4 ހިއްސާ ކޮށްލަމޭ ލޯބިވާ ވަރު
އެދުވަހުގެ ރެއެވެ. މިޒްނާ އަށް ހޭލެވުނީ ބަނޑުހއަވެގެންނެވެ. މާނިއު ނިދާފައި އޮތުމުން އުނދަގޫ ކުރަން ބޭނުން ނުވެގެން އޭނާ ނުކުތެވެ. ބަލާ ބެލުމަށް އެ ގެޔަކީ ދެ ކޮޓަރިއާ ސިޓިންގް ރޫމް އަކާ ބަދިގެއެއް ހުންނަ ގެއެކެވެ. މާއިޝް އުޅެނީ އަނެއް ރޫމްގައި ކަމަށް ހީކޮށް މިޒްނާ އެއީ ކަމަކަށް ނަހަދާ ގޮސް ވަނީ ބދިގެއަށް ކާނެ އެްޗެއް ހޯދާށެވެ. އެހެން އުޅެނިކޮށް މާނިއު ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރި ހުޅުވައި މީހަކު ވާހަކަ ދެއްކި އަޑު އިވުނެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އެއީ އޭނާ އެއް ނޫނެވެ.
————————————————————————–
“މިޒްނާ؟”. އެމީހަކު ގޮވާލި އަޑު އިވުނެވެ. މިޒްނާ އެނބުރިލީ އެއީ ހަމަ މިޒްނާ ހީކުރާ މިހާކަން ޔަނގީން ކުރާށެވެ. ދޮރުފަތުގައި ލެނގިލައިގެން އެހުރީ ހަމަ މިޒްނާގެ ކުރީގެ ލޯބިވެރިޔާ ރީހާންއެވެ. މިޒްނާ އަށް ކުރިން ރީހާން މާނިއުއާ އެކީ އުޅޭކަން ނޭންގުނީ ދެވަނަ ކޮޓަރި މިޒްނާ އެންމެ ފަހުން އެގެޔަށް ދިޔައިރު ހުހަށް ހުރީމައެވެ. ރީހާން ވިހަ ހިނިތުންވުމެއް މޫނު މައްޗަށް ގެނައުމުން މިޒްނާ ބިރުގަތެވެ. ރީހާން ކުރިޔަށް ޖެހެން ފެށީ މިޒްނާއާ ކައިރިވުމުގެ ނިޔަތުގައެވެ. އެކަމަކު ނަސީބަކުން ޖެހިގެން ހުރި ކޮޓަރިން މާނިއު ނުކުތުމުން މިޒްނާ ސަލާމަތްވި ކަހަލައެވެ. “މިޒޫ. ކީއްވެ ސިޓިންގް ރޫމްގަ ތިހުރީ؟”. މާނިއު އެއްސެވެ. “ކަ…. ކާ އެއްޗެއް ހުރިތޯ ބަލަންވެގެން. ވަރަށް ބަނޑުހައި” މިޒްނާ ޖަވާބު ދީފައި އިސްޖަހާލިއެވެ. ރީހާން ހުރިކަން މާނިއުއަށް އިނގުނީ އޭގެ ފަހުންނެވެ. “އަނހަ. މޭން. މިގަޑީ ކިހިނެތްވީ ބޭރަށް ނުކުމެ؟. މަ ހީކުރީ ނިދާފަ ކަމަށް އޮންނާނީ. މި އިރުވާ އިރު އޮންނަނީ ނިދާފަ ވިއްޔަ!”. މާނިއު ހިނި ގަނޑެއް ޖަހާލިއެވެ. ބޭރަށް ކާންދާ ވާހަކަ ބުނެފައި މާނިއު މިޒްނާ ގޮވައިން ގެއިން ނުކުތެވެ. “އެ ރީހާން ދަންނަންތަ؟” މާނިއު ކޮށްލި ސުވާލުން މިޒްނާ ސިހުންވާ ގޮތްވިއެވެ. މި ހަރަކާތުން މާނިއު އަށް މާނިއު ކުރި ސުވާލުގެ ޖަވާބު ލިބުނެވެ. އިތުރަށް އެވާހަކަ ނުދައްކަންވެގެން މާނިއު މިޒްނާ ގޮވައިން ސައިކަށް އަރާ މޭރީ ބްރައުން އަށް ކާން ދިޔައެވެ.
މާއިޝް އަށް ހޭލެވުނީ ފޯން ރިންގްވާ އަޑަށެވެ. ފޯން ސްކްރީން އަށް ބަލާލާފައި ފޯން ނަގައި ކަންފަތުގައި ޖައްސާލިއެވެ. ” މާއި އާދެބަލަ މޭރީ ބްރައުން އަށް. މައޭއާ މިޒޫ މިތިބީ އެތާ ކާން އައިސް.” މިދަނީއޭ ބުނެ މާއިޝް ފޯން ކަނޑާލިއެވެ. ދާން ބޭނުން ނުވިއަސް ޖެހޭނީ ދާށެވެ. ފެންވަރާލައިން ރީތިވެގެން މާއިޝް ސައިކަށް އަރާ މޭރީ ބްރައުންއަށް ދާން މިސްރާބު ޖެހިއެވެ. ދިޔަ މަގުމަތީ ޒޯޔާ އަށް ގުޅީ މާއިޝް އެކަނި މިޒްނާ އާއި މާނިއު ކައިރީ އެކަނި ނީންނަންވެގެންނެވެ. “ޒޯއި ރެޑީވެލަބަ މޭރީ ބްރައުން އަށް ކާންދާން. މިޒޫ އާއަ މާނިއު އެބައިން އެތާނގަ އަހަރުމެންގެ އިންތިޒާރުގަ އޯޑާރ ނުކޮއް.” ވީހާވެސް ހަމަޖެހިގެން މާއިޝް ވާހަކަ ދެއްކިއެވެ. ފުރުސަތުގެ ބޭނުން ހިފައި އަވަހަށް ޒޯޔާ އާނއެކޭ ބުނެ ފޯން ކަންޑާލީ ތައްޔާރުވާށެވެ. ފެހި ކުލަޔަކަށްދާ ޓޮޕް ކޮޅަކާ ކަޅު ޖިންސްއެއްލާފައި ބޯ އަސްތަށިގަނޑު އެއްފަރާތަކަށްލާ މޫނުގައި ފުށްކޮޅެއްޖަހާ ލިޕްގްލޮސް ހާކާލިއެވެ. ބޭރަށް ދިޔަ އިރު މާއިޝް އިނީ ޒޯޔާ އަންނަންދެންނެވެ.
“މިޒޫ. ޓެލް މީ އޮނެސްޓްލީ. ޑޫ ޔޫ ނޯ ރީހާން؟.” އަނެއްކާވެސް މާނިއު ސައިކްމަތީ ކުރި ސުވާލު ކުރިއެވެ. “ޔެއާ.” މިޒްނާގެ ޖަވާބު ވަރަށް ކުރެވެ. އިތުރު ސުވާލެއް ނޭހެނީސް މާއިޝް އާއި ޒޯޔާ އަންނަތަން ފެނުމުން އަހަން ބޭނުންވި ސުވާލު ފަހަށް ކުރަން ބޭއްވީއެވެ. “އަހަރުމެން ނުލާ އައިސް ކާން މިތިބީ. ބަލާބަލަ ހުރި ނުލަފާކަން.” ޒޯޔާ ހީގަނެފައި ވާހަކަ ދެއްކިއެވެ. މިޒްނާ އަށް ވެސް ހީގަނެވުނީ އެހިސާބުންނެވެ. މާނިއުގެ މޫނުމަތިން ހިނިތުންވުމެއް ފާޅުވީ މިޒްނާ ހޭން ފެށުމުންނެވެ. މާނިއުމެން ގެއިން މޭރީ ބްރައުން އަށް އައި އިރު މޫނުމަތިން ހިނިތުންވުމެއްވެސް ނުގެނެސް ގަބު އަރާފަ އިނީއެވެ. މާއިޝް ޒޯޔާ ގެނައުންވީ ބޮޑު ނަސީބަކަށެވެ. ކައި ނިމުން އިރު 9 ޖަހާ ބޮޑުވެދާނެއެވެ. އެކަމަކު މިޒްނާ ގެޔަށް ދިޔުން ލަސްކޮށްލަން ބޭނުންވެގެން ހަތަރު މީހުން ފިނި ބުރެއް ޖަހާލަން ދިޔައީ މިޒްނާގެ އެދުމަށެވެ. ހަތަރު މީހުންވެސް އެންމެ ފަހު ސްޓޮޕަށް ޖައްސާލީ ބީޗަށެވެ. އެއީ މިޒްނާ ކުޑަކޮށް ހިތްހަމަ ޖައްސާލަން ކުރި ކަމެކެވެ. އޭރު ގަޑިން 10 އެއް ޖަހާފާނެއެވެ. މާނިއު އާއަ މާއަޝް ދިޔައީ ހަތަރު މީހުނަށް ޖޫގޯއެއް ގަތުމަށެވެ. އެ ދަނޑިވަޅު ބަލާ ޒޯޔާ މިޒްނާ ކައިރީ އެހީ އެދުވަހު މެންދުރުފަހު ހިނގައިދިޔަ ކަންތަކުގެ ވާހަކައެވެ. މިޒްނާ ފަސްނުޖެހި ހުރިހާ އެއްޗެއްވެސް ގާތް ރަހުމަތްތެެިޔާ އަށް ކިޔައިދިނީ އިތުބާރު ކުރާތީއެވެ.
މާނިއު މެންނަށް އާދެވުނީ ވަރަށް ލަހުންނެވެ. މާ ބޮޑަށް މީހުންތަށް ތޮއްޖެހިފައި އޮތުމުން މާ ލަސްވީއެވެ. އަވަހަށް އެންމެން ޖޫގޯ ތަށިތައް ހުސްކޮށް ޕަބްލިކް ޑަސްޓްބިންއަށް އަޅާފައި ގެޔައް ދެވޭތޯ އުޅުނެވެ. މާނިއު މިޒްނާ ގެއައް ލާން ދިޔަ އިރު މާއިޝް ދިޔައީ ޒޯޔާ ގެއަށްލާށެވެ. ހަތަރު މީހުނަށްވެސް ގޮސް ގެޔައް ވަދެވުން އިރު ގަޑިން 10:30 ވެއްޖެއެވެ. މިޒްނާ ގޮސް ގެއަށް ވައިން އިރު ސޯފަގައި ހުސައިންގެ އިތުރުން ރާމިޒާވެސް ޓީވީ ބަލަން އިނެވެ. “ދަރިފުޅާ” ރާމިޒާ ގޮވާލީ މިޒްނާ މަޑު މަޑުން ކޮޓަރިއަށް އަޑެއް ނުލައްވާ ވަންނަން އުޅެނިކޮށެވެ. ހުސައިން ވެސް ރާމިޒާ ގޮވާލި އަޑަށް ބަލައިލެވުނީ މިޒްނާއާ ދިމާލަށެވެ. “ހާދަ ލަހުން ގެއަށް އައިސް ތިވަނީ؟”. ރާމިޒާއަށް އިނގި ހުރެވެސް އެއްސެވެ. “މަންމާ އަޅުގަނޑު މިއައީ މާނިއު މެން ގޭގަ އުޅެލާފަ. މެންދުރު އެގޭގަ އޮއްވަ ނިދުނީ. ދެން ހޭލެވުނީ ރޭނގަޑު 8 ޖެހި ފަހުން. ބަނޑުހައިވެގެން އަޅުގަނޑު އުޅޭތީ މާނިއު އަޅުގބޑު ގެންދިޔައީ މޭރީ ބްރައުން އަށް. ޒޯޔާ އާއި މާއިޝްވެސް އައި. ދެން އަޅުގަނޑުމެން ދިޔައީ ބުރެއް ޖަހަން. ނިންމައިން ޖޫގޯއެއް ބޮއެގެން މި އައީ ގެއަށް.” ހުރިހާ އެއްޗެއް މިޒްނާ ކިޔައިދިނީ އެއް ނޭވާ އިންނެވެ. އެންމެ ރަނގަޅު ކަމަށް ބުނެ ރާމިޒާ މިޒްނާ ކޮޓަރިއަށް ފޮނުވާލިއެވެ.
މާނިއު ގެއަށް ވަތް ގޮތަށް ފުރަތަމަވެސް ދިޔައީ ރީހާން އޮންނަ ކޮޓަރިއަށެވެ. ހުރިހާ ކަމެއް މާނިއު އޮޅުން ފިލުވަން ބޭނުންވާތީއެވެ. މާނިއު ހީކުރާ ގޮތަށް ނުވެއްޖެއްޔާ ހާސްބައި ރަނގަޅެވެ. ތަޅުގައި ހިފާ އަނބުރާލި އިރު ތަޅު ނުލާ ހުރުމުން ވަރަށް ފަސޭހައިން ހުޅުވުނެވެ. ތަޅު ނުލާ ހުރުމުން ވަރަށް އުންމީދާ އެކު ދޮރު ހުޅުވާލީ މާނިއުގެ ސުވާލުތަކަށް ޖަވާބު ލިބޭނެ ކަމަށެވެ. އެކަމަކު ބަލާލިއިރު ރީހާން އޮތީ ގަދަ ނިންޖަކުން ނިދާފައެވެ. ވީ މާޔޫސްކަމާއެކު ރީހާންގެ ކޮޓަރީގެ ދޮރު ލައްޕާފައި ގޮސް މާނިއު ކޮޓަރިއަށް ވަދެ އޮށޯތެވެ. މިޒްނާއާ މެދު ވިސްނޭ ވަރުން ނިދޭނެހެންވެސް ހީނުވެއެވެ. މިޒްނާއަށް ހިތްކީ ދުވަހުން ފެށިގެން މާނިއު މިޒްނާ ދެކެާ ލޯބި އަނގައިދޭންވެސް ބޭނުން ވެއެވެ. އަދި އަމުދުން މިއަދު އޭނާއަށް އަމިއްލަ ނަފްސު ކޮންޓްރޯލްއިން ނުނެއްޓީ ކިރިޔާއެވެ. އެހެން ވިސްނަ ވިސްނާ އޮއްވާ ފަތިސްވީ އިރުވެސް މާނިއު އަކަށް ނޭންގުނެވެ. ފަތިސް ނަމާދު ބަންގީގެ އަޑަށް މާނިއު ސިއްސައިން ދިޔައީވެސް އެހެންވެއެވެ. އަވަހަށް ފތިސް ނަމާދު ކުރަން ފެންވަރައިން ރީތިވެގެން މިސްކިތަށް ދާން ހިނގައި ގަތެވެ.
މިޒްނާއަށް ހޭލެވުނީ އެލާމް ގަޑި ފަސް ވަރަކަށް ފަހަރު އެލާމް ވުމުންނެވެ. އަވަހަށް ތެދުވެ ފާހަނައަށް ވަނެވެ. އިރު އަރަން މާ ގިނަ އިރެއް ނެތުމުން ވުޟޫކޮށްގެން ނަމާދަށް އެރިއެވެ. އެއަށްފަހު މިޒްނާ ފާހަނައަށްވަނީ ފެންވަރާލާށެވެ. ފެންވާރާ ނިންމައިން ލާނެ ހެދުމަކަށް ފިޔާތޮށި ކުލައިގެ ހެދުމަކާ ހުދު ކުލައިގެ ޖިންސް އެއް ނަގާ ލިއެވެ. ހެދުން ލައިގެން މިޒްނާ މޭޒު ދޮށުގައި އިށީނދެލީ ޓެސްޓް އޮންނާތީ ކުޑަކޮށް އަދިވެސް ރިވައިޒް ކޮށްލާށެވެ. ކޮލެޖުގެ އެންމެފަހު އަހަރު ކަމުން މިހާރު މިޒްނާމެންނަށް އޮތީ ހަމަ އެކަނި ޓެސްޓުތައް އެކަންޏެވެ. މިޒްނާއަށް ކުރެވުނު ވަރަކުން އެންމެ ރަނގަޅު ނަތީޖާ ލިބޭނެކަމަށް އުނމީދު ކުރެއެވެ.
މާނިއު ނަމާދުކޮށްގެން އައިސް ރިވައިޒް ކުރަން ފެށި ގޮތަށް ހުއްޓާލީ 7 ގަޑި 30 ގައެވެ. މާނިއު ބޭނުންވީ އެވަގުތު ރީހާން ކައިރީ މިޒްނާ އާއި ރީހާންގެ ގުޅުމުގެ ވާހަކަ އަހަން ވަރަށް ބޭނުންވެފައެވެ. އެހެންކަމުން ރީހާން ދޮރުގައި ޓަކި ޖަހާލިއެވެ. ރީހާން ވަންނަން ބުނުމުން މާނިއު ވަދެ ވާހަކަ ފެށިއެވެ. “ރީހާން މިޒޫ ދަންނަން ދޯ؟” މާނނިއު ސުވާލު ކުރިއެވެ. “އާނ. ކިހިނެތްވީ؟” ރީހާން ކުޑަކޮށް އޮޅުން އަރީމައި އެއްސެވެ. “ކަމެއް ނުވޭ. ހަމަ އަލާލީ. އޭ އަދި އަހާލަން ބޭނުންވޭ އެއްޗެއް. އެއް އިރެއްގައި އެއީ ކައޭގެ ބިޓެއްތަ؟”މާނިއު ސީދާ މައުޟޫއަށް މިފަހަރު ދިޔަ އެވެ. ދެން މާނިއުއަށް އަޑު އިވުނު ޖުމްލައިން މުޅިތަން ގުޑައިން ދިޔަހެން މާނިއުއަށް ހީވިއެވެ.
-ނުނިމޭ-
(ނަޖްދާ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


