Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ދެގަޑި ތިރީސް – 15

naina Level 110 Stories
December 25, 2018 4 Mins Read
16 Comments

ސަލީމް އެހެން ބުނެފަ ނިކުމެގެން ދިޔައިރުވެސް ނާޝިދާއަށް ހުރެވުނީ ދޮރާދިމާލަށް ބަލަހައްޓައިގެންނެވެ. ޔޫއާންއަށް ނުގުޅިގެން ނާޝިދާއަށް ގުޅާނީ އެންމެ މީހެކެވެ. ނާޝިދާ ދުވެފައިގޮސް ކޮޓަރިއަށް ވަނެވެ. އެނދުމައްޗަށް އެއްލާލެވުނު ފޯން ހޯދަމުން ދަނިކޮށް ފެނުނީ އެނދުކައިރިއަށް ވެއްޓިފައި އޮއްވައެވެ. ތުރުތުރު އަޅަމުން ދިޔަ އަތަކުން އޭނާ ފޯން އޮންކޮށްލިއެވެ. އިރުކޮޅަކުން މެސެޖްތައް އަންނަ ކަމުގެ އަޑު މުޅި ކޮޓަރި ތެރެއަށް ފެތުރިގެން ދިއައެވެ. ނާޝިދާއަށް އިންބޮކްސް ނުހުޅުވިގެން އުޅެނިކޮށް ނުދަންނަ ނަމްބަރަކުން އޭނައަށް ގުޅަން ފެށިއެވެ. ފޯނަށް ޖަވާބު ނުދީ ކުޑައިރުކޮޅަކު އެއަށް ބަލަހައްޓައިގެން ހުރެވުނުވެ. އޭނަ ސިއްސައިގެން ދިޔައީ ފޯން ކެނޑި އަނެއްކާވެސް އެނަމްބަރުން ގުޅަން ފެށީމައެވެ. އޭނަ ފޯނުނަގައި މަޑުމަޑުން ކަންފަތުގައި ޖައްސާލިއެވެ.

“ހަ..ހަލޯ”

“ޝިދާ”

ނާޝިދާ ދެލޯބޮޑުވެ މުޅިމީހާ ފިނިވެގެންދިޔައެވެ. ޔޫއާންގެ އަޑު ޖެހުމުން އޭނާގެ ހިތުގެ ހިނގުން އަވަސްވިއެވެ. ޔޫއާންގެ ވޭނުން ފުރިފައިވާ އަޑު އިވުމުން އޭނަގެ ހިތުގަ ރިއްސާލިއެވެ.

“ޝިދާ ޕްލީސް، ފޯން ކަނޑާނުލާތި. ޕްލީސް. އަހަރެން ހާދަ މަސައްކަތެއް ކޮށްފީމޭ ޝިދާއަށް ގުޅޭތޯ. ޝިދާ ރޭގަ ދެއްކިވާހަކަތައް އަދިވެސް އަހަރެންގެ ކަންފަތުގައި ގުގުމާލަ ގުގުމާލަ އެބަހުރި. އަހަރެން ރޭގަ ނުވެސް ނިދަން. އޭރުއްސުރެއް—”

“ޔާން އޯކޭތަ؟ ކޮންތާކު ތިހިރީ؟” ޔޫއާންގެ ވާހަކަ މެދުކަނޑާލާފަ ނާޝިދާ ސުވާލުކުރިއެވެ. ހާސްވެފަ ހުރިވަރުން ޔޫއާންއާއި ގުޅުންކަނޑާލިކަންވެސް އޭނަ ހަނދާނުގައި ނެތެވެ.

“އަހަރެން މިހިރީ ގޭގަ. އެކަމު އަހަރެން އޯކޭއެއް ނޫން. ޝިދާ ރޭގަ ކޮންވާހަކަތަކެއްތަ ދެއްކީ؟ ކިހިނެއްވެގެންތަ ތިއުޅެނީ؟ އަހަންނަށް ޝިދާ ވަރަށް ރަނގަޅަށް އިނގޭ. އަހަރެން ދެކެ ލޯބި ނުވާތީ އެއް ނޫން ތި ދުރުވަނީ. ޝިދާއަށް ކޮންމެވެސް ކަމަކަށް މަޖުބޫރު ވަނީ. އެހެން ނޫންނަމަ ތިހެނެއް ނަހަދާނެ. ބުނެބަލަ އަހަރެން ކައިރީ. އަހަންނަށްވެސް ހައްލެއް ދެވިދާނެ. ބަޓް ޕްލީސް ޝީދާ. އަހަންނާއި ދުރުވާ ވާހަކަ ނުދައްކާތި.”

ނާޝިދާ ލޯމަރާލިއެވެ. އޭނަގެ ލޮލަށް ޖަމާވެފަހުރި ކަރުނަތައް އޭނަގެ ކޯމައްޗަށް ފައިބައިގެންދިޔައެވެ. ޔޫއާން އަށް ވިސްނައިދޭނީ ކިހިނިއްހެއްޔެވެ؟ އޭނައަށް އުފަލެއް ލިބެން ނެތީ އޭނަ އެންމެ ލޯބިވާ މަންމަގެ ސަބަބުންކަން ބުނެދޭނީ ކިހިނެއްހެއްޔެވެ. ނާޝިދާ ކުއްލިއަކަށް ލޯހުޅުވާލިއެވެ. ކުރިން އެގޮތަށް އޭނައަށް ނުވިސްނުނީ ކީއްވެބާއެވެ؟ ޔޫއާން އޭނައަށް ނަފްރަތު ކުރާނެ އޮތީ އެންމެ ގޮތެކެވެ. އޭނާ ލޯފޮހެލާފައި ޔޫއާން އާއި ވާހަކަ ދައްކަން ފެށިއެވެ.

“އާން.. އަހަންނަށް މަޖުބޫރުވީ ޔޫއާންއާއި ދުރުވާން. އިނގޭތަ ކާކުކަން މަޖުބޫރު ކުރަނީ؟ ޔޫއާންގެ ލޯބިވާ މަންމަ.”

“މަންމައޭ؟” ހައިރާންވެފަ ޔޫއާން އަހާލިއެވެ.

“އާން. ރަނގަޅަށް އަޑުއަހާ. ޔޫއާންގެ މަންމަ ހުންނަނީ ޔޫއާންއަށް ފަންޑިތަ ހަދާފަ. ޔުއާންއަށް އެއްވެސް މީހަކާ ނުގުޅެވޭގޮތަށް. އެއީ ޔޫއާންގެ މުދާގަނޑު ބޭނުންވާތީ. ޔޫއާން ކުރިން ރައްޓެހިވި ނަދީމާވެސް މޮޔަވެގެން ދިޔައީ ޔޫއާންގެ މަންމަގެ ސަބަބުން. އަހަރުމެން ދެމީހުންވެސް ދުރުކުރަން އުޅެނީ ޔޫއާންގެ މަންމަ.”

ޔޫއާންގެ ޖަވާބެއްނާދެއެވެ. ނާޝިދާވެސް އިތުރު އެއްޗެކޭ ނުބުނެ އިންތިޒާރުގަ އިނެވެ. ދެތިން މިނެޓް ފާއިތުވެގެން ދިޔައިރުވެސް ޔޫއާންގެ ޖަވާބެއް ނައުމުން ނާޝިދާ ކަންބޮޑުވިއެވެ. އޭނަ ދެތިން ފަހަރަކު ޔޫއާން އަށް ގޮވާލިއެވެ.

“އެއީ އަހަރެންގެ މަންމަ ޝިދާ” މަޑުމަޑުން ޔޫއާން ބުނެލިއެވެ. ނާޝިދާ ހައިރާންވިއެވެ. އޭނަ އެވަރަށް ޔޫއާންގެ މަންމައާއި ދިމާލަށް އެއްޗެހި ކީމަވެސް ޔޫއާން ރުޅި ނައީމައެވެ. އެއީ ދުވަހަކުވެސް ވީކަމެއް ނޫނެވެ. ޔޫއާންގެ މަންމައާއި ދިމާލަށް މީހަކު އިދިކޮޅަށް އެއްޗެކޭ ބުނެފިއްޔާ އެމީހާޔާ ދިމާލަށް ތިންހަތަރު އެތި ބުނެލާނެއެވެ. އެވާހަކައިގެ ތެދުހަޤީޤަތެއްވެސް ނުބަލާނެއެވެ. އެކަމު މިވީ ކިހިނެއްބާއެވެ.

“އަހަންނަށް އިނގެއޭ ޔޫއާންގެ މަންމަ ކަން. އެކަމު ހަޤީޤަތް ވާނީ ހަޤީޤަތަށް. އަހަރެން ދައްކާ ވާހަކަ ޤަބޫލު ނުކުރެވެންޏާ މަންމަ ކައިރީ އަހާބަލަ. ތިއާއިލާގެ ސަބަބުން އަހަރެންގެ އާއިލާ މިއޮތީ ބޮޑު މުސީބާތަކަށް ވެއްޓިފަ. އަހަރުމެންގެ އާއިލާ މިއޮށް ރޫޅެނީ ޔޫއާންގެ މަންމައާއި ހެދި. ރޭގަވެސް ޔޫއާންގެ މަންމަ އަހަންނަށް މެސެޖްކޮށްފަ އިން އަހަރެން ދިރިހުންނަން ބޭނުމިއްޔާ ޔޫއާންއާއި ދުރުވާށޭ. ޤަބޫލް ނުކުރެވެންޏާ އަހަރެން މެސެޖް ވެސް ދައްކަފާނަން. މިހާރު ޔޫއާންގެ މަންމަގެ ބޭނުމަކީ އަހަރެންގެ ދުވަސް ދުއްވާލަން. އެހެންވެ ފަންޑިތަ —”

“ހުއްޓާލާ ނާޝިދާ!”

ނާޝިދާއަށް ސިހުން ލިބުނެވެ. މީގެ ކުރިން ދުވަހަކުވެސް ޔޫއާން އޭނައަށް އޭނަގެ ފުރިހަމަ ނަމުން ނުގޮވައެވެ. އޭނަގެ ރޭވުން ކާމިޔާބުވީކަން އިނގުނެވެ. ހިތްވަރު ކޮށްލާފަ އެންމެ ފަހުގެ ހަތިޔާރުވެސް އޭނަ ދޫކޮށްލިއެވެ.

“ނުހުއްޓާނަން. ޔޫއާންއާއި ގުޅުނު މޮޔަހިތައްއަރާ މިހާރު އެބަ. ތީ ސުން÷ޕާ އާއިލާއެއް. މިހާރު އަހަރެންގެ ސަބަބުން އަހަރެންގެ މައިންބަފައިންނާ އަހަރެންގެ ކޮއްކޮމެން ވެސް ތިބީ ނުރައްކަލުގެ ތެރޭގަ. އަހަރެންގެ ބައްޕަގެ އެންމެ ގާތް އެކުވެރިޔާވެސް…..”

ނާޝިދާއަށް ކުރިއަށް ނުގެންދެވިގެން ހުއްޓާލިއެވެ. ފޯން ކަންފަތާއި ދުރުކުރުމަށްފަހު އޭނަގެ ގިސްލުން ހުއްޓުވޭތޯ މަސައްކަތްކުރިއެވެ. ފުންކޮށް ދެތިންފަހަރު ނޭވާލުމަށް ފަހު އަނެއްކާވެސް ފޯން ކަންފަތުގައި ޖައްސާލިއެވެ. އެއްވެސް އަޑެއް ބަޑެއްނީވެ ހުރެ ދެން އިވުނީ ޔޫއާން ފޯން ކަނޑާލިއަޑެވެ. ނާޝިދާ އަށް ހަމަ އެގޮތަށް ހުރެވުނީއެވެ. ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

“ދަރިފުޅާ؟” ނާޝިދާ ސިހިގެން ދިޔައީ ޒާހިޔާ ގޮވާލިއަޑަށެވެ. އޭނަ މަންމަ ދިމާލަށް ބަލާލާފައި އެއްޗެކޭ ނުބުނެ ކޮޓަރިއަށް ދުއްވައިގަތެވެ. އަދި އެނދުމަތީ އިށީންދެ އިނދެ ރޮމުން ދިޔައެވެ. ޒާހިޔާ ވަދެގެން އައިކަންވެސް އޭނައަށް ނޭންގުނެވެ. ޒާހިޔާ ގޮސް ނާޝީދާ ކައިރީ އިށީނދެލާ އޭނަގެ ކޮނޑުގަ އަތްއަޅާލިއެވެ. ނާޝިދާ އޭނަ މަންމަ ކޮނޑުގަ ބޯއަޅައިގެން ބާރަށް ރޯންފެށިއެވެ. ޒާހިޔާ އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނަ ވަކި ބުނާނީ ކީކޭހެއްޔެވެ. ދަރިފުޅު ހިތްހަމަޖައްސައިދޭނެ ގޮތެއް އޭނައަކަށް ނުވިސްނުނެވެ. ދެމައިންނަށް އެގޮތަށް ތިބެވުނީ ކިހާއިރެއްވަންދެން ކަމެއް ނޭންގެއެވެ. ދެމީހުން ސިއްސައިގެން ދިޔައީ ނާޝިދާގެ ފޯނު ރިންގްވާން ފެށިއަޑަށެވެ. ނާޝިދާ ޑިސްޕްލޭއަށް ބަލާލިއެވެ. ނުދަންނަ ނަމްބަރެކެވެ. ޔޫއާންއޭ ހިތަށް އަރާ ފޯނަށް ޖަވާބުދޭން އުޅެނިކޮށް އޭނަގެ ސިކުނޑި އެކަމަށް މަނާ ކުރިއެވެ. ޔޫއާންކަމަށްވާނަމަ އަނެއްކާވެސް އޭނަ ޖެހޭނީ ޔޫއާން ހިތުގަ ޖެހޭ އެއްޗެހި ކިޔާށެވެ. އޭނައަކަށް އެކަމެއް ނުވާނެއެވެ. ފޯން ރިންގް ކެނޑެންދެން އޭނަ ފޯނަށް ބަލަހައްޓައިގެން އިނެވެ. ޒާހިޔާވެސް އަނގައިން ނުބުނެ ނާޝިދާ ކުރާކަންތައް ބަލަން އިނެވެ.

އަނެއްކާވެސް ފޯން ރިންގްވާން ފެށިއެވެ. މިފަހަރުވެސް ހަމަ އެނަމްބަރެވެ. ނާޝިދާއަށް ވަކިގޮތަކަށް ނުނިންމިގެން އުޅެނިކޮށް ޒާހިޔާ ފޯން އަތުލައި އެއަށް ޖަވާބު ދިނެވެ.

“އައްސަލާމްއަލައި – ” ޒާހިޔާ އަށް ރަނގަޅަށް ސަލާންނުގޮވެއެވެ. އޭނަގެ ބަސް ހުއްޓުނެވެ. ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނަގެ މޫނުމައް×ޗަށް އަރާ ފައިބަމުންދާ ކުލަވަރުން ކަމެއް ގޯސްވެއްޖެކަން ނާޝިދާއަށް އިނގިއްޖެއެވެ. އޭނަ އިންތަނުން ފުންމައިގެންފަ މަންމަ އަތުން ފޯނު އަތުލަން މަސައްކަތްކުރިއެވެ. ނަމަވެސް އޭގެ ކުރިން ޒާހިޔާ އަތުން ފޯނު ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. ނާޝިދާ، ފުރަތަމަ ފޯނަށް ދެން މަންމަ އަށް ބަލައިލިއެވެ. މަންމަ އަތް އަދިވެސް ހުރީ ކަންފަތް ކައިރީގައެވެ. ފޯނު ވެއްޓުނުކަން އިނގޭ ހެނެއް ހިއެއް ނުވެއެވެ. ހުރީ ހުއްޓުން އަރާފައެވެ.

“މަންމާ…މަންމާ” ޒާހިޔާގެ ދެކޮނޑުގައި ބާރަށް ހިފާ ތަޅުވާލިއެވެ. ޒާހިޔާ އަށް ސިހުމެއް ލިބުނެވެ. އޭނަ ނާޝިދާއަށް ބަލާލިއެވެ. އޭނަގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ.

“ކާކުތަ ގުޅީ؟” ޒާހިޔާ އަނގައިން ނުބުނެއެވެ. ނާޝިދާ ދިމާލަށް ބަލަހައްޓައިގެން ހުރީއެވެ.

“މަންމާ ކާކުހޭ ގުޅީ؟؟” ނާޝިދާ އަނެއްކާވެސް ސުވާލު ކުރިއެވެ. ޒާހިޔާ ޖަވާބުދޭން އަނގަހުޅިވާލިތަނުން އަނެއްކާވެސް ފޯން ރިންގްވާންފެށިއެވެ. މިފަހަރު އެއްވެސް ވިސްނުމެއް ނެތި ނާޝިދާ ބިންމަތީ އޮތް ފޯން ނަގައި، ނަމްބަރަކަށް ބެލުމެއްނެތި، ފޯނަށް ޖަވާބު ދިނެވެ.

“ހަލޯ” ހިތްހަމަނުޖެހިފަ ހުރިވަރުން ނާޝިދާއަށް ވާހަކަ ދެއްކުނީވެސް ތަންކޮޅެއް ހަރުކަށިކޮށެވެ. އެކޮޅުން ޖަވާބެއް ނައެވެ. އަނެއްކާވެސް ނާޝިދާ ހަލޯއޭ ބުނެލިއެވެ.

“ނާޝް….” ނާޝިދާއަށް ހީވީ ގަނޑުފެންއެއްޗެއް އޭނަ ގަޔަށް އޮއްސާލިހެންނެވެ. އެއަޑު އޭނަ ދުވަހަކުވެސް ހަނދާން ނުނެތޭނެއެވެ. އޭނަގެ ހިތަށް ބިރުވެރިކަން ވަނެވެ. އޭނަ މަންމައާއި ދިމާލަށް ބަލާލިއިރު މަންމަގެ މޫނުމަތިންވެސް މިހާރު ފެންނަނީ ބިރުވެރިކަމެވެ.

“ނާޝްޝްޝް….” އަނެއްކާވެސް އެކޮޅުން ގޮވާލިއެވެ. “ނާޝް އަށް ހީވޭތަ އެހާ ފަސޭހައިން އަހަރެން ނާޝް ދޫކޮށްލާނެހެން؟؟”

“ހަމްދާން….” ނާޝިދާ އަށް ވައިއަޑުން ބުނެލެވުނެވެ.

“ނޫން.” އެކޮޅުން ޖަވާބުއައެވެ. “ހަމްދާން އެއް ނޫން. ލިވާކް” (ނުނިމޭ)

Share Article

Follow Me Written By

naina

Level 110 Stories

Other Articles

Previous

ވަގުތު 2

Next

ހަދިޔާ (އަށާރަވަނަ ބައި)

Next
December 26, 2018

ހަދިޔާ (އަށާރަވަނަ ބައި)

Previews
December 25, 2018

ވަގުތު 2

16 Comments!

  1. goldie says:
    December 28, 2018 at 12:12 am

    Hi!
    Kihi neh haalu?
    Nai ge story liyumuge hunarah hama saabas.. Bunelan beynu mee, Nai hivvaraa eku kuriyah dhaashey, eirunney kaamiyaabu libeynee.. Insha allah
    Ebain question eh
    Nai kihi neh tha fanditha n sihuru ge kan kan dhannanee? Ans me plzz nai
    Thanks for this story
    Luv u nai

  2. goldie says:
    December 28, 2018 at 12:13 am

    umm can i call u nai plzz..goldii ah fasey ha ee nai kiyan naira ah vuren..hehe

  3. baby says:
    December 28, 2018 at 2:55 am

    v salhi ekam dhen enah kelaaiyas enah part keyh libeynei month akun dhee

  4. ?Shifna? says:
    December 28, 2018 at 12:47 pm

    Masha allah. Varah varah reethi mi part vx. When next part?? Waiting 4 next part.. naina ge mi vaahaka mee mihaaru enme kiyaa hithun kiyey vaahaka. Have a good day. LY naina

  5. unique says:
    December 28, 2018 at 4:02 pm

    alhey maasha allah…. mi story hama vara osm…… curiously waiting for next part

  6. Anonymous says:
    December 29, 2018 at 5:47 pm

    Haadha kurey????????? sorry!

  7. shal says:
    December 30, 2018 at 10:16 am

    avaha nerechey next part plx naina

  8. Fayaz says:
    January 5, 2019 at 4:48 pm

    Mivaahaka nimuneetha

  9. Shai says:
    January 5, 2019 at 7:41 pm

    Goldie looks jealous…….. naina v salhi vaahaka…

  10. ?? says:
    January 7, 2019 at 5:20 pm

    When next?
    I love you n ur stories nai

  11. unknown bro says:
    January 27, 2019 at 4:27 pm

    hello, kon iraku next part upload kurany?

  12. ޖިންނި says:
    February 17, 2019 at 10:04 pm

    ޖިންނި މުސްލިމް ވިޔަކަސް އޭގެ ކިބައިން އެހީތެރިކަން ހޯދުން ނަހީ ކުރައްވާފައި ވަނީ. މުސްލިމް ޖިންނިއެއް ކިބައިން ވިޔސް އެހީތެރިކަން ހޯދުމަކީ ޝިރުކުކުރުން….ވާހަކަ ވަރަށް ސަޅި

  13. Jinni says:
    March 13, 2019 at 6:54 pm

    Migothah vaahaka nuliyun maa rangalhu vaane..15 hisaabun huttifa..vaahaka liyaa nama ehkoh liyefa episode by episode update kurey..eyrun huttifa nuhunnaane dw

  14. Ib@ says:
    March 22, 2019 at 12:54 pm

    N aina konirakun next part. Varah derevey 15 hisaabah go’s huhtaaleemah.post than at reply kuraane kama ummedhukuran.my vahaakaige anehbai avahah u plod kuree.mi vaahaka lee hurihaa meehunahves enme kiyaahithun kuraane eh vaahaka.ehenveema mi vaaha kuran gender.I hope aina will reply on my comment as soon as possible

  15. OLY says:
    March 26, 2019 at 4:19 pm

    !!!!I love this is
    U r so so talented….. plxx teach me how to write such nice stories….?????

  16. shal says:
    July 2, 2019 at 8:17 pm

    next part neranee kihaairakun tha?

Comments are closed.



All Right Reserved!