Skip to content
އެސްފިޔަ

ތިނެސްކަން ލޯބި (ޓްރެއިލާ)

﷽

އައްސަލާމުޢަލައިކުމް

މިއީ އަޅުގަނޑު މި ސައިޓަށް ލިޔާ ފުރަތަމަ ދިގު ވާހަކައެވެ. މިއީ އަޅުގަނޑުގެ އަމިއްލަ ޙިޔާލުގެ މައްޗަށް ލިޔާ ލޯބީގެ މުޅިން ތަފާތު ވާހަކައެކެވެ. މި ވާހަކަ ކުރިއަށް ގެންދިޔުމަށް ޓަކައި ތިޔަ ލޮބުވެތި ކިޔުންތެރިންގެ ލޮއެއްބާއި އެއްބާރުލުން ނުހަނު ބޭނުންކަމަށް ފާހަގަކޮށްލަމެވެ.

ވިޔަފާރީގެ ދުނިޔޭގައި މުޅިން ތަފާތު މިޒާޖުގެ މީސްމީހުންނާއި ދިމާވެ ފެނިދެނިވެ ވާހަކަދެކެވި އެކަކު އަނެކަކާ އޮންނަ ގުޅުން ވަރުގަދަވެގެންދެއެވެ. ވާދަވެރިކަން އެއްބައެއް އަނެއްބައެއްގެ މެދުގައި އޮތްކަމުގައިވިޔަސް އެކަން ހާމަނުކުރާނެކަންގައިމެވެ. މިފަދަ ގުޅުންތަކުގެ ސަބަބުން ވިޔަފާރިވެރިން އެމީހުންގެ ދަރިން ވެސް އެކަކު އަނެކަކަށް ތަޢާރަފުކޮށްދީ ބޮޑެތި ވިޔާފާރިވެރިންގެ ގުޅުންތަކުގެ ސިއްކަ ވަރުގަދަ ކުރުމަށް މަސައްކަތްކުރެއެވެ. މުސްކުޅިވެ ގައިބާރު ދެރަވުމުގެ ސަބަބުން ދެން އެ ވިޔާފާރިވެރިންގެ ވާރުތަވެރިން އެ ވިޔަފާރިތަކާ ހަވާލުވެއެވެ. މިލްކުވެރިންގެ ގުޅުންތަކުގެ ފެށުން އަންނަނީ މިހާހިސާބުންނެވެ.

ރާއްޖޭގައި އޮތް އެންމެ ވަރުގަދަ “ވިޔަފާރިވެރިންގެ މާލަން” ބޮޑު އިވެންޓުގެ ތެރެއިން ތަފާތު ޒުވާން ވިޔަފާރިވެރިންނާއި ދިމާވެއެވެ. މި ބޮޑު އިވެންޓުގެ ތެރެއިން ‘ވިޔަފާރި’ މި ލަފުޒުގެ ކުލަ ފަނޑުވަމުން ގޮސް ‘ލޯބި’ މި ލަފުޒުގެ ކުލަ ގަދަވާނެކަމަށް ހީކުރާނީ ކާކު ހެއްޔެވެ؟ އެއް ރަހިމަކުން އުފަންނުވިޔަސް އެއް ލެޔެއް ހިނގާ ޒުވާން ދެ ވިޔަފާރިވެރިންނަށް ލޯބިވެވެނީ އެކެއް ދެކެ ކަމެއް އިނގޭނީ ކިހިނެއް ހެއްޔެވެ؟ ވަރުގަދަ ގުޅުމެއްގެ ނިމުން އަންނާނީ ކިހިނެއް ކަމެއް ލަފާކޮށްލާނީ ވެސް ކިހިނެއް ހެއްޔެވެ؟ މިފަދަ ވިޔަފާރީގެ ގުޅުންތަކުގެ ސަބަބުން ލޯބީގެ ގުޅުމެއްގެ ފެށުން އަންނާނީ މިފަދައިން ކަމެއް އިނގޭނޭ ހެއްޔެވެ؟ ނަމަވެސް އެފަދަ ގުޅުމެއްގެ ބިންގާ އެޅިއްޖެއެވެ. ވިޔަފާރީގެ ދުނިޔޭގައި ޒުވާން ވިޔަފާރިވެރިންތަކެއްގެ މެދުގައި ތިނެސްކަން ލޮއެއްބެއްގެ ބިންގާ އެޅިއްޖެއެވެ.

މައިގަނޑު ޝަޙުޞިއްޔަތުތައް:

ޒިވިއަން:

ޒާލިމް ޒާކިރާއި ބަލްގިސް އަބްދުއްރަޙްމާނުގެ ދޮށީ ދަރިފުޅެވެ. ޢުމުރުން 27 އަހަރުގެ ޒުވާން ވިޔަފާރިވެރިއެކެވެ. އަންހެން ކުދިންގެ ހިތްތަކުގެ ރާޖާއެވެ. ނަމަވެސް އެ ކުދިންގެ ހިތްތައް ޒަޚަމްކޮށްލުމަށްފަހު ޒިވިއަންއަށް ލޯބިވެވެނީ އޭނާ އެންމެ ހީނުކުރާ ކުއްޖާދެކެއެވެ.

މެހެކް:

މަމްދޫހް މުޙައްމަދާއި މަލައިކާ ނާޒިރުގެ އެންމެ ހަގު އަދި ހުރިހަމައެކަނި އަންހެން ދަރިއެވެ. ޢުމުރުން 22 އަހަރުގެ ޒުވާން ރީތި ޖިންސުއްލަތީފެކެވެ. ބައްޕަގެ މިލްކިއްޔާތުގެ ހުރިހާ މުދަލެއްގެ ވާރުތަވެރިޔާއޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ. ހުރިހަމައެކަނި އަންހެން ކުއްޖާޔަށްވުމުން ކަމަށް ވެސް ވެދާނެއެވެ. މެހެކަށް ލޯބިވެވެނީ އޭނާ އެންމެ ހީނުކުރާ ޒުވާނެއްދެކެއެވެ.

ޒާން:

ޒާލިމް ޒާކިރުގެ ހުރިހަމައެކަނި ކޮއްކޮ ޒޫނާ ޒާކިރާއި ސަލީމް އަޙުމަދުގެ ދޮށީ ދަރިފުޅެވެ. ޢުމުރުން 26 އަހަރުގެ އަންހެން ކުދިންގެ ‘ޝެހެޒާދެވެ’. އެއްމަލުން ފޮނިބޮމުން އަނެއް މަލުގެ ރަހަ ބަލަމުން ދުވާ މާބުރެއްހެން އަންހެންކުދިން ބޭނުންކުރަމުންދާއިރު ޒާންއަށް ލޯބިވެވެނީ ކުޑައިރުންފެށިގެން ވެސް “ކްރަޝް” ގެ ލަޤަބުދީފައިވާ ޒުވާން ހޫރުލްޢީނަކާއެވެ.

މިވާހަކައިގެ ފުރަތަމަ ބައި އިންޝާﷲ ވަރަށް އަވަހަށް ކިޔާލަން ލިބޭނެއެވެ….އިންތިޒާރުކޮށްލައްވާ!

Comments (8)

  1. Nawar

    Trailer in vx vrh heevey mi story varah reethi vaane hen…
    Story ge first part kiyaalan libeyny kn dhuvahakun????
    Ummeedhu kuran story nimendhen genesdheyne kamah…..
    Dhn emme inthizaaru kurevyny mi story ah 🥰🥰🥰🥰🥰
    I hope vrh avahah kiyaalan libeyne kamah….

    1. Mysterious Women
      Nawar

      Thanks foe the very first comment…Insha Allah soon story ge 1st part kiyaalanq libeyne….mi story nimen dhn insha allah genes dheynan. 🙂

  2. Repunzil

    Vv interesting trailer
    Curiously waiting for the story to start being updated

    1. Mysterious Women
      Repunzil

      Insha Allah v.avahah story ge 1st part kiyaalan libeyne… 🙂

  3. Kamana

    Mi vaahaka hyvey v reethi vaanehen

    Ekm aslu vaa gothaky mihaaru mi site ah anna baeh myhun vaki hisaabakah liyefa dhen disappear vany
    Aslu ehaa kiyaa hithun hutta ais ehn hadhaathy v dhera dhw

    Thihaa reethi feshumeh genesdheefa ehn nuhadhaa continue as it as
    Insha allah u will gain support and love

    1. Mysterious Woman
      Kamana

      insha allah mi vaahaka nimen dhn genes dheynan…thiya lobuvethi kiyun therin ge support aa eku mi vaahaka ninmaalaanan insha allah 🙂

  4. The Evid Reader

    Let the mystery deepen!

    1. Mysterious Woman
      The Evid Reader

      sure heheh 🙂

Comments are closed.