Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނާއިންސާފް 27

Monsta Level 310 Stories100 Comments100 Login
August 5, 2019 5 Mins Read
38 Comments

“ކޮބާ އޮޓޯޕްސީ ރިޕޯރޓް..” ފުރަތަމަވެސް އަހަރެން ސުވާލު ކޮށްލީމެވެ. ލުވެއިޒް އެއްވެސް އެއްޗެކޭ ނުބުނެއެވެ.

“އެންމެ އެއްޗެއް. އެއް ކަންތަށް މަށަށް ސާފު ކޮށްދީ..” ޝަޔާން ލުވެއިޒްއާއި ދިމާއަށް ބުނެލިއެވެ. ލުވެއިޒް އިސް ޖަހާލީއެވެ. އަހަން އެއުޅޭ އެއްވެއް މާކުރިންވެސް، އިނގޭ ކަހަލައެވެ.

“މަރުވިއިރު، ބަނޑަށް ތިން މަސް. ކާކު ދަރިއެއް؟”

………………….

“ބުނެބަލަ… ކާކު ދަރިއެއްހޭ..” ހަމަ ހިމޭން ކަމުގެ ވަގުތުކޮޅަކަށްފަހު ދެންވެސް ގުގުމައިގެން ދިޔައީ ޝަޔާންގެ އަޑެވެ.

“މަށަކަށް ނޭންގެ.” މަޑުމަޑުން، ލުވެއިޒް ބުނެލިނަމަވެސް، އެއީ ތެދެއްކަން ޔަގީންކުރާކަށް ނޭންގުނެވެ.

“ލުވެއިޒްގެ ތަ؟” ވަރަށް މަޑުން މާހިލް އަހާލިއެވެ. އަންނަ ރުޅީގައި، ލުވެއިޒް، މާހިލް ރޮލާ ކާލަފާނެތީ ކަންނޭންގެއެވެ.

“މަގޭ ދަރިއެއް ނޫން.. މަ އެބައުޅެންތަ ދަރިން ނުހޯދިގެން. ކުރެވިފައި ހުރި ރަނގަޅުކަންކަން މާ ގިނަކަމަށް، ހިލޭ އަޛާބް ހޯދަން؟” ލުވެއިޒް ރަނގަޅަށްވެސް ރުޅިއައެވެ. ދެން އެކަހަލަ އިލްޒާމެއް ބޮލުގައި އަޅެވުމުން ކޮންމެ މީހަކުވެސް ރުޅި އަންނާނެއެވެ. ނަމަވެސް ލުވެއިޒް އެހަދަނީ ތެދެއްކަމާއި މެދު އަހަރެންނަށް ޝައްކެވެ.

ދެން ވޭތުވި ހަމަހިމޭން ކަމުގެ ވަގުތު ކޮޅުގައި އަހަރެން ފުންކޮށް އެކިމީހުނަށް ބަލައިލީެވެ. ޝާގެ ދަރީގެ ބައްޕަޔަށް ވާނީ ކާކު ހެއްޔެވެ. ވެދާނެ މީހެއް ނަމަވެސް ހިތަށް އަރުވާލާކަށް ނޭންގުނެވެ.

“ލުވެއިޒް…. ޑޯންޓް ޓެލް މީ އިސާކްއޭ..” އިން ތަނުން ފުންމައިގެން ތެދުވެވުނީ، ހިތަށް އައި އެއްޗަކުންނެވެ. މާހިލްވެސް، އެއްފަހަރު މަށަށް، އަނެއްފަހަރު ލުވެއިޒްއަށް ބަލައިލެވެ.

“ކައެ އަށް ތިއަށްވުރެ ހެޔޮކޮށް ނުވިސްނުން؟” ލުވެއިޒް އަހަރެންނާއި ދިމާއަށް ބުނެލިއެވެ. އެބުނި އެއްޗެއް އަހަރެންނަކަށް ނޭންގުނެވެ. ނަމަވެސް ބާކީ ދެމީހުނަށް ގެޓުވެގެން ބޯ ޖަހާލިއެވެ. އެކަކުވެސް އަހަރެންނަށް ކިޔައިދޭކަށް ނޫޅުނެވެ. ގޯސް މީހުންތަކެކެވެ. ދުވަހަކުވެސް މަޢާފެއް ނުކުރާނަމެވެ.

“ކައެއަށް އިނގެއެއްނު، ބުނެބަލަ.” ޝަޔާން ދެންވެސް އިނގިލި ދިއްކުރީ ލުވެއިޒްއާއި ދިމާއަށެވެ. ނޭންގެޔޭ ބުނީމަވެސް، ޝަޔާންއަށް ފުދުނު ކަމަކަށްވެސް ނުވިއެވެ. ހަމަ އެސޮރު ހިތަށް ތަދުކުރަންވެގެންނެވެ.

“ޝާންއަށްވެސް އިނގޭނެ.” ލުވެއިޒްވެސް ދިނީ ފިނި ޖަވާބެކެވެ. މިހާރު އަހަރެންގެ ބޮލަށް އެބަ އުނދަގޫވެއެވެ. ޝަޔާން ބުނާގޮތުން ލުވެއިޒަށް އިނގޭނެއޭއެވެ. ލުވެއިޒް އެބުނަނީ، ޝަޔާންއަށްވެސް އިނގޭނެކަމަށެވެ. އެހެންވީމަ ނޭންގޭ މީހަކީ އަހަރެންތާއެވެ. ހަމަ އަހަރެން ކަޅުވީމަ އަހަރެންނަށް ސިއްރުކުރަނީއެވެ. މުޒާހަރާއަށް ނިކުންނަ ވަރު ވެއްޖެއެވެ.

“ދެން ކާކުތަ..؟” އަހަރެންނަށްވުރެ ކުރިން، ހަމަހިމޭންކަން ނަގާލީ މާހިލްއެވެ. މިހާރު ދެން ކެތް ނުކުރެވޭ ވަރަށްވެސް ކެތް ކުރެވިއްޖެއެވެ.

“ދެން އިސާކް ނޫނިއްޔާ..؟” އަހަރެންނަށް ޖުމުލަ ފުރިހަމަ ކުރެވުނަކަވެސް ނުދިނެވެ.

“މަގޭ ދައްތަ އެބަ އުޅޭތަ މޮޔަވެގެން. ތިބުނާހާ ގަމާރެއް ނޫނޭ..” އަހަރެމެނންގެ ވާހަކަ މުޅިން ޒުވާބަކަށް ބަދަލު ވެއްޖެއެވެ. ޓޮމް އެން ޖެރީ ކާރޓުނުގަ ނޫނަސް، ގޭ ކައިރީގައި އުޅޭ ދޫނިތައް، އުދުހިގޮސްފާނެއެވެ.

“ގަމާރެއް ނޫނޯ… ވަރަށް ވުރެ މޮޔަ ވީމަ ދޯ ވާން އާ އެއްކޮށް އުޅެލާނީ..” ޝަޔާންގެ ވާހަކަ މުޅިން ނުނިމެނީސް ލުވެއިޒް ބުނެލިއެވެ. ވަގުތުން ޝަޔާން އިސްޖަހާލިއެވެ. ލުވެއިޒްވެސް އިސްޖަހާލިއެވެ. ލަދުން ކަންނޭންގެއެވެ. ކައިވެނި ސައްހަ ނޫނަކަސް ނަމުގައި އަނބިމީހާ ކަމުން، ދެން ލަދުވެސް ގަންނާނެ ނޫންހެވެ. އަނެއްްކޮޅުން ތަން ދޮރު އޮޅުން ނުފިލަނީސް ހޯދި އަންހެން ކުއްޖާގަނޑެކެވެ.

“ވާން… ވާންއޭ؟ އަޔާޒް ގޭންގު ދިވާން؟ ނޫނީ…” ބުނަން އުޅެފައިވެސް އަހަރެން ހުއްޓާލީ، ދަންނަ މީހެއްގެ ނަން ހިތަށް އައުމާއި އެކު ބުނަން ލަދުންނެވެ.

“ރަނގަޅަށް ތި ބުނެވެނީ.. އިވާން.. މައެ ބޭންޑް އިވާން…” ހަތަރު ކަޅި ހަމަކޮށްލަމުން ޝާން ބުނެލިއެވެ. ޝާނާއަށް މަލާމާތް ކުރާ ފަދަ ގޮތަކަށް އެހެނަސް ދެރަވެ ހުރެއެވެ.

“އަން، މިއޮތީ، ކޯޓުގަ މި ދައްކާ… މަ ކޮންމެހެން ބޭނުމެއް ނޫން، ދޮންތަ ދިފާޢު ކުރާކަށް. މި ހިސާބުން މިކަން ނިންމާ. އިތުރު ކަމަކަށް ނުހަދާ، ލުވެއިޒްވެސް، މިކަމުން ނިކުތިއްޔާ ރަނގަޅުވާނީ. އިވާންއާ ބެހެން އުޅެފިއްޔާ، ކަންތައް ގޯސްވުން ނޫން ގޮތެއް ނުވާނެ.” ޝަޔާން، ކަރުދާސްތަކެއް ދިއްކޮށްލަމުން ބުނެލިއެެވެ. އަދި އިތުރަށް މަޑު ނުކޮށް، ނިކުންނަން ދިޔައެވެ.

…………………

ކިތަންމެ ދާން ބޭނުން ނުވިޔަސް، ސްކޫލަށް ގޮސްފައި، އަހަރެންނަށް ގެޔަށް އާދެވުނީ، މެންދުރުން  އަނބުރާ ތިނެއްޖަހަނިކޮށެވެ. ލުވެއިޒްގެ އަޑުއެހުން، ހަވީރު ތިނެއްޖަހާއިރަށް ބަދަލުކުރެވިފައި އޮތުމުން، މަޑުވެސްނުކޮށް އަހަރެން ދިޔައީ އެތަނަށް ދާށެވެ.

ވަކި ހިސާބަކަށް، ސައިކަލުގައި ގޮސް، ކޯޓު ކައިރިއަށް ދެވުމުން އަހަރެން ހިނގައިގަތީއެވެ. ވިލާތައް އުޑުމަތި ބަަނަ ކޮށްލާފައި އޮތުމައި އެކު، އާދައިގެ ވަރަކަށްވުރެ، ދުއްވާ ތަކތި މަދެވެ. ފަރިތަވެ އާދަވެފައި އޮތް ކަމެއްކަމުން، އަހަރެން މަގު ހުރަސްކުރަން، ހިނގައިގަތީ، މާބޮޑު ފަރުވާލެއް ނެތިއެވެ.

އެހެންޏާއެކޭވެސް އެއްފަދައިން، މަގު ހުރަސް ކުރެވުނުވެސްމެއެވެ. ނަމަވެސް، ދުވާރަށް އެރުމަށް ފިޔަވަޅު ނަގަ ނަގާހުއްޓާ، އައި އެއްޗެއް އައިސް ޖެހި، އަހަރެން ދުރަށް ވިއްސައިގެން ދިޔައެވެ. މުޅި ތަން އަނދިރިވާން މާ ގިނައިރެއް ނުނެގިއެވެ. އެއްވަމުން ދިޔަ މީހުންނާއި، ވަށައިގެން އޮތްލޭގެ އިހުސާސްވެއެވެ. ބަޔަކު އައިސް އަޑުގަދަ ކޮށްލާފައި އަހަރެން އަތުލަފި ކުރަން އުޅުނުކަންވެސް އިނގޭވަރުވިޔެވެ. އެއަށްފަހު….

…………………….

ފުރަތަމަ ފަހަރު ލޯ ހުޅުވާލުމަށް ފަހު، ލައްޕާލާފައި ދެން ލޯ ހުޅުވީ، އޮވެވޭނީ، އައިސީޔޫގައި ކަމަށް ހީކޮށްފައެވެ. ގާތް ގަނޑަކަށް ޔަގީން ކޮށްފައެވެ. ގައިގައި ހުރި ވޭނުގެ ބޮޑުކަމުންނެވެ. ނަމަވެސް، ހަމަ އާދައިގެ މަތިން ވޯޑުގައެވެ. މަރުވިޔަސް، މި މީހުން އަހަރެން ވޯޑުން ނުނެރޭނެ ކަންނޭންގެއެވެ.

އަބަދެކޭވެސް އެއްގޮތަށް ނަރުހެއް، ފޫބުޑުގައި ޖައްސާފައި ހުއްޓެވެ. އަހަރެންގެ ފަރާތުން، އާދަޔާ ޚިލާފުކަމެއް ނުފެނުމުން، މަޑުނުކޮށް ދިޔައީއެވެ. އަނގައިންވެސް ބުނެނުލިއެވެ. ހީވާގޮތުން، ކުރިންވެސް އަހަރެންނާއި ޖެހިފައި ހުރި ނަރުހެކެވެ. އެހެން ނޫންނަމަ، އަހަރެންނާއި ވާހަކަ ދައްކައިފިއްޔާ، ބޮލަށް ތުރާ ވާނެ ވަރު ވިސްނިގެން، ނުދިޔައީހެވެ.

“ކައެ، މަހަކު އެއްފަހަރު މިތަނަށް ނުވަދެ ދިރިނޫޅެވޭދޯ.” ސަމާސާ ރާގެއްގައި، މީހަކު ބުނެލިއެވެ. އުންމީދާއި އެކު ބަލާލި ނަމަވެސް، ލުވެއިޒްއަކަށް ނުވިއެވެ. އަހަރެން ކައރީ މަޑުކޮށްލީ އަޔާޒްއެވެ. ކަންތައްތައް ސާފު ކުރަން ބޭނުންވި ނަމަވެސް، އަޔާޒްއަށް، މާ ބޮޑު އެއްޗެއް ނޭންގެއެވެ. އަޑުއެހުމުގައި ވީ ގޮތެއްވެސް އެނގޭ ގޮތެއް ނުވިއެވެ.

އަހަރެންގެ ޙާލުވެސް މާ ރަނގަޅު ނުވުމުން، އިތުރަށް، އެއްވެސް ކަމެއް އިނގޭ ގޮތެއް ނުވިއެވެ. ކުޑަމިނުން، އަހަރެން އެކްސިޑެންޓް ވީ ގޮތެއްވެސް، ނޭންގެއެވެ. ހަމައެކަނި، އަހަރެންގެ ގައިގައި ޖެހުނު ސައިކަލު، ދުއްވި އަންހެން ކުއްޖާ، ޖެހިގެން ހުރި ކޮޓަރީގައި އޮތްކަން އެނގުނުކަމެވެ. ކާކު ކަމެއްވެސް އިނގުނީކީ ނޫނެވެ.

އެހެން ފަހަރު ތަކާ ޚިލާފަށް، ހޮސްޕިޓަލުގައި ދެދުވަސް މަޑުކުރަން ޖެހުނެވެ. އެއޮތް ހުރިހާ އިރުވެސް، ލުވެއިޒް ނާދެއެެވެ. ވީ ގޮތެއްވެސް، މީހަކު ނުބުންޏެވެ. އަމިއްލަ ހާލަށް ވުރެ އެކަން އަހަރެންނަށް މުހިންމުކަން، ކިތަންމެ ފަހަރަކު އަޔާޒް ކައިރީވެސް ބުނީމެވެ. ނަމަވެސް އެދެވޭ ޖަވާބެއް ހަމަ ނުލިބުނެވެ.

ދޫކޮށްލަން އުޅެނިކޮށް، އެލީނާ އައުމުން، އަހަރެންގެ ހިތް އޭގެ މަގާމް ދޫކޮށް ދާންވެސް އުޅުނެވެ. ނަމަވެސް، ހިތާ ހިތުން ޝަކުވާ ކޮށްލެވުނީ، އެއޮތް ހުރިހާ އިރު، އަހަރެން އެކަނި އޮތް އިރު ނައިމައެވެ. ފޮނި އީން ގަނޑެކެވެ.

ބައި ގަޑިއިރެއް ތެރޭ ދޫކޮށްލާނެ ކަމަށް ބުނުމުން، އަހަރެން، ބޭނުންވީ އެލީނާ އާ ވާހަކަ ދައްކާާށެވެ. ލުވެއިޒް ކަންތައް ނިމުން ގޮތެއް، ކޮންމެހެންވެސް އިނގެން ޖެހޭނެ ނޫންހެވެ. ނަމަވެސް، މި ނަރުހުން، އަހަރެމެންނަށް އެކަނި ވަގުތު ކޮޅެއް ދޭކަށްވެސް ނޫޅުނެވެ. އަހަރެން ޤަބޫލު ކުރާނީ އަހަރެންނާއި އީންގެ ގުޅުމެއް ބޭއްވިޔަ ނުދޭންވެގެން ކަމަށެވެ. ޖޭވާ ބައެކެވެ.

“އިހަށް ހިނގާބަ، މި ކޮޓަރިއަށް. މިތާ ވެއްޖެ، މަށާ އެކްސިޑެންޓް ވީ ކުއްޖާ. އޭނަގެ ޙާލު އަދިވެސް ވަރަށް ދަށޯ..” ދަމުން އަހަރެން އެލީނާއަށް  ބުނެލީމެވެ. އެ ލުއި ހިނިތުންވުމުންވެސް، އަހަރެންގެ ހިތް ނަށަނީ އޮބި ނޯންނަ ވަރަށެވެ.

“އޯހ، ހޭ.. ސައިކަލުން ޖެހުން ކުއްޖާ ދޯ. ރިއަލީ ސޮރީ..” އަހަރެމެން ވަނުމާއި އެކު، އެކުއްޖާ އިސްވެ ވާހަކަ ދެއްކިއެވެ. ފަން، މުށި އިސްތަށިގަނޑަކާއި އެކު، މަޑު އަޅި ލޮލެއް ކަމުން، ފެންނަފެނުމަށް ވަރަށް ރީއްޗެވެ. ވާހަކަ ދެއްކިގޮތުން، އެތެރެވެސް، ގޯސްހެނެއް ހިޔެއް ނުވެއެވެ.

“ޔާހް… މާޒިން..” ހިނިތުން ވެލަމުން އަހަރެން ސަލާމަށް އަތް ދިއްކޮށްލީމެވެ.

“ކިޔާރާ…” ލޯބި ހިނިތުންވުމެއް ދެމުން، ކިޔާރާ ބަލައިލީ، އެލީނާއަށެވެ. ދުރުގައި، ގަޔާނުވާ ކަހަލަ ގޮތަކަށް ހުރުމުން، އަހަރެން އެލީނާގެ ނަން ބުނެލީމެވެ. އެއަށް ފަހު މާ ގިނަ އިރެއް ނުވެ އަހަރެމެން ދިޔައީއެވެ.

“ކީއްވެ ވާހަކަ ނުދެއްކީ؟ ހީވަނީ، ވަރަށް ނައިސް ކުއްޖެއްހެން.” ކާރާއި ހިސާބުން ވަކިވުމުގެ ކުރިން އަހަރެން، ސުވާލުކޮށްލީމެވެ.

“ޒިންންން…” އެލީނާ ބަލައިލީ ޝަކުވާގެ ނަޒަރަކުންނެވެ. “ނޯ” ތަންކޮޅެއް ހަރުކަށި ކޮށް ބުނުމަށް، ފަހު ބަލައިވެސް ނުލާ އެލީނާ، ކާރަށް އެރިއެވެ. އެލީނާ، ހަސަދަވެރިވަނީ ހެއްޔެވެ. އަހަރެން ކާމިޔާބީގެ ހނިތުންވުމަކާއި އެކު، މަންމަގެ ކާރުގެ ތެރެއަށް ދެމިގަތީމެވެ. އެލީނާވެސް ލޯބިވޭތާއެވެ.

……………..

އެންމެ ފަހަރަކު ދެފަހަރަކު ނޫނެވެ. ލުވެއިޒްއަށް ގުޅުނީ، ކިތައްފަހަރު ކަމެއް ނޭންގެއެވެ. މައާފް ކުރައްވާ ތިޔަގުޅުއްވާ ނަންބަރު މިވަގުތު ވަނީ ނިއްވާލާފައި އޭ ނޫން ޖަވާބެއް ނުލިބެއެވެ. ޚިޔާލު ބަދަލުކޮށް، އެލީނާއަށް ގުޅުމުންވެސް ފޯނެއް ނުނެގިއެވެ. ތުރަލުގެ މައްޗަށް ތުރަލެވެ. އެލީޒާގެ ނަންބަރު، ޑިލީޓްކޮށްލި ގޮތަށް، ސޭވް ނުކުރާތީ، ނުގުޅުނެވެ. ދާން ނިކުތްތަނާ، މަންމަ، ހުއްޓުވުމުން، ދެވޭ ގޮތެއްވެސް ނުވީއެވެ. ބޮޑު ހާސްގަނޑަކައި އެކު ގޭގައި ހައްޔަރުވެފައި އަހަރެންނަށް ޖެހުނީ އޮންނާށެވެ. ދަންވަރު، ފިލައިގެންވެސް، ދިޔަކަ ނުދިނެވެ.

ކޮރުޖަހާފައި ހިނގަން ލަދުން، އަހަރެން ނިންމީ ސްކޫލަށް ނުދާށެވެ. މާ ގިނަދުވަހެއް ނުވެ ޓެސްޓުވިޔަސް ވަރިހަމައެވެ. ގޭގައިވެސް ކިޔެވޭނެއެވެ. މައްސަލައަކީ އެންމެ ކަމެކެވެ. ދުވާލުވެސް، މީހަކާ އެއްކޮށްވެސް، މަންމަ، އަހަރެން ބޭރަކަށް ނުފޮނުވިއެވެ. މިޝް އެކްސިޑެންޓުވިތާ، މަހެއް ނުވަނީސް، އަހަރެން އެކްސިޑެންޓު ވީމާ، މާ ބޮޑަށް ޓެންސް ވީކަންނޭންގެއެވެ. އޯލެވެލް ޓެސްތު ފެށުމުން، އެލީނާއަށް ގުޅައިގެންވެސް، ވާހަކަ ދެއްކޭގޮތެއް ފަހަކުންވެސް ނުވިއެވެ. ފޯނު ނުނަގާތީ، މިޝްކައިރީ ކިޔައިގެން، ގެޔަށް ގެންނާކަށްވެސް ނުކެރުނެވެ. އެލީނާ ފޯނު ނުނަގާނީ، ވާނެ ވަރަކަށް ބިޒީ ވީމައޭ ހިތަށް އަރުވާލާފައެވެ.

އަހަރެން އެންމެ ދެރަވީ، އަޔާޒްމެން ކައިރިއަށް ނުދެވުނީމައެވެ. އެދެމީހުން، ޖިހާންމެން މައްސަލަ ނިންމާލީ އަހަރެން ނުލައެވެ. ރަނގަޅަށް އިބާނާ ކަޑަވެސް ނުކޮށްލެވުނީއެވެ. ޖިހާން ރަނގަޅަށް ސައިޒަށް ތިރިކޮށްލެވޭނެ ދުވަހެއް ދެކެން އަހަރެން ހާދަ ބޭނުންވިޔެވެ. ނަމަވެސް އެ ނަސީބުވެސް އަހަރެންނަށް ނުލިބުނީއެވެ. ހެކް ކުރުމުގައާއި، މައުލޫމާތު ހޯދުމުގައި، އަމަލީ ގޮތުން ބައިވެރި ނުވަމެކޭ ނޫނެވެ. ނަމަވެސް، އެއީ ދެން އެއްވެސް ކަމެއް ނޫނެއް ނޫންހެވެ. އަހަރެންނާއި އަހރެން ދިރިއުޅެން ޖެހޭ ޙާލެވެ.

އަޔާޒް ބުނި ގޮތުން، ރިޝްވަތު ދީ، ފައިސާ ހޯދި މައްސަލައިގައި، ޖިހާންމެން ތިން މީހުން ހައްޔަރު ކުރި އިރު، ބޭންކުގެ ބަޔަކުވެސް ގޭ ބަންދުކުރިއެވެ.

ދެފައިގައި ހިފާފައި އާދޭސް ކުރުމުންވެސް، އަޔާޒް، ލުވެއިޒްގެ މައުލޫމާތެއް ނުގެނެސްދިނެވެ. ގައިމު، އެލީޒާ ކައިރީ އަހައިގެން، އަޔާޒްއަށް އެ ހޯދޭނެއެވެ. އަނެއްކޮޅުން ނެތް ވަރުގެ ސީކްރެޓް އެޖެންޓަކޯލައެވެ. ނަމަވެސް، އެހޭދަން މަސައްކަތެއް ކުރާކަށްވެސް ނޫޅުނެވެ. އެމީހުން ގޭންގު މީހުން، ކަމެއް ރާވާތީ، މާ ބިޒީޔޯލައެވެ. ހުސްވެސް ބަހަނާއެވެ.

އަހަރެން، އޭލެވެލްއާއި، ކުރިމަތި ލާންޖެހުނީވެސް އެ ހާސްކަން މަތީގައެވެ. މަންމަޔާ އެއްކޮށް ކާރުގައި، ޓެސްޓަށް ދާތީ، ތަނަކަށް ދެވޭގޮތްވެސް ހަމަ ނުވީއެވެ. ޓެސްޓުގައި އިނދެފައި، ކުޑަދޮރުން ފުންމާލައިގެން ގޮސްފާނަމޭވެސް ކިތަންމެ ފަހަރަކު ހިތަށް އެރިޔެވެ.

………………

“ޒިން..” ނުދަންނަ ނަންބަރަކުން، ގުޅާފައި ވާހަކަ ދެއްކީ އަންހެން ކުއްޖެކެވެ. ދަންވަރު ބާރަ ޖެހީއެވެ. ކާކު ކަމެއް އަހަރެންނަކަށް ނޭންގުނެވެ.

“ހޭ… މީ ކިޔާރާ.. ހޮސްޕިޓަލުން ދިމާވިޔެއްނު.” ދެންވެސް އެކޮޅުން ވާހަކަ ދެއްކިއެވެ.

“އޯހް. ކިޔާރާ… ހަނދާންވެއްޖެ. ކީތް ކުރަން ތި ގުޅާލީ.” އަހަރެންނަސް ހިނިތުންވެވުނީ ކީއްވެ ކަމެއް ނޭންގެއެވެ. ގޮސް ބެލްކަނިގައި މަޑުކޮށްލީމެވެ. ހުސް ގަޔާ ހުރުމުން، ނުހަނު އަރާމު ވަގުތު ކޮޅެކެވެ.

“ދެން މި ފްރެންޑް ވެވުނީނު. ހެޕީ ބަރތްޑޭ.. ހިނގާ، ކޮންމެސް އިރަކުން، ތާކަށް ދާން. ޓްރީޓް ދޭން ޖެހޭނެ.” އަހަރެންނަށް، ތާރީޚު ބަލައިލެވުނީ، އިވުނު ޖުމުލައިންނެވެ. ހައިރާންވެ ހުރެއެވެ. އާނއެކެވެ. ކުރިން ސާދަ އިން ތަން އެއިނީ، ފަނަރަ އޮކްޓޯބަރ އަށް ބަދަލުވެފައެވެ. އަމިއްލަ އުފަންދުވަސް އަންނަ އިރުވެސް އަހަރެންނަށް ރެޔަކާ ނުލައެވެ. ޓެސްޓުތަކާ ހެދި ވާހާ ކަންތަކެވެ.

ކިޔާރާ އަށް އަހަރެންގެ އުފަންދުވަސް އެނގުނީ ކިހިނެއް ހެއްޔެވެ. ކޮންމެ ގޮތަކަށް ވިޔަސް އެއޮތީ އެނގިފަތާއެވެ. އެހާ އަަވަހަށް ވިޝްކުރުމުން، އަހަރެން، ތެދަށް ބުނާނަމަ ވަރަށް އުފާވިއެވެ.

މާ ގިނަ އިރު ނުކޮށް ކިޔާރާ، ހަވީރު ބައްދަލުވާން ނިންމާ، ފޯނު ކަނޑާލުމުން، އަހަރެން ގޮސް، އެނދުގައި އޮށޯވެލީމެވެ. އެއިރުވެސް ހުރެވުނީ ހިނިތުންވެފައެވެ.

ދެވަނަ ފަހަރަށް ފޯނު ރިންގުވާން ފެށީ، ދެބަދޭތެރޭ އޮއްވައެވެ. ނަގާ ހިތް ނުވެފައި އޮވެވެސް، ކާކުތޯ ބަލައިލީމެވެ. އެއާއި އެކު، މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ބޮލަށް ސަވާރުވެފައި ހުރި ނިދި ފިލާ ދާން ސިކުންތުކޮޅެއްވެސް ބޭނުމެއް ނުވިއެވެ. ނަގަން ހިތް އެދެއެވެ. ނަމަވެސް، ހަމަ އެ ސިކުންތު ކޮޅު ޝަކުވާތައް އަހަރެންގެ ސިކުނޑި ފުރާލިއެވެ. މަޑުމަޑުން ސްކްރީންގައި ފިރުމާލީމެވެ. ހަމަ ފޯނު ނަގަންވީ ހެއްޔެވެ؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Monsta

Level 310 Stories100 Comments100 Login

Other Articles

Previous

“އެއްވެސް މީހެއްކައިރީ ނުބުނާތި” (4ވަނަ ބައި)

Next

ލޯތްބެއްގެ ފެށުން 29

Next
August 5, 2019

ލޯތްބެއްގެ ފެށުން 29

Previews
August 5, 2019

“އެއްވެސް މީހެއްކައިރީ ނުބުނާތި” (4ވަނަ ބައި)

38 Comments!

  1. Monsta says:
    August 5, 2019 at 7:25 pm

    salaam readers.. sorry mihaa lasvyma. buni dhuvahah vureves five days las vejje dhw. schl kankamaa busy vyy.. dhn huri episodes afthaayaku three episodes genesdheveytho balaanan.. Insha Allah maadhamaa rey next episode

  2. someone says:
    August 5, 2019 at 7:33 pm

    issoki.. m the first dhw mifaharu..^-^ lucky meh.. love thus story<3

    1. Monsta says:
      August 6, 2019 at 9:42 am

      Thankss.. Yeah mifaharu first… Congraa.. Thanksss againn ???

  3. Shina says:
    August 5, 2019 at 8:14 pm

    I really appreciate your work and I really really really ❤️love❤️this story ????……

    1. Shina says:
      August 5, 2019 at 8:31 pm

      Plus when is the next part coming…… Waiting.. :-):-):-)

    2. Monsta says:
      August 6, 2019 at 9:44 am

      Thank youu… Mirey next ep Insha Allah ?☺️☺️

  4. jiji says:
    August 5, 2019 at 8:17 pm

    Ayeee..I was waitinn for this gurllll❤❤❤.. Alheyy shukuru ingey bodukohh??????..Nd yeshh..Mi bai vec hama habeys ingeyy..Whn next darlxxx??????.. waitinn for the next curious to read next..
    Ly loadsss??????

    1. Kim jinnie?? says:
      August 5, 2019 at 8:40 pm

      Heyy Jiji r u 13 years old?…and r u in grade 7?

    2. Monsta says:
      August 6, 2019 at 9:45 am

      Owh Thanksss… Wait kuryma ves shukuru ingey hama evarah bodukohh. ??? thanksss again ☺️☺️☺️?

  5. Kim jinnie?? says:
    August 5, 2019 at 8:36 pm

    Maashaa Allah. …..vvvvvv salhii …..I was really waiting for this part….when next? …..alheyy luvaix ahh kihinehh thr v….zin mom ves dhw…How did kiyaaraa find zin ge number?

    1. Monsta says:
      August 6, 2019 at 9:47 am

      Shukrann.. Insha Allah mirey. Luveixx dhww. Lets see kiyara xin ge number hoadhi gothehves

  6. Kim Tae Tae ?? says:
    August 5, 2019 at 8:59 pm

    Wow varah varah salhi can’t wait can’t wait 4 next part what happened to luvaix alheyy when next part??????

    1. Monsta says:
      August 7, 2019 at 10:12 pm

      Thankssss ☺️☺️☺️

  7. Girl says:
    August 5, 2019 at 9:06 pm

    V salhi ingey

    1. Monsta says:
      August 6, 2019 at 9:48 am

      Thankuuuu ?☺️?

  8. Kim Tae Tae ?? says:
    August 5, 2019 at 9:15 pm

    Wow?? varah varah salhi ❤❤ can’t wait can’t wait 4 next part alheyy what happened to luvaix ????

  9. Meekkomee says:
    August 5, 2019 at 9:21 pm

    Varah reethi ???????? can’t waiting for tomorrow night ????

    1. Monsta says:
      August 6, 2019 at 9:48 am

      Thankss… ☺️?☺️?☺️?☺️?☺️

  10. Kim Tae Tae ?? says:
    August 5, 2019 at 9:27 pm

    Wow❤❤ varahh varahh salhi !!! Can’t wait can’t wait 4 next part alheyy what happened to luvaix ??????

  11. Flora? says:
    August 6, 2019 at 5:38 am

    Wow monsta. Haadha reehchey mi part vx. Mi vaahaka nukiyifa hunnathaa haadha dhuvahei vejjey. Finally vaahaka up vejje.. Ok busy v ma vaahaka up nukirevidhaane. Waiting 4 next..

    1. Monsta says:
      August 6, 2019 at 9:50 am

      Thankss flora.. Yep busy vyma, but midhiya kahala dhigu gap ehh dhn nugenes veytho balaanan ☺️?

  12. Congrats says:
    August 6, 2019 at 8:43 am

    Congratulations my dear friend for getting 1st place in the competition ??

    1. Monsta says:
      August 6, 2019 at 9:52 am

      Shukrann ☺️? Rashu kujjehtha? Ifya don’t mind ???☺️ Thankss againn ☺️☺️

  13. Monster ge friend says:
    August 6, 2019 at 9:02 am

    Hageegee comment kiyaa nimmaalaafa collaanan lngey! Adhi ekkosheh kiyaeh nunimey! Ekam kiyunu bai adhi varah reethi! Mihaaru comment eh mikuree drax ah vure kurin mifaharuves comment eh collaa hithun!

    1. Monsta says:
      August 6, 2019 at 9:53 am

      Hahaa.. Thanksss.. Drax maa busy yo buny, khiyaalehves nukurey kanneynge comment kuraakah ☺️☺️☺️?

  14. Monster ge friend says:
    August 6, 2019 at 10:02 am

    Hmm! Varah varah reethi mi part ves…. Ekam mi part thankolheh hithaamaveri…. Hope next part thankolheh majaa vaane kamah…. Waiting

    1. Monsta says:
      August 7, 2019 at 10:15 pm

      Owh thankuu my frienduu ☺️☺️☺️☺️???

  15. Congrats says:
    August 6, 2019 at 11:16 am

    Thi rashu kujjeh noon.. Ekam hama thi atholhu kujjeh…. Hama hairaanvejje kaakukan neynguneema…. So sad ?

    1. Danger says:
      August 6, 2019 at 2:23 pm

      kon atoll eh south in tha?

    2. Monsta says:
      August 7, 2019 at 10:17 pm

      Alhe.. kihinehh ingeyny ??? atoll kuhjehviyyaa….. Last year ga mi rashuga tha ulhuny?? Just asking… Hama mi visnany kaaku this ???????

    3. Monsta says:
      August 7, 2019 at 10:18 pm

      Monsta Noonu ???

  16. Danger says:
    August 6, 2019 at 2:21 pm

    Alheyyy!!! Zinnn haadha rulhi eh araafa eyy hunnaany luveiz men kaari ah nudhe veythii.. any ways, mi part v reethi as usual.. ekam zin ge ehaa majaa part eh netheema kada vi.. dhen oii part ga genesdhehcheyy zingandu ge majaa baeh.. waiting for tonight

    1. Monsta says:
      August 7, 2019 at 10:21 pm

      Thanksss danger… Majaa thankolhehh dhww.. alhe genesdheveytho balaanan, kuriahh guru episodes ga….. Thankss againnnn

  17. Danger says:
    August 6, 2019 at 2:22 pm

    Alheyyy!!! Zinnn haadha rulhi eh araafa eyy hunnaany luveiz men kaari ah nudhe veythii.. any ways, mi part v reethi as usual.. waiting for tonight

  18. Mafa says:
    August 8, 2019 at 10:50 pm

    Mikahala story eh liyeveeny haadha strong veey ma dhow. Anyway varah salhi??

    1. Monsta says:
      August 29, 2019 at 10:10 am

      Thankss mafa… Mi comment kiyaafa asluves varah ufaa vejje.. ???

  19. Sparkle writer says:
    August 8, 2019 at 11:49 pm

    SALhi

    1. Monsta says:
      August 29, 2019 at 10:10 am

      thanks ☺️?☺️?☺️

Comments are closed.

Next Episodeނާއިންސާފް 28←


All Right Reserved!