މިޒްނާ އައިސްގެންތަ އެ…..” މާއިޝްގެ ޖުމްލައަށް ހުއްޓުން އެރީ މިޒްނާ އިން ހާލު ފެނުމުންނެވެ. މާއިޝްއަށް ދޮރު ހުޅުވާލިގޮތަށް ހުރިތާ ހުރެވުނީއެވެ. މާނިއު ހުރިހާ ވާހަކަ އެއް ކިޔައި ދިނީ ވެގެން އުޅޭގޮތް އަނގާލުމަށެވެ. މާނިއުގެ އިތުރުން މާއިޝްވެސް ފާރުގައި ލެނގިލައިން ތިބީ މިޒްނާ ހަމަޔަކަށް އެޅެންދެނެވެ. މިޒްނާ ރުއިން ގަދަކަމުން ހުއްޓާލަމުން އަނެއްކާވެސް ކިޔައިދޭންފެށިއެވެ. —————————————— “ގްރޭޑް 10ގައި އުޅުން ދުވަސްކޮޅު އަހަރެން މީހަކާ ރައްޓެހިވިން. މި ވާހަކަ މާނިއުމެންނަށް އަހަރެން ފޮރުވީ އޭނަ ބުނެގެން. […]
ކޮލެޖު ނިމުމުން މިޒްނާ އާއި ޒޯޔާ ކޮފީ އެއް ބޯލަން ކައިރީ ހުރި ރެސްޓޯރެންޓްކަށް ވަދެލީ ބޯ ހަމަ ޖައްސާލުމުގެ ނިޔަތުގައެވެ. މޭޒެއް ދޮށަށް މިޒްނާ ޖެހިލި ވަގުތު ފޯން ރިންގުވީ ހަމަޖެހިނުލެވެނީހެވެ. ފޯން ކަންފަތުގައި ޖައްސާލިތަނާ އެކޮޅުން ބުނެލި ޖުމްލައަކުން މުޅި މީހާ ގަނޑުވި ކަހަލައެވެ. —————————————— “މިޒޫ. ބައްޕަ ވަރަށް ރުޅި އައިއްސަ އެބައިން. އަވަހަށް ގެއަށް އާދެބަލަ” އެއީ މިޒްނާގެ މަންމަ ރާމިޒާއެވެ. އަނެއްކާ މިޒްނާ ކުރި ކަންތައް ބައްޕަ އަށް ފަޅަ […]
މާޝާ މިހާރު އުޅެނީ ތަނެއް ކުއްޔަށް ހިފައިގެންނެވެ. ގެއަށް ދެވުނު އިރު އެގާރަ ޖަހައިފިއެވެ. މަޑު މަޑުން ކޮޓަރިއަށް ވަދެ އާދައިގެ ހެދުމަކާއި ބުރުގަލެއް އަޅައިގެން މާޝާ ނުކުތީ އައިސްކްރީމް ކާހިތުން ނެވެ. ބަދިގެއަށް ވަދެ ވަދެ ހުއްޓާ ފަހަތުން “މާޝް ލަވް” އޭ ކިޔާ ގޮވާލިއަޑު އިވުނެވެ. “އޯއި! މިދަނީ ކުޑަ ތައްޓަކަށް އައިސްކްރީމް އަޅާއިގެން.” މާޝާ އަވަސް އަވަހަށް ޖަވާބު ދީ އައިސްކްރީމް އަޅާއިގެން ނުކުމެލީ ބެލްކަންޏަށް ށެވެ. ފަހަތުން އެ ފިރިހެން މީހާ […]
އެދުވަހުގެ ރެއެވެ. މިޒްނާ އަށް ހޭލެވުނީ ބަނޑުހއަވެގެންނެވެ. މާނިއު ނިދާފައި އޮތުމުން އުނދަގޫ ކުރަން ބޭނުން ނުވެގެން އޭނާ ނުކުތެވެ. ބަލާ ބެލުމަށް އެ ގެޔަކީ ދެ ކޮޓަރިއާ ސިޓިންގް ރޫމް އަކާ ބަދިގެއެއް ހުންނަ ގެއެކެވެ. މާއިޝް އުޅެނީ އަނެއް ރޫމްގައި ކަމަށް ހީކޮށް މިޒްނާ އެއީ ކަމަކަށް ނަހަދާ ގޮސް ވަނީ ބދިގެއަށް ކާނެ އެްޗެއް ހޯދާށެވެ. އެހެން އުޅެނިކޮށް މާނިއު ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރި ހުޅުވައި މީހަކު ވާހަކަ ދެއްކި އަޑު […]
“ދަރިފުޅާ. އެޔޮއް ކޮލެޖަށްދާ ގަޑި ޖެހެނީ. އަވަހަށް ތެދުވެބަލަ ދެންވެސް” ރަމީޒާ ގޮވާ އަޑަށް މިޒްނާ އަށް ހޭލެވިގެން ގަޑިއަށް ބަލައިލެވުނީ ބޭއިޙްތިޔާރުގައެވެ. ގަޑި ޖެހެން ފަނަރަ މިނެޓްވެފައި ހުރުމުން އަވަހަށް އެދުން ފުންމާލައިން ގޮސް ފާހަނަ އަށް ވަދެ ފެންވަރާލިއެވެ. ކުޑަ ގޮތަކަށް ރީތި ވެލައިން ލޯގަނޑު ކުރިމއްޗަށް އަރާ ޝޯލް އެޅިއެވެ. ރޭ ހަތަރުދަމު ނުނިދާ އެސައިންމަންޓް ނިންމުމަށް މިޒްނާ ހޭލާ ހުރުމުގެ ސަބަބުން އޮވެވުނީ މާ ލަސްވަންދެން ނިދާށެވެ. އެހެން ކަމުން މިޒްނާ […]
އަތުން ފޯނުގައި ހިފައިގެން ހުރި އިރު ހެޑްސެޓްއިން ކޮންމެވެސް އެއްޗެއް އަޑު އަހަމުން ރީތި ހިނިތުންވުމެއް އެ މޫނުމަތީގައި ފާޅު ވޭވޭ ހުއްޓެވެ. އަޒާން އަށް ބަލަން ހުރެވުނީއެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލައިގެ ލިޕް ގްލޯޒް ޖައްސާފައި ހުރުމުން އެ މޫނުމަތިން މަޢުސޫމް ކަން އިތުރު ކޮށްދެއެވެ. ************************** ނަތާޝާ އަށް އެނދުމަތީގައި އޮއްވާ ނިދުނެވެ. އިޒާން އައިސް ޓަކި ޖަހާ ޖަހާވެސް ނަތާޝާގެ ހަބަރެއް ނުވުމުން އެންމެ ފަހުން ޖެހުނީ ތަޅުދަނޑިން […]
މިޝަލްގެ ކަށުކަމާކެމީގެ ކަންކަން ނިންމުމަށްފަހު ގެއަށް ގޮސް މުހައްމަދުމެން ބެލީ ޖެހިގެން އައި ދުވަހު މާލެދެވޭތޯއެވެ. އިތުރަށް މެލޭޝިޔާގައި މަޑުކުރާކަށް އެކަކުވެސް ބޭނުމެއް ނުވިއެވެ. އެކަމުގައި މާޝާ އެއްވެސް ބަހެއް ނުކިއަމެވެ. ގެއަށް ގޮސްވެސް އެނދުގައި އޮށޯވެގެން އޮތީއެވެ. ހާނިޔާގެމަތިންވެސް މާޝާ ހަނދާނެއް ނުވިއެވެ. މާލެ ދެވުމާއިއެކު ހާނިޔާ ގޮވައިގެން ގެއަށް ވަދެ ހާނިޔާއަށް ކާންދީ ފެންވަރުވާ ހެދުމަށްފަހު ނިންދެވިއެވެ. އަދި ހާނިޔާ ކައިރީ އަރާ މާޝާ އޮށޯތެވެ. އޭރު މާޝާއަށް އެއްވެސް ވަރަކަށް ނުނިދޭތާ ފަސްވަރަކަށް […]
އޮޕަރޭޝަން ނިމުނުކަން އެންގީ އިރުއޮއްސި ހައެއް ޖަހަނިކޮންނެވެ. އޮޕަރޭޝަން ކާމިޔާބުކަމާއި ނަމަވެސް އުންމީދު ކުރިވަރަށްވުރެށް ވުރެ އުނދަގޫވިކަމުގައި ޑޮކްޓަރު މަޢުލޫމާތު ދެއްވިއެވެ. އިތުރަށް އެއްޗެއް ބުނަން އެނގޭނީ ހޭ އެރުމުންކަމުގައި މައުލޫމާތުދިނެވެ. އަދި އައިސީޔޫއަށް ބަދަލުކުރުމުން އާއިލަގެ އެކަކަށް ދެކިލުމުގެ ފުރުސަތު ދޭނެކަމުގައި ބުނުމުން މާޝާ އެ ފުރުސަތު މާޝާ އަމިއްލަ އަކަށް ނެގިއެވެ. ސަބަބަކީ މިޝަލްގެ އާއިލާއާއި ބެހޭ އެއްވެސް މައުލޫމާތެއް މާޝާއަށް ލިބިފައި ނެތުމުންނެވެ. މިޝަލް އޮތް ގޮތް ފެނުމުން މާޝާގެ ލޮލުން ކަރުނަ […]
މިޝަލް އޮޕަރޭޝަން ކުރާއިރު މުހައްމަދު އާއި ހަސީނާ ވެސް ހުރީ ދާންށެވެ. މާޝާ ދާން ބޭނުން ވާހަކަ ބުނުމުން މިޝަލް އާއި އެކު މާޝާ އެކަނި ފޮނުވާލަން ބޭނުން ނުވުމުންނެވެ. އަޒާން ގެ ސިކުނޑީގައި އަދިވެސް އެނބުރެނީ އެދުވަހު ހަސީނާ ދެއްކި ވާހަކަ ތަކެވެ. ********************************* އޮޕަރޭޝަން ނިންމާލުމަށްފަހުވެސް އެތަނުގައި ދުވަސްތަކޮޅަކަށް އުޅެން ޖެހޭނެތީ މާޝާ ގެ މަންމައަށްވެސް އެންމެ ރަނގަޅުގޮތަކަށް ފެނުނީ ހާނިޔާ ވެސް ކުޅެ ހަދާލެވޭކަހަލަ ޖާގައޮތް ގެއެއް ނެގުމަށެވެ. އެހެން ބުނުމާއިއެކު […]