Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވޭންތަކުން ދިން ހިތި މާޒީ (5)

Mau Level 2100 Comments10 Stories
October 28, 2017 6 Mins Read
23 Comments

“ހެޔޮ. މަރުވާން ޖެހުނަސް މިފަހަރު މިރަށުން ދާނީ ޒިމްޔާ ސަލާމަތް ކޮއްފަ. އެ އެންމެން ޕޮލިހާ ހަވާލް ކޮއްފަ” މީކާއީލް ނުރުހިފައި ބުނެލިއެވެ.

“އަންބަކައް ހަދައިގެން ގޮވައިގެންނޭވެސް ބުނި ނަމަ” ފަޔާޒް އަނެއްކާ ދިމާކޮއްލިއެވެ. ފަޔާޒް އެހެން ބުނުމުން ދެންތިބި މީހުން ލޯ ބޮޑު ކޮއްލިއެވެ. މީކާއީލް އަވަހައް އެއީ ދޮގެކޭ ބުނެލިއެވެ.

“ނުގުޅޭ ޖަވާބެކޭ ތިދެނީ. ހިތުގަ ފޮރުވައިގެން އޮތަސް ނޭނގޭނެ ދޯ” ފަޔާޒް އަނެއްކާ ދިމާ ކޮއްލިއެވެ

މިހެން ބުނުމުން އެންމެން ހޭންފެށިއެވެ. އަދި މިކަމުގެ އަޑި ހޯދަން އެންމެން އެއްބަސްވިއެވެ.

………………………………………………………………….

ޒިމްޔާ އުޅުނީ މެންދުރު ކާން ހަދާށެވެ. ކާން ހަދާން ހުއްޓަ ނުދަންނަ މީހަކު އައުމުން ޒިމްޔާ ބަލާލިއެވެ. އެމީހާ ހުރީ ނުލަފާ ފާޑަކައް ޒިމްޔާ އާއި ދިމާއައް ބަލާށެވެ. އެހެން ހުއްޓަ ޒިމްޔާގެ މަންމަގެ އަޑު އިވުނެވެ.

“އަހަ އަލީ ހާދަ ދުވަހެއް ކޮއްލާފަ” ޒުބޭދާ ވަރަށް ހެވިފައައިސް އެހިއެވެ.

“އާނ. ދެން މިގެއައް އަންން ޖެހުނީމައަންނާނެއެއްނު.” އޭރުވެސް އަލީހުރީ ޒިމްޔާއާއި ދިމާއައް ކަޅި ޖަހާނުލާ ބަލާށެވެ.

“މަހީކުރީ ރުޅީކަމައް. އާދޭކާން އަލީ.” ޒުބޭދާ މިހެން ބުނުމުން އަލީ ކާން އެރިއެވެ.

“ނޫނޭ. ޒުބޭ ރުޅިއައިއްސް ކަމައް ހީކޮއް މަ ނާންނަނީ. ޒުބޭ މިމަންޖެ ހާދަ ބޮޑުވެއްޖެއޭ ދޯ މިހާރު.” އަލީ ޒިމްޔާއައް ބަލަމުން ބުނެލިއެވެ.

“ދިރިހުރިއްޔާ ބޮޑު ވާނެއެއްނު. ޒިމްޔާދޭ މަ ތަށިތައް ނަގާނަށް” މިހެން ބުނުމުން ޒިމްޔާ އަވަހައްދާން ހިނގައިގަތެވެ. ނަމަވެސް ހިތުގާ ސުވާލު ފުންޏެއް އޮތެވެ. ޒުބޭދާއަކީ އެއް އިރަކުވެސް އޭނާ މަސައްކަތެއްގަ ހުރިއްޔާ ފޮނުވާނެ މީހެއް ނޫނެވެ. ނުކުރިއްޔާ ތަޅާ މަރައިގެންވެސް ކުރުވާނެއެވެ. އަލީ ޒުބޭދާއައް ބަލާ ގޮތުންވެސް ޒިމްޔާއައް ނުބައެއްހެން ހީވިއެވެ. އެކަމަކު ޒައްޔާމެން އުޅޭފާޑައް ޒުބޭދާ ކިތަންމެ ނުލަފާއަސް އުޅެފައެއް ނެތެވެ. ހިތުގައި ދުވެލި ޝައްކުގެ އޮއިވަރުން އެތާ ސިއްރުން އެމީހުން ކިޔާއެއްޗެއް އަޑު އަހަން ނިންމިއެވެ.

“ބުނަން އަލީ މިގޭ އެއްވެސް މީހެއް ބޭނުމެއް ނުވޭ ޒިމްޔާ ޒައްޔާ އެއުޅޭ ފާޑައް އުޅޭކައް. ކުރީފަހަރުވެސް މަ ރުޅިއައީ ޒައްޔާއާއެކީ ކުރީމަ. މަ ހުރިހާ ކަމެއް ކޮއްދޭއިރުވެސް ދިޔައީމަ” ޒުބޭދާ ރުޅިއައިއްސަ ބުނެލިއެވެ.

“ހަހަހަހަ. ޒުބޭއައްވެސް އިނގޭނެ މަށައް ނުހުރެވޭނެކަން. ޒައްޔާ ނިކަން ފައްކަލޭ. ޒިމްޔާވެސް ބޭނުން ކޮއްލަންބޭނުމީ ޒުބޭހާ ރީތި ވިއްޔަ ޒުބޭގެ ދަރިންވެސް.” ޒުބޭދާގެ ފަލަމަސްގަނޑު މައްޗައް އަތް ހިންގާލަމުން އަލީ ބުނެލިއެވެ.

“ކަލެއައް އެއްވެސް އުފަލެއް ނުލިބޭނެ ޒިމްޔާ ކައިރިންނެއް، އޭނަ ބައްޕަވެސް އޭނަ ބޭބެ މެންވެސް ކުރާ ކަމެއް ކުރާނީ ގަދަކަމުން ތަޅައި މަރައިގެން” ޒުބޭދާ ރުޅިގަދަވެފަ އަލީގެ އަތްނެގިއެވެ.

“އައްދެ ބޭރުން މީހެއް ޒިމްޔާއައް ކަމެއް ކުރީމަ ގޯސް. އެމީހުން ކުރީމަ މައްސަލައެއްނޫން. ޒުބޭ އެހީތެރިވިއްޔާ ކުރެވޭނެއޭ.” އަނެއްކާވެސް ޒުބޭދާގެ ހެދުން ހިއްލަމުން އަލީ ބުންޏެވެ.

“ތިކަމެއް ނުވާނެ ވާފިރުމެންނައް ކިރިޔާ އިނގުނަސް މަ މަރާނެ. މަށައް ހެޔޮ ޒައްޔާއާއެކީ ކުރާނެ ކަމެއް ކުރިޔަސް. ތި ނޫން ކަމެއް ބުނޭ” ޒުބޭދާ ބުންޏެވެ.

“މައްސަލައެއް ނެތް. ޒުބޭ ކައިރިން މަ ބޭނުންވާ ކަންތައް ކޮއްދީ. އޭރުން ޒިމްޔާ އަކާ ނޫޅޭނައް” އަލީ އެހެން ބުނި އިރުވެސް އިނީ ޒުބޭދާ ހެދުން ހިއްލޭތޯއެވެ.

“ހަހަހަހަހަ… ތީއެއްވެސް ކަމެއްނޫނެއްނު. ހިނގާ ކޮޓެރިއައްދާން” އަލީ އާއި އިތުރައް ކައިރިވަމުން ޒުބޭދާ ބުންޏެވެ.

އެމީހުން ގޮނޑިން ތެދުވި އަޑު އިވުމުން ޒިމްޔާ ދުވެފައި ކޮޓެރިއައް ގޮސް ތަޅުލިއެވެ. އޭރުވެސް އޭނާ ހުރީ އިވުނު އަޑުތަކުން ގަބޫލް ނުކުރެވިފައެވެ. އޭނާ ހީކުރީ އޭނާގެ މަންމަ ކިތަންމެ ނުލަފާޔަސް އެކަލަހަ ކަމެއް ނުކުރާނެ ކަމެވެ. އެހެނަސް އޭނާގެ ބައްޕައެކޭ ބޭބެ މެންނެކޭ ދައްތައެކޭ މަންމައެކޭ އެއްވަރެވެ. އެމީހުންގެ ހިމާޔަތް ލިބުމުގެ ބަދަލުގައި ޒިމްޔާއައް ލިބެނީ އަނިޔާއެވެ. އެހެން ކުދިންގެ ބައްޕަމެންނާ ބޭބެ މެން ރައްކާތެރިވާއިރު އޭނާ މިމީހުންގެ ޝިކާރައަކައް ވެފައެވެ. އަދިވެސް ގަބޫލް ނުކުރެވިގެން ކޮޓެރިން ނިކުމެ ޒުބޭދާ ކޮޓެރި ކައިރިއައް ގޮސް ތަޅުގަ ކަންފަތް ޖެހީމަ އިވުން އަޑުތަކުން ކުރާނެ ކަމެއް ނެތިގެން އަނބުރާ ކޮޓެރިއައް ވަނެވެ. އޭރުވެސް އޭނާއައް ހުރީ ރޮވިފައެވެ. އަސުރު ނަމާދައް ބަންގިގޮވީމަ ވުލޫ ކޮއްގެން އައިސް ނަމާދު ކުރިއެވެ. އެތައް އިރެއްވާންދެން ދުއާ ކުރަން އިނެވެ. އޭނާ މި ނުލަފާ މީހުންގެ ކިބައިން ސަލާމަތް ވުމަށެވެ. ފާފަ ފުއްސެވުމަށެވެ.

ހަވީރު މީކާއީލްމެން ތައްޔާރުވީ ހިނގާލަންދާށެވެ. ބޭރައް ނިކުމެ ފަސްމީހުން އެކި ގޮތް ގޮތއް ސެލްފީނަގާފައުޅުނެވެ. މިވީ ކުޑަ ދުވަސް ކޮޅުތެރޭ ފަސްކުދިންގެ ދެމެދުގަ އާދަޔާ ހިލާފު އެކުވެރިކަމެއް އުފެދިފައެވެ.

“ކުޑަބެ ހިނގާބަ ޕިއްޒާކާންދާން. މިޒޫ ވަރަށް ބަނޑުހައިވެއްޖެ” މިޒްނާ މީކާއީލް ކުރިމައްޗައް އަރަމުން ބުނެލިއެވެ.

“ތެދެއް ހިނގާ ޕިއްޒާ އަކަށް ދާން. މިރަށު ޕިއްޒާވެސް ވާނެއެއްނު ރަހަ ބަލާލަން” މީކާއިލް ދެންތިބި މީހުންނައް ބަލާލަމުން ބުނެލިއެވެ.

“ޔޭ! ކުޑަބެ އިޒް ދަ ބެސްޓް.” އެހެން ބުނެ މިޒްނާ އެނބުރެލިއެވެ.

“ދެން އަހަރެން މީ ކޯޗެއް؟” ފަޔާޒް ތުންދަމާލަމުން ބުލެލިއެވެ.

“ހެހެހެ. ދޮންބެވެސް ހަމަ ވަރަށް ބެސްޓް” އެހެން ބުނެފަ މިޒްނާ ހޭންފެށިއެވެ. މަޖާ ކުރަމުންގޮސް ތިން މީހުން ވަނީ ރެސްޓޯރެންޓް ތެރަށެވެ.

މިމީހުންނައް ނޭނގުންކަމީ ޒިމްޔާ އެތާހުރި ފިހާރައަކައް ވަންނަމުން މިތަން ބަލަން ހުރިކަމެވެ. ހާދަ އުފާވެރިކޮއް އުޅޭބައެކޭ ހިތައް އެރިއެވެ. އޭނާވެސް އެހެން އުޅެން ނުހަނު ބޭނުމެވެ. ނަމަވެސް އޭނާއައް އެނަސީބެއް ނުލިބޭނެއެވެ. މީކާއީލް ފެނުމުން އާދަޔާ ހިލާފައް ޔުމްނާގެ ހިތް ތެޅެން ފެށައެވެ. ނަމަވެސް އެއީ ލިބެން ނެތް މީހެއްކަން އެނގުމުން ކަރުއެލުވާއައިގެން ފިހާރައައް ވަދެ އެއްޗެއް ގަނެގެން ގެއައްދިޔައެވެ. ޒިމްޔާއައް ހީކުރެވުނީ މިޒްނާއެއީ މީކާއީލްގެ ބިޓު ނޫނީ އަންހެނުން ކަމަށެވެ.

ޕިއްޒާއައް އޯޑަރު ދީފަ އެންމެންވެސް މިރެއައް އޮތް ޕްލޭން ރާވަމުން ދިޔައެވެ. މިފަހަރު ޒިމްޔާ ސަލާމަތް ކޮއްފަ ނޫނީ ދޫނުކޮއްލާނެކަން އެކުދިންގެ ވާހަކަ ތަކުންވެސް އިނގެއެވެ.

“ބަލާބަލަ އޭނެ ގާލް އެއް ސިގިރޭޓް ބޮނީ” މިޒްނާ ދުރުގަ ތިބި ބަޔަކު ދައްކާލިއެވެ.

“ޒައްޔާ ދޯ އެއީ. ޒިމްޔާ ދައްތަ، ގޮތެއްފޮތެއް ނެތް ދޯ މީނަގެ” ފަޔާޒް ބުނެލިއެވެ.

“މިހާރުވެސް ކައިރި ތިން ފިރިހެނުން އެބަތިބި. ޔަގީނޭ މިރޭ ތަންމަތި ފަޅު ފިލުވަދޭ މީހުން އެއީ” އާލާ ފޫހި ރާގަކައް މިހެން ބުނެލިއެވެ. އޭރު ޕިއްޒާވެސް ގެނެއްސިއެވެ. ހަމަ އެވާހަކަ ކިޔަމުން ކަމުން ކުރިޔައް ދިޔައެވެ.

އިރުކޮޅެއް ފަހުން ޒައްޔާމެން ނިމުގެން ނިކުންނަން ދަމުން މީކާއީލް މެންނާ ދިމާއައް ބަލައިލިއެވެ. ޒައްޔާގެ ލޮލުގައި އަޅައިގަތީ މީކާއީލްއެވެ. ފާޑަކައް ހެވިފަ ހުރެފަ އޭނާ ނިކުމެގެން ދިޔައެވެ.

“މީކްއާ ދިމާއައް ހާދަ ޒާތަކަށޭ ދޯ އެ ބެލީ. އޭނާ ޓާގެޓަކައް ހެދީ ކަންނޭގެ” ފަޔާޒް ލާނެތް ގޮތަކައް ބުނެލިއެވެ.

“އަޗި. އޭނދެ މީހާ ކައިރިއައް ދިޔަސް އެ ބަޑި އެދުރުގާތަކައް ނުދާނައް. އަދި ނުލަފާ ވައްތަރަކައް ހެމުންނޭ ދިޔައީ” އެތާއިން ބިދޭސީ އަންހެންމީހާ ދައްކާލަމުން މީކާއީލް ބުނެލިއެވެ. އެހެން ބުނުމުން އެންމެން ހޭން ފެށިއެވެ.

ކައިނިމިގެން ނިކުތް އިރު އިރުއޮއްސެން ކައިރިވަނީ އެވެ. އެހާ ގިނައިރު ވާހަކައިގަ ތިބެވެއްޖެ ވިއްޔާއެވެ. ގެޔައް ގޮސް މިރެއައް ބޭނުންވާއެއްޗިހި ކޮންމެ މީހަކުވެސް ކޮތަޅަކައް ލިއެވެ. ނަމާދް ކޮއްގެން މިސްރާބު ޖެހީ ޒިމްޔާމެން ގެއާއި ދިމާއަށެވެ.

އެހިސާބައް އަރާ ހަމަވެފަ ދެންވަނީ އެތާ އޮތް ހަނި ގޯޅި އަކަށެވެ. މިޒްނާ އާއި އާލާ ބޮލުގައި ހުޅި ޖަހާލުމައްފަހު ބޮލާ މޫނާ ފޮރުވޭވަރުގެ މާސްކެއް އަޅާލިއެވެ. ފެންނަން އިނީ ހަމަ އެކަނި ލޮލެވެ. ލޮލުންވެސް ކާކުކަން ފާހަގަ ކުރަން އެނގެ ދާނެތީ ލޯ ވަށައިގެން ކަޅު އައިށެޑޯ ޖައްސާލިއެވެ. ދެންތިބި މީހުންވެސް ހަމަ މިހެން ރެޑިވެލިއެވެ. އަދި އެންމެންގެ ފޯނުތައް ސައިލެންޓައް ލިއެވެ. އިސް މީހަކައް ވެގެން ވާހަކަ ދެއްކީ މީކާއީލް އެވެ.

“އެހެން ވީމަ ހަދާނެ ގޮތަކީ ފުރަތަމަ ގެއައް ވަދެފަ މީހެއް ފެންނަން ނެތިއްޔާ އެތެރައް ވަންނާނީ. ދެން އާޒް އިންނާނީ ޓީވީ ރެކް ގެ ފަހަތުގަ އިންނާނެ ފިލޭނެ ތަނެއް އެތާ، ދެން މަށާ މިޒްނާއާ ތިބޭނީ ސިޑި ތިރީގަ އިންނަ ފޮށިތަކުގެ ތެރައް ވަދެ. ދެން ދޮންބެއާއި އާލާ ތިބޭނީ ކާގޭގަ ހރި ބާލިދީ ތަކުގެ ފަހަތުގަ ސަޅިކޮއް އެތާވެސް ފިލޭނެ. އާލާއާއި މިޒްނާ އެއްތާކައް ނުލީ ބަސްޓްވިޔަސް އެމީހުންނައް ކަމެއް ވެދާނެތީ. ވަންނަ އިރު އާޒް އާ މަށާ ދޮންބެއާ ރެކޯޑިންއައް ޖައްސްއިގެން ވަންނާނީ. އޭރުން ކޮންމެ ތާކުވެސް ދައްކާ ވާހަކަ އިވޭނެ އެއްނު. އެކަކު ނިކުންނާށޭ ބުންޔަސް ލަސް ނުކޮއް ނިކުންނާތި. ވީދިއޯ ކުރެވެންޔާ ފެންނަ އާދަޔާ ހިލާފު ކަންތައް ވީޑިއޯ ކުރާތި. އޯކޭ. ހިނގާ ދާން” އެހެން ބުނުމުން އެންމެން އެއްބަސް ވިއެވެ.

ފަޔާޒް މަގުގެ ދެކޮޅު ބެލިއެވެ. ޒިމްޔާމެން ގޭ ދޮށުގަ ޒަޔާން މަޑުކޮއްގެން ހުރުމުން އެންމެން ޖެހުނީ މަޑުކުރާށެވެ. މީނައައް ވަންނަނިކޮއް ފެނެއްޖިއްޔާ މުޅިން ސަކަރާތް ވާނެކަން އިނގޭތީއެވެ. އެތާ ތިއްބަ ފެނިދާނެތީ ފަހަރަކު މީހެއް ޖެހިގެން ހުރިގޭ ފާރުމަތިން އެތިއެވެ. ވަދެވުނީ ގިފިއްޔަކައްކަން އިނގުމުން ހިނި އަންނަގޮތް ވިއެވެ.

“ނަސީބެއނު މީހަކު ފާހާނާ ކުރަން އިންދަ ނުވަދެވުންކަން. މިތަނައް މީހެއް ވަންނަ އިރުވެސް ޒަޔާން ދާނެކަމެއް ނޭނގެއެވެ. ގިނައިރު ހުންނަން ޖެހުމުން އެންމެން ނިންމީ ޒަޔާން އައް ލަނޑެއް ދޭށެވެ. އެތާ ޖެހުނު އެން ބޮޑު ގާ ކޮޅު ނަގާ އާޒް މަތިން ޒަޔާން އާއި ދިމާއައް ހޫރާލިއެވެ. ގާގަނޑު ގޮސް ޖެހުނީ ޒަޔާން ބޮލުގައެވެ. ޖެހުން ގޮތުން އަތް އަޅައިގެން ހުރި އިރުވެސް ތަދުވެފަކަން އިނގުނެވެ. ހިނިގަނޑު މަތަ ކޮއްގެން ތިންމީހުން ތިރިވެގެން ތިއްބެވެ. ދެން އިވުނީ ޒަޔާން ހަޅޭއްލަވައިގަތް އަޑެވެ. މަށާ ފާވީ ކާކުހޭ ގޮވާ ހުސް ހަޑިއެއްޗިގޮވިއެވެ. ނަމަވެސް ގާގަނޑު އައި ދިމާއެއް ޒަޔާން އަކައް ނޭގެއެވެ. އޭރު ޒަޔާން ހުރީ މީކާއީލްމެން ތިބި ގެ ކައިރިއެވެ.

“އޭ ބްރޯ ކޮންހަޅޭކެއް.؟” ސައިކަލެއް ހުއްޓުވާފައި މީހެއް އަހާ އަޑު އިވުނެވެ.

“ކައޭ ނައިސްގެން ލަސްވެފަ މިހުރީ. ނޭނގެ މަ ބޮލުގަ ގާގަނޑަކުން މީހަކު ލަޑާފަ އެދިޔައީ. ނޭނގެ އެއލި ދިމައެއްވެސް. ހިނގާދާން” އެހެން ބުނެ ސައިކަލުގަ ދިޔައެވެ. އަވަހައް ބޭރައް ފަސްމީހުން ފުއްމާލިއެވެ. އެންމެން ވެސް ތިބީ ގަޔައްދޫ ޓީޝާޓު ލައިގެންނެވެ. އޭރުން ހަށިގަނޑަކުންވެސް މީހަކައް ނޭނގޭނެއެވެ.

ސިއްރުން ގެއައް ވަދެ ގޭތެރޭ މީހެއް ނެތުމުން އެމީހެއް ފިލާން އޮތް ތަނަކައް ވަދެ ފިލިއެވެ. އެހެން ތިބޭތާ އިރުގަނޑެއްވިވަހުން ޒިމްޔާ އައިސް ކާން ހަދަން ފެށިއެވެ. ޒުބޭދާ ނިކަން ރީތިވެގެން ގެއިން ނިކުންނަން ދާން އެވަގުތު ދިޔައެވެ. ޒިމްޔާ ފާޑަކައް ބަލާލައިފައި އަނެއް ފަރާތައް މޫނު އަނބުރާލިއެވެ. މިތަން ޒުބޭދާއައް ފެނިގެން އައިއްސަ މަށާދިމާއައް ބަލާނެ ކަމެއް ނެތޭ ބުނެ ޒިމޔާ ގައިގަ ޖަހާފަ ނިކުމެގެން ހިނގައްޖެއެވެ. ގޭގަ ދެން އިތުރު މީހެއް ނޫޅޭތީ އަވަހައް ބަތް އަޅައިގެން ބަނޑު ފުރެންދެން ކެއެވެ. ތަށި ދޮވެފަ އަވަހައް އެތަނުން ނިކުންނަނިކޮއް ވާފިރު ގެއައްވަނެވެ. ވާފިރު ފެނުމުން ޒިމްޔާ ހުއްޓުން އެރިއެވެ. ވާފިރު އަތުގަ އޮތް ސިނގިރޭޓް އެއްލާލައިފައި ޒިމްޔާއާއި ދިމާއައް އައެވެ. އޭރު ޒިމްޔާ ބިރުން ފަހަތައް ޖެހެނީއެވެ.

ވާފިރުއައި ގޮތައް ޒިމްޔާ ގެ އިސްތަށިގަނޑުގަ ހިފާ ސޯފާއާއި ދިމާއައް ހޫރާލިއެވެ. ޒިމްޔާ ގޮސް ޖެހުނީ ސޯފާ ބުޑަށެވެ. އެދިޔަގޮތައްގޮސް ވާފިރު ހިފީ ޒިމްޔާ ކަރުވަޅުގަ ހިފާ އިރާލިއެވެ. ޒިމްޔާއޭރުވެސް ރޮމުންގަދަ ހަދަމުން ދިޔައެވެ. ވާފިރު އައިރުޅިން ޒިމްޔާ ކަންފަތް މަތީ ޖެހިއެވެ. ވީތާދުން ޒިމްޔާއައް ވޭނީއަޑަކުން ހަޅޭއް ލަވައި ގަނެވުނެވެ. އެތާއޮތް ފޮތި ގަނޑަކުން ޒިމްޔާ ދެއަތް ބަނދެ އަނގަޔައް އަނެއް ބައި ގަންނުވާލިއެވެ. ދަމާފަކަހަލަ ގޮތަކައް ވާފިރުގެ ކޮޓެރިއައް ގެންދިޔައެވެ. ގެންދިޔަ ގޮތައް ގޮސް އެނދައް ހޫރާލާ ވާފިރު ލައިގެން ހުރިއެއްޗިހި ބާލަން އުޅެގަތެވެ. ގޭގައި މީހެއް ނޫޅޭތީ ދޮރު ތަޅުލާކައްވެސް ނޫޅުނެވެ. އެއައްވުރެ މީހާ ހުރީ އަމިއްލަ ދަރީގެ ހައްޓައް ފެންބޮވައިގަނެފައެވެ. ގޮސް ޒިމްޔާގެ ހެދުން އެކީ ބޭލުވިއެވެ.

މީކާއީލް އައް ނުއިނދެވެގެން އެތަނުން ނިކުތެވެ. އޭރު މީހާ ހުރީ ރުޅި އައިސްގެން ފަޅައިގެން ދާވަރުވެފައެވެ. އެންމެން ވެސް ތިބި ތާކުން ނިކުމެ މިސްރާބު ޖެހީ ވާފިރު ދިޔަ ކޮޓެރިއަށެވެ. ކޮޓެރިއައް ވަދެ ބެލިއިރު ފެނުން މަންޒަރުން އެންމެންނައް ލޯ މަރާލެވުނެވެ. ނަމަވެސް ދެވަނަ ސިކުން ތުގަ މިކާއީލް ގޮސް ވާފިރު ކަރުގަ ހިފާ ނަގާ ހޫރާލިއެވެ އަދި ދިޔަ ގޮތައް ގޮސް ދައްބަނޑުގަ ފައިން ޖެހިއެވެ. އާޒް އާއި ފަޔާޒްވެސް ޖެހުނުތާކު ތަޅަމުން ދިޔައެވެ. މިޒްނާއާއި އާލާ އެތާއޮތް ބެޑްޝީޓް އަކުން ޒިމްޔާގެ ގައިގަ އޮޅާލިއެވެ.އަދި ޒިމްޔާ ގޮވައިގެން ޒިމްޔާގެ ކޮޓެރިއައް ގެންގޮސް ދިންވެ. ޒިމްޔާ ސުވާލު ކުރީ ތީ ކޮންބައެއްތޯ އެވެ. އެކަމަކު އަދި މިގަޑި ބުނުން ރަގަޅު ނުވީމަ ދެމީހުންވެސް އަގައިން ނުބުނެ ހިނގައިގަތީ ބޭރައްދާށެވެ. ނަމަވެސް ހުއްޓެން މަޖުބޫރުވީ ޒިމްޔާ އައިސް ކުރިމައްޗައް އެރުމުންނެވެ. އޭރު އޭނާއައް ހުރީ ރޮވިފައެވެ. އައިސް އާލާއާއި މިޒްނާ ގައިގަ ބައްދާލިއެވެ. އަދި ޝުކުރު އަދާ ކުރިއެވެ. އޭނާއެދުނީ މިކަމުން އޭނާ ސަލާމައް ކޮއްދިނުމަށެވެ. އާލާމެން ބޯޖަހާލިއެވެ. އަދި ޒިމްނާ ގައިގަ ބައްދާލައިފަ ދާން ހިނގައިގަތް ވަގުތު މިޒްނާ އަތައް ޒިމްޔާ އެއްޗެއް ލައި ދިނެވެ.

އެހިފައިގެން އެތަނުން ނިކުތް އިރު ވާފިރު ދެއަތާ ދެފަޔާ އައްސައިގެން ދާމާފަ ނެރެނީ އެވެ. ވާފިރު ހެއެއްވެސް ނެތެވެ. ވާނީވެސް އެހެންނެވެ އެވަރައް ތަޅާލައިފިއެވެ. މިޒްނާމެން އަނެއް ފަރާތައް އެނބުރުނީ ވާފިރު ރޯބަރަހަނާ ކޮއް އޮތުމުންނެވެ. ތިން މީހުން ދިޔަގޮތައް ގޮސް ވާފިރު ސޯފާއައް ހޫރާލިއެވެ. ފަޔާޒްގޮސް ބަދިގެ ތެރޭ ހުރި ރިހަ ތެލި ގެނެސް ވާފިރު މުޅިގަޔައް އަޅަލިއެވެ. މިތަން ފެނި ދެން ތިބި މީހުންނައް ހެވުނެވެ. ވާފިރު ބޮލުގަ ތެލިއަޅުވާލުމައްފަހު އަވަހައް ނިކުންނަން ދިޔައެވެ. ނަމަވެސް ޒައްޔާ ކުރިމައްޗައް އެރުމުން ފަސް މީހުން ހުއްޓުން އެރި އެވެ.

“ތީ ކޮންބައެއް. ކީއްކުރަނީ މިތާ؟” ޒައްޔާއައް ނުބައެއް ހިނގާހެން ހީވެގެން ބާރަކައް އެހެން ބުނެލިއެވެ. މީކާއީލް ބަލާކައް ނުހުރެ ޒައްޔާ އިސްތަށިގަޑުގަ ހިފާ ހޫރާލިއެވެ. ޒައްޔާގޮސް ޖެހުނީ ފައިވާން ހަރުގަނޑު ބުޑަށެވެ. ޖެހުނުގޮތުން ޒައްޔާ ހެޔައް ގޮތެއްވިއެވެ. އަވަހައް ފަސް މީހުން އެގެއިން ނިކުމެ ގެއާއި ދިމާއައް ދުއްވައިގަތެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mau

Level 2100 Comments10 Stories

??

Other Articles

Previous

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 48 (ފަހުބައި)

Next

ހަޤީޤަތް ނޭނގެނީ ކީއްވެބާ..؟ (1 ވަނަ ބައި)

Next
October 28, 2017

ހަޤީޤަތް ނޭނގެނީ ކީއްވެބާ..؟ (1 ވަނަ ބައި)

Previews
October 28, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 48 (ފަހުބައި)

23 Comments!

  1. Saa says:
    October 28, 2017 at 10:06 am

    Yayyyy..
    Salhi ingey..
    Avahah aneh part vx upkohlahchey

    1. Kukoo says:
      October 28, 2017 at 11:18 pm

      hehehe. wait for tmmrw 😀

  2. xim says:
    October 28, 2017 at 10:15 am

    nice……whn next part

    1. Kukoo says:
      October 28, 2017 at 11:18 pm

      Tmmrw

    2. Kukoo says:
      October 28, 2017 at 11:25 pm

      Thanks Zim 🙂

  3. Xee says:
    October 28, 2017 at 10:21 am

    Yey vvvvv reathi ❤❤plx miadhu adi one more part up kola deeba nd next part plx digukolaaba

    1. Kukoo says:
      October 28, 2017 at 11:20 pm

      Hehe. Thankyou. dhuvaalaku eh part genesdhey gothah mihaaru

  4. Nahu says:
    October 28, 2017 at 10:35 am

    Woowwwwww… V reethi.. When nxt part??
    So funny ??

    1. Kukoo says:
      October 28, 2017 at 11:24 pm

      Maadhama nahu 🙂

  5. Aryy says:
    October 28, 2017 at 12:38 pm

    Woww v funny…. alhey v avahah up kohdhehchey…

    1. Kukoo says:
      October 28, 2017 at 11:23 pm

      hehe. yea

  6. khajja says:
    October 28, 2017 at 12:55 pm

    Hahaha ?? masha allah stry v awsome????? mi adhu adhi one prt up kolladhybala plx can’t wait plx mi adhu adhi up kolladhybala plx

    1. Kukoo says:
      October 28, 2017 at 11:21 pm

      Maadhamaa ah inthizaaru kurey khajja 😉

  7. Shauna says:
    October 28, 2017 at 1:40 pm

    Woww….. Varah majaa…. Miadhu adhi one part pls!! Can’t wait ♥

    1. Kukoo says:
      October 28, 2017 at 11:22 pm

      hehehe

  8. Amin says:
    October 28, 2017 at 8:17 pm

    Hehe.. CNT stop laughing.. Its awsome

    1. Kukoo says:
      October 28, 2017 at 11:23 pm

      Thanks 🙂

  9. Reader says:
    October 28, 2017 at 10:45 pm

    ??

  10. shanhaa says:
    October 29, 2017 at 12:04 am

    vvv majaa nice

    1. Kukoo says:
      October 29, 2017 at 2:25 am

      Thanksss Shanhaa 🙂

  11. Layaa says:
    October 29, 2017 at 4:44 pm

    Kobaatha next part kiyaahithun meenee varah ?

    1. Kukoo says:
      October 29, 2017 at 6:31 pm

      Miadhu kudakoh busy koh miulheny. Insha allah mirey upload kohdheynah 🙂

  12. Anonymous says:
    July 21, 2019 at 12:08 am

    Varugadha mission ehga gos thibi baeh dhw???.. Nice story eh ????

Comments are closed.

Next Episodeވޭންތަކުން ދިން ހިތި މާޒީ (6)←


All Right Reserved!