ރޭގަނޑު އަށެއް ޖެހި އިރު ނައިޝާ ހުރީ ރާޅުގަނޑު ސަރަހައްދުގައެވެ.ސައިފްގެ އިންތިޒާރުގައި ފަސްވަރަކަށް މިނެޓް ވީފަހުން ނޫކުލައިގެ ވޭވް 125އެއްގައި، ސައިފް އައިސް މަޑުކޮށްލި އެވެ.”ވަރަށް އިރުވެއްޖެތަ އިންތިޒާރުގަ ހުންނަތާ؟” ސައިކަލުން ފައިބަމުން ސައިފް އަހާލިއެވެ. ” ނޫނޭ.. ފަސްވަރަކަށް މިނެޓް ކަންނެ ވާނީ” ނައިޝާ ސައިފަށް ބުންޏެވެ. ” ސޮރީ ކުޑަކަމެއް ދިމާވީމަ ލަސްވީ” ސައިކަލުން ފައިބައިގެން އައިސް، ތޮށިގަނޑުމަތީ އިށީނަމުން ސައިފް ބުންޏެވެ.

ތޮށިގަނޑު މަތީ ތިބެ ދެމީހުންވެސް އެކަކު އަނެކަކުގެ ވަނަވަރު ކިޔައިދީ، އެކި ވާހަކަތައް ދެއްކި އެވެ.

ސައިފަކީ ރާއްޖެތެރޭ ރަށަކަށް ނިސްބަތްވާ މީހެއްކަމާއި، އޭނާ މާލެ އައިސް ހުންނަނީ ކުދިން ބަހައްޓާ ގެއެއްގައި ކަމެވެ.ސައިފްގެ އާއިލާ މީހުން ތިބީ ރަށުގައި ކަމަށާއި ސައިފް މާލެ އައީ ވަޒީފާއެއް އަދާކުރަން ކަމަށެވެ.ނައިޝާވެސް، އޭނާ އަކީ މާލެ ރައްޔިތެއް ކަމާއި އޭނާގެ މައިންބަފައިން ދިރިއުޅެމުންދަނީ ލަންކާގައި ކަމުގައި ބުންޏެވެ. ނައިޝާ އޭނާގެ ހަޔާތުގެ ވާހަކަވެސް ސަައިފާ ހިއްސާކުރިއެވެ.ކިތަންމެ ތަނަވަސް އާއިލާއަކަށް ނިސްބަތްވާ މީހަކަސް ފަލަވުމުގެ ސަބަބުން އެންމެންގެ މަލާމާތް ލިބުނު ވާހަކައާއި، އާއިލާ މީހުން ފިޔަވައި، ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެންމެން އޭނާ ބާކީ ކުރި ވާހަކަ ކިޔައިދިނެވެ.ނައިޝާގެ ހަޔާތުގައި ލޯބިވެރިޔަކު ނުހުންނަތާ ވާހަކަ ދައްކާލާނެ ރަހުމަތްތެރިއަކުވެސް ނެތް ވާހަކަ ސައިފާ ހިއްސާކުރިއެވެ.ސަައިފަކީ ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން، ނައިޝާ އާއި ވާހަކަދެއްކި ފުރަތަމަ މީހާ ކަމުގައިވެސް ނައިޝާ ބުންޏެވެ. ނައިޝާގެ އެވާހަކަތައް އަޑުއަހަން އިން ސައިފް ވެސް ބުނީ ނައިޝާ އަކީ ހަމަލޮލަށް ފެނި  ބައްދަލުކޮށް ވާހަކަ ދެއްކި ފުރަތަމަ އަންހެންކުއްޖާ ކަމަށާއި ސަައިފްގެވެސް ލޯބިވެރިޔަކު އަލަށްވެސް ނުހުންނަ ވާހަކައެވެ.

އަށެއްޖަހާ ފަސްމިނިޓް ހިނގިފަހުން ފެށި ބައްދަލުވުން ނިންމާލެވުނީ އެގާރަ ޖެހިއިރުއެވެ. އެގާރަ ޖެހިއިރުވެސް ސައިފް ނައިޝާ ދޫކުރާކަށް ބޭނުމެއްނުވިއެވެ.ނަމަވެސް ނައިޝާ އަކީ އެންމެ ލަސްވެގެންވެސް އެގާރަ ޖަހާއިރަށް ނިދާ މީހެއްކަމުން ނައިޝާގެ އެދުމުގެ މަތިން ސައިފް، ނައިޝާ ގެއަށްލައި ދިނީއެވެ.

ގެއަށްވަދެ ފެންވަރައިގެން ނައިޝާ އެނދުމަތީގައި ޖައްސާލިއެވެ.އެވަގުތު ސައިފްގެ ކޯލެއް އައެވެ.ނައިޝާ ފުރަތަމަ ފެނުނު ދުވަހުވެސް ސަައިފް ނައިޝާއަށް ގަޔާވި ވާހަކައާއި ނަައިޝާ އާއި ލޯބީގެ ގޮތުން ގުޅެން ސަައިފް ބޭނުންވާ ވާހަކަ ބުންޏެވެ. ސައިފާ ކުޑަކޮށް ވާހަކަ ދައްކާލުމަށް ފަހު ގުޑް ނައިޓް ކިޔާފައި ނަައިޝާ ފޯނު ބޭއްވީ ވިސްނާލައިފަައި ޖަވާބެއް ދޭނެ ވާހަކަ ބުނެފައެވެ.

ފޯނު ބޭއްވުމާއެކު ނައިޝާ ކުޑަކޮށް ސައިފާ ދޭތެރޭ ވިސްނާލިއެވެ.މިރޭ ތޮށިގަނޑު މަތީ ވާހަކަ ދައްކަން ތިބިއިރު ސައިފްގެ ފޯނަށް ދޭތެރެ އަކުން ކޯލެއް އާދައެވެ.އެއިން ކޮންމެ ފަހަރަކުވެސް ފޯނުގެ ސްކްރީނަށް  ސައިފް ކުޑަކޮށް ބަލައިލުމަށް ފަހު، ފޯނު ގެ ރިންގް އޮފް ކޮށްލައެވެ.އަދި ގުޅަނީ އެކުވެރިއެއް ނުވަތަ ގޭމީހެއް ކަމަށް ސައިފް ބުނެއެެވެ.ސައިފްގެ ހަރަކާތްތައް ހުރިގޮތުން ނައިޝާއަށް މިއީ ސައިފްގެ ފުރަތަމަ ބައްދަލުވުން ކަމުގައި ޤަބޫލެއްނުކުރެވުނެވެ.ދިމާވި ފުރަތަމަ ދުވަހުވެސް މާ ގާގޯޅިވުމުގެ ސަބަބުން ނައިޝާއަށް ކުޑަކޮށް އުދަނގޫވެސް ވިއެވެ.ނަމަވެސް ބުނެވޭ ބަހެއްގެ ސަބަބުން ސަައިފް ނައިޝާއާއި ވާހަކަ ދެއްކުން ހުއްޓާލަފާނެ ކަމުގެ ބިރަށްޓަކައި އެއްޗެއް ބުނަން ނައިޝާ ފަސްޖެހެވުނީއެވެ.

ސައިފްގެ އެކި ޙިޔާލުތަކުގައި އޮއްވާ މެސެޖެއް އައެވެ ނައިޝާ ފޯނު ނަގައި ބަލައިލިއެވެ.”ކޮބާ ނިދީތަ؟”ސައިފްގެ މެސެޖުގައިވެއެވެ.ނަައިޝާއަށް ހިނިތުންވެވުނެވެ.އޭނާ އާއި ދޭތެރޭ އެހާ ވިސްނާ މީހަކު ހުރީތީއެވެ.”ޚަބަރެއް ނުވެޔޭ ހާދަ…އަނެއްކާ މަ މަތިން ފޫހިވީތަ؟….އާާނ އަހަރުން ކަހަލަ ރާއްޖެތެރޭ މީހުންނަށް ތިކަހަލަ މާލެ މުއްސަނދި އާއިލާއެއްގެ ކުއްޖަކު ބަލައިވެސްނުލާނެ”ނައިޝާ ގެ ޚަބަރެއް ނުވުމުން ސަައިފް އަނެއްކާވެސް މެސެޖެއް ކޮށްލިއެވެ.

ސައިފްގެ މެސެޖަށް ރިޕްލައި ކުރަން އުޅެނިކޮށް، ނައިޝާއަށް ސައިފް ގުޅިއެވެ. “ހަލޯ!”ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން ނައިޝާ ބުންޏެވެ.” އަހަރެން ކަހަލަ ރާއްޖެތެރޭ މީހަކު ލޯބި ހުށަހެޅީމަ ޤަބޫލުނުކުރަންހޭ ތިއުޅެނީ؟”ސަކަ ގޮތަކަށް ސައިފް އަހާލިއެވެ. “ހިހި… ޤަބޫލުނުކުރާ ނަމަ ވަގުތުން ނޯ ދޯ ބުނާނީ…ވިސްނަނީ އަދިވެސް….އަދި ވިސްނާލަން ވަގުތު ކޮޅެއްދީ..” ނައިޝާ ބުނެލި އެވެ. ” ހާދަ ވަރަކަށޭ ތި ވިސްނަނީ… އަހަންނަށް ތި ކުއްޖާ ލިބިއްޖެއްޔާ ރަނެއް މަލެއްހެން ގެންގުޅޭނަން…އަހަރެން ނައި ދެރަވާނެ ފަދަ އެއްވެސް ކަމެއް ނުކުރާނަން ޕްރޮމިސް..” ސަައިފް ގެ އަޑުގައިވަނީ ސީރިއަސް ކަމެވެ. “އަހަރެން މިހެން ބުންޏަސް ނައި ބޭނުން ވަރަކަށް ޓައިމް ނަގައިގެން ހަމަ ވިސްނަންވީ…ނައި ރެޑީ ވީ އިރަކުން ހަމަ ބުނަންވީ ސައިފަށް އޯކޭ ހަމަ…ދެން ނިދާލާ އިނގޭ މާދަން ޖޮގިންނަށްވެސް ދާންޖެހޭނެ އެއްނު…ސައިފް ވެސް މާދަން ނައި އާއެއްކޮށްދާނަން ޖޮގިންނަށް… ޓައިމް ބުނެލާ އޭރަށް ގޭދޮށަށް ބަލާވެސް ގޮސް ދާނަން އޯކޭ؟” އޯގާތެރިކަމާއެކު ވާހަކަ ދެއްކުމަށްފަހު ސައިފް ފޯނު ބޭއްވިއެވެ.

ސައިފް ގެ އެ އޯގާތެރިކަމާއި ހިތްހެޔޮކަމުގެ ސަބަބުން ނައިޝާގެ ހިތް ސައިފަށް ދޭންބޭނުންވިއެވެ.އެންމެނަކީ އެންމެ ފުރިހަމަ މީހެއް ނޫންކަމާއި ކޮންމެ މީހެއްގެ ވެސް އުނި ސިފައެއް ވާނެކަން ނައިޝާ ޤަބޫލުކުރެއެވެ.ސައިފްގެ ފަރާތުން ފެނުނު ނައިޝާ ގަޔާނުވާ ސިފައަކީ މާބޮޑަށް ގާގޯޅިވާން އުޅުމެވެ.އެހެންނަމަވެސް ސަައިފާ ވާހަކަ ދައްކައިގެން އެކަން ހައްލު ކުރެވޭނެ ކަމަށް ނައިޝާ ޤަބޫލު ކުރިއެވެ.

ހުރިހާ ގޮތަކަށް ވިސްނުމަށްފަހު ސައިފަށް މެސެޖް ގެ ޒަރިއްޔާއިން ޖަވާބު ނައިޝާ ފޮނުވިއެވެ.”ޔެސް އަައި ވޯންޓް” ނައިޝާ ގެ މެސެޖް ގައި ވެއެވެ. “ހަލޯ ކީކޭ މެސެޖުގަ އެއިނީ؟” މެސެޖް ލިބުމާއެކު ސައިފް ނައިޝާއަށް ގުޅިއެވެ. “މެސެޖް ކިޔާބަ އޭރަށް އިނގޭނެއެއްނު” ލަދުރަކި ގޮތަކަށް ނައިޝާ ޖަވާބު ދިނެވެ.” ކިޔައިފީމޭ…އެއީ ޖަވާބުތަ؟” ސައިފް އެހިއެވެ. ” ހޫމް.. ކިހިނެއްވީ ކަމުނުދިޔައީތަ؟” ސަކަ ގޮތަކަށް ނައިޝާ ބުނެލި އެވެ. ” ނޫނޭ..އަސްލުތަ؟ ބުނާނެ އެއްޗެއްވެސް ނޭނގުނު…ވަރަށް އުފާވެއްޖެ…. އެހެންވީމާ މާދަން ހަމަ ޔަގީނުންވެސް ބަލާ ދާނަން.. ކިހާއިރަކު ދާންވީ؟”އުފާވެރިކަމާއެކު ސައިފް އެހިއެވެ. ” މާދަން ހެނދުނު 6.15 ގަ އާދޭ… ސައިކަލް ގައެއްނޫން ހިނގާފަ އަންނާނީ…” ނައިޝާ ބުންޏެވެ. ” އޯކޭ ސޯ 6.15 ވާނީ ތިގޭ ދޮރު މަތީގަ ހުއްޓާ … ވަރަށް އުފާވެއްޖެ އަސްލުވެސް…ގުޑް ނައިޓް ލަވް ޔޫ” ފޯނު ބާއްވަމުން ސައިފް ބުންޏެވެ. ” އޯކޭ ގުޑް ނައިޓް ލަވް ޔޫ ޓޫ” ނައިޝާ ޖަވާބު ގައި ބުނެލި އެވެ.

ހެނދުނު 6.15 ވީއިރު ސަައިފް ހުރީ ނައިޝާ ގޭ ދޮރުމަތީގައެވެ. ނައިޝާ ނިކުތްއިރު ސައިފް ފެންނަން ހުރުމުން ވަރަށް އުފާވިއެވެ.ދެމީހުން ޓުރެކުތެރޭގައި ފަސްވަރަކަށް ބުރު ހިނގާލިއެވެ.ކަސްރަތުކޮށް ނިމުމުން ސަައިފް ނައިޝާ އާއި އެކު ގެޔާ ހަމައަށް އައެވެ.” އޯކޭ ސޯ މިރޭވެސް އަށެއް ޖަހާއިރު ރާޅުގަނޑު ސަރަހައްދުން ބައްދަލު ކުރަން އަންނާނަން ބަލާ އިނގޭ ލޯބީ” ނައިޝާ ގެއަށް ވަންނަން އުޅެނިކޮށް ސައިފް ބުންޏެވެ.ނަައިޝާވެސް ބައްދަލުވުމަށް އެއްބަސްވެ ގެއަށް ވަނުމުން ސައިފް ވެސް އޭނާގެ ގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ.

ނައިޝާ އާއި ސައިފް ގެ ގުޅުން ދިޔައީ ކުރިއަށެވެ.ދެމީހުން އެކަކު އަނެކަކާއި ބައްދަލުކޮށް ވަގުތުދީ ހެދިއެވެ.ނަމަވެސް ސައިފް ގެ ފަރާތުން ނައިޝާ ހިތްހަމަ ނުޖެހޭ ސިފަތަކެއް ފެންނަން ފެށިއެވެ.ރައްޓެހިވިތާ ހަފްތާއެއް ނުވަނީސް އެކަހެރި ބައްދަލުވުންތަކަށް ދައުވަތު ދޭން ފެށުމާއި މާބޮޑަށް ގާގޯޅިވާން އުޅުމެވެ.ވަރަށް ހިތްވަރު ކޮށްފައި،އެއްދުވަހަކު ނައިޝާ ސައިފަށް ވިސްނައިދިނެވެ.ކައިވެންޏަކާއި ހަމައަށް ދިއުމުގެ ކުރިން އެކަހެރި ގުޅުންތައް ބާއްވުމާއި މާބޮޑަށް ގާގޯޅިވާން ނައިޝާ ބޭނުންނުވާ ކަމަށް ބުނެދިނެވެ.ނައިޝާގެ ނަސޭހަތް ސައިފް އަޑު އެހިއެވެ.ދެން އޭނާގެ ފަރާތުން އެފަދަ ސިފައެއް ނުފެންނާނެ ކަމުގެ ޔަގީންކަން ނައިޝާއަށް ސައިފް ދިނެވެ.

ސައިފާ ނައިޝާގެ ގުޅުމަށް ދެހަފްތާވިއެވެ.ސައިފްގެ ފަރާތުން ނައިޝާ ހިތްހަމަ ނުޖެހޭ ސިފައެއް މިހާރު ނުފެނެއެވެ އޭގެ ބަދަލުގައި ދުވަސްވީ ވަރަކަށް ސައިފް ގެ ފަރާތުން ނައިޝާ އަށް އަޅާލުމާއި ލޯތްބާއި އޯގާތެރިކަން ލިބެމުންދިޔައެވެ.ނައިޝާ ނުގުޅިއަސް ސައިފް ނައިޝާއަށް އިސްވެ ގުޅާ ހާލު ބެލުމާއި،ލޯބި ބަސްތަކުން ނައިޝާއަށް މުހާތަބު ކުރުމާއި، ނައިޝާގެ ހިތް އުފާކޮށް ދިނުމަށް ރެސްޓޯރެންޓް ތަކަށް ގެންދިއުމާއި އަދި ދުއްވާލަން ގެންދިއުން ފަދަ ކަންތައްތައް ކުރިއެވެ.އެދެމީހުންގެ ގުޅުން ނައިޝާ އޭނާގެ އާއިލާ އަށްވެސް އެންގިއެވެ.

 

105