Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ދެގަޑި ތިރީސް – 10

naina Level 110 Stories
November 23, 2018 5 Mins Read
7 Comments

“ދަރިފުޅާ އެއީ ކާކު؟” ޒާހިޔާ ސުވާލުކޮށްލިއެވެ.

އެންމެންގެ ނަޒަރު ހުއްޓި ހުރީ ނާޝިދާއަށެވެ. އޭނަ އަނގައިން ނުބުނެ އިނީއެވެ. ހަމްދާން. އެތައް އަހަރެއް ފަހުން އެނަން އިވުމުން އަދިވެސް ނާޝިދާގެ ހިތު ވިންދު އަވަސްވެއެވެ. އޭނަގެ ކުރިމަތީ ހަމްދާންގެ ސޫރަ ކުރެހެންފެށިއެވެ. ކަޅު ކަޅު އިސްތަށިގަނޑު، މަޑު އަޅިކުލައިގެ ލޯ، ކުލަ އަލި މޫނާއި ފިރިހެންވަންތަ ހަށިގަނޑެވެ. އޭނަގެ ބަރު އަޑު ނާޝިދާގެ ކަންފަތުގައި ޖެހުނުހެން ހީވިމުން ގައިން ހީބިހި ނަގައިގެން ދިޔައެވެ.

“ނާއްކޮ؟” ދޮންމުހައްމަދުބެ ގޮވާލިއެވެ. ނާޝިދާ ސިއްސައިގެން ގޮސް އެންމެންނަށް ބަލާލިއެވެ. އޭނަގެ މޫނު ރަތްވެގެން ދިޔައެވެ.

“ނާއްކޮ ވަގުތެއް ނެތް” ޒަކޯއީ ބޭރު ބަލާލަމުން ބުނެލިއެވެ. “ހަމްދާންގެ ވާހަކަ ކިޔައިދީ”.

ނާޝިދާ ޒަކޯއީއަށް ބަލަން އިނދެފަ އޭނަގެ ވާހަކަ ފެށިއެވެ.

“ހަމްދާންއަކީ އަހަރެން އެންމެ ފުރަތަމަ ހިތް ހަދިޔާ ކުރި ކުއްޖާ. އަހަންނާ އޭނައާއި ދިމާވީ ކޮލްޖެ އިން. ހަމަ އެއްބެޗެއް. ހަމްދާން އެންމެ ފުރަތަމަ ފެނުނު ދުވަހުވެސް އަހަންނަށް އޭނައަށް ހިތް ދެވުނު. އޭނަގެ ރީތިކަމަށް. މަޑުމައިތިރި ކަމަށް. އަހަރެން އެކަންޏެއް ނޫން. ކޮލްޖެގެ ހުރިހާ އަންހެން ކުދިންވެސް ތިބީ މަށަށް މަށަށް ކިޔާލަ ކިޔާލަ. ހަމްދާން އުޅޭނީ އެހެން ކުދިންނާއި ވަރަށް ދުރުން. ކްލާހުގަ އިންނައިރުވެސް މީހުންނާ އެހާ ވާހަކަ ދައްކައެއް ނަހަދާ. އެގޮތަށް އޭނަ ކަންތައް ކުރާތީ އޭނައާ ވާހަކަ ދައްކާކަށް އަހަންނަކަށް ނުކެރޭ. އެހެންވެ އަހަރެން ފަހުން ދެން އެކަމާ ނޫޅެން. އަހަންނާ ޔޫއާންގެ ރަހްމަތްތެރިކަން ބަދަހިވާން ފެށީ އެހިސާބުން. ކިޔަވަމުން ދެމީހުން އެކީ މަޖާކޮށް ސަކަރާތް ޖަހާ ހެދިން. އޭރު އަހަރެން ޔޫއާންއާއި ދޭތެރޭ ރަހްމަތްތެރިއެއްގެ ނަޒަރުން ނޫނީ ނުދެކެން. ޔޫއާންވެސް ހަމަ އެގޮތް. އަހަރުމެންގެ އެކުވެރިކަމުން އެހެން މާނައެއް ނެގި މީހުންގެ ތެރޭގަ ހަމްދާންވެސް ހިމެނޭ. އޭރު އަހަންނަކަށް ނޭންގެ ކީއްވެ ކަމެއް އެކަމު ކުއްލިއަކަށް ހަމްދާން އަހަންނާ ވާހަކަ ދައްކަން ފެށި. ކްލާސް އެކި ކަންކަމުގެ ނަމުގަ އަހަންނަށް ގުޅާ ހަދާ ވަރަށް ގިނައިރު ވާހަކަ ދައްކަން އޮވޭ.

ޔޫއާން އަށް މިކަންތައްތައް އިނގޭ. އެކަމު އެކަން ހުއްޓުވާކަށް އޭނަ މަސައްކަތެއް ނުކުރޭ. އޭނަ އޭރު ދެކެނީ އަހަރެންނަކީ ހަމައެކަނި ގާތް ރަހްމަތްތެރިއެއް ގޮތުގަ. އަހަންނާ ހަމްދާންގެ ގުޅުން ބަދަހިވަމުން ގޮސް އޭނަ ލޯބި ހުށަހެޅުމުން އަހަރެން އެކަން ޤަބޫލް ކުރިން. އެހިސާބުން އަހަންނަށް ހަމްދާންގެ އަނދިރިފަޅި ފެނުނު. އަހަރެން ހަމްދާން އާއި ރައްޓެހިވެގެން އުޅެވުނީ ދެމަސްދުވަސް ވަންދެން. އެކަމު އެދެމަސްދުވަސްތެރޭވެސް އޭނަ އަހަންނަށް ވަރަށް އަހުވަ ދައްކާލި. އަހަރެން ޔޫއާން އާއި ވާހަކަ ދެއްކުމަށް އޭނަ ހުރަސްއެޅި. މަންމަ މެންނަށް ގުޅަން ހުރަސް އެޅި. އަހަރެން ކޮލެޖަށް ދިއުމާ އައުން ވެސް އޭނަ ކޮންޓްރޯލް ކުރީ. އަހެރެން ދިރިއުޅެމުން އައި ގޭގެ ދައްތައަށް ގުޅައި އަހަރެން އުޅޭ ނޫޅޭ ގޮތް ބަލާ. އެވަރަށް ފާރަލާ. ޔޫއާން އަހަންނާ ވާހަކަ ދައްކަން ވަރަށް މަސައްކަތް ކުރޭ އެކަމު އަހަރެން އޭނަ ދުރުކުރީ. އަހަންނަކަށް ނޭންގެ އޭރު އަހަންނަށްވީ ކީއްކަމެއް. ހަމްދާން ކޮންމެ ކަމެއް ކުރިއަސް އަހަރެން އެއްޗެކޭ ނުބުނަން. އަހަންނަކަށް އޭނަ ކުރާ ގޯސްކަމެއް ނުފެނޭ. އެއަށް ވުރެ ބޮޑަށް އަހަރެން ހުރީ އޭނަގެ ދަލުގަ ޖެހިފަ. އޭރަކު ނޭންގެ އެއީ ޖިންނީންގެ ބާރު ބޭނުންކޮށްގެން އަހަރެންނަށް އޭނަ ހެދިގޮތެއްކަމެއް.

ހަމްދާންގެ ކިބައިން އަހަރެން ސަލާމަތްވީ ކިހިނެއްކަމެއް އަހަންނަކަށް ނުވިސްނޭ. އިނގޭ ކަމަކީ އެއްދުވަހެއްގަ ހަމްދާން ކުއްޔަށް ހިފައިގެން އުޅޭ ގޭގަ ޔޫއާން އަށް ގުޅައިގެން އަހަރެން ވާހަކަ ދައްކަން ހުއްޓާ ހަމްދާން އަށް އާދެވުނީ. އަހަރެން ވާހަކަ ދެއްކީ ޔޫއާންއާ ކަން އިނގުމުން ފޯން އަތުލާފަ ޔޫއާން އާއި ދިމާލަށް ހެއްދެވި ނުހެއްދެވިއަށް ގޮވާ ފޯނު ބިންމައްޗަށް ޖަހާ ފުނޑުފުނޑު ކޮށްލީ. އެއަށްފަހު……އެއަށްފަހު…”

ނާޝިދާ ވާހަކަ މެދުކަނޑާލިއެވެ. ކުރިއަށް ގެންދާކަށް ބޭނުމެއް ނުވިއެވެ. އޭނަ މަންމަ މެންނަށް މިހާތަނަށް ސިއްރުކޮށްގެން ހުރި ކަންތައްތައް ހާމަ ކުރަންޖެހޭތީ ފަސްޖެހެވެނީއެވެ. އޭނަ މަންމަ އާއި ދިމާލަށް ބަލައިލިއިރު މަންމަ މޫނުމަތިން ފެންނަނީ ހިތާމައާއި ހައިރާންކަމެވެ. އޭނަ އިސްދަށަށް ޖަހާލިއެވެ.

“މަންމާ އަހަންނަށް މަޢާފް ކުރޭ” ކުޑަކޮށް ރޮވެމުން ނާޝިދާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. “އަހަރެން މިކަންތައްތައް މަންމަ މެންނަށް ސިއްރު ކުރީ މަންމަމެން ހާސްވެދާނެތީ. މަންމަމެން މާލެ އައިމެންނު އަހަރެން އެކްސިޑެންޓްވެގެން. ހަނދާން އެބަހުރިތަ؟”

ޒާހިޔާ އެއްޗެކޭ ނުބުނެ ހަމައެކަނި ބޯޖަހާލިއެވެ. ދަރިފުޅު ބުނަން އުޅޭ އެއްޗެއް ޒާހިޔާ އަށް އިނގޭ ކަހަލައެވެ. އޭނަގެ މޫނުމަތިން ހާސްކަން ނުފިލައެވެ.

“އެއީ އެކްސިޑެންޓްއެއް ނޫން. އެއީ ހަމްދާންގެ ރުޅި. އެދުވަހު އޭނަ އަހަންނަށް ވަރަށް އަނިޔާ ކުރި. އަހަރެން ހީކުރީ އެދުވަހު އަހަރެންގެ ދުވަސް ދާނެކަމަށް. އެކަމު އެދުވަހު ވަރަށް އާދަޔާ ޚިލާފް ކަމެއްވީ. އަހަރެން ބިންމައްޗަށް ވައްޓާލާފަ އޭނަ އަހަރެންގެ ބަނޑުގަ ކޮޅުފައިން ޖެހި ވަގުތު އަހަންނަށް ވަރަށް ބާރަށް މަންމާއޭ ކިޔާފަ ގޮވާލެވުނީ. އެހިސާބުން މުޅި ތަނަށް ފާޑެއްގެ އައްޔެއް އެޅިގެން ދިޔަ. ދެންވީގޮތެއް އަހަންނަކަށް ނޭންގުނު. އަހަރެން ހޭއެރިއިރު އޮތީ ހޮސްޕިޓަލްގަ. ޔޫއާން ހުރީ އަހަރެން ކައިރީގަ.”

ނާޝިދާގެ ވާހަކަ ނިންމާލުމުން އެންމެންވެސް ތިބީ ހިމޭނުންނެވެ. ޒާހިޔާއަށް އެއްގޮތަކަށްވެސް ބުނާނެ އެއްޗެއް ނުވިސްނުނެވެ. ނާޝިދާ އެވަރުގެ ކަމެއް އޭނައަށް ސިއްރުކުރީމަ އެކަމާ އޭނަ ރުޅިވެސް އައެވެ. އަދި ހިތާމަވެސް ކުރިއެވެ. އަމިއްލަ ދަރިފުޅު އެހާ ވޭން ތަހައްމަކު ކުރަމުން ދިޔައިރު އޭނައަށް ނޭންގުނީމައެވެ. ކުއްލިއަކަށް އޭނައަށް ކަމެއް ހަނދާންވިއެވެ.

“ޒަކޯއީ ދޯ ހަމްދާން ހުއްޓުވީ.” ޒާހިޔާ މިހެން ބުނުމުން ޒަކޯއީ ބޯޖަހާލިއެވެ.

“އަހަންނަކަށް ކުރިއަކުން ނޭންގެ ހަމްދާންއަކީ އެއްބައި ޖިންނި ކަމެއް. އަހަރެން ނާއްކޮ އާއި ހަމްދާންގެ ކަންތައްތައް ވަރަށް ގާތުން ބެލިން. އެކަމު އެކަންތައްތަކާ އަހަރެން ނުބެހެން. އަހަރެން ދެކުނު ގޮތުގަ ނާއްކޮ އަކީ ރަނގަޅާ ނުބައި ވަކިވާވަރުގެ ކުއްޖެއް. މިހާދިޘާތަކެއް ހިނގައިދިޔައީ އަހަރެން ކުޑަކަމެއްގަ ޖިންނީންގެ ދުނިޔެއަށް ގޮސް އުޅެނިކޮށް. އަހަންނަށް ނާއްކޮ ހަޅޭއްލަވައިގެން އަޑު އިވުނީމަ ދުނިޔެއަށް ފޭބި. އަހަންނަށް ފެނުނީ ހަމްދާން އެއްނޫން. ޝައިޠޯނެއް. އަހަރެން ވިސްނަން ނުހުރެ ހަމްދާންގެ ގައިގަ ބައްދައިގަނެގެން އޭނަ އެތަނުން ނެރުނީ. އޭނަ ސިހުނު ވަރުން ކުޑައިރުކޮޅެއް ވަންދެން އޭނަ ކަމެއް ނުކޮށް ހުރި. އެދަނޑިވަޅުގެ ބޭނުން ހިފައި އަހަރެން ނާއްކޮގެ ރައްކަލަކަށް ކިޔެވީ. އޭނައަށް ނާއްކޮ އަކާ ގާތެއް ނުވެވުނު. ދެން އޭނަ ކުރިމަތިލީ އަހަންނާ. އަހަރެން އޭނައަށް އިންޒާރު ދިނިން ނާއްކޮ އާއި ގާތް ނުވާން. އޭނަ އަހަންނަށް އިންޒާރުދިނީ އޭނަ ކޮންމެ ހާލެއްގައިވެސް ބަދަލު ހިފާނެކަމަށް. އެއީ ކޮން ބަދަލެއްކަމެއް އޭރަކު އަހަންނަކަށް ނޭންގެ. އަހަރެން އެވަގުތު އެކަމާ ވިސްނަންވެސް ބޭނުންނުވީ. ﷲގެ ކީރިތި ބަސްފުޅުތައް ބޭނުންކޮށްގެން އަހަރެން އޭނަ އެތަނުން ފައްސާލީ. އެއަށް ފަހު އަހަރެން ބެލީ ނާއްކޮ ސަލާމަތް ކުރެވޭތޯ. އަހަރެން ވަގުތުން ޔޫއާން އަށް ގުޅައި ނާއްކޮ ބުނެގެންނޭ ވަރަށް އަވަހަށް އައިސްދީބަލާށޭ ކިޔާފަ އެޑްރެސް އޭނައަށް ފޮނުވާލީ. އަހަރެން އެތަނުން ދިޔައީ ޔޫއާން އައީމަ.

އެދުވަހަށް ފަހު އަހަންނަކަށް ހަމްދާންއަކާ ދިމައެއް ނުވޭ. އަހަންނަށް ޔަޤީންކަން އޮތް ނާއްކޮއަކާ ވެސް އޭނައަށް ގާތެއް ނުވެވޭނެކަން. އަހަރެންގެ މަޤްޞަދަކަށްވީ ހަމްދާންއަކީ ކާކު ތޯ ބަލަން. އެހެންވެ ޖިންނީންގެ ދުނިޔޭގަ އެތަކެއް ޖިންނީންނާ ސުވާލު ކުރިން. އެންމެ ފަހުން އަހަންނަށް އިނގުނީ އެއީ ލުފްތާންގެ ދަރިއެއްކަން. އަދި އޭނަ ލޯބިވާ ކުއްޖާއަކީ ޔޫއާން ލޯބިން ގުޅިގެން އުޅުނު އަންހެން ކުއްޖާ، ނަދީމާ، ކަން. އޭނަ ބަދަލު ހިފަން ބޭނުންވަނީ ޔޫއާން އާއި މިއާއިލާގެ ކިބައިން. ކުރިއަކުން އޭނައަކަށްވެސް ނާއްކޮއަކީ ކާކުކަމެއް ނޭންގެ. އޭނަ ނާއްކޮއާ ރައްޓެހިވީ ޔޫއާންއާއި ދުރުކުރުމަށް. ނާއްކޮއަށް ނޭންގުންނަމަވެސް ޔޫއާންގެ ހިތުގަ އޭރު ނާއްކޮއަށް ކޮންމެވެސް ވަރެއްގެ ހާއްސަ ކަމެއް ދެވިފަ އޮތް. އެކަން ހަމްދާން އަށް އިނގޭތީ ނާއްކޮއާ ކައިރިވެ ނާއްކޮ ޔޫއާންއާއި ދުރުކުރީ. ނާއްކޮއަކީ އޭނަ ބައްޕަގެ ޤާތިލްގެ ދަރިއެއްކަން އިނގުނީ އަހަންނާއި ކުރިމަތިލިފަހުން. ޖިންނިއެއް އިންސާނެއް ސަލާމަތް ކުރަން އަންނަންވީ ސަބަބެއް އޭނަ ހޯދަން އުޅުމުގެ ތެރޭގަ އަހަރެންގެ ހަޤީޤަތް އޭނައަށް އިނގުނީ. ދެން އޭނަގެ މަޤްޞަދަކަށްވީ އަހަރުމެންވެސް ނައްތާލަން.”

ބާރު އަޑުފައްގަނޑެއް އިވުމުން އެއްމެން ސިއްސައިގެން ގޮސް ބޭރު ބަލާލެވުނުވެ. މުޅި ހިސާބުގަނޑަށް ވަނީ ދުންގަނޑެއް އަރާފައެވެ. އެއްވެސް ތަނެއް ނުފެނެއެވެ.

“ހާސްނުވޭ.” ޒަކޯއީ ބުނެލިއެވެ. “އެމީހުންނަކަށް މިތަނަކަށް ނުވަދެވޭނެ. އާދަނުމެންގެ ކިޔެވެލި ވަރަށް ވަރުގަދަ.” ޒަކޯއީ މިހެން ބުނިކަމުގައިވިޔަސް ނާޝިދާގެ ހިތުގަ އޮތް ބިރުވެރިކަން އިތުރުވިއެވެ.

“އަހަންނަކަށް އަދިވެސް ނުވިސްނޭ.” ދޮންމުހައްމަދުބެ ބޯކަހަމުން ބުނެލިއެވެ. “ޒަކޯއީ ނާއްކޮގެ ރައްކަލަށް ކިޔެވުމުން ހަމްދާން….ތި ލިވާކްއެއް…..ނާއްކޮއާ ކައިރި ނުވެވެނީ. އެކަމު ތީ މީގެ 3 އަހަރު ކުރިއެއްނު. މިހާރު ނާއްކޮއަށް އުނދަގޫ ކުރާ ޖިންނިއާ ތިލިވާކްއަކާ ކޮން ގުޅުމެއް؟ މިހާ ދުވަސްވީއިރު ނާއްކޮއަށް އުނދަގުލެއް ނުވެހުރެ މިހާރު ކޮންކަންތައްގަނޑެއް މިވަނީ؟.”

“ނާއްކޮއާއި ގާތް ނުވެވުމުން ލިވާކް ދެން ފާރަލާން ފެށީ ޔޫއާންއަށް. އެކަމު ޔޫއާން އާއި ގުޅިފަ ހުރި ޖިންނިގެ ސަބަބުން ޔޫއާންއާއިވެސް ކައިރިވެވޭގޮތް ނުވި. 3 އަހަރު ވޭތުވެގެން ގޮސް ލިވާކްއަށް ފުރުސަތެއް ލިބުނީ ޔޫއާން އާއި ނާއްކޮ ލޯބީގެ ގޮތުން ގުޅުނީމަ. ޔޫއާންގެ މަންމައަށް އެކަން އިނގި، ނާއްކޮގެ ދުވަސް ދުއްވާލަން ފަންޑިތަވެރިޔާ ކައިރީ ބުނި. އެކަމު އަހަރެންގެ ސަބަބުން އެމީހުންނަށް އެކަން ކާމިޔާބު ނުވީ. ކޮންމެ ފަހަރަކުވެސް ކުރިމަތިލުމަކަށް ގޮސް އެމީހުން ބަލިވަނީ. ކެނޑި ނޭޅި އެމީހުން އެކަންތައް ކުރަމުން ގެންދިޔަ. މިކަމާ ހެދި ޔޫއާންގެ މަންމަ ދުވަހަކަށް ވުރެ ދުވަހެއް ނާއްކޮ އަށް ނަފްރަތު ކުރަމުން ގެންދިޔައީ. ފަންޑީތަވެރިޔާއަށް އިތުރަށް ފައިސާދީ ފަންޑިތަ ވަރުގަދަ ކުރާށޭ ބުނި. ލިވާކް މިފުރުސަތުގެ ބޭނުން ހިފީ. ފަންޑިތަވެރިޔާގެ ބޮލަށް އެރިގެން އޭނަ ހެދި ފަންޑިތަ ވަރުގަދަކޮށް ލިވާކް އުޅުނީ ފުރަތަމަ އަހަރެންގެ ދުވަސް ދުއްވާލަން. ޖީންނީންގެ ލަޝަކަރެއް ގޮވައިގެން އައިސް މީގެ 3 ދުވަސް ކުރިން އަހަރެން ހައްޔަރު ކުރި.”

ޒަކޯއީ ފެންކަޅިވެ އިނދެ ދޮންމުހައްމަދުބެއާ ދިމާލަށް ބަލާލިއެވެ.

“މުހައްމަދު ގޮވީމަ އަހަންނަށް ޖަވާބުނުދެވުނީ އެހެންވެ. ނާއްކޮއަށް ހުވަފެން ފެންނަން ފެށީވެސް އެހިސާބުން. އޭނައަށް ހުވަފެނުގަ ފެންނަ އެއަންހެން ކުއްޖާއަކީ ޔޫއާން ކައިރީގަ އުޅޭ ޖިންނި. މިއަދު ޔޫއާން އޭނަ މަންމަ ކައިރީ ބުނި ނާއްކޮއާއި އިންނަން އުޅޭ ވާހަކަ. އެހިސާބުން އަނެއްކާވެސް ލިވާކް އަށް މިއާއިލާ ނައްތާލަން ފުރުސަތު ލިބުނީ. ބޭރުގަ މިވަގުތު އެތިބީ އޭނަގެ ލަޝްކަރު. އޭނަ އެއަންނަނީ މިއާއިލާގެ ދުވަސް ދުއްވާލަން. އެކަންކޮށްފަ އޭނަ ޔޫއާންގެ ދުވަސް ދުއްވާލާނެ.”

ޒަކޯއީގެ ވާހަކައިން އެންމެން ތިބީ ޝޮކެއްގެ ތެރޭގައެވެ. އެހިމޭންކަން ކަނޑުވާލާފަ  ވާހަކަ ދެއްކީ ދޮންމުހައްމަދުބެއެވެ.

“ޒަކޯއީ…..ޒަކޯއީ ކިހިނެއް ސަލާމަތްވީ؟”

“މިކޮޅަށް އަންނަންވެގެން ލިވާކް ނުކުތީ ހުރިހާ ބާރުގަދަ މާރިދުންތައް ގޮވައިގެން. އަހަރެން ހައްޔަރު ކޮށްފަ ހުރިތާ ފާރައަށް ތިބީ ބަލިކަށި ޖިންނިތަކެއް. އެމީހުން މަރާލާފަ އަހަރެން މިއައީ. ﷲގެ އިރާދަފުޅުން އަހަރެން ސަލާމަތްވީ.”

ކުއްލިއަކަށް މުޅި ގޭ އަނެއްކާވެސް ހެލެންފެށިއެވެ. ހީވަނީ ބުޑުން ލުހެން އުޅޭހެންނެވެ. ނާޝިދާއާއި ޒާހިޔާއާއި ދެމީހުން އެކަކު އަނެކަކު ގައިގަ ބައްދައިގަނެގެން ތިބެ ރޯންފެށިއެވެ. ދެމީހުން ބިރުން ވިރެނީއެވެ. ކުޑަދޮރުގަ އެއްޗެހިތަކެއް ޖެހޭހެން ހީވާތި އެންމެންނަށް އެއްފަހަރާ ބަލާލެވުނެވެ. ދޮންމުހައްމަދުބެގެ ލޯބޮޑުވެގެން ދިޔައެވެ. ފެނުނު މަންޒަރުން ނާޝިދާ އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ. އަދި ޒާހިޔާ އަނބުރައިގަނެގެން ވެއްޓުނެވެ. (ނުނިމޭ)

Share Article

Follow Me Written By

naina

Level 110 Stories

Other Articles

Previous

އިމްތިޙާން (13ވަނަ ބައި)

Next

ވާނަމޭ އުމުރަށްއެކީ ޖާނާ ( 5ވަނަ ބައި )

Next
November 23, 2018

ވާނަމޭ އުމުރަށްއެކީ ޖާނާ ( 5ވަނަ ބައި )

Previews
November 23, 2018

އިމްތިޙާން (13ވަނަ ބައި)

7 Comments!

  1. Fayaz says:
    November 23, 2018 at 6:52 pm

    V reethi mi part ves

    1. Sahul muhammadh says:
      November 25, 2018 at 9:27 pm

      Dhw

  2. Bella says:
    November 23, 2018 at 8:12 pm

    Story vvvv nice….. waiting for next part…❤

  3. Sahul muhammadh says:
    November 24, 2018 at 12:52 am

    Varah reethi
    Aneh part up vehjje nama dhw avaha

  4. eysh says:
    November 24, 2018 at 7:45 am

    Masha allah
    story varah reethi… plx avahah up kohdheeba

  5. Fayaz says:
    November 25, 2018 at 5:46 pm

    When next pArt

  6. waiting says:
    November 25, 2018 at 7:10 pm

    haadha lahunney nainaa thi up khdhenyy stry……..than kolheh avahah up khdhyba

Comments are closed.


All Right Reserved!