Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ދެގަޑި ތިރީސް – 09

naina Level 110 Stories
November 20, 2018 5 Mins Read
11 Comments

“މަންމަ ކީކޭ ބުނީ؟” ނާޝިދާ އަހާލިއެވެ.

“މަންމަ ވަރަށް އުފާވެފަ ހުރީ. ބުނީ އަހަރެން އަވަސް ނުކޮށްގެންނޯ މަންމަ ހުރީ. ދެމަސް ފަހުން އިންނާށޭ މިއުޅެނީ ބުނީމަ ބުނި މިއަންނަ މަހަށް ހަދަންވީނޫން ހެއްޔޭވެސް.” ޔޫއާން ވަރަށް އުފަލުން ހުރެ ވާހަކަ ދެއްކިއެވެ.

ނާޝިދާ އަށް ބުނާނެ އެއްޗެއް ނޭންގުނެވެ. ޔޫއާންގެ މަންމަގެ ވިސްނުން ހުރިގޮތް ނާޝިދާއަށް އިނގެއެވެ. ޔޫއާން އާއި އިންނަން ހިފާލައިފިއްޔާ އޭނަ ސަލާމަތް ނުވާވަރުގެ ކަމެއް ޔޫއާންގެ މަންމަ ކުރާނެކަން އިނގެއެވެ.

“ކީއްވެ އެއްޗެކޭ ނުބުނެ ތިހިރީ؟” ނާޝިދާ ވާހަކަ ނުދެއްކުމުން ޔޫއާން އަހާލިއެވެ.

“ކަމެއް ނުވޭ. ޔާން އަހަރެން މިދަނީ އޮށޯންނަން ދާން އިނގޭ. ބޮލުގަ ރިހޭ އަދިވެސް އެބަ.” ފޯން ބާއްވަން ބޭނުންވެފަ ހުރެ ނާޝިދާ ބުނެލިއެވެ.

“އޯކްސް ލޯބި. މާބޮޑުވަރުވަންޏާ ބޭސްކައްޗޭ. ވިލް ކޯލް ޔޫ ޓުމޯރޯ. ލަވް ޔޫ.”

“ލަވް ޔޫ ޓޫ.” ނާޝިދާ ފޯނަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނަގެ ލޮލުން އަނެއްކާވެސް ކަރުނަ ފާއްދާލިއެވެ. ޔޫއާންއާއި އޭނަ ދުރަށްދާނީ ކިހިނެއްހެއްޔެވެ؟ ޔޫއާން ސަލާމަތް ކުރާނީ ކިހިނެއްބާއެވެ؟

“ދަރިފުޅާ؟” ޒާހިޔާ ގޮވާލި އަޑަށް ނާޝިދާ ސިއްސައިގެން ދިޔައެވެ. “ކޮން ވިސްނުމެއްގަ؟ އާދޭ އޮށޯންނަށް ދާން.”

ނާޝިދާ އޭނަގެ މަންމަޔާ އެއްކޮށް ކޮޓަރިއަށް ދިޔައެވެ. ކޮޓަރިއަށް ވަދެވުމާއިއެކު އޭނަ މަންމަގެ ގައިގަ ބައްދައިގެންފަ ރޯން ފެށިއެވެ. ޔޫއާންއާއި ވާހަކަ ދެކެވުނީމަ މާބޮޑަށް ހިތްދަތިވީއެވެ.

“ހުއްޓާލާ ދަރިފުޅާ. ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ.” ނާޝިދާ ގައިގަ ފިރުމާލަމުން ޒާހިޔާ ބުނެލިއެވެ.

“މަންމާ…އަހަ..ރެން…ޔާ…ޔާން އާ ދުރު..ދުރު..ވާކަށް..ބޭ..ބޭނުމެއް….ނޫން” ގިސްލަ ގިސްލަމުން ނާޝިދާ ވާހަކަ ދެއްކިއެވެ.

“ކާކު ބުނީ ދަރިފުޅު ޔޫއާން އާއި ދުރުވާށޭ؟” ޒާހިޔާ ބުނި ޖުމްލައިން ނާޝިދާ ހިތްއަވަސްވިއެވެ. އޭނަ މަންމައާއި ދިމާލަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

“މަންމަ އަށް އިނގޭ ދަރިފުޅު ހީކޮށްގެން ހުންނާނީ މަންމަ އާއި ބައްޕަ ދަރިފުޅު ޔޫއާން ކައިރިން ދުރުވާށޭ ބުނާނެކަމަށް.” ހިނިތުންވަމުން ޒާހިޔާ ބުނެލިއެވެ. “އެކަމު މަންމަގެވިސްނުން ތަފާތު. މަންމަ ނުބުނާނަން ދުރުވާށޭ. އެކަމަށް ގޮތެއް ނިންމާނީ ދަރިފުޅު.” ނާޝިދާ ހައިރާންވެ ހުރެ ޒާހިޔާ އާއި ދިމާލަށް ބަލަން ހުއްޓެވެ.

“ދަރިފުޅަށް ތިދިމާވާކަންކަމުން އަސްލު މަންމަ ބިރުވެސް ގަނޭ. އެކަމު އެއަށްވުރެ ބޮޑަށް ހެއްދެވިފަރާތަށް އިތުބާރު އޮވޭ ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށްކަން. ދަރިފުޅު ބައްޕައަށާއި ދޮންމުހައްމަދުއަށްވެސް އިތުބާރު އޮވޭ ދަރިފުޅު ތިއުނދަގުލުން ސަލާމަތް ކޮށްދޭނެކަން.” ޒާހިޔާ ވާހަކަ ހުއްޓާލާފަ ނާޝިދާއަށް ބަލާލިއެވެ.

“މަންމަ ދަރިފުޅަށްވެސް އިތުބާރު ކުރަން. އެކަމު މަންމަ ނަޞޭޙަތެއް ދޭނަން. ޔޫއާން އާއި އެކީ ދިރިއުޅުމެއް ފަށަން ބޭނުމިއްޔާ، ޔޫއާން އަށް މިހުރިހާ ހަޤީޤަތެއް އިނގެންޖެހޭނެ. އެކަމުން އޭނަ ސަލާމަތް ވުމަށް އެހީތެރިވާންވާނެ. އެކަމުގެ މަންމަ ވެސް ބައްޕަވެސް ދަރިފުޅަށް އެހީވާނަން.”

ނާޝިދާ ކަރުނަތައް ފޮހެލަމުން ހީލިއެވެ. މަންމަގެ އެއްބާރުލުން ލިބުނީމަ  އޭނަގެ ހިތުން ކޮންމެވެސް ވަރަކަށް ނުތަނަވަސްކަން ފިލައިގެން ދިޔައެވެ. ކުއްލިއަކަށް ޔޫއާން ބުނި ވާހަކަ ހަނދާންވިއެވެ.

“މަންމާ، ޔޫއާން ބޭނުންވަނީ ދެމަސް ފަހުން ކައިވެނި ކުރަން. އޭނަ މަންމަ ކައިރީވެސް އެވާހަކަ ދައްކައިފީމޯ. މަންމަ އަށް ހީވޭތަ ޔޫއާން އަހަންނާ އިންނަން އުޅޭތީ ޔޫއާންގެ މަންމަ ފަންޑިތަ ވަރުގަދަ ކުރީއޭ؟”

ޒާހިޔާ ވިސްނާލިއެވެ. ޒަކޯއީ މަތިން އަނެއްކާވެސް އޭނަ ހަނދާންވިއެވެ.

“މަންމަ އަށްވެސް ތިހެން ހީވޭއެބަ. ޒަކޯއީ އަށް ވީނުވީއެއް ނޭންގުން އެއީ މައްސަލައެއް. ދަރިފުޅަށް ނޫނީ މިއާއިލާގެ އެއްވެސް މީހަކަށް ޒަކޯއީ ދިރިހުއްޓާ އެއްވެސް ގެއްލުމެއް ނުލިބޭނެ. އަނެއްކާ އޭނައަށް—”

ޒާހިޔާގެ ވާހަކަ ނުނިމެނީސް ކޮޓަރި ދޮރުހުޅުވިގެން ދިޔައެވެ. ސިއްސައިގެން ދެމައިން އެއްފަހަރާ ދޮރާ ދިމާލަށް ބަލައިލިއެވެ. ދޮންމުހައްމަދުބެއާއި އާދަނު ކިޔަވަމުން އެތެރެއަށް ވަނެވެ.

“ނާއްކޮ އަވަހަށް އޮށޯވެލާ. ބޭބެ ކިޔަވަން ފަށާނަން. ޒާހިޔާ އެމަންޖެގެ ވާތްފަރާތުގަ އިށީންދެލާ. ކުރުސި ކިޔާލަ ކިޔާލަ އިންނާތި އިނގޭ. އަހަރެންގެ ކިޔެވެލީގެ ސަބަބުން އެޖިންނި އައިސްދާނެ. ތިއިން މީހެއްގެ ގައިތެރެއަށް ވަންނަން މަސައްކަތް ކުރާނެ. އެހެންވެ މިބުނީ. އާދަނު ކުދިން ކައިރިއަށް ދޭ. ކަންކުރަންވީގޮތް އިނގެއެއްނު؟”

ދޮންމުހައްމަދުބެ އިރުޝާދުތައް ދީނިމުމުން، އާދަނު ބޯޖަހާލާފަ ނުކުންނަން ހިނގައިގަތެވެ. ވަކި ހިސާބަކުން ހުއްޓި ފަހަތަށް އެނބުރި ޒާހިޔާ އާއި ނާޝިދާއަށް ބަލައިލިއެވެ.

“ﷲ އަށް ވަކީލް ކުރޭ. އިރާދަކުރެއްވިޔާ ދަރިފުޅަށް ދެރަގޮތެއް ނުވާނެ.”

މިހެން ބުނެ އާދަނު ކޮޓަރިން ނިކުމެގެން ދިޔައެވެ. ދޮންމުހައްމަދުބެ ދޮރުލައްޕާ ތަޅުލާފައި ނާޝިދާގެ ކަނާތްފަރާތުގައި އިށީންދެލިއެވެ. އަދި އޭނަގެ ނިތްކުރީގެ ދެކޮޅުގައި ދެ އިނގިލި ޖައްސާލާފައި ބިސްމިޔާއި އެއްކޮށް ކިޔަވަން ފެށިއެވެ.

ވަގުތު ހިނގަމުން ދިޔައެވެ. ކޮޓަރިތެރޭގެ ކިޔެވުމުގެ އަޑުނޫން އަޑެއް ނީވެއެވެ. ޒާހިޔާވެސް ލޯމަރާލައިގެން ނާޝިދާގެ އަތުގަ ހިފައިގެން އިނދެ މަޑުމަޑުން ކުރުސި ކިޔާލަ ކިޔާލަ އިނެވެ. ނާޝިދާވެސް ލޯމަރާ ތަގުޅުކޮށްގެން ހިތަށްއައި ހެޔޮ އެއްޗެއް ކިޔެވިއެވެ. ވާން އުޅެނީ ކިހާވަރެއްގެ ކަމެއްކަން އޭނައަކަށް ނޭންގެއެވެ. ބައްޕަ ގެ ޖުމްލަ ބޮލުތެރޭ ގުގުމާލަ ގުގުމާލަ ހުއްޓެވެ.

“ﷲ އަށް ވަކީލް ކުރޭ. ﷲ އަށް ވަކީލް ކުރޭ”

ކުއްލިއަކަށް ފުރާޅުމައްޗަށް ވަރަށް ބާރަށް އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. ތިންމީހުންވެސް ސިއްސައިގެން ދިޔައެވެ. ނާޝިދާ ލޯބޮޑުކޮށްލާފަ އޭނަ މަންމައާއި ދިމާލަށް ބަލާލިއެވެ. ޒާހިޔާގެ މޫނުމަތިންވެސް ބިރުވެރިކަން ފެނުނެވެ. ނަމަވެސް އޭނަގެ ތުންތެޅުވުމަކަށް ހުއްޓުމެއް ނާދެއެވެ. ދެމީހުން އެއްފަހަރާ ދޮންމުހައްމަދުބެއާ ދިމާލަށް ބަލާލިއެވެ. ދޮންމުހައްމަދުބޭ އިނީ ސީލިންގް އާއި ދިމާލަށް ބަލާށެވެ. އޭނަގެ އަތުގެ އިޝާރާތުން އެދެމައިންނަށް ހަމަޖެހުމަށް ބުނެލިއެވެ.

ކުޑައިރުކޮޅެއްގެ ހަމަހިމޭންކަމަށް ފަހު އަނެއްކާވެސް އަޑުފައްގަޑު އިވުނެވެ. ހީވަނީ ފުރާޅުމައްޗަށް ދަރުތަކެއް އުކާލިހެންނެވެ. އެތައް ބައިވަރު ދަރުތަކެއް ފުރާޅުމަތިން ފައިބައިގެން ދިޔަހެންނެވެ. ކުއްލިއަކަށް ކޮޓަރިތެރެ ގުޑެން ފެށިއެވެ. ހީވަނީ ބިންހެލުމެއް އައިހެންނެވެ. ދޮންމުހައްމަދުބޭގެ ކިޔެވުން ބާރުކޮށްލިއެވެ. އަޑުގެ ނެތްތަނަށް ކިޔަވަންފެށިއެވެ. ޒާހިޔާވެސް ބިރުން ރޮމުން ރޮމުން ކުރިސި ކިޔެވިއެވެ. ނާޝިދާ ލޯމަރާލާ އަނެއްކާވެސް އޭނައަށް އިނގޭ ސޫރަތްތަކާ ދުޢާތައް ކިޔަވަން ފެއްޓިއެވެ.

އަނެއްކާވެސް ހިމޭންވިއެވެ. އަޑެއްބަޑެއް ނީވެއެވެ. އެންމެ ކުޑަމިނުން ގަޑީގެ ކަށި އެނބުރޭ އަޑެއްވެސް ނީވެއެވެ. ނާޝިދާ މަޑުމަޑުން ލޯހުޅުވާލިއެވެ. އޭނަގެ މަންމައާއި ދިމާލަށް ބަލާލިއިރު މަންމަ އިނީ ކޮޓަރި ވަށައިގެން ހޯދާށެވެ. ދޮން މުހައްމަދުބެއާއި ދިމާލަށް ބަލާލިއިރު އޭނަވެސް އިނީ ކިޔެވުން ހުއްޓާލާފައި ކޮޓަރިތެރެއަށް ނަޒަރު ހިންގާލަ ހިންގާލައެވެ. ބާރު އަޑަކާއި އެކު ނާޝިދާގެ ކޮޓަރީގެ ކުޑަދޮރު ހުޅުވިގެން ދިއައެވެ. ބޭރުން އައި ބާރު ވައިރޯޅިއަކާއި އެކު ނާޝިދާ ކޮޓަރީގަ ހުރި އެއްޗެހިތައް ބިންމައްޗަށް ވެއްޓި ތަޅައިގެން ދިޔައެވެ. ހުރިހާ އެންމެގެ ނަޒަރު ހުއްޓުނީ ކުޑަދޮރުން ވަދެގެން އައި ހުދުކުލައިގެ އަލިގުޅަޔަށެވެ. އެއަލިގުޅަ ނާޝިދާގެ އެނދާ ހަމައަށް އައިސް މަޑުކޮށްލިއެވެ. އަދި މަޑުމަޑުން އޭގެން ސޫރައެއް ފާޅުވިއެވެ.

“ޒަކޯއީ” ޒާހިޔާ އާއި ދޮންމުހައްމަދުބެ މަޑުމަޑުން ގޮވާލިއެވެ. ނާޝިދާ އާޝޯޚްވެ ބަލަހައްޓައިގެން އިނެވެ. އޭނަގެ ކުރިމަތިން ސޫރަވެގެން ދިޔައީ ދުވަހަކުވެސް ނުފެންނަ ރީތިކަމެއް ލިބިފަ ހުރި އަންހެނެކެވެ. މަންމަ ސިފަ ކޮށްދިންގޮތަށް ވުރެވެސް ފުރިހަމައެވެ. ނަމަވެސް ޒަކޯއީ ސޫރަ ފުރިހަމަވިއިރު، އޭނަގެ ގައިގެ އެކި ތަންތަނަށް އަނިޔާ ލިބިފަ ހުއްޓެވެ. ލައިގެން ހުރި ހުދު ހެނދުން ވަނީ ލެއިން ތަތްތެޅިފައެވެ. އޭނާ ލޯމަރާލާފައި ނާށިދާ އެނދުގައި އިށީންދެ ފުންކޮށް ނޭވާލާން ފެށިއެވެ. އަނެއްކާވެސް ފުރާޅުމަތިން ބާރުއަޑުފައްގަނޑެއް އިވެން ފެށިއެވެ. ބޭއިޚްތިޔާރުގައި ނާޝިދާއަށް ހުޅުވިފައި ހުރި ކުޑަދޮރަށް ބަލާލެވުނެވެ. އޭނަގެ މޭގަނޑު އަނގަޔަށް އައިކަހަލައެވެ. ކުޑަދޮރުން އޭނައަށް މަގުމަތި ފެނެއެވެ. އެގޭ ކުރިމައްޗަށް ހުންނަ ގޭގައި ބޮޑު ބަނބުކެޔޮ ގަހެއް ހުރެއެވެ. ނާޝިދާއަކަށް ބަނބުކެޔޮގަސް ވަތްކެއް ނުވިއެވެ. އެގަސް މަތީ އާއި ގަސްވަށާލައިގެން ތިބީ ނުލަފާ ވައްތަރަކް ހުރި ހައިވާނުންތަކެކެވެ. ކޮންމެ އެއްޗެއްގަ ބޮޑު ދެދަޅާ ރަތް ދެލޯ ވެއެވެ. އަނދިރި ކަމުން އެއެއްޗެހީގެ ހަށިގަނޑެއް ނުފެނެއެވެ. އެކަމު ކޮންމެ އެއްޗެއްގެ އަނގައިން ބޮޑު ރަތް ދުލެއް ނެރެގެން އޮތެވެ. އޭގެން އެއްދޫ ދިގުވަމުން ދިގުވަމުން ނާޝިދާގެ ކުޑަ ދޮރާދިމާލަށް އަންނަން ފެށިއެވެ. ނާޝިދާ ބާރަށް ހަޅޭއްލަވައިގަތެވެ. ޒަކޯއީ ވަގުތުން އޭނަގެ ލޮލުގެ އިޝާރާތުން ކުޑަދޮރު ލެއްޕިއެވެ. އެދޫ އަނެއްކާވެސް ކުރުވަމުންގޮސް އޭގެ ވެރިޔާގެ އަނގައަށް ވަނެވެ.

“ޒަކޯއި ކިހި-” ދޮންމުހައްމަދުބެގެ ވާހަކަ ފެށުމުން ޒަކޯއީ އޭނަ ހުއްޓުވިއެވެ.

“ވަގުތެއް ނެތް މުހައްމަދު” މައިނޭވާ ލަމުން ޒަކޯއީ ބުނެލިއެވެ. “އޭނަ އެބަ ކައިރި ކުރޭ. އަހަރެން ސަލާމަތް ވެގެން މިއައީ ވަރަށް ވަރުން”

“ކާކު؟” ދޮންމުހައްމަދުބެ އަހާލިއެވެ.

“ލިވާކް”

އެންމެން އެކަކު އަނެކަކަށް ބަލައިލިއެވެ. އެމީހުންނަށް އެއްވެސް ކަމެއް ނަގައި ނުގަނެވޭކަން އެމީހުންގެ މޫނުމަތިން ފެންނަން ހުރުމުން އަނެއްކާވެސް އޭނަ ވާހަކަ ދައްކަން ފެށިއެވެ.

“ލިވާކް އަކީ ލުފްތާންގެ ދަރިއެއް” ޒަކޯއީ ބުނެލި ޖުމްލައިން އެންމެން ހައިރާންވިއެވެ.

“އެކަމު ލުފްތާންގެ އާއިލާ އެކޮށް ނެތިގެން ދިޔައީނު” ޒާހިޔާ ބުނެލިއެވެ.

“އާނ. އަހަންނަށް އިނގިގެން އޭނަގެ އާއިލާގެ އެއްވެސް މީހަކު ސަލާމަތެއް ނުވޭ. ލިވާކް ގެ ވާހަކަ އަހަންނަށް އިނގުނީ ވަރަށް ފަހުން. ލިވާކް އަކީ ލުފްތާންއަށް އިންސާނެއްގެ ފަރާތުން ލިބުނު ދަރިއެއް. ލިވާކް މިހުރިހާ ދުވަހެއް ވަންދެން ހުރީ އޭނަ މަންމަ ކައިރީ. އެމީހުން އުޅެނީ ދެކުނުގަ ހުންނަރަށެއްގަ. ދިރިއުޅެމުން ގެންދިއައީ އެހެންމީހުންނާއި ވަކިން. ލުފްތާންގެ ފަރާތުން ލިވާކްއަށް ޖިންނީންގެ ބާރު ލިބިގެންވޭ. އެކަހަލަ ބާރު އޭނައަށް ލިބެންވީ ކީއްވެކަމެއް ކުރިޔަކުން އޭނައަކަށް ނޭންގެ. އޭނައަކީ ޖިންނިއެއްގެ ދަރިއެއްކަން އިނގުނީ ވަރަށް ފަހުން. މިހުރިހާ ދުވަހަކު އޭނަގެ މަންމަ އޭނައަށް އެކަން ސިއްރުކުރީ. އެކަން އޭނައަށް އިނގުނީ ފަންޑިތަވެރިއެއްގެ ފަރާތުން.”

ޒަކޯއީ ވާހަކަ މެދުކަނޑާލާފައި ދޮންމުހައްމަދުބެއަށް ބަލާލިއެވެ.

“މުހައްމަދު ހަނދާން އެބަހުރިތަ މީގެ ހަތަރު އަހަރު ކުރިން މުހައްމަދު ކިޔެވެލިކީ ކުއްޖާ މަތިން؟ ޔޫއާންގެ ނަން އަތުގަ ކެނޑުނު ކުއްޖާ؟”

ދޮންމުހައްމަދު ބޯޖަހާލިއެވެ.

“އެކުއްޖާ އަކީ ލިވާކް ހިތް ހަދިޔާ ކުރި ކުއްޖާ. އޭނައަށް އިނގޭ އެއަންހެންކުއްޖާ އުޅެނީ ޔޫއާންއާއި ރައްޓެހިވެގެންކަން. އެހެންވެ އޭނަ އެކުއްޖާޔާ އެހައި ކައިރިއެއް ނުވޭ. އެކަމު އޭނަ މޮޔަވި ހަބަރު ލިބުމުން އެކަމުގެ ޙަޤީޤަތް ހޯދަން އޭނަ މަސައްކަތް ކުރި. މުހައްމަދު ކަންތައް ކުރި ގޮތަށް އޭނަވެސް ޔޫއާންގެ ހަޤީޤަތް ހޯދާ ފަންޑިތަވެރިޔާއާއި ބައްދަލު ކުރި. ލިވާކް އަށް އޭނަގެ ޙަޤީޤަތް އިނގުނީ އެހިސާބުން.”

ޒަކޯއީ އަނެއްކާވެސް މާނޭވާއެއް ދޫކޮށްލާފައި ވާހަކަ ކުރިއަށް ގެންދިއައެވެ.

“ލިވާކްގެ ހަޤީޤަތް އިނގުމުން އޭނަގެ މަންމައާއި ކުރިމަތިލާން ދިޔަ. އޭނަގެ ބައްޕަގެ ވާހަކަ އޮޅުންފިލުވި. އޭނަ މަންމަ ހުރިހާ އެއްޗެއް ކިޔައިދީ، އެނަސްލު ހަނދާންނައްތާލަން ބުނި. އެކަމު ލިވާކް ބޭނުންވީ ބަދަލު ހިފަން. ރަނގަޅުމަގަށް ވުރެ ބޮޑަށް އޭނަ ޚިޔާލް ކުރީ ޝައިޠާނާ”

ޒަކޯއީ ލޯމަރާލިއެވެ. ހީވަނީ ބޮޑުވޭނެއް ތަޙައްމަލު ކުރާހެންނެވެ.

“ނާއްކޮއަށް ލިވާކް އެނގޭނެ. ނާއްކޮއާ އެއްކޮށް އޭނަ އުޅެނީ”

ނާޝިދާ ހައިރާންވިއެވެ. ލިވާކް ކިޔައިމީހެއް އޭނަގެ ދިރިއުޅުމަކަށް ނާދެއެވެ. ޒަކޯއީ ނާޝިދާ އާއި ދިމާލަށް ބަލައިލިއެވެ.

“ހަމްދާން”

ނާޝިދާ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. (ނުނިމޭ)

Share Article

Follow Me Written By

naina

Level 110 Stories

Other Articles

Previous

އާއިލާ

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 32

Next
November 20, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 32

Previews
November 20, 2018

އާއިލާ

11 Comments!

  1. ?shifrraa?Shifnaa? says:
    November 20, 2018 at 11:31 am

    Yey me 1st. Mi part vx varah salhi. Waiting 4 nxt part….?????

  2. Fayaz says:
    November 20, 2018 at 11:43 am

    Nice

  3. NISHA says:
    November 20, 2018 at 11:50 am

    masha Allah ……. mi part ves v furihama ….. mi vaahaka nimendhen geness dheythi Naina…..

  4. hailey says:
    November 20, 2018 at 12:18 pm

    story v salhi…. but maa lahun up vaathi kada

  5. unique says:
    November 20, 2018 at 3:33 pm

    omg its so nice
    varah loabi i just cant wait for next part

  6. Nattu says:
    November 20, 2018 at 3:37 pm

    When is the nxt part thankolheh avahah up kohdheeba plx v reeethi mi partvxx waiting curiously for next part ?

  7. Bro says:
    November 20, 2018 at 7:13 pm

    Varah reethi vaahaka eh looking forward to next part

  8. fatey says:
    November 21, 2018 at 6:02 pm

    next part next month ga upvaanee. inthizaaru kohlaa

  9. Nuha says:
    November 22, 2018 at 11:02 pm

    Varah reethi, mi site in kiyaa Hama ekani vaahak aky mee. V inthixaar kurevey

  10. Sahulaa says:
    November 23, 2018 at 12:50 am

    Ohh

  11. Fayaz says:
    November 23, 2018 at 4:21 am

    When is next part

Comments are closed.


All Right Reserved!