“ދެން މި ފަށުގަ ނުހިފަންތަ ތިހުންނަނީ؟ އަހަރެން އަވަސްއަވަހަށް ފަށުގައި ހިފީމިެވެ. ރަޝާ އަހަންނަށް އެނގޭ ރަޝާ ތިހުންނަނީ އަހަންނަށް އެވާހަކަތައް އަޑުއިވުނީމަ ކަންތައް ބޮޑުވެފަކަން. އެކަމް އަހަރެން ބުނަންއޮތީ އަހަރެންނަށް އިތުބާރު ކުރާށޭ. އިރާދަކުރެއްވިއްޔާ ރަޝާއަށް ދެރަވާގޮތަކަށް އަހަރެން ކަމެއް ނުކުރާނަން..” ނާދްގެ ވާހަކައިން އަހަރެންގެ ހިތަށް ބުނަންނޭންގޭ ކަހަލައިގެ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެވީ ވަގުތު ކޮޅުގެ ތެރޭގައި ނާދް އަހަރެމެންނަށް އޭނައާއި ބެހޭގޮތުން ބައެއް ކަންކަން އޮޅުން ފިލުވައިދިނެވެ. ނާދް އަކީ މާލޭގައި […]
ފަތިސްނަމާދަށް ގޮވުމުން ފާހާނާއަށްވަދެ ވުލޫ ކޮއްލުމަށްފަހު ނިކުމެ ނަމާދު ކޮއްލީމެވެ. އޭރު މަންމަވެސް ތެދުވެގެން ނަމާދުކުރަން އުޅެއެވެ. ރޭގައި ނުކައި ހުރުމުގެ ސަބަބުން އަހަރެންހުރީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. އެހެންކަމުން ބަދިގެއަށް ވަދެ ފުރަތަމަވެސް ބެލީ ކޮފީތައްޓެއް ބޯލެވޭތޯއެވެ. އެއަށްފަހު ހެނދުނުގެ ސައި ތައްޔާރު ކުރަންފެށީމެވެ. އިރުކޮޅަކުން މަންމަވެސް އަހަރެންނާއި ބައިވެރިވެއްޖެއެވެ. ހެނދުނުގެ މަސައްކަތްތައް ނިންމާލުމަށްފަހު މާމައަށް ސައިބޯން ގޮވަން ދިޔައީމެވެ. އޭރު މާމަ އިނީ މުސްހަފެއް ހިފައިގެން ގުރުއާން ކިޔަވާށެވެ. އަހަރެން ފެނުމުން މުސްހަފު ބޭއްވުމަށްފަހު […]
މޭގަނޑު އަތަށް ނައީ ކިރިޔާއެވެ.ހުޅުވާފައި ހުރި ކުޑަދޮރުގައި ދެއަތް ވިއްދައިގެން އެއޮތީ އަންހެނެކެވެ.ބޮލުގެ އިސްތަށިގަނޑުވަނީ ހާވާލާފައެވެ.މޫނުގެ ތަންތަންގަނޑުވަނީ ފަޅައިގެންގޮސްފައެވެ. އެ ޒަހަމްތަކުން ކަޅުރަތް ކުލައިގެ ލޭފައިބައެވެ.ދެލޯ ހުރީ ގަދަ ފެހިކުލައަކުން ދިއްލިފައެވެ.އަނގަވަނީ ތަންމިނަށް ހުޅުވާފައެވިެ.ހެދުމެއް ލާފައި ހުރިހެނެއް ހިޔެއްނުވެއެވެ.މުޅި ހަށިގަނޑު ނިވާވެފައިވަނީ ޗަކައިންނެވެ.. ލިބުނު ސިހުމުގައި އަޑުގައި ހުރިބާރެއް ލާފައި ހަޅޭއް ލަވައި ގަނެވުނެވެ.ވިދާލި ވިދުވަރާއި އެކު އެ ސޫރަ ލޯމަތިން ގެއްލުނީ ކުއްލިއަކަށެވެ.އޭރު މަންމަ އާއި ކަޮއްކޮވެސް އައިސް […]
އިރުއޮއްސި އަނދިރިވަނީއެވެ.ވަގުތުގެ ގޮތުންވެސް ތޯއްޗެކެވެ.އަތިރިމަށްޗަށްވަނީ އާދަޔާއި ހިލާފު ފަޅުކަމެއް ގެނުވާފައެވެ.އެހެން ނުވާންވި ސަބަބެއްވެސް ނެތެވެ. ނަގަމުން އައި ވިލާގަނޑާއި އެކު ވިދަމުންދިޔަ ވިދުމުންވެސް ރެއަކީ ވިއްސާރަ ރެއަކަށްް ވާނެކަން ދޭހަ ކޮއްދެއެވެ. “ކޮއްކޯ ތި ތަންކޮޅެއް ބާރަށް އާދެބަލަ! ވިއްސާރައިގައި ނުޖެހި ގެއަށް ނުދެވިއްޖެއްޔީ މާދެރައެއްނު.” ފައިން ބޯޅައިގަ ތަޅަމުން އައި ކޮއްކޮއަށް ގޮވާލަމުން އަހަރެން އެހެންބުނީ، ފުރޮޅުލީ ގޮނޑީގައި އިން މާމަ އަށް ބަލާލަމުންނެވެ. މާމަ އިނީ ކަމަކާ ވަރަށް ފިކުރު ބޮޑުވެފަހެން ހީވެގެން ކުރިއަށްވުރެވެސް […]