ވާފިރު ބޮލުގަ ތެލިއަޅުވާލުމައްފަހު އަވަހައް ނިކުންނަން ދިޔައެވެ. ނަމަވެސް ޒައްޔާ ކުރިމައްޗައް އެރުމުން ފަސް މީހުން ހުއްޓުން އެރި އެވެ. “ތީ ކޮންބައެއް. ކީއްކުރަނީ މިތާ؟” ޒައްޔާއައް ނުބައެއް ހިނގާހެން ހީވެގެން ބާރަކައް އެހެން ބުނެލިއެވެ. މީކާއީލް ބަލާކައް ނުހުރެ ޒައްޔާ އިސްތަށިގަޑުގަ ހިފާ ހޫރާލިއެވެ. ޒައްޔާގޮސް ޖެހުނީ ފައިވާން ހަރުގަނޑު ބުޑަށެވެ. ޖެހުނުގޮތުން ޒައްޔާ ހެޔައް ގޮތެއްވިއެވެ. އަވަހައް ފަސް މީހުން އެގެއިން ނިކުމެ ގެއާއި ދިމާއައް ދުއްވައިގަތެވެ. …………………………………………………………….. މަޑުނުކޮށް ދުވަމުންގޮސް ފަސް ކުދިން […]
“ހެޔޮ. މަރުވާން ޖެހުނަސް މިފަހަރު މިރަށުން ދާނީ ޒިމްޔާ ސަލާމަތް ކޮއްފަ. އެ އެންމެން ޕޮލިހާ ހަވާލް ކޮއްފަ” މީކާއީލް ނުރުހިފައި ބުނެލިއެވެ. “އަންބަކައް ހަދައިގެން ގޮވައިގެންނޭވެސް ބުނި ނަމަ” ފަޔާޒް އަނެއްކާ ދިމާކޮއްލިއެވެ. ފަޔާޒް އެހެން ބުނުމުން ދެންތިބި މީހުން ލޯ ބޮޑު ކޮއްލިއެވެ. މީކާއީލް އަވަހައް އެއީ ދޮގެކޭ ބުނެލިއެވެ. “ނުގުޅޭ ޖަވާބެކޭ ތިދެނީ. ހިތުގަ ފޮރުވައިގެން އޮތަސް ނޭނގޭނެ ދޯ” ފަޔާޒް އަނެއްކާ ދިމާ ކޮއްލިއެވެ މިހެން ބުނުމުން އެންމެން ހޭންފެށިއެވެ. އަދި […]
ޒިމްޔާ އައްވެސް ނުނިދިފަ އޮތީ މިއަދު ދިމާވި ކުއްޖާއާއި ދޭތެރޭއެވެ. ހާދަ ރީއްޗޭ ހިތައް އަރަ އަރާ އޮތެވެ. އިސްކޮޅުން ދިގު ޒުވާނެކެވެ. ފަން ފަން އިސްތަށިކޮޅެކެވެ. ލައިގެންހުރި ޓީޝާޓް ގަޔައް ހިފާލާފަ ހުރި އިރު ކަސްރަތް ކުރާ ކުއްޖެއްކަން އިނގެ އެވެ. ހަވީރުވެސް ހެނދުނު ތުނޑިން ދިމާވި ކުއްޖާ އަންނަން އުޅުނީމަ އާޒް މަޑުކުރުވިތަން ފެނުނީމަ އަވަހައް ގެއައް ވަނީއެވެ. މިހާރު އާލާމެން ޒިމްޔާގެ ވާހަކަ ކިޔައިދޭނެކަން އިނގުނެވެ. ޒިމްޔާއައް ރޮވެންފެށުނީ އޭނަގެ ބަދުނަސީބު ހިތައް […]
ގޭ މީހުން ހޭނުލަނީސް އާންމުކޮއް ޒިމްޔާ ގެއައް ވަންނާނެއެވެ. ނަމަވެސް މިއަދު މާބޮޑައްވެސް ލަސްވެއްޖެއެވެ. ދުވަމުން ގޮސް ގެއައް ވަތް އިރު ގޭތެރޭ ހުރި މީހާ ފެނުމުން ޒިމްޔާ އިސްޖަހާލިއެވެ. އެމީހެއް އޭރުހުރީ ވިހަ ހިނިތުންވުމެއްދީގެން ޒިމްޔާއާއި ދިމާއައްބަލާށެވެ. ………………………………………………………… ކުރިމަތީ ފެންނަން ހުރީ ޒިމްޔާގެ ދޮންބެ އާކިފްއެވެ. އާކިފް ރަށުގަނޫޅޭތާ މިވީ ތިންމަސް ދުވަހެވެ. އާކިފް އަކީ މިހާރު މާލޭގަ ގޭންގެއްގެ މީހެކެވެ. ޒިމްޔާއާއި ދިމާއައް ބަލަން ހުރީ ބުޅާ މަސްގަނޑަކާ ދިމާއައް ބަލާ ފާޑަކަށެވެ. […]
“އައްދޯތް މަންމާ ތަދުވެޔޭ…” ޒިމްޔާ ކަންކަށިމަތީ ޒުބޭދާ ޖެހިޖެހީނުން ވިއްސައިގެން ދިޔައެވެ. “ކޮންމެހެން މަށަކަށް މަންމައޭ ކިޔާނެކަމެއް ނެތް! ކަލޭ ބަފާ ބުނާކަންތައް ކީއްވެތަ ނުވަނީ؟” ޒުބޭދާ ހަޅޭއްލަވައިގަތެވެ. “އަހަރެން ގަޔަކު އެކަކަށްވެސް އަތެއް ނުލެވޭނެ. އަހަރެންގެ ބައްޕަ ގަޔަށް އަރާ އިރުވެސް މަންމަ އަކަށް ނުފެނޭތަ؟ މަމީ ދޮންތައެއް ނޫން އެ ޖަނަވާރު ކުރާހާ ކަމެއް ކުރަންދެން ހެވިދިލިފަ އޮންނާކަށް.” އެވަގުތު ސިޑިން ފައިބައިގެން އައި ވާފިރުއަށް ޒިމްޔާގެ އަޑު އިވުނެވެ. ދެން ފެނުނީ ޒިމްޔާގެ […]
ރޭގަނޑުގެ ހަމަހިމޭން ވަގުތު ފަސާނާ ގޭތެރެއިން އިވެނީ ނިކަމެތި އަންހެން ކުއްޖެއްގެ ވޭނީ ހަޅޭކުގެ އަޑެވެ. އެއީ އަބަދުވެސް އެގެއިން އިވެ އިވެ ހުންނަ އަޑެކެވެ. ނަމަވެސް ރަށުގެ މީހުންނަށް އެ އަޑު އިވުނަސް އަޑު ނީވޭ ކަމަށް ހަދަނީއެވެ. އެގެއަކީ ރަށުގެ އެއްވެސް ބައެއް ވަދެ އުޅޭ ގެ އެއް ނޫނެވެ. އެހެން ނުވާން ވީ ސަބަބެއް ނެތެވެ. އެގޭ ދެމަފިރިންނަކީ އެއްވެސް އުޅުމެއް ހުންނަ ދެމީހުނެއް ނޫނެވެ. ވާފިރަކީ ރަށުގެ ގިނަ ބަޔަކު ދަންނަ […]