ހިއްސާ ކޮށްލަމޭ ލޯބިވާ ވަރު
“ދަރިފުޅާ. އެޔޮއް ކޮލެޖަށްދާ ގަޑި ޖެހެނީ. އަވަހަށް ތެދުވެބަލަ ދެންވެސް” ރަމީޒާ ގޮވާ އަޑަށް މިޒްނާ އަށް ހޭލެވިގެން ގަޑިއަށް ބަލައިލެވުނީ ބޭއިޙްތިޔާރުގައެވެ. ގަޑި ޖެހެން ފަނަރަ މިނެޓްވެފައި ހުރުމުން އަވަހަށް އެދުން ފުންމާލައިން ގޮސް ފާހަނަ އަށް ވަދެ ފެންވަރާލިއެވެ. ކުޑަ ގޮތަކަށް ރީތި ވެލައިން ލޯގަނޑު ކުރިމއްޗަށް އަރާ ޝޯލް އެޅިއެވެ.
ރޭ ހަތަރުދަމު ނުނިދާ އެސައިންމަންޓް ނިންމުމަށް މިޒްނާ ހޭލާ ހުރުމުގެ ސަބަބުން އޮވެވުނީ މާ ލަސްވަންދެން ނިދާށެވެ. އެހެން ކަމުން މިޒްނާ އާމުކޮށް ހޭލާ ގަޑިއަށް ނުހޭލެވުނީއެވެ.”އޭ. އާދެބަ މަ ބަލާ. ވަރަށް ލަސްވެފަ މިހުރީ.” މިޒްނާ ވާހަކަ ދެއްކީ ފޯނުން މީހަކަށް ގުޅައިންނެވެ. ގުޅިތާ އިރުކޮޅެއް ނުވަނީސް ސައިކުގައި އައިސް މަޑުކޮށްލީ މިޒްނާއާ އެކީ އެއް ކޮލެޖުގައި ކިޔަވަމުން އަންނަ މާނިއު އެވެ. “ބިޗް މިއަދު ކޮޖަށް ދާން ހާދަ ލަސް ވީ؟” މިޒްނާ ސައިކށް އެރުމުން މާނިއު ސުވާލު ކޮށްލިއެވެ. “ތިވާހަކަ ކިޔައިދޭނަމޭ. ފުރަތަމަ ކޮލެޖަށް ދެވޭތޯ ބަލާބަލަ އަޑިއަޓް. މިހާރުވެސް މާ ލަސް ވެއްޖެ.” މިޒްނާ އެހެން ބުނުމާ އެކު ސައިކު ދުއްވާލިއެވެ. ކޮލެޖަށް ދިއުމުގެ މަގުމަތީ މިޒްނާ މާ ލަހުން ހޭލެވުނާ ކީއްވެގެންކަން ވެސް ކިޔައިދިނެވެ.
ކޮލެޖާ އަރާ ހަމަވުމުން މިޒްނާ އާއި މާނިއު ދުއްވައިގަތީ ކުލާސްް ގަޑި ޖެހިފައި ވުމުން އަވަަހަށް ކުލާހަށް ވަންނަންށެވެ. އޭރު ލެކްޗަރާ ހުރީ ކުލާސް ގަޑި ފައްޓައިން ކަމުން ނޭންގި ދެވޭކަށްވެެސް ނެތެވެ. “އަޅުގަނޑުމެން ވަނަސް އޯކޭތޯ؟” މިޒްނާ ޖެހިލުންވެފައި އެހީ ލަސްވެގެން ޑިޓެންޝަން އަށް ލަފާނެ ކަމުގެ ބިރަށެވެ. ކުލާސް ލެކްޗަރާ ހުއްދަ ދިނުމުން ހަމަ ނޭވައެއްލާފައި ގޮސް އިޝީނދެލީ މިޒްނާގެ ރަހުމަތްތެރިޔާ ޒޯޔާ ކައިރާގައެވެ. ޒޯޔާވެސް މާނިއު ފަދައިން ސުވާލުކުރުމުން ބުނީ އެސައިންމަންޓް ނިންމަން މާ ގިނަ އިރުވެ ލަހުން ނިދުނު ކަމުގައެވެ.
ކޮލެޖު ނިމުމުން މިޒްނާ އާއި ޒޯޔާ ކޮފީ އެއް ބޯލަން ކައިރީ ހުރި ރެސްޓޯރެންޓކަށް ވަދެލީ ބޯ ހަމަ ޖައްސާލުމުގެ ނިޔަތުގައެވެ. މޭޒެއް ދޮށަށް މިޒްނާ ޖެހިލި ވަގުތު ފޯން ރިންގުވީ ހަމަޖެހިނުލެވެނީހެވެ. ފޯން ކަންފަތުގައި ޖައްސާލިތަނާ އެކޮޅުން ބުނެލި ޖުމްލައަކުން މުޅި މީހާ ގަނޑުވި ކަހަލައެވެ.
-ނުނިމޭ-
(ނަޖްދާ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


