
އެދިގެން ކަލާ ލިބޭތޯ 61

(61 ވަނަ ބައި)
ކޮޓަރީގެ ދޮރުމަތީގައި ހުރެފައި ޝެރީން ހީވީ އުދުހިލާފައި އައިހެންނެވެ. އޭނަ ހުޔޫންގެ އަތުގައި ހިފާ އެނދުން ތެދުކޮށްލިގޮތަށް އަތުގައި އޮތް ބޮޑު ޓެޑީ ބެއަރ ޖަހައިގަތްގޮތުން ހުޔޫންގެ އަތަށްވެސް ތަދުވިއެވެ.
ހުޔޫން އެވަގުތު ޝެރީންއާއި ދިމާލަށް ބަލާލާފައިވެސް އެއްޗެކޭ ބުނާކަށް ގަސްތެއްނުކުރިއެވެ. ޔޫލީންގެ މައްޗަށް އޭނަ ވަކާލާތުކުރާވަރަށްވުރެ ޝެރީންގެ ހައްޤު ބޮޑުވާނެކަން އޭނައަށް އެހެންނޫނަސް އިނގެއެވެ. ޝެރީން ކިތަންމެ އޮޅުވާލަން މަސައްކަތްކުރިޔަސް ޔޫލީންއަކީ އައިޝަމްގެ ދަރިއަކަށްނުވާނެއެވެ.
“ޔޫލްގެ މަޤާމަށް އާދެވިދާނެކަމަށް ހީނުކުރާތި… ކަލޭ ތީ ހުޔޫންއަކަށްނުވާނެ… ރީހާންގެ ފުލުގައި އަނެއްކާ އަނެއް ރޭވުން ރާވަން ތިއުޅެނީ…” އެތަށްދުވަހެއްފަހުން ލިބުނު ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ޝެރީން ހިފިއެވެ. އޭނަ ހުޔޫންގެ މޭގައި އަތްއަޅާލިގޮތަށް ފަހަތަށް ކޮއްޕާލިއެވެ. އެވަރުންވެސް ހުޔޫން ހުރީ ހިމޭނުންނެވެ. ޝެެރީން ދެކެން ބޭނުން ވީފަދަ ނިކަމެތިކަމާއި ހިތާމައިގެ އަސަރެއްވެސް އެ މޫނަކުން ފާޅެއްނުވިއެވެ. އެ ތޫނު ޖުމްލަތަކުން ޝެެރީން އުންމީދުކުރި ފަދަ އަސަރެއް އޭނައަކަށް ނުކުރިއެވެ.…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.