ނަފްރަތުން ވެވުނު ލޯބި 31
މިޝަލްގެ ކަށުކަމާކެމީގެ ކަންކަން ނިންމުމަށްފަހު ގެއަށް ގޮސް މުހައްމަދުމެން ބެލީ ޖެހިގެން އައި ދުވަހު މާލެދެވޭތޯއެވެ. އިތުރަށް މެލޭޝިޔާގައި މަޑުކުރާކަށް އެކަކުވެސް ބޭނުމެއް ނުވިއެވެ. އެކަމުގައި މާޝާ އެއްވެސް ބަހެއް ނުކިއަމެވެ. ގެއަށް ގޮސްވެސް އެނދުގައި އޮށޯވެގެން އޮތީއެވެ. ހާނިޔާގެމަތިންވެސް މާޝާ ހަނދާނެއް ނުވިއެވެ. މާލެ ދެވުމާއިއެކު ހާނިޔާ ގޮވައިގެން ގެއަށް ވަދެ ހާނިޔާއަށް ކާންދީ ފެންވަރުވާ ހެދުމަށްފަހު ނިންދެވިއެވެ. އަދި ހާނިޔާ ކައިރީ އަރާ މާޝާ އޮށޯތެވެ. އޭރު މާޝާއަށް އެއްވެސް ވަރަކަށް ނުނިދޭތާ ފަސްވަރަކަށް ރޭ ވެދާނެއެވެ.
**************************
“ފައި! ދޮންބެމެނަގާތު ބުނިންތަ؟” ގެއަށް ވަދެގެން އައި ފާރިޝް ފައިހާއާއި ސުވާލުކުރިއެވެ. “ކޮން ވާހަކައެއް؟” ފައިހާ ވެސް ކޮށްލީ ސުވާލެކެވެ. “ފައި ޕްރެގް ވާހަކައޭނުން” ފާރިޝް ބޮލުގައި އަތުން ޖަހާލިއެވެ. “ވަޓް” ގެއަށް ވަދެ ވަދެ ހުރި އަޒާން އަށާއި އިޒާންއަށް އެއަޑު އިވިގެން އެއްފަހަރާ ކަހަލަ ގޮތަކަށް ބުނެވުނެވެ. ފައިހާ ސިހިފާ ގޭ ދޮރާއި ދިމާއަށް ބަލާލިއެވެ. “ގޮންގްރާ މައި ލަވް” އަޒާން ފައިހާގެ ކުރިމައްޗަށް ހުއްޓި ނިތްކުރިއަށް ބޮސްދީފާ ބައްދާލިއެވެ. “ކިތައް މަންތްސް” އިޒާން އެއްސެވެ. “މިހާރު ޓޫ މަންތް. ޕްރެގް ކަން އެނގުނު އިރު މަންތް އެންޑް އަ ހާފް” ފާރިޝް ސޯފާގައި އިށީނދެ ފެންތައްޓެއް ގެނެސްދިނުމަށް އެދުނެވެ. ބްރޭކް ގަޑި ވުމުން ފައިހާ ދެކިލާ ހިތުން ގެއަށް އައިކަމުގައި ބުނުމުން އަޒާންމެން ދިމާކުރަން ފެށިއެވެ. ފައިހާގެ މޫނުމަތި ރަތްވެގެން ދިޔައެވެ.
މިޝަލް ނިޔާވި ފަހުން މަހެއް ވީ އިރުވެސް މާޝާ މީހަކާ ވާހަކަ ދައްކާ ނުހަދައެވެ. ކުރިން ގޭ ކާ ގޮތަށް ހޭލާފައި ބަދިގެއަށް ސައިހަދަން ވަންނަ މާޝާ މިހާރު ރަނގަޅަށް ނުވެސް ކައެވެ. ހަސީނާ އާދޭސް ކޮށްގެން ވެސް ބޯލަނީ ހަމައެކަނި ޖޫސް ތައްޓެކެވެ. އަބަދު ހާނިޔާ ގޮވައިގެން އޮންނަނީ ކޮޓަރީގައެވެ. އަޒާން, މާޝާ ހޯދަން އެގެއަށް ގޮސް ކިތަމެ ވަރަކަށް ވާހަކަ ދެއްކިޔަސް އަނގައިން ޗުޕްވެސް ބުނެނުލައެވެ. ކުޑަ މިނުން ހިނިތުންވުމެއް ވެސް ރައްދު ކޮށްނުލައެވެ. ހާނިޔާ އަބަދު ކޮޓަރީގައި ގެންގުޅޭ ވާހަކަ ހަސީނާ ވަނީ އަޒާން ގާތު ވެސް ބުނެފައެވެ. އެހެންކަމުން އަޒާން މިއަދު ވިސްނައިގެން ހުރީ ހާނިޔާ ގޮވައިގެން ބޭރަށް ސައިކަލު ދުއްވާލަން ދާށެވެ. ހަސީނާ މާޝާ ގާތު ހާނިޔާ ރީތި ކކށްލާށޭ ބުނުމުން އެއްވެސް ސުވާލެއް ނުކޮށް ރީތި ކޮށްލިއެވެ. އަޒާން އައިސް ހާނިޔާ ގޮވައިގެން ބޭރަށް ގޮސްލާފަ އެބަ އަންނަމޭ ބުނެ ސައިކަލަށް އަރާ ބެލްޓްއިން ހާނިޔާ ނުވެއްޓޭނެހެން ހިމާޔަތް ކޮށްލިއެވެ. ބެލްޓް އަޅާފަ އިންކަނުގައި ވިޔަސް އަޒާން އިނީ ހާނިޔާގެ ގައިގާ އެއް އަތުން ހިފަހައއޓާލައިގެންނެވެ.
“ނިޔާ ބޭބީ!” އަޒާން ސައިކަލު މަޑު ކޮށްލީ ކުޑަކުދިންގެ ޕާކު ކުރިމައްޗަށެވެ. ހާނިޔާ “އޮންބެ” އޭ ބުނެލިއެވެ. (އޮންބެ- ދޮންބެ) އޮންބެ އެއީ ހާނިޔާ އަޒާން އަށް ގޮވާ ނަމެވެ. ހާނިޔާ އަތުގަ ގޮވާލައިގެން އަޒާން ޕާކުގެ ތެރެއަށް ވަނެވެ. ހާނިޔާ ހިނގާފައި ދިޔަ ގޮތުން އަޒާންގެ މޫނުމައްޗަށް މާނަ ފުން ހިނިތުންވުމެއް ވެރިވިއެވެ. “މައިލޯ ޕެކެޓެއް ބޯން ހިނގާ ދޯ ދޮންބެގެ ނިޔާ ބޭބީ” ޕާކު ތެރޭ އެތަށް ސަކަރާތެއް ހާނިޔާ އެކީ ޖެހުމަށް ފަހު ހާނިޔާ ބަނޑުގައި ވެފައި ހުރެދާނެތިން އަޒާން ޕެކެޓެއް ގަނެގެން އެ ދޭން މަސައްކަތް ކުރިއެވެ. ބަސްއަހައިގެން ހާނިޔާ ޕެކެޓު ބޮއެ ހުސްކޮށްލިއެވެ. ގެއަށް ދިޔައީ ހާނިޔާ އަށް އެތަށް ބައިވަރު ކުޅޭއެއްޗެއް ގަނެގެންނެވެ. އޭރު ގަޑިން 5:45 ވީއެވެ. ހާނިޔާ އަޒާންގެ އަތުން ދޫކޮށްލާފައި ދުވަމުން ގޮސް ހަސީނާ ގައިގާ ބައްދާލިއެވެ. އަޒާން އާއި އެކު ހޭދަ ކުރެވޭ ކޮންމެ ވަގުތެއްވެސް ހާނިޔާ އަށް ވަނީ މަދު ސިކުންތު ކޮޅަކަށްށެވެ. އަޒާން ގެއަށް ދަނީއޭ ބުނުމުން ހާނިޔާ ރޯން ފަށައެވެ. އަޒާން ފޮޓޯ ޝޫޓް ތަކަށް މި ފަހަކަށް އައިސް ދަނީ ގަޑި ޖެހިގެންނެވެ.
ނަތާޝާ ހޮސްޕިޓަލުގައި މާ ބުރަކޮށް އުޅޭ ދުވަހެކެވެ. މާ ބަނޑު އަންހެނަކު ސިޒޭރިއަން ހަދަން ޖެހުމުން އެސިސްޓެންޓަކަށް ނަތާޝާއަށް ވަންނަން ޖެހުނެވެ. އެކަން ނިމި ފެންވަރާލައިގެން ނުކުމެ ރެސްޓް ރޫމް ގައި އިންދާ ހާލު ދެރަ ކުޑަ ކުއްޖެއް ގެނައުމުން ކުޑަ ކުދިންގެ ޑޮކްޓަރާއި އެކު ނަތާޝާ އަށް އަވަސް ފަރުވާދޭ ކޮޓަރިއަށް ވަންނަން ޖެހުނެވެ. ގިރައިގެން ގެނައި ކޮފީތަށި ހުރިގޮތަށް ބަހައްޓާފައި. ނަތާޝާ ގޮސް އަވަސް ފަރުވާދޭ ކޮޓަރިއަށް ވަނެވެ. ކުއްޖާގެ ބަލި ގޯސްކަމާއި 2 ޕޮއިންޓް އޭ ނެގަޓިވް ލޭ އަވަހަށް ހޯދުމަށް އާއިލާއަށް ނަތާޝާ އެންގި އެވެ. ހޮސްޕިޓަލުގައި މަސައްކަތް ކުރަން ފެށިތާ މަހެއްގެ ތެރޭގައި ނަތާޝާ ވަނީ އޭޑީކޭގައި މަސައްކަތް ކުރާ ނަރުހުންނަށް ވުރެ ގާތް ރަހުމަތް ތެރި ކަމުގެ ގޮތެއް ހުންނަ ކަމަށް ހޮސްޕިޓަލު ތެރޭގައި ދެކެވިފައެވެ.
ފައިހާ ޑިއުޓީ ގަޑި ޖެހުމުން ސައިން އިން ވެފައި ނަރުހުންގެ ބަޔަށް ގޮސް ވަންއިރު ނަތާޝާ ވެސް އެތާނގައި އިނެވެ. ނަތާޝާއާއި ފައިހާ ވަނީ މިހާރު ކުރިއަށްވުރެ ބޮޑަށް ގާތް ދެ ރަހުމަތް ތެރިންނަށް ވެފައެވެ. “ނަތާ!” ކޮނޑުގައި އަޅާފައި އިން ދަބަސް ކަބަނޑު މަތީގައި ބަހައްޓާފައި ގޮނޑީގައި ހަމަޖެހިލިއެވެ. “ހޫމް” ފޯނަށް ބަލަން އިނދެ ނަތާޝާ ޖަވާބުދިނެވެ. “މިއަދު ޑިއުޓީ ނުނިމޭ ދުވަހަކީތަ؟” ފައިހާއަށް ނަތާޝާ ޑިއުޓީއަށް އައީ ހެނދުނު ކަން އެނގެއެވެ. ހަވީރު ވީ އިރުވެސް ނަރުސް އޮފީހުގައި ހުރުމުން ފައިހާ ސުވާލު ކޮށްލިއެވެ. “އާން. މިއަދު ފުލް ޑިއުޓީ. މިތަނުގަ އުޅޭ އަޒްކާ މިހަފްތާ ލީވް ނަގައިގެން އުޅޭތީ. އެބަ އަންނަން އިނގޭ” ނަތާޝާ ފޯނުން މީހަކަށް ގުޅާ ބޭރަށް ނުކުމެލިއެވެ. ފައިހާ ވޯޑް ގައި ތިބި ޕޭޝަންޓުންގެ އައިވީ ރަނގަޅު ކޮށްލުމަށް ވޯޑަށް ވަނެވެ.
*އެއް އަހަރު ފަސް*
އަޒާން ފޮޓޯޝޫޓަށް ދިޔައިރު ގަޑި ޖެހެން އިނީ އެންމެ ދެ މިނެޓެވެ. މިއަދު ނަގަން ހަމަ ޖެހިފައި ވަނީ ކަޕަލް ޝޫޓެއްކަން އަޒާން އަށް ވަނީ ކުރިންވެސް އެނގިފައެވެ. ނަމަވެސް އަންހެން މޮޑެލްއަކަށް ހުންނާނީ ކާކުކަމެއް ނޭނގޭތީ އަޒާން ނުތަނަވަސް ވާ ގޮތް ވިއެވެ. އަށެއް ޖެހި އިރު ފޮޓޯ ޝޫޓަރުގެ އިތުރުން އަންހެން މޮޑެލް ވެސް އެތަނަށް ވަދެގެން އައެވެ. ރީނދޫކުލައިގެ ވައްތިރިއަކާއި އެކު ހެދުމުގެ މަތި ހުރީ ހުދު އަދި ކަލުކުލައިން ރޮނގު އަޅާފައެވެ. ކަޅު ކުލައިގެ ޖިންސެއް ލައިފައި އަޅި ކުލައިގެ ޝޯލްއެއް އަޅައިގެން ހުރިއިރު ވަރަށް ވެސް ރީއްޗެވެ. ވައް ނަންބަރު އައިނެއް އަޅާ މޫނުމަތީގައި ލައިޓް މޭކަޕެއް ކޮށްފައި ހުއްޓެވެ. އަތުން ފޯނުގައި ހިފައިގެން ހުރި އިރު ހެޑްސެޓްއިން ކޮންމެވެސް އެއްޗެއް އަޑު އަހަމުން ރީތި ހިނިތުންވުމެއް އެ މޫނުމަތީގައި ފާޅު ވޭވޭ ހުއްޓެވެ. އަޒާން އަށް ބަލަން ހުރެވުނީއެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލައިގެ ލިޕް ގްލޯޒް ޖައްސާފައި ހުރުމުން އެ މޫނުމަތިން މަޢުސޫމް ކަން އިތުރު ކޮށްދެއެވެ.
– ނުނިމޭ –
= Amyra =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


