ހިއްސާ ކޮށްލަމޭ ލޯބިވާ ވަރު 3
މިޒްނާ އައިސްގެންތަ އެ…..” މާއިޝްގެ ޖުމްލައަށް ހުއްޓުން އެރީ މިޒްނާ އިން ހާލު ފެނުމުންނެވެ. މާއިޝްއަށް ދޮރު ހުޅުވާލިގޮތަށް ހުރިތާ ހުރެވުނީއެވެ. މާނިއު ހުރިހާ ވާހަކަ އެއް ކިޔައި ދިނީ ވެގެން އުޅޭގޮތް އަނގާލުމަށެވެ. މާނިއުގެ އިތުރުން މާއިޝްވެސް ފާރުގައި ލެނގިލައިން ތިބީ މިޒްނާ ހަމަޔަކަށް އެޅެންދެނެވެ. މިޒްނާ ރުއިން ގަދަކަމުން ހުއްޓާލަމުން އަނެއްކާވެސް ކިޔައިދޭންފެށިއެވެ.
——————————————
“ގްރޭޑް 10ގައި އުޅުން ދުވަސްކޮޅު އަހަރެން މީހަކާ ރައްޓެހިވިން. މި ވާހަކަ މާނިއުމެންނަށް އަހަރެން ފޮރުވީ އޭނަ ބުނެގެން. އެއްދުވަހު މަންމަމެން ނެތް ވަގުތެއްގަ އަހަރެން އޭނަ ގެއަށް ވެއްދިން. އަހަރެންގެ ރޫމް އަށް އޭނަ ވައްދާފަ އަހަރެން ދިޔައީ ފާހަނައަށް. ނިންމައިން އައި ތަނުން އޭނަ އަހަރެންގެ ތުންފަތަށް ބޮސްދޭންފެށީ. އަހަރެންނަށް ކުރެވުނު ކުށަކީ އެހަރަކާތުގައި އަހަންނަށް ބައިވެރި ވެވުން. އަހަންނަކަށް ނޭނގެ އެވަގުތު އޭނާ އެތާ ކެނެރާއެއްވެސް ބެހެއްޓި ކަމެއް. އުފާވެރި ވަގުތުކޮޅަކަށްފަހު އޭނަ އަހަރެން ކައިރީ ބުނި ފާހަނަޔަށް ވަދެފަ އަންނަން. އަހަރެން ނުކުތް އިރު އޭނާ ހުރީ އެއްޗެއް ނަގާ ކަހަލަ ގޮތަކަށް ހުޓި. އަހަރެން އޭނާ އަށް ގޮވާލާފަ އެހިން. އެކަމަކު އޭނަ ނޭނގޭ ގޮތއް ކެނެރާ ޖީބައްލާފަ ނޫނެކޭބުނީ. އެދުވަހު މަންމަމެންނަށް ވެސް ފަޅަ އެރީ. އެހިސާބުން އަހަރުމެން ދެމީހުން ވާހަކަ ދެއްކުން ހުއްޓާލީވެސް. އޭގެ އެއްމަސް ފަހުން އޭނަ އަނެއްކާ އަހަރެންނަށް އުނދަގޫކޮށް ބްލެކްމެއިލް ކުރަންެށީ އެ ވީޑިއޯގެ ބޭނުން ކޮށްގެން. އަހަރެން ހިޔެއް ނުކުރަން އޭގެ އުނދަގުލެއް އަނެއްކާވެސް ޖެހިދާނެ ކަމަށް. އޭނަ ބުނި ތިމަންނަ އެ ވީޑިއޯ ޑިލީޓް ކުރާނަމޭ”.
މިޒްނާއަށް މިފަހަރު ހިފަހައްޓާނުލެވުނެވެ. ބާރަށް ރޮއެ ގަނެވުނީ ކުރި އަސަރުންނެވެ. އެކަހަލަ މުޑުދާރު މީހަކަށް މިޒްނާގެ ހަށިގަނޑު ދެވުނީތީ މިހާތަނަށް ދާންދެންވެސް އަމިއްލަ މީހާ ކުއްވެރި ކުރެވުނެވެ. މި މންޒަރު ބަލަން ނުހުރެވިގެން މާއިޝް މިޒްނާ ކައިރިއަށް ފިޔަވަޅެއް އަޅައަލިއެވެ. އެކަމަކު މާނިއު އަވަސް ފިޔަވަޅުތަކެއް އަޅައި އެނދާ ކައިރިއަށް ޖެހި މިޒްނާ މާނިއުގެ އަތުތެރެއަށް ގެނެސް ބައްދާލިއެވެ. މާއިޝް ބަލަން ނުހުރެ އަވަހަށް ކޮޓަރިން ނުކުތީ ހިތަށް ތަދުވި ވަރުންނެވެ.
ޒޯޔާ އަދިވެސް ވިސްނެނީ ހަމަ އެންމެ ކަމަކާއެވެ. އެއީ މިޒްނާ އޭނާ އެތާ ބަހައްޓާފައި ދިޔައީ ކީވެކަމާ ބެހޭ ގޮތުންނެވެ. މިޒްނާއަށް ގުޅަންވެސް ހިތއް އަރާ ފަހަރުވެސް ދެއެވެ. ފޯން ނަގާފަވެސް ބަހެއްޓެނީއެވެ. އެންމެ ފަހުން ނުހުރެވިގެން ޒޯޔާ ނަންބަރަކަށް ގުޅިއެވެ.
“މާއި އަށް އިންގޭތަ މިޒްނާ އަށް ވެގެން އެ އުޅޭ ގޮތެއް؟” އެކޮޅުން ފޯން ނެގުމާ އެކީ ޒޯޔާ ވާހަކަ ދެއްކިއެވެ. “ހޫމް. އެކަމަކު އަހަރެންގެ ބަދަލުގަ މިޒޫ އެވާހަކަ ޒޯއި ކައިރީ ދައްކަން ރަނގަޅުވާނީ” މިހެން ބުނެ މާއިޝް ފޯން ކންޑާލީއެވެ. މާއިޝް އަށް ހަމަ ހަދާންވަނީ މިޒްނާ ރޯތަނެވެ. މާނިއު މިޒްނާ ކައިރިކޮށް މޭގައި ބޮނޑިކޮށްލާތަނެވެ. އެހެން މާއިޝް ފިކުރު ކޮށް ކޮށް އޮއްވާ ނިދުނީ ކިހިނެއް ކަމެއް ނޭންގެއެވެ.
މިޒްނާ ހަމަޔަކަށް އެޅުނީ އެއްގަޑި އިރުވީ ފަހުންނެވެ. ވީ ވަރުބައްޔާ އެކު އޭނާ އަށް އޮތީ ނިދިފައެވެ. މާނިއުގެ ހިތަށް ބުނެދޭން ދަތި އުނދަގޫ ތަކެއް އެބަ ކުރެއެވެ. އޭނާ މިއޮއްހާ ދުވަހު ފޮރުވައިން ހުރި ލޯބި ފާޅުވާން ފެށީ ކީއްވެ ކަމެއް އޭނާ އަކަށްވެސް ނޭނގުނެވެ. މިޒްނާގެ ފޯން ރިންގުވާން ފެށުމުން ފޯން އަށް ބަލާލާފައި ފޯން ނެގީ މިޒްނާގެ މަންމަ އަށް ވީމައެވެ. އޭނާ އަށް އިނގޭ ގޮތުން ވެއްޖެއްޔާ މިޒްނާ މަންމަމެން ކައިރީ މިޒްނާ ހުރި ތަނެއް ނުބުނެއެވެ.
“ހަލޯ” ރާމިޒާ ބުނެލި އަޑު އަވުނެވެ. “ރާމިޒަށްތާ. މިޒްނާ އަށް އޮތީ ނިދިފަ. އަޅުގަނޑުމެން ގޭގައި އޮތީ.” މާނިއު ކިޔައި ދިނީ މިޒްނާ ހުރިތަން ނޭނގިގެން ރާމިޒާ ގުޅީ ކަމަށް ނިންމައިންނެވެ. “އާނ. އޯކޭ އިނގޭ. ދަރިފުޅު އޭނައަށް ބަލައި ދެއްޗޭ”. އާނ އެކޭ ބުނުމަށް ފަހު މާނިއު ފޯން ބޭއްވިއެވެ.
އެދުވަހުގެ ރެއެވެ. މިޒްނާ އަށް ހޭލެވުނީ ބަނޑުހއަވެގެންނެވެ. މާނިއު ނިދާފައި އޮތުމުން އުނދަގޫ ކުރަން ބޭނުން ނުވެގެން އޭނާ ނުކުތެވެ. ބަލާ ބެލުމަށް އެ ގެޔަކީ ދެ ކޮޓަރިއާ ސިޓިންގް ރޫމް އަކާ ބަދިގެއެއް ހުންނަ ގެއެކެވެ. މާއިޝް އުޅެނީ އަނެއް ރޫމްގައި ކަމަށް ހީކޮށް މިޒްނާ އެއީ ކަމަކަށް ނަހަދާ ގޮސް ވަނީ ބދިގެއަށް ކާނެ އެްޗެއް ހޯދާށެވެ. އެހެން އުޅެނިކޮށް މާނިއު ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރި ހުޅުވައި މީހަކު ވާހަކަ ދެއްކި އަޑު އިވުނެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އެއީ އޭނާ އެއް ނޫނެވެ.
-ނަޖްދާ-
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


