Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިނެސްކަން ލޯބި (3)

Mysterious Woman Level 310 Stories100 Comments
November 15, 2024 3 Mins Read
4 Comments

ޒެޑްސް ސެންޓްރަލް ކޮލެޖަކީ ގިނަ ބައެއްގެ ތެރޭގައި މަޤުބޫލުކަން ހޯދާފައިވާ ކޮލެޖެކެވެ. އެ ކޮލެޖުގައި މިހާރު ވެސް އެތައް ހާސް ކުދިންނެއް އެކިއެކި ދާއިރާތަކުން ކިޔަވަމުންދެއެވެ. ރާއްޖެއިން ބޭރަށް ނުގޮސް ރާއްޖޭގައި ތިބެގެން ތަޢުލީމު އުނގެނުމުގެ ފަހި ފުރުސަތު ހުޅުވާލަދިން މޭސްތިރިއަށް ހާސްފަށުން ޝުކުރެވެ. ޒެޑްސް ސެންޓްރަލް ކޮލެޖުގެ ކުރިމައްޗަށް ހުއްޓާލި ސްޕޯސްޓް ކާރުން ފޭބި ޒުވާނާއަށް ގިނަ ބައެއްގެ ނަޒަރު ވަނީ ހުއްޓިފައެވެ. ބޮލުގެ ކުލަ މަޑު ނުލާއި ދަނބުކުލަޖައްސާފައިވާއިރު ބަލާލަން ހިތްގައިމު ގޮތެއް ހުރެއެވެ. ކަޅު ސޫޓެއްލާ ރަސްމީ ސްޓައިލެއްގައި އެ ކާރުން ފޭބި އެ ޒުވާނާގެ ޕީއޭއާއިއެކު ކޮލެޖަށް ވަންނަން ހިނގައިގަތީ އަންހެން ކުދިންގެ ހިތްތަށް ކަތިލާހާ ސްޓައިލިޝް ހިނގުމެއްގައެވެ. ކޮލެޖުގެ އެކި ހިސާބުތަކުގައި އަންހެން ކުދިންގެ ބައިގަނޑުގަނޑު އެތުރިލާފައި ތިބީ މި ރީތި ޒުވާނާގެ ޖާދުލުގައި ޖެހިފަކަމާމެދަކު ޝައްކެއްވެސްނެތެވެ. އެވަރަކުން މި ޒުވާނާއަށް އެބަލަނީ ހަމައެކަނި އޭނާގެ ރީތިކަމަކުންނެއްނޫނެވެ. އެހެނަސް މެހެފިލް ވިލާގެ ވާރިސަކަށް ވެސްވާތީއެވެ. އަދިހަމައެހެންމެ ފޯރ ޒެޑް ކުންފުނީގެ ސީއީއޯ ޒިވިއަން ޒާލިމްގެ ދެބެންގެދެދަރި ކޮއްކޮ އަދި ޒެޑް ފޯރ މެޑިކަލް ހޮސްޕިޓަލުގެ ސީއީއޯ ޒާން ސަލީމަށް ވެސްވާތީއެވެ.

ތިންވަނަ ބައި

ރަންވޭގައިޖެއްސި މަތިންދާ ބޯޓުން ފައިބައިގެން އެރައިވަލް ގޭޓިން ނިކުތް ހޫރެއްފަދަ ޖިންސުއްލަތީފަށް ގިނަބައެއްގެ ނަޒަރުވަނީ ހުއްޓިފައެވެ. ލަގޭޖް ހިފައިގެން އެ ދަމަމުން މީހަކު ފެނޭތޯ ކޮޅުކޮޅު ބަލަމުންދިޔަ ހޫރެއްފަދަ ޒުވާނާއަށް ދެވަނަ ފަހަރަށް ވެސް ބަލާލަނީ ސަބަބެއްނެތިއެއްނޫނެވެ. ރާއްޖޭގައި އާއްމުކޮށް ނުފެންނަފަދަ ދޮން ހަންގަނޑެއް ޤުދުރަތީ ގޮތުން އެކުއްޖާއަށް ލިބިފައިވެއެވެ. ކަޅު ދިހުން ކުލައަރާ ރާޅު ބާނީ އިސްތަޑިގަނޑުވަނީ ވަޔަށް ދޫކޮށްލައިފައެވެ. ދިގު އެސްފިޔަތަކާއި ހިތިފަތު ބުމައެކެވެ. ހެޔޮވަރުވަރެއްގެ އިސްކޮޅެއް އެކުއްޖާއަށް ލިބިފައިވެއެވެ. ފައިގެ ތަނބިކައްޓާއި ހަމައަށް އަރާ ޒަމާނީ ސްޓައިލް ދައްކުވައިދޭ ރީތި ހެދުމެއް އެ ކުއްޖާ ލާފައިވެއެވެ. އަރާފައިވަނީ އުސްފައިވާނަކަށެވެ. އެރީތި ދެލޯ ފޮރުވާލުމަށް ޓަކައި އެންމެފަހުގެ އައިނެއް އަޅާފައިވެއެވެ.

“މެހެކް………” ތަންކޮޅެއް ދުރުން ހިމަތޮޅި ރީތި އަންހެން ކުއްޖަކު ހަނާ އަޅާލިތަން ދުރުން މެހެކްއަށް ފެނުމުން ލޮލުގައި އަޅާފައިވާ އައިނުނަގާ ނިތްކުރީ މަތީ ބާއްވާލިއެވެ. އެއާއިއެކު އެވަގުތު އެތަނުގައި ތިބިހާ ބައެއްގެ އަނގަތަންމިނަށް ހުޅުވުނުފަދައެވެ. ކިރިޔާ ދެމިޔަކަނުން ސޮނިނުފައިބާކަމެވެ. ސައިކަލުތަކުގައި އެއާޕޯޓަށް މަޑުކުރި މީހުންނާއި ކާރުތަކުން ފޭބި މީހުން ވެސް ތިބީ ބަސްހުއްޓިފައެވެ. އެހެންނުވާންވީ ވެސް ފަހެ ކީއްވެ ހެއްޔެވެ. ހޭޒަލް ކުލައިގެ ކަޅިއެއް ޤުދުރަތީގޮތުން މެހެކަށް ލިބިފައިވާއިރު އެބޯ އެސްފިޔަތަށް ތަޅުވާލާ ގޮތްތަކުން މީހެއްގެ ހިތަށް އަސަރު ނުކޮށެއް ނުދާނެކަންގައިމެވެ.

“ހޭއި…ފަލްކީ….ލޯންގް ޓައިމް ނޯ ސީ……” ފަރި ހިނގުމެއްގައި މެހެކުގެ އެންމެ ގާތް އެކުވެރިޔާކައިރިއަށް ގޮސް އެއް ލޯމަރާލަމުން މެހެކް ބުންޏެވެ. “އަޅޭދެން….މެހެކް…ލަންޑަނުގައި ކިޔެވި ކިޔެވީނުން ސިކުނޑި ގޮވީތަ؟….އާ އެހެންޏާފަހެ ކަމަނާފާނުގެ ބެސްޓުފުރެންޑުގެ ނަން ވެސް ނޭންގޭވިއްޔާ….” ތުންކޮޅު އޫކޮށްލަމުން ރުޅި މޫނު ހަދާފައި ފަލަކު ބުންޏެވެ. “އޯ ކަމޯން…ޑޯންޓު ސްޓާޓް އިޓް އަގެއިން…. މަގޭ އެންމެ ގާތް އެކުވެރިޔާގެ ނަން ނޭންގެންޏާ މަށަކަށް މަރިޔަމް މެހެކް މަމްދޫހެއް ނުކިޔާނެ” ވަރަށް ފަޚުރުވެރިކަމާއެކު މެހެކް ބުންޏެވެ. “އައްދޭ…ކުޑަބެގެ ކޮއްކޮ ކޮންއިރަކުތަ ބޮޑުވީ….ތީހަމަ މަމްދޫހު މުޙައްމަދާއި މަލައިކާ ނާޒިރުގެ ހަގު ދަރި މަރިޔަމް މެހެކް މަމްދޫހުތަ؟ ކުޑަބެ ހީކުރީ ފޮޅިފައި އިން ފިނިފެންމަލެއްކަމަށް ވެއްޓިފައިއޮތީ….އެހެންޏާފަހެ މީހުންގެ އަނގަތަކުން ސޮނިނުފައިބަނީސް މިތަނުން ދެވޭތޯ ބަލަމާ” އިވުނީ ނުހަނު ފިރިހެންވަންތަ އަޑެކެވެ. މެހެކް ފަހަތަށް އެނބުރި ބަލާލީ ދަންނަ އަޑެއް އިވުމުންނެވެ. ކުރިމަތީ ދެޖީބަށް އަތްޖަހާލައިގެން ނުހަނު ފިރިހެންވަންތަ ސްޓައިލަށްހުރި ޒުވާނާ ފެނުމުން މެހެކްގެ ތުންފަތްމައްޗަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. “ހާއި ޕްރިންސަސް”، “ކުޑަބޭ” ދެމީހުންނަށް އެއްފަހަރާ ބުނެލެވުނެވެ. ދެން ފެނުނީ ދެމީހުން ހިނިގަނޑެއް ޖަހާލިތަނެވެ. “ސޮރީ މެހެކް….މިހިރަ ފޮނި ސޮރާ ހެދި މަގޭ ބެސްޓް ފުރެންޑަށް ކުރި ވަޢުދު ވެސް އުވާލަންޖެހުނީ….އާ އެހެންޏާ އެވަރަށް މެހެކް އަންނަ ދުވަހެއް ނުބުނާށޭ ބުނެފަ އޮއްވާ ވެސް ވެއްޖެވިއްޔާ ކޮނެކޮނެގެން އަހަރެންލައްވާ ބުނުވަން….މިއަދު މެހެކް އަންނަކަން އިނގޭތީ މަގޭ ފަހަތުން އެއައީ…އަދި އެބަހުއްޓެއްނުން ފޮނިވެފައި އަންހެން ކުދިން އެވަރަށް ބަލާތީ ތުއިވެގެން” އަނގަ ޗޭކޮށްގެން ތުންފަތާއި ލޮލުން ވައްތަރުވައްތަރު ޖައްސަމުން ފަލަކު ބުނިގޮތުން ނުހޭން ހުރެ ވެސް މެހެކަށް ބާރަށް ހެވިއްޖެއެވެ. އެވަގުތު އެމީހުންގެ ކުރިމއްޗަށް ހުއްޓި ކަޅުކުލައިގެ ޕްރައިވެޓު ކާރު ފެނުމުން މިތާ ރޯނުވަނީސް އަވަހަށް ހިނގާށޭ ކިޔާ މެހެކުގެ އަތުގައި ހިފައިގެން މާއިޝް ގޮސް ކާރަށް އެރިއެވެ. ފަހަތުން ފުސްމޫނު ހަދައިގެން ހުރެ ފަލަކު ވެސް ގޮސް ފަހަތު ސީޓު ހުޅުވާލާ ކާރަށް އަރާ ހަމަޖެހިލިއެވެ.

ހައިވޭމަތިން ބާރު ސްޕީޑުގައި ކާރު ގޮސް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ‘ރޯޒް ގާޑަން’ ކުރިމައްޗަށް ގޮސް މަޑުކޮށްލިއެވެ. ޑްރައިވަރު ދޮރުހުޅުވާލަދިނުމުން މެހެކް ނިކުމެ ޒަމާނީ ފެންވަރަށް ހަދާފައިހުރި އެ ބޮޑު އިމާރާތައް ވަރަށް ފުން ނަޒަރަކުން ބަލާލިއެވެ. އޭރު ދޮރުވާނަކަށް ހުރި ބޭރު މީހާ އަވަސް އަވަހަށް އައިސް ވެރިޔަކަށް ސަލާމްކުރާހެން ސަލާމްކޮށްފައި ރޯޒް ގާޑަންގެ ބޮޑު ގޭޓު ހުޅުވާލަދިނެވެ.

ގޭޓުން އެތެރެވުމާއިއެކު މުޅި އިމާރާތައް ގެނެސްފައިހުރި ބަދަލުތައް ހާމަވެއެވެ. ކުރިން މެހެކް އުޅުނު އިމާރާތާއި މި އިމާރަތް ހާސްބައި ތަފާތުކަން އެވަގުތުކޮޅު ވެސް ފާހަގަކުރެވުނެވެ. މުޅި އެތަނުން ދުވަނީ މާމެލާމެލީގެ ހިތްގައިމު ވަހެކެވެ. ބަލާލި ކޮންމެ ދިމާލަކުން ފިނިފެންމަލުގެ ހާރެއްފަދަ ބަގީޗާއެކެވެ. މުޅި އެތަންވަނީ ފިނިފެންމަލުން ފުރިފައެވެ. “ރޯޒް ގާޑާން” ކިޔަނީ ވެސް މިހެންވެ ކަންނޭނގެއެވެ. ދެ ފަރާތުން ދެވެން މަގެއް ހަދާފައިވާއިރު މެދުގައި ބޮޑު ފިނިފެންމަލުގެ ފެންގަނޑެއް ހަދާފައިވެއެވެ. މިއީ ލައްކަ މަސައްކަތްކަން އިނގެއެވެ. މުޅި އެ އިމާރަތް ފަރުމާކޮށްފައިވަނީ އާސާރީ ގޮތްގަނޑަށްކަން އިނގެނީ ގެނެސްފައިވާ އިންޓީރިއާ ޑިޒައިންތަކުންކަން ހާމަވެއެވެ. މެހެފިލް ވިލާއާއި އެއްވަރުނުވިޔަސް މިއީ ވެސް ރާއްޖޭގައި މިހާރު ޒެޑްސްގެ ކުންފުނިތަކާއި އެންމެ ގާތުން ވާދަކުރާ ކުންފުނީގެ އެންމެ އިސްވެރިޔާގެ އިމާރާތެވެ. އާދެ، އެމްސް ކުންފުނިތަކުގެ އިސްވެރިޔާ މަމްދޫހު މުޙައްމަދުގެ “ގަނޑުވަރެވެ”. މެހެކްމެން ފެންގަނޑުވަށައިގެން ހިނގާލާފައި ގޮސް ދެތިން ހަރުފަތް ގިރާކުރުމަށްފަހު ގޭގެ ބޮޑު ދޮރުކުރީމަތީ ހުއްޓުމަށްފަހު މެހެކް އެތާ ހަރުކޮށްފައިވާ ބެލްއަށް ފިތާލިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ތިނެސްކަން ލޯބި (2)

Next

ހަނދުވަރު ދިން އެރޭ …13

Next
November 15, 2024

ހަނދުވަރު ދިން އެރޭ …13

Previews
November 14, 2024

ތިނެސްކަން ލޯބި (2)

4 Comments!

  1. Repunzil says:
    November 15, 2024 at 8:05 pm

    Wowwwww 😮😯
    Vv reethi ….
    Curiously waiting for the next part
    When is next ?

    1. Mysterious Woman says:
      November 15, 2024 at 8:47 pm

      hehe insha allah soon…will try everyday upload kurevey tho..

  2. gurrrrl says:
    November 16, 2024 at 11:57 am

    curiously waiting when next???

    1. Mysterious Woman says:
      November 16, 2024 at 6:13 pm

      hehe..insha allah thx….if there is anything that needs to be improved plx let me know… 🙂

Comments are closed.

Next Episodeތިނެސްކަން ލޯބި (4)←


All Right Reserved!