Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އެއްވަނަ ބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
June 26, 2021 5 Mins Read
0 Comments

ނޯޓު: މިއީ އެއްވެސް ހާލަތެއްގައި ހިނގާފައިވާ ނުވަތަ ހިނގާފާނެ ކަމަށް ލިޔެފައިނުވާ، އަސްލެއް ނެތް ޚިޔާލީ ވާހަކައެކެވެ.

 

ނައިޝާއަށް ހޭލެވުނީ ފޯނުން އެލާމް ރިންގުވި އަޑަށެވެ.ކަންނެތް ގޮތަކަށް ފުރޮޅެލުމަށްފަހު، އެނދު ކައިރި ހުރި ކުޑަ ކަބަޑުމަތީ އޮތް އަައިފޯން ނަގާ ރިންގުއޮފް ކޮށްލިއެވެ.ނިދީގެ އަސަރު ނުފިލާ ހާލު، އެއްލޯ ހުޅުވައިގެން ހުރެ ފޯނުގެ ސްކްރީނަށް ނައިޝާ ބަލައިލި އެވެ.އޭރު ގަނޑިން ފަތިހު 4.45 ހިނގާ ފަތިސް ނަމާދަށް ބަންގި ގޮވައިފިއެވެ.

ނައިޝާ ގައިމަތީ އަޅާފައި އޮތް ޑުއެޓް ކަވަރު ނަގާ، އެނދުމަތީގައި އިށީނދެލުމަށް ފަހު، ހާވާލެވިފައިވާ އުނަގަނޑާއި ހަމައަށް އަރާ ފަން އިސްތަށިގަނޑު އައްސާލިއެވެ.އަދި ގޭތެރޭގައި އަރަން ގެންގުޅޭ މަޑު ކަފަކޮޅެއް ފަދަ ފިޔާތޮށިކުލައިގެ ފައިވާނަށް ފައި ކޮށްޕާލައި،  ތެދުވެ މޯޅިއަކަށް  ދެމިލުމަށްފަހު ފާހަނައާއި  ދިމާއަށް ހިނގައިގަތެވެ.

ފެންވަރައިގެން ނިކުމެ ނައިޝާ ނަމާދުކޮށް ނިމި ދޮޅިއާއި އިސްޓާކީނު މުސައްލަ ތެރެއަށްލައި، މުސައްލަ އޮޅާލުމަށްފަހު ކޮޓަރި ކަނެއްގަ ހުރި މޭޒުމަތީ މުސައްލަ ބޭއްވިއެވެ.  އަދި އެނދުމަތީގައި އޮތް ޑުވެޓް ކަވަރު ފަތްޖަހާ، އެނދުމަތި ރީތިކޮށްލިއެވެ.

ދުވަންދާން ތައްޔާރުވާންވެގެން، ނައިޝާ ލައިގެން ހުރި ދަނބު ކުލައިގެ ޓީޝާޓް ގެ އޮޅާފައި ހުރި އަތްކުރި  ދިގުކޮށްލިއެވެ.ލޯގަނޑު ކުރިމައްޗަށް އަރާ ބޮލުގައި ޖަހާފައިވާ ހުޅި ރަނގަޅުކޮށްލިއެވެ. ދެކަންފަތުގައި ވަޔަރލެސް ހެޑްސެޓް އެޅުމަށް ފަހު ކަޅު ކުލައިގެ ބުރުގާ އަޅާ، ފަހަތަށް އައްސާލައި ގަޔަށް ސެންޓު ބުރުވާލާ، ކުޑަކޮށް ރީތިވެލިއެވެ. އަދި އުނަގަނޑުގައި ތަތްކުރާ ކުޑަ ދަބަސް ތެރެއަށް ނައިޝާގެ ފޯނާއި ގެޔަށް ވަންނަން ބޭނުންކުރާ ކާޑުލިއެވެ.

ނައިޝާ އަޅިކުލައިގެ ކުރު އިސްޓާކީނަކަށް އެރުމަށް ފަހު،އޭނާ ލައިގެން ހުރި ކަޅުކުލައިގެ ޓައިޓުގެ ހިމަ ފައިކުރި ދިގުކޮށްލިއެވެ.ކޮޓަރިން ނިކުންނަމުން ޖަހާފައި ހުރި އޭސީ ނިވާލުމަށްފަހު  ސިޓިންރޫމާއި  ދިމާއަށް ނައިޝާ ހިނގައިގަތެވެ.

ސިޓިންރޫމުގެ އެއްކޮޅުން އަނެއް ކޮޅަށް ދަމާފައިވާ ދޮރުފޮތިގަނޑު ދެފަރާތަށް ނައިޝާ ކަހާލިއެވެ. އެވަގުތު އަރަމުން އަންނަ އިރުގެ ރަން ދޯދިތައް ފުރޭނިގެން ކުޑަ ދޮރުގެ ބިއްލޫރިގަނޑުން ތަނަވަސް ބޮޑު ސިޓިންރޫމަށް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެޅި، މުޅިތަން އެކަށް ދިއްލާލިއެވެ.

ދޮރުފޮތިގަނޑު އައްސާލުމަށްފަހު ނައިޝާ ހިނގައިގަތީ ފުރިޖާ  ދިމާލަށެވެ.ފުރިޖު ހުޅުވާލުމަށް ފަހު ލުނބޯ ފެން އަޅާފައި ހުރި ބިއްލޫރި ފުޅި ނެގުމަށް ފަހު، ބިއްލޫރި ތަށްޓަކަށް ލުނބޯ ފެން ފޮދެއް އެޅުމަށް ފަހު ނައިޝާ ބޯލިއެވެ.ތަށި ދޮވެ, ތަށިތައް އަޅާތަނަށް ތަށި ލުމަށްފަހު ނައިޝާ ހިނގާގަތީ ސިޓިންރޫމުގެ ދޮރާ ދިމާލަށެވެ.

ދޮރުކައިރި ފައިވާން ބެހެއްޓުމަށް ފަހު, ފައިވާން އަޅާ ހަރުގަނޑުގައި އިން ނައިޝާގެ ކަޅު ކުލައިގެ ކައިރި ފަށް ހުދު، އުސް ޓެނިހަށް އެރިއެވެ.

ސިޓިން ރޫމުގެ ދޮރުން ނިކުމެ ސިޑިން ފައިބައިގެން ނައިޝާ ބޭރު ދޮރުމައްޗަށް ހުއްޓި،ކޮރާލުމަށްފަހު ދެއަތް އުފުލާ ދަމާލާ ސްޓްރެޗް ވެލިއެވެ.އަދި ދެފަރާތަށް ބަޅުވެލާ ކުޑަ ވޯމްއަޕެއް ހަދާލައި މަޑު ދުވެއްޔެއްގަ ދުއްވައިގަތެވެ.

ވަގުތަކީ އިރު އަރަމުން އަންނަ ވަގުތު ނަމަވެސް ހެނދުނު ކަސްރަތަށް ނިކުންނަ މީހުންތައް ގިނަވާން ފެށިއެވެ.އުމުރުން ދުވަސްވީ މީހުންނާއި،ކުދި ބޮޑު އެންމެން މަގުތަކަށް ނިކުންނަން ފެށިއެވެ.

ބައިގަޑިއިރު ދުވެލުމަށްފަހު ނައިޝާ އެނބުރި ގެޔާ ދިމާއަށް މިސްރާބު ޖެހިއެވެ.ދަލުން ފޯވެފައިވާ ނައިޝާ ގެއަށްވަދެ ބޫޓު ބޭލުމަށްފަހު އަތްވަށްލާން ބޫޓު ބެލްކަންޏަށް ނެރުނެވެ.އުނަގަނޑުގައި އިން ދަބަހާއި އިސްޓާކީނު ބޭލުމަށްފަހު ނައިޝާ ހިނގައިގަތީ ކޮޓަރިއާއި ދިމާލަށް ފެންވަރާށެވެ.

ފެންވަރާ ނިމި ދުވަން ލީ އެއްޗެހި އޮޓޯ މެޝިނަށް ދޮންނަން ލުމަށްފަހު ނައިޝާ ހެނދުނުގެ ނާސްތާ ތައްޔާރުކުރަން އުޅުނެވެ. ފުރިޖު ހުޅުވާލުމަށްފަހު ފަތްކޮޅަކާ ތަރުކާރީ ކޮޅެއް ނަގައި ސެލެޑު ހަދަންވެގެން އެއްޗެހިތައް ކޮށަން ފެށިއެވެ.ހެނދުނުގެ ނާސްތާއަކަށް ނައިޝާ ތައްޔާރުކުރީ ތަރުކާރީ ސެލެޑާއި ބިސްގަނޑަކާއި ހަކުރު ނާޅާ ފިނިކުރި ކިރުތަށްޓެކެވެ.

ނާސްތާ ނެގުމަށްފަހު، ނައިޝާ މެޝިނުގައި ހުރި އެއްޗެހިތައް ބެލްކަނީގަައި ހިއްކަން އެޅިއެވެ.ސިޓިންރޫމަށް ވަދެ، ބެލްކަނީގެ ދޮރު ލައްޕާލަައި ދޮރުފޮތިތައް ކަހާލުމަށްފަހު ނައިޝާ އޭސީ ޖެއްސި އެވެ.އަދި ސޯފާގައި އިށީނދެލުމަށްފަހު ފާރުގައި ހަރުކޮށްފައިވާ ބޮޑު ފަތި ޓީވީ ހުޅުވާލިއެވެ.

ޓީވީން މާކަމުދާ އެއްޗެއް ނުދައްކާތީ ޓީވީ ރިމޯޓު ސޯފާ ކުރިމަތީ އިންނަ ތިރި، ބިއްލޫރި މޭޒުމަތީގައި ބޭއްވުމަށް ފަހު، ނައިޝާ ތެދުވެ ދޮރުފޮތި ކަހާލުމަށްފަހު، ބިއްލޫރިގަނޑުން ބޭރު ބަލަން ހުރެ، ނައިޝާގެ ދިރިއުޅުމާ ދޭތެރެ ކުޑަކޮށް ވިސްނާލިއެވެ.

ނައިޝާ އަކީ މާލެއަށް އުފަން މުއްސަނދި ދެމަފިރިއެއްގެ ދަރިއެކެވެ.ނައިޝާގެ އާއިލާގައި މަންމައާއި ބައްޕަގެ އިތުރުން ނައިޝާ ހިމެނޭހެން ހަތަރު މެމްބަރުން ތިބެއެވެ.އެއީ ނައިޝާގެ ބޮޑަށް ތިބޭ ދެ ދައްތަ އާއި ނައިޝާގެ ކުޑައަށް ހުންނަ ފިރިހެން ކޮއްކޮ އެވެ.

ނައިޝާގެ މައިންބަފައިންގެ ދިހަ ބުރީގެ ދެއިމާރާތް މާލޭގައި ހުރެއެވެ.އެހެންނަމަވެސް ނައިޝާގެ މައިންބަފައިން ދިރިއުޅެމުންދަނީ ފިރިހެން ކޮއްކޮއާއި އެކު ލަންކާ ގައެވެ.ނައިޝާގެ ދޮންތަ(ނިޝާ) ދިރިއުޅެމުންދަނީ މާފަންނުގައި ހުންނަ އިމާރާތުގެ ފަސްވަނަ ބުރީގައެވެ.ނިޝާ އަކީ ކައިވެންޏެއް ކޮށްގެން އުޅޭ 32އަހަރު ފުރިފައިވާ، ދެކުދިންގެ މަންމައެކެވެ.އަދި ތުއްތަ(ނަޝާ) ދިރިއުޅެމުންދަނީ ގަލޮޅުގައި ހުންނަ އިމާރާތުގެ ހަވަނަ ބުރީގައެވެ.ނަޝާ އަކީ ވެސް ކައިވެންޏެއް ކޮށްގެން އުޅޭ  އުމުރުން 29 އަހަރު ފުރިފައިވާ، އެއްކުއްޖެއްގެ މަންމައެކެވެ.

ނައިޝާގެ މައިންބަފައިންނަކީ ވިޔަފާރި ކުރުމަށް ޝައުގުވެރިކަން ހުންނަ ބައެއް ކަމުން، އެމީހުންގެ ދެ އިމާރާތުގެ ތިރީގައި ހުންނަނީ ފިހާރަ ހުޅުވައިފައެވެ. ނައިޝާގެ މައިންބަފައިން ލަންކާގައި ދިރިއުޅޭތީ ދެ ފިހާރައިގެ ކަންކަން ބަލަހައްޓަނީ ނައިޝާގެ ދެ ދައްތައެވެ.

މާލޭގެ ތޮއްޖެހިފައިވާ މާހައުލަކީ ނައިޝާ މާ ގަޔާވާ ތަނަކަށް ނުވިއެވެ. ނައިޝާ ދިރިއުޅެން ބޭނުންވަނީ ހުޅުމާލޭގައި ކަމަށްވާތީ، ނައިޝާގެ މައިންބަފައިން އޭނާ އަށް އެއްފަހަރާ ރުފިޔާ ދީފައި ހުޅުމާލޭން އެޕާޓުމެންޓެއް ގަނެދިނެވެ.

ނައިޝާ ދިރިއުޅެނީ އަށްބުރީގެ އިމާރާތުގެ ފުރަތަމަ ފަންގިފިލާ ގައެވެ.ނައިޝާ ދިރިއުޅޭ އެޕާޓްމެންޓަކީ ޒަމާނީ ފެންވަރަށް ހަދާފައިވާ ތަނަވަސް ބޮޑު ތަނެކެވެ.ސިޓިންރޫމުގެ ބިންމަތީގައި ލަކުނޑި ޑިޒައިންގެ ޗޮކްލެޓް ކުލައިގެ ފުލޯ ސްޓިކާ ހިއްޕާފަައި ވާއިރު ފާރުގައި ހުންނަނީ ކުރީމް ކުލަ ލާފައެވެ.

ސިޓިންރޫމުގެ އެއްކަނެއްގައި ކަޅުކުލައިގެ ތިން ގޮނޑިލީ މަޑު ސްޕަންޖު ސޯފާއެއް ހުންނަ އިރު ސޯފާ ހުރިތާ މަތީ ފާރުގައި ހުންނަނީ އޭސީ ހަރުކޮށްފައެވެ.

ސޯފާގެ  ބިއްދޮށުގައި ޕީޗު ކުލައިގެ ދޮރުފޮތިގަނޑު ކަހާލެވިފައިވާ ކަޅު ބިއްލޫރި ލީ ބޮޑު ކުޑަ ދޮރެއް ހުރެއެވެ.ކުޑަދޮރު ކުރިމައްޗަށް، ސޯފާއާއި ޖެހިގެން ފަތްޖަހާފައިވާ ދުވާ މެޝިނެއް އިންނައިރު، ކުޑަދޮރާއި އިންވެގެން ބެލްކަންޏަށް ނިކުމެވޭ ގޮތަށް އިސްކޮޅަށް ވުރެ ދިގު، ކަޅު ބިއްލޫރި ލީ ކެހޭ ދޮރެއް ހުރެއެވެ.

ސޯފާ އިންނަ ކަން ނޫން އަނެއް ކަނުގައި މާޓުކުރިލީ ހަރުގަނޑެއްގެ އިތުރުން ލަކުނޑި މޭޒަކާއި ގޮނޑިއެއް ހުންނަ އިރު އެޕާޓުމެންޓަށް ވަންނަ ދޮރު ވެސް އިންނަނީ އެމޭޒު ކައިރީގައި އެވެ.

ސޯފާގެ ކުރިމައްޗަށް ހުދުކުލައިގެ ދިގު، އުނަގަނޑާއި ހަމައަށް އަރާ، ކެވޭގޮތަށް ހަދާފައިވާ އޮފީސް މޭޒު ކައިރި ވަށް ދެ ގޮނޑި ހުންނައިރު،އެ މޭޒު ކުރިމަތީގައި ތިން ވަރަކަށް ފޫޓު ދުރުގައި ހުދު ކުލައިގެ  ތިން ދޮރުފަތްލީކަބަޑެއް ތިރީގައި، ފާރު ކައިރި ހުރެއެވެ.އެކަބަޑުމަތީގެ އެއް ކަނެއްގައި ޒިންކަކާއި އުނދުނެއް ހުންނަ އިރު، އަނެއް ކަނުގައި ކުޑަ ރައިސްކުކަރަކާއި ފެން ކައްކާ ޖަގެއްގެ އިތުރުން، ކުޑަ އަވަނެއްވެސް ހުރެއެވެ.މެދުގަައި ތަށި ބަންޑުން ޖަހާ ރިހި ކުލައިގެ ސްޓޭންޑެއް ހުންނަ އިރު، ކަބަޑުގެ ދެތިން ފޫޓު މަތީގައި ބޯމައްޗަށް ވާގޮތަށްވެސް ހުދު ކުލަައިގެ ދެދޮރުފަތްލީ ކަބަޑެއް ހުރެއެވެ. އަދި ބަދިގެ މަތީ ސީލިންގުގައި ހުދުކުލައިގެ ފަންކާއެއް ވެސް ހަރުކޮށްފަ ހުރެއެވެ. ަަަަަަަަަަަަަަަަަަަަަަަަަަަަަަޒިންކާއި ޖެހިގެން ތަނބެއް ހުންނައިރު ތަނބުގެ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައަނެއް ފަޅީގައި ހެޔޮވަރު ފުރިޖެއްވެސް ހުރެއެވެ.

ދެކޮޓަރި ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައިންނަ އެ އެޕާޓްމަންޓުގައި ކޮޓަރިތަކަށް ވަންނަން އިންނަ ގޯޅިތެރޭގައި އޮޓޯ މެޝިނެއް އިންނައިރު ކޮޓަރިތައް އިންނަނީ އެއްކޮޓަރި އަނެއް ކޮޓަރިއާއި ކުރިމަތި ވާގޮތަށެވެ.

ޚިޔާލަށް ގެއްލިފައި ހުރި ނައިޝާ ސިއްސައިގެން ދިޔައީ ކޮޓަރި ތެރެއިން ފޯނު ރިންގުވާ އަޑު އިވުމުންނެވެ.ނައިޝާ އަވަސްއަވަހަށް ކޮޓަރިން ފޯނު ހިފައިގެން އައިސް ސޯފާގައި އިށީނެވެ.އޭރު ފޯނުގެ ރިންގު ކެނޑިއްޖެއެވެ. ފޯނު ހުޅުވާލުމަށް ފަހު ވައިބަރ އަށް ވަދެ މަންމަ އަށް ނައިޝާ ޑައިލް ކޮށްލިއެވެ.”ހަލޯ މަންމާ!”ފޯނު ނެގުމާއެކު މަޑުމަޑުން ނައިޝާ ގޮވައިލިއެވެ.”ހަލޯ! ދަރިފުޅު ކޮބާތޯ ބަލާލަން މަންމަ ގުޅާލީ”އެކޮޅުން އޯގާތެރިކަމާއެކު ވާހަކަ ދެއްކި އެވެ.”އާނ…، މަންމަ ގުޅި ގަޑީ ނައިޝާ ހުރީ ސިޓިންރޫމުގަ ފޯނު އޮތީ ކޮޓަރިތެރޭގަ”ނައިޝާ ބުނެލި އެވެ.”ހުރިހާ ކަމެއްވެސް ރަނގަޅު ދޯ؟އެއްވެސް ކަމަކަށް ދަތި ވަންޏާ މަންމަ ގާތު ބުނައްޗެ އިނގޭ ދަރިފުޅޫ”ނައިޝާގެ މަންމަ އެހިއެވެ.” އަލްހަމްދުލިﷲ ހުރިހާ ކަމެއްވެސް ރަނގަޅު….ދައްޗެއް ނުވޭ މަންމާ އެއްވެސް ކަމަކަށް….މިހާރުވެސް ނައިޝާ ބޭނުމެއްނޫނޭ ބުންޏަސް މަންމަ ކޮންމެ މަހަކު ނައިޝާގެ އެކައުންޓަށް ރުފިޔާ ޖަމާ ކުރަނީވިއްޔާ”ސަކަ ގޮތަކަށް ނައިޝާ ބުނެލި އެވެ.”އަހަނ.. ދަރިފުޅު ހުޅުމާލޭގަ އުޅުނަސް މާލޭގަވެސް ދަރިފުޅު ގެ އެޕާޓްމެންޓް އިންނާނެއެއްނު… ދަރިފުޅު ހުޅުމާލޭގަ އުޅޭ ހިތްވާ ވާހަކަ ބުނީމަ މަންމަމެން ތިތަން ދަރިފުޅަށް ގަނެދީފާ މާލެ ގަ ހުރި ދަރިފުޅު ގެ އެޕާޓްމެންޓް ކުއްޔަށް ދިނީ… އެތަނުގެ ކުއްޔަކީ ދަރިފުޅު ގެ ހަައްގެކޭ…އެއީ ދަރިފުޅު ގެ 25ހާސް ރުފިޔާއޭ…ރުފިޔާ ދޭއިރުވެސް ދަރިފުޅު ތި އުޅެނީ ވިއްޔަ ވަޒީފާގަ”ޝަކުވާވެރި ރާގަކަށް ނައިޝާގެ މަންމަ ބުނެލި އެވެ…”މީ ނައިޝާގެ މިޒާޖޭ މަންމާ… މަންމައަށްވެސް އިނގެއެއްނު ނައިޝާ އަކީ އަމިއްލައަށް, މީހަކަށް ބަރޯސާ ނުވެ އުޅެން ބޭނުންވާ މީހެއްކަން…”ނައިޝާ ބުނެލި އެވެ.”ރަނގަޅޭ މަންމައަށްވެސް އިނގޭ ތިކަން….ކޮބާތަ ދެން އުޅޭ މަންޖެ ރަނގަޅުތަ؟”ނައިޝާގެ މަންމަ ސުވާލު ކުރިއެވެ.

ނައިޝާ ދިރިއުޅޭ އެޕާޓްމެންޓުގަ ދެ ކޮޓަރި ހުންނަ އިރު އެއް ކޮޓަރީގައި ނައިޝާ ދިރިއުޅޭ އިރު އަނެއް ކޮޓަރި ހުހަށް ނުބަހައްޓަން ވެގެން  ނައިޝާ އެކޮޓަރި، މަހަކު ދެހާސް ރުފިޔާއަށް އަންހެން ކުއްޖަކަށް ހުންނަނީ ކުއްޔަށް ދީފައެވެ

“އަލްޙަމްދު ލިއްލާހި ޔުދާވެސް ރަނގަޅު!….ބައްޕަ އާއި ނުހައިކު ކޮއްކޮ ކޮބާތަ؟ ” ނައިޝާ ސުވާލު ކުރިއެވެ.”ބައްޕަވީ އާ ޝިޕްމަންޓެއް އަންނާތީ ފިހާރަ ދޮށަށް ގޮސް…މަންމަވެސް ކަސްރަތަށް ގޮސް އައިސް ފެންވަރައިގެން ފިހާރަދޮށަށް ދާން މިއުޅެނީ…. ނުހައިކު ކޮއްކޮ ވީ ސުކޫލްގަ…. ފަހު އަހަރު ވީމަ ވަރަށް ޕްރެޝަރ ބޮޑުކޮށް އުޅެނީ…. ކޮއްކޮ ނުވޭ މާލެ ދާހިތެއްވެސް މިތާގަޔޯ ހުންނަން ބޭނުންވަނީ….އެކަމް ދަރިފުޅު މިކޮޅުގަ ހަމަސްވެސް ނުވެ ދިޔައީ ވިއްޔަ….މަންމަ ބުނެލި އެވެ.”ހިހިހި….ކޮއްކޮއާ އަދި ވާހަކަ ދައްކަން ގުޅާލާނަން….ތި މާހަައުލުވެސް ނައިޝާ އަށް ކަމަކު ނުދޭ މަންމާ…. ނައިޝާއަށް ހަމަ ރަނގަޅީ މިތަން، ހުޅުމާލޭ…. އަނެއްކާ މިގެ މިއިނީ ވެސް ނުލާހިކު ހިތްގައިމު ތަނެއްގަ ބީޗު ކައިރި މޫދު ފެންނަ ގޮތަށް….”ނައިޝާ ބުނެލި އެވެ.”ދަރިފުޅު މާލެއަށް ވެސް ގޮސް ނުލާ އަބަދު ގޭގަތަ ތި އިންނަނީ…އެހެންނުހަދާ ބޭރަށް ނިކުމެލާ ހަދާލަން ވާނެ …އަބަދު ގޭގަ އިންނަން ފޫއްސެއް ނުވޭތަ؟”ނައިޝާގެ މަންމަ ސުވާލު ކުރިއެވެ.”ބޭރަށް ނިކުންނަ ހިތެއް ނުވޭ… ދުވަންށާ ދެން ބައެއް ފަހަރު ބީޗަށް ނިކުމެލާ ހަދަން … މަންމައަށްވެސް އިނގެއެއްނު ނައިޝާ އެހާ ބޭރަށް ނިކުންނަ ހިތެއް ނުވާކަން…ބޭރަށްދާ ހިތް ނުވާތީއޭ ނައިޝާ އޮންލައިންކޮށް ވަޒީފާ އަދާ ކުރަނީވެސް…އޭރަށް ގޭގަ އިނދެގެން ކޮންމެވެސް ކަމެއް ކުރެވުނީއެއްނު….އަނެއްކާ މަހަކު ފަސްހާސް ލިބޭ” ނައިޝާ ޖަވާބު ގައި ބުނެލި އެވެ.”އެކަމް ދަރިފުޅު ވާނެ މާލެ ގޮސްލާ ފިހާރަތަށް ދޮށަށް ޖައްސާލަން ވެސް… އެއީ ދަރިފުޅު ގެވެސް ފިހާރަތަކެއްނު ހަމަ..”ނައިޝާގެ މަންމަ ބުނެލި އެވެ…”އާނ..”ނައިޝާ ބުނެލި އެވެ.”މަންމައަށް ފެންނަނީ ދަރިފުޅު ރަނގަޅު މީހެއް ހޯދައިގެން ކައިވެނި ކުރަން…. ދަރިފުޅު ގެ އުމުރުން އަދި 22 އަހަރު ތިވީ…އަދި ދަރިފުޅު ގެ ލައިފް ކުރިއަށް އޮތީ… ހުރިހާ ފިރިހެނުން އެއްގޮތެއް ނުވާނެ…ރަނގަޅު މީހުންވެސް ތިބޭނެ…ބަލާބަ ދައްތަމެންވެސް އެއުޅެނީ ސަރުކާރު ވަޒީފާގައި އުޅޭ ހަރުދަނާ ރަނގަޅު މީހުނާ އިނދެގެން….. ދަރިފުޅަށްވެސް ލިބޭނެ…. ދަރިފުޅު ކައިވެންޏެއް ކޮށް ވަރިވިފަހުން މިހާރު ފަސް އަހަރު މިވަނީ….ރަނގަޅު މީހުނެއް މިހާރު ނުލިބޭނެ ކިޔާފަ  އުމުރު ދުވަސް ބޭކާރު ކޮށްލުމަށް ވުރެ ރަނގަޅުވާނެ ދަރިފުޅު ވެސް އާ ދިރިއުޅުމެއް ފެށިއްޔާ ..”ނައިޝާ މަންމަ މިހެން ބުނުމުން ވަޒީފާ އަށް އޮންލައިން ވާން ވަގުތު ޖެހެނީ ކަމަށް ބުނެ މަންމަގެ ވާހަކަތައް މެދުކަނޑާލުމަށް،  ނައިޝާ އެންމެނަށް ސަލާމް ބުނާށޭ ކިޔާފައި ފޯނު ބޭއްވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ހިތްދަތި ދުވަސްތައް 14

Next

ލޯބިވެވުމުން 5

Next
June 26, 2021

ލޯބިވެވުމުން 5

Previews
June 26, 2021

ހިތްދަތި ދުވަސްތައް 14



All Right Reserved!