައި މަންމަ އެހެން މީހަކާއި އިނދެގެން ދިޔައީ އަހަރެންގެ އުމުރުން އެންމެ 3 އަހަރުގައެވެ. މަންމައެއް ނެތަސް އަހަންނަކައް ދުވަހަކުވެސް އެކަމެއް ބައްޕަ އިހުސާސްކޮށެއް ނުދެއެވެ. ބައްޕަ އަބަދުވެސް އަހަންނައް ވިސްނައިދިނީ އެކަކުނެތަސް އަހަރެންގެ ކައިރީގައި ، އަހަންނައް އަބަދުުވެސް ތަރުހީބުދޭން ބައްޕަ ހުންނާނެކަމެވެ.. މިއަދު ބައްޕަ އަހަންނައް އެކަން ވަރައް ރަނގަޅައް ސާބިތުކޮއްދީފިއެވެ.. ބައްޕަ ނެތް ނަމަ މިއަދު އަހަންނަކައް މިހާ ހިސާބައްވެސް ނާދެވުނީހެވެ..
“މި ކައިވެނި ކުރަން އަހަރެން ކިތެންމެ ބޭނުން ނުވިޔަސް މިކަން ކުރާނަން.. އެއީ ހަމއެކަނި އަހަރެންގެ ބައްޕަޔައްޓަކައި..” ކައިލް ހިތާއި ހިތުން ބުނެލިއެވެ.
އެލައިރާ އީސީޖީ ރިޕޯޓެއް ރިވިއުކޮއްލުމައްފަހު ކައިރީގައި ހުރި ނަރުސް ކުއްޖާޔާއި ރިޕޯރޓް ހަވާލުކޮއްލީ ވާރޑް 6 ގައި އޮތް ޕޭޝަންޓާއި ރިޕޯރޓު ހަވާލުކުރުމައްށެވެ. އެވަގުތު އެލައިރާގެ އެސިސްޓެންޓް ރިމްޝާ އޭނާގެ ކައިރިޔައް އައީ ޕޭޝަންޓް ފައިލްތަކެއް ހިފައިގެންނެވެ. “އެލައި ، އޯކޭތަ؟މިއަދު ހީވަނީ ވަރައް ޑިސްޓްރެކްޓް ވެފަ ހުންނަހެން.” ރިމްޝާ ބުނެލިއެވެ. ރިމްޝާއަކީ ކުޑައިރުއްސުރެ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަހަންނައް ކުޑައިރުކޮޅަކައްވެސް އެކަނިވެރިކަން އިހުސާސް ނުވަނީވެސް ރިމްޝާގެ ސަބަބުންނެވެ. އެކަހަލަ ރައްޓެއްސެއް އަހަންނައް ލިބުމަކީ އަހަރެންގެ ނަސީބެވެ.
“އައި އޭމް ގުޑް” އެ ދޮގުގެ ރަހަ ހިތި ނަމަވެސް އެލައިރާ ޖަވާބު ދިނެވެ. “ޖަސްޓް ތިންކިންގް… ޔޫ ނޯ….”
ރިމްޝާ ބުމަ އުފުލާލީ އެލައިރާ އެހަދާ ދޮގު ރަނގަޅަށް އެނގޭތީއެވެ. “ދެެން އެކަމާ އެހާ ބޮޑައް ނުވިސްނައްޗޭ އިނގޭ… ކުރިއަށް އޮތީ ބިޒީ ދުވަހެއް. އެންޑް މިސްޓަރ ޖާވިދުގެ އެންޖިއޯޕްލާސްޓީ ހަދަންވެސް ޖެހޭނެ އިރުކޮޅަކުން.. ޝީފޫ ބުނީ ގުޅާނަމޯ އަންނަން ވީމަ..ރެޑީގަ ތިބެއްޗޯ.. އެހެންވެ އެލައި ހޯދަން މިއައީވެސް.” ރިމްޝާ ބުނެލިއެވެ.
އެލައިރާ މަޑު ހިނިތުންވުމެއް ދޫކޮއްލަމުން ބޯޖަހާލިއެވެ.
ހަވީރުގެ ވަގުތެވެ. އެލައިރާ ހޮސްޕިޓަލުން ނިކުމެގެން ދިޔައީ ދުވަހުގެ ހަލަބޮލިކަން ނިންމާލުމައްފަހުއެވެ. ސްޓިއަރިންގައި އަތް ހިފަހައްޓައިގެން ހުރެ މަޑުމަޑުން ކާރު ދުއްވާލީމެވެ.. ފޯނުން ލަވައެއްޖަހައިގެން ދުއްވަމުން ދިޔައިރު އެލައިރާޔައް ހަނދާންވަނީ ކައިލްގެ މަތީންނެވެ. ޖަހައިގެން ހުރި ލަވައިންވެސް ހަނދާންވަނީ ކައިލްގެ މަތީންނެވެ. ފުންނޭވާއެއް ދޫކޮއްލުމައްފަހު އެލައިރާ ގެއައް ދިއުމައް މިސްރާބުޖެހިއެވެ.
ކައިލް ވެސް އެވަގުތު، އޭނާގެ އޮފީހުގައި ރިޕޯޓްތައް ރިވިއު ކުރަމުންދިޔައެވެ.، ނަމަވެސް ކައިލް ވިސްނަމުން ދިޔައީ އެލައިރާގެ އެ މައިސޫމް ދެލޮލާ މެދުއެވެ.. އޭނާ ދަތްދޮޅީގައި ހިފަހައްޓައިގެން ހުރެ ފޯކަސް ކުރަން މަސައްކަތް ކުރި ، ނަމަވެސް އެލައިރާ ކައިލްގެ އެތެރެހަށީގައި ކޮންމެވެސް އެއްޗެއް ހޫނުކޮށްލީ، ނަން ކިޔަން ނުވަތަ ކޮންޓްރޯލް ކުރަން ނޭނގޭ އެއްޗެއްގެ ގޮތުގައެވެ.
އެދުވަހުގެ ހަވީރު ދެމީހުންވެސް އެނބުރި އެމީހުންގެ ގެއަށް ދިޔައެވެ. އެލައިރާ އޭނާގެ ކޮޓަރީގައި ނިދާފައި އޮތް މިޝީއާއެކު އޮށޯވެލައިގެން އޮތް އިރު ، ކައިލްވެސް އޭނާގެ ގެއައް ދިޔައެވެ. ދެމީހުންނަށްވެސް އިހުސާސް ކުރެވުނީ ހެދިފައިވާ އެއްބަސްވުމުގެ ވާހަކައެވެ. ކައިވެނި ކުރަންޖެހޭ ދުވަސްވެސް އަންނަކަން އިނގޭ ނަމަވެސް އެކަމަކާ ދޭތެރޭ އެހާ ފުންކޮއް ފަރުވާއެއް އެކަކައްވެސް ނުވެހެއްޓެއެވެ. އިނގޭ ހާވެސް އެއްޗަކީ އެދުވަސް އަންނާކައް ދެން އެހާ ގިނަ ދުވަހެއް ނެތްކަމެވެ.
ރޭގަނޑު ފުންވެއްޖެއެވެ. މަގުތައްމަތީގައި މިހާރު ދުއްވާ އްެއްޗެއްގެ ފިޔަވައި އިތުރު އަލިކަމެއް ފެންނާކައް ނެތެވެ. އެލައިރާ އޭނާގެ ޙީޔާލުތަކުގެ ތެރޭގައި އޮތް އިރު ކައިލް ވެސް އޭނާގެ ޙީޔާލުތަކުގެ ތެރޭގައި އޮތެވެ. ދުރުގައި ތިއްބަސް ދެމީހުންނައް ވެސް އިހުސާސް ކުރެވެމުންދަނީ އެއްކަމެކެވެ. އެންގޭޖްމެންޓްގެ ހަފްލާވެސް މިހާރު ނިމިއްޖެއެވެ.. ދެންއޮތީ ދިރިއުޅުމުގެ މައި މަގްސަދައް ދަރުތުކުރުމެވެ. މި ދަތުރުގެ ފުންމިނެއް އެކަކައްވެސް އިހުސާސެއް ނުކުރެވެއެވެ. އަދި މި ދަތުރައް ތައްޔާރުވާނީ ކިހިނެއްކަމެއްވެސް އެކަކައްވެސް ނޭނގެއެވެ.
ކޮންމެވެސް އެއްޗެއް ބަދަލުވަމުންދާ އިހުސާސް ދެމީހުންނައް ކުރެވެމުންދެއެވެ. އެއީ ބިރުވެރި އިހްސާސެކެވެ. ތައްޔާރު އެއްގޮތަކައްވެސް ވެވިފައި ނެތް އިމްތިހާނެއްފަދައެވެ.
އެވަގުތު އެލައިރާގެ ހިތައް އެރިއެވެ.
“ކައިލް އާއި އަހަރެންގެ ވާހަކަ އަދި ފެށުމަކައް މި އަންނަނީ ކިރިޔާއެވެ…”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Don’t use two to three perspectives write one perspective
Aharen elairaa ah use kohfa kail ah use kohfa emeehunge name beynun kureema hama nujehey