ނަފްރަތުން ވެވުނު ލޯބި 29
މިޝަލް އޮޕަރޭޝަން ކުރާއިރު މުހައްމަދު އާއި ހަސީނާ ވެސް ހުރީ ދާންށެވެ. މާޝާ ދާން ބޭނުން ވާހަކަ ބުނުމުން މިޝަލް އާއި އެކު މާޝާ އެކަނި ފޮނުވާލަން ބޭނުން ނުވުމުންނެވެ. އަޒާން ގެ ސިކުނޑީގައި އަދިވެސް އެނބުރެނީ އެދުވަހު ހަސީނާ ދެއްކި ވާހަކަ ތަކެވެ.
*********************************
އޮޕަރޭޝަން ނިންމާލުމަށްފަހުވެސް އެތަނުގައި ދުވަސްތަކޮޅަކަށް އުޅެން ޖެހޭނެތީ މާޝާ ގެ މަންމައަށްވެސް އެންމެ ރަނގަޅުގޮތަކަށް ފެނުނީ ހާނިޔާ ވެސް ކުޅެ ހަދާލެވޭކަހަލަ ޖާގައޮތް ގެއެއް ނެގުމަށެވެ. އެހެން ބުނުމާއިއެކު ނަތާޝާ އޭނާގެ ގެއަށް ގޮސް ހުރުމަށް އެދުނެވެ. މިވަގުތު ގެ ހުރީ ހުސްކޮށް ކަމަށް ވެސް ނަތާޝާ ބުންޔެވެ.މެލޭޝިޔާއަށް ދިޔަތާ ދެވަނައަށް ވީ ދުވަހު ޓެސްޓްތައް ހެދުމަށްފަހު 3 ދުވަސް ފަހުން އެޑްމިޓްވުމަށް ޑޮކްޓަރު ލަފާ ދިނެވެ. އެހެންކަމުން މާޝާ ނިންމީ މެލޭޝިޔާގެ ރީތި ހިސާބުތައް ބަލާލަން ދަތުރުކޮށްލުމަށެވެ.
ގިނަވަގުތު ހާނިޔާ ގެންގުޅެނީ ހާނިޔާގެ މާމަ ނުވަތަ ކާފަ ކަމުން މާޝާ އާއި މިޝަލް އަށް ވަރަށް ގިނަ ހުސްވަގުތުތައް ލިބެއެވެ. ދެމީހުން އެކުގައި ހޭދަކުރެވުނު ވަގުތުތަކުގައި މާޝާ މިޝަލްއަށް ހިތްވަރުދެމުން ގެންދިޔައެވެ. ކިތަމެ ގޮސް ކޮށް ކަންތައް ކުރިއަސް އެއީ ހަމަ މާޝާގެ ފިރިމީހާއެވެ. އެތަނުގައި ހޭދަކުރެވުނު 2 ދުވަހަކީ މާޝާ އާއި މިޝަލްގެ ގުޅުން އިތުރަށް ބަދަހިވި ދުވަސްތަކެކެވެ. ޑޮކްޓަރ ލަފާދިން ގޮތުގެ މަތިން މިޝަލް ހޮސްޕިޓަލްގައި އެޑްމިޓްކުރެވުނެވެ.
އޮޕަރޭޝަންކުރަން ވައްދަން އޮތީ ހެނދުނު 9 ޖަހާއިރުއެވެ. އެރޭ ޑޮކްޓަރު އައިސް އޮޕަރޭޝަންއާއި ގުޅޭގޮތުން ހުރިހާ މައުލޫމާތެއް ސާފުކޮށްދިނެވެ. ޢާންމުކޮށް އޮޕަރޭޝަން އަށް ހޭދަވާނީ 9-7 ގަޑި އިރުކަމާއި އޮޕަރޭޝަން ނިމުމުން ހޭ އަރަން ދެން އައިސީޔޫގައި ބާއްވާނޭކަމުގައި ބުނެދިނެވެ. ޢާންމުގޮތެއްގައި ގަޑިއެއްހާއިރު ތެރޭގައި ހޭއަރާނެކަމާއި ހުރިހާ ކަމެއް ރަނގަޅަށްގޮސްފިނަމަ 24 ގަޑިއިރުތެރޭގައި ކޮޓަރިއަށް ބަދަލުކޮށްދޭނެކަމުގައި ބުނެދިނެވެ. އަދި ހަފްތާއެއްހާދުވަހު ހޮސްޕިޓަލްގައި ބޭއްވުމަށްފަހު ގެއަށް ދޫކޮށްލާނޭ ކަމުގައިވެސް ބުނެދިނެވެ. ހަމަ އެއާއިއެކު އޮޕަރޭޝަންގައި މަދުން ނަމަވެސް ދިމާވެދާނޭ ފަދަ ނުރައްކާތެރި ހާލަތްތައްވެސް އޮޅުން ފިލުވައި ދެއްވިއެވެ. މިޝަލް އޮޕަރޭޝަން ގެ ކުރިން ސްޓްރެސް ވެދާނެތިން ޑޮކްޓަރ ހުރިހާ ވާހަކައެއް އޮޅުން ފިލުވައި ދިނީ ޑޮކްޓަރ ގެ ކޮޓަރީގައެވެ. މިއިން އެއްވެސް ވާހަކައެއް މާޝާ މިޝަލް ގާތު ނުވެސް ބުނެއެވެ. ނަމަވެސް ހަސީނާއަށާއި މުހައްމަދަށް މާޝާ ހުރިހާ ވާހަކައެއް ވެސް ކިޔައިދިނެވެ.
“އަހަރެންނަށް ކަމެއް ދިމާވެއްޖެއްޔާ ނިޔާއަށް އެއްވެސް ކަމެއް އުނި ނުވާނޭހެން ބަލާދޭތި. ބައްޕައެއްގެ ހައިސިއްޔަތުން އަހަރެން އެދޭ އެދުމެއް މިއީ” މިޝަލް ބާއްވާފައި އޮތް އެނދުގެ ކައިރީގައި މާޝާ އިށީނުމުން މިޝަލް ބުނެލިއެވެ. މާޝާ ހިތް އަވަސް ވާގޮތް ވިއެވެ. ލޯބިވާ ފިރިމީހާއަށް ކަމެއް ވެއްޖެއްޔާ އޭނާއަށް ވާނީ ކީއްހެއްޔެވެ؟ ހާނިޔާއަށް ބައްޕަގެ ލޮއެއްބެއް ދޭނީ ކާކު ހެއްޔެވެ؟ ހާނިޔާއާއި މެދު ވިސްނާލާފައި މިޝަލް އާއި އެކު މިޝަލް ކުރިކަންތައް އެއްފަރާތް ކޮށްލާފައި މި ދެތިން ހަފްތާ އުޅުނީއެވެ. ހަމަ އެކަނި ދަރިފުޅަށްޓަކައެވެ. އެތާ އެގޮތަށް އިރު ކޮޅަކު އިންދާ ނަރުސް ކުއްޖަކު އައެވެ. ތިއޭޓަރަށް ގެންދަންވާއިރަށް ތައްޔާރު ވެލުމަށް އެދުމަށްފަހު ނަރުސްކުއްޖާދިޔައެވެ. ތިއޭޓަރަށް ވެއްދި އިރު ގަޑިން 8:30 ވާނެއެވެ. އޮޕަރޭޝަން ފެށުނުކަން 9 ޖެހިއިރު ނަރުސް ކުއްޖަކު އައިސް އަޕްޑޭޓް ކޮށްދިނެވެ. މާޝާ ހާނިޔާ ގޮވައިގެން ދިޔައީ ހާނިޔާއަށް ކާން ދޭށެވެ.
ހާނިޔާއަށް ކާން ދީފައި މާޝާ ހާނިޔާ ނިންދަވާލިއެވެ. އަދި މާޝާގެ ބައްޕަ ގާތު ރޮއެފިނަމަ ގުޅުމަށް އެދިފައި ހޮސްޕިޓަލައް ދިޔައެވެ. ގެއާއި ހޮސްޕިޓާ ދުރުނޫން ކަމުން ދިހަ ވަރަކަށް މިނެޓު ހިނގާލާފައި ހޮސްޕިޓަލައް ދެވެއެވެ. ” ޚަބަރެއްވިތަ މަންމާ” ހަސީނާ ފެނުމާއިއެކު މާޝާއަށް އަހާލެވުނެވެ. “ނޫން. އަދި ނުބުނޭ އެއްޗެއް. ބުންޏެއްނު 5 ގަޑިއިރު ވެދާނެއޭ. ދަރިފުޅު އެއްޗެއް ކާންވީނު.” ހަސީނާ މާޝާއާއި ވާހަކަ ދެއްކިއެވެ.
އޮޕަރޭޝަން ނިމުނުކަން އެންގީ އިރުއޮއްސި ހައެއް ޖަހަނިކޮންނެވެ. އޮޕަރޭޝަން ކާމިޔާބުކަމާއި ނަމަވެސް އުންމީދު ކުރިވަރަށްވުރެށް ވުރެ އުނދަގޫވިކަމުގައި ޑޮކްޓަރު މަޢުލޫމާތު ދެއްވިއެވެ. އިތުރަށް އެއްޗެއް ބުނަން އެނގޭނީ ހޭ އެރުމުންކަމުގައި މައުލޫމާތުދިނެވެ. އަދި އައިސީޔޫއަށް ބަދަލުކުރުމުން އާއިލަގެ އެކަކަށް ދެކިލުމުގެ ފުރުސަތު ދޭނެކަމުގައި ބުނުމުން މާޝާ އެ ފުރުސަތު މާޝާ އަމިއްލަ އަކަށް ނެގިއެވެ. ސަބަބަކީ މިޝަލްގެ އާއިލާއާއި ބެހޭ އެއްވެސް މައުލޫމާތެއް މާޝާއަށް ލިބިފައި ނެތުމުންނެވެ. މިޝަލް އޮތް ގޮތް ފެނުމުން މާޝާގެ ލޮލުން ކަރުނަ އިރާލިއެވެ.
– ނުނިމޭ –
= Amyra =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


