Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރި އިންތިޒާރު 1

kudhoo Level 310 Stories100 Comments
April 27, 2020 4 Mins Read
11 Comments

ފަތިހުގެ ހިއްގައިމު ވަގުތު ޖިދާއިނީ ރަސްފަންނުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީދެލައިގެންނެވެ. ހަޔާތާ މެދު ވިސްނުން ނޫން އިތުރުކަމެއް މިދުވަސްކޮޅު ސިނކުޑި ތެރޭގައި ނުވެއެވެ. ހިތައް ވެރިވެފައި ވަނީ އެކަނިވެރިކަމެވެ. އެހެން ހުންނަތާ ގަޑިއެއްހާއިރުވެއްޖެއެވެ. ދުނިޔެމަތި އެއްކޮށް އަލިކޮށްލައިފިއެވެ. އޮފީހަށް ދާ ގަޑިއަށް ތައްޔާރުވުމަށްޓަކައި ގެއަށްދާން ޖިދާ ތެދުވިއެވެ. ހިނގަމުންގޮސް ގޭގެ މަގަށް އެޅުމުން ގެއަށް ބަލަހައްޓައިގެން ހުރެވުނެވެ. އެއީ މީގެ މަހެއްހާ ދުވަސް ކުރިން ކިހާ އުފާވެރި ގެއެއް ހެއްޔެވެ. މިއަދު އެގެ ލޮލަށް ފެނުނަސް ހިތަށް ތަދުވުން ނޫންކަމެއް ނުވެއެވެ. ފަސްބުރިއަށް ނަގާފައިވާ ބޮޑުގެއެކެވެ. ގެއަށްވަންނަން ބޮޑުގޭޓެއް ހުރެއެވެ. ފާރަވެރިންވެސް ތިބެއެވެ. ގޭޓުން އެތެރެއަށް ވަދެވުމުން ފެންނަ ރީތި މާގަސްތަކަކީ ޖިދާގެ މަންމަ އެންމެ ކުރާހިތުން ކުރަމުން އައިމަސައްކަތެވެ. ގޭގެ އެއްފަރާތުގައި ކާރައި ސައިކަލްފަދަ އެއްޗެހި ޕާކުކުރުމަށްޓަކައި ގަރާޖެއް ހަދާފައިވެއެވެ. ގަރާޖަށް ދާން ހަދާފައިވާ މަގުގެ ކައިރީގައިވެސް ވަނީ ރީތި މާގަސްތައް އިންދާ ގޭގެ ބޭރު ރީތި ބަގީޗާ އަކުން ޒީނަތްތެރި ކޮށްފައެވެ. ގެއަށް ވަންނައިރު އެންމެ ތިރީ ދެބަޔަކީ ގޭގެ މީހުނަށް ޚާއްސަ ކޮށްފައި ހުންނަ ބައެވެ. ދެން ހުންނަ ތިންބައި ހުންނަނީ ކުއްޔަށް ދީފައެވެ. ގެއަށް ވަންނައިރު ސިޓިންރޫމްވެސް ވަނީ އެންމެ ފަހުގެ ޒަމާނީ އެއްޗެހިތަކުން ޒީނަތްތެރި ކޮށްފައެވެ. ޖެހިގެން ހުންނަ ބަދިގެ ތެރޭގައިވެސް މިޒަމާނުގައި ބޭނުން ކުރާނެ ހުރިހާ އެއްޗަކުން ވަނީ ފުރިހަމަކޮށްފައެވެ.

ބަދިގެ ތެރޭގައި ހެނދުނުގެ ސައިތައްޔާރުކުރުމަށް ޓަކައި ގޭގައި އެންމެ ދުވަސްވަންދެން މަސައްކަތް ކުރަމުން އަންނަ ރައިފާ ވަރަށް ބުރަކޮށް އުޅެމުން ގެންދިޔައެވެ. ” ޖިދާ އަވަހަށް ތައްޔާރުވެގެން އާދޭ ސައިބޯން..” ހިތްހެޔޮކަމާ އޯގާތެރިކަމުން ފުރިގެންވާ ރާގެއްގައި ރައިފާ ބުންޏެވެ. މިއަދު އެއޯގާތެރިކަމާއެކު އަންނާށޭ ބުނާނެ މަންމައަކުނެތެވެ. ” ބައްޕަ އަދި ސައިބޯން ނާދޭތަ؟” ބައްޕަ އަދިވެސް ތިރިއަށް ނައަންނަހެން ހީވެގެން ޖިދާ އަހާލިއެވެ. ” އާނ! އަދި ނާދޭ.. މިހާރު ހެދުނުގެ ސަޔާ ބައްޕަ ވަރަށް ދުރު.. މެންދުރު ކާންވެސް ގަޑިޔަކަށް ނުދުރުވޭ..” އެކަމާމެދު ހިތާމަ ކުރާ ޙާލު ރައިފާ ބުންޏެވެ. ރައިފާ އެގޭގެ މަސައްކަތު މީހެއްގެ ގޮތުގައި އުޅޭތާ މިހާރު ފަންސަވީހަކަށް އަހަރުވެދާނެއެވެ. ނަމަވެސް ފާއިތުވި މަހެއްހާ ދުވަހު މިގޭތެރެއަށް ވެރިވެފައިވި ހިމޭންކަމަކީ މިގެއިން ދުވަހަކުވެސް ފެނިގެން ގޮސްފައިވާ ކަމެއްނޫނެވެ. ތައްޔާރުވެލައިގެން އަންނާނެ ކަމުގައި ބުނެފައި ޖިދާ ސިޑިން މައްޗަށް އެރިއެވެ. ކޮޓަރިއަށް ވަނުމުގެ ކުރިން ޖިދާ އޭނަގެ ބައްޕަ އުޅޭ ކޮޓަރީގައި ޓަކިދިނެވެ. އެތެރެއިން ބައްޕަ ވަންނާށޭ ބުނި އަޑު އިވުނެވެ. ޖިދާ އަށް ފުރަތަމަ ވެސް ފެނިގެންދިޔައީ ބައްޕަގެ މިލާފައިވާ މޫނެވެ. ބައްޕަ ކުރަމުންދާ ހިތާމަ ކިތައްމެ ރަގަޅަކަށްވެސް ބައްޕަގެ މޫނުމަތިން ފެނިގެންދެއެވެ. ” ބައްޕާ އޮފީހަށް ދިޔުމުގެ ކުރިން މިއަދު ސައިބޮއިގެން ދަމާ ހިނގާ.. ބައްޕަ މިހާރު ކެއުމާވެސް މާބޮޑަށް ދުރުވެއްޖައީމެއްނު.. ތިހެން ހެދުމުން މަންމަ ކިހާ ދެރަވާނެ.. ބައްޕަ ތިހެން ހެދީމަ އަހަރެން ކިހާ ދެރަވާނެ.. ދުވަސްކޮޅަކުން ބައްޕަވެސް ލޮލުކުރިމަތިންދާކަށް އަހަރެން ނޭދެން…” ޝަމީލްއަށް އޭނާގެ ހުރި ހަމައެކަނި އަންހެން ދރިފުޅު ކުރަމުންދާ ހިތާމަ އެއަޑާ އެ މޫނުމަތިންވެސް ފެނެއެވެ. އެހެންކަމުން މީ އޭނަ ހިތްވަރު އެލުވާލަންވީ ވަގުތެއް ނޫންކަން ވިސްނުނެވެ. އޭނައާ ސާޖިދާއާ ދެމީހުންގެ ހުރި ހަމއެކަނި އުފަލަކީ އެމިހުންގެ އެދަރިފުޅު ޖިދާއެވެ. ސާޖިދާ އަބަދުވެސް ބުނަމުން އައިސްފައިވަނީ އޭނާ ނެތަސް އެ ދަރިފުޅު އުފަލުގައި ގެންގުޅުމަށެވެ. “އަނ.. ދަރިފުޅު އާދޭ ތައްޔާރުވެލައިގެން ސައިބޯން.. ބައްޕަވެސް މިދަނީ ތައްޔާރުވެލައިގެން..” ޝަމީލް ހިތްވަރުކޮށްފައި ހިނިތުންވުމެއް ދެމުން ބުންޏެވެ. ބައްޕަގެ އެ ހިނިތުންވުމަކީ ބައްޕަ ގަދަކަމުން ނެރުނު އެއްޗެއްކަން ޖިދާއަށް ކިތަންމެ ރަގަޅަކަށްވެސް އެނގުނެވެ. ނަމަވެސް އެއްޗެކޭ ނުބުނެ ބައްޕައަށް ހިނިތުންވުމެއް ދިނުމަށް ފަހު ކޮޓަރިން ނިކުތެވެ.

އޮފީހަށްދާން ދެބަފައިންނަށް ނުކުމެވުނުއިރު ދުނިޔެމަތިވެސް ވަނީ ރީތިކޮށެވެ. އެހާ ހޫނު ނޫންދުވަހެއް ކަމުން ހީވަނީ އެމީހުންނަށް އާ ދުވަހަކަށް މަރުޙަބާ ކިޔަނީ ހެންނެވެ. ޝަމީލްވަނީ އޭނަގެ އަންހެން ދަރިފުޅު ކޯސްހަދާ ނިމިގެން އައުމުން އެދަރިފުޅު ބޭނުންވާހެން އަމިއްލަ ކުލިނިކެއް ހުޅުވާދީފައެވެ. ޖިދާ ބޭނުންވީ ޢާންމުބަލީގެ ޑޮކްޓަރަކަށްވެ އޭނަގެ އަމިއްލަ ތަނެއްގައި މަސައްކަތް ކުރުމަށެވެ. އެހެންކަމުން ޝަމީލް އޭނަގެ ދަރިފުޅުގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނީއެވެ. ދެބަފައިން އޮފީހަށް ދިޔައީ ޝަމީލްގެ ކާރުގައެވެ. އެހެންކަމުން ޖިދާ ކްލިނިކަށް ބާލައިފައި ޝަމީލް ދިޔައީ އޭނަގެ އޮފީހަށެވެ. އެސް.ޖޭ އަކީ މިހާރު މާލޭގައި ނަން މަޝްހޫރު ވިޔަފާރި ކުރުމާ މާރކެޓިންގައި އެންމެ ކުރީގައިވާ ތަނެވެ. އެތަން ކުރިއެރުވުމަށްޓަކައި ޝަމީލް އަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔައީ އޭނަގެ އަންހެނުން ސާޖިދާގެ ފަރާތުންނެވެ. ނަމަވެސް މިއަދު އޮފީހަށް ވަނަސް ހިތްހަމަޖެހުމެއް ނެތެވެ. ކާރު ޕާކްކޮށްލުމަށްފަހު ޝަމީލްއަށް ފުރަތަމަވެސް ބަލާލެވުނީ އެއިމާރާތަށެވެ. ތިން ބުރިއަށް ނަގާފައިވާ އެއިމާރާތުގެ ތިރީ ދެބައި ހުންނަނީ ޝަމީލް ހިންގާ ފިހާރަތަކެވެ. އެންމެ ތިރީގައިވަނީ ގޭތެރޭއަށް ބޭނުންވާ ސާމާނާއި ބަދިގޭގެ ސަމާނާ ކާބޯތަކެތިއެވެ. ދެވަނަ ބުރީގައިވަނީ ރީތިވާ ސާމާނާ އަންހެނުންނާ ފިރިހެނުންގެ ތަފާތު ވައްތަރު ތަކުގެ އަންނައުނުތަކެވެ. އެއްތާކުން ހުރިހާ އެއްޗެއް ލިބެން ހުންނާތީ ވަރަށް ގިނަ ކަސްޓަމަރުންތައް ވިޔަފާރި ކުރަން އެންމެ މަޤުބޫލުތަނަކަށް ވެފައިވަނީ އެސް.ޖޭގެ ފިހާރަތަކެވެ.

ކަސްޓަމަރުން ގިނަ ތަނަކަށްވުމުން ޚިދުމަތް ފޯރުކޮށްދޭނެ ގިނަ މުވައްޒަފުންތަކެއް ބޭނުންވެއެވެ. އެހެންކަމުން އެސް. ޖޭ ގެ ފިހާރަތަކުގައި ވަރަށް ގިނަ މުވައްޒަފުން އުޅެއެވެ. އެހާ ހިނގާ ތަނެއްވީމަ އިދާރާގެ މަސައްކަތްތައްވެސް ވަރަށް ގިނައެވެ. އެހެންކަމުން އިދާރީ މަސައްކަތުގައިވެސް ވިއްސަކަށް މުވައްޒަފުން އުޅެމުންގެންދެއެވެ. އެހުރިހާ މުވައްޒަފުންގެ މެދުގައި ޝަމީލްއަކީ ވަރަށް ހިތްހެޔޮ އިޚްލާސްތެރިވެރިއެކެވެ. ކޮންމެ ދުވަހަކުވެސް އެމީހުންނަށް ހިނިތުންވުމަކާއެކު ބައްދަލް ކުރާ ވެރިޔެކެވެ. އެހެންކަމުން މުވަޒަފުން ތަނަށް ޚިދުމަތް ކުރަމުން ދަނީވެސް އެމީހުންގެ އަމިއްލަ ތަނެއްގެ ގޮތުގައި ދެކިގެންނެވެ. ޖިދާ އޭނާގެ ހެލްތް ކެއަރ ކްލިނިކްގައި މަސައްކަތް ކުރަމުން މިއަދު ދަނީ ވަރަށް ބުރަކޮށެވެ. އެހެން ދުވަސް ދުވަހަށް ވުރެ މިއަދު ދައްކަން އަންނަ މީހުން ގިނައެވެ. މި ދުވަސްކޮޅު މާލޭތެރޭގައި އޮތް ރޯގާގަނޑެއްގެ ސަބަބުން ހޮސްޕިޓަލްތައް ވެސް ކިއު ބޮޑުކަމުންނެވެ. އަނެއް ކޮޅުން ހެލްތް ކެއަރ އަށް އަންނަ ގިނަ ޕޭޝެންޓުންނަށް އެ ކްލިނިކްން ލިބޭ ފަރުވާއާމެދު ވަރަށް ބޮޑަށް ހިއްތަހަމަޖެހުމެއް ލިބިގެންދެއެވެ. އޯގާތެރިކަމާ ހިތްހެޔޮކަމާ ހިނިތުން ވުމަކާއެކު ބައްދަލް ކުރާ ޑޮކްޓަރަކަށް ވާތީ ގިނަ ޕޭޝެންޓުންގެ މެދުގައި ޖިދާވަނީ އެންމެ މަޤުބޫލް ޑޮކްޓަރަކަށް ވެފައެވެ.

ޖިދާ މިއަދުގެ އެންމެ ފަހު ޕޭޝެންޓު ބަލާ ނިމުމުން ގެއަށްދާން ނިކުތެވެ. އޭރު އެތަނުގައި ތިބީ ކައުންޓަރގައި މަސައްކަތް ކުރާ ދެ ކުއްޖަކާ އިދާރީ މަސައްކަތް ކުރާ ކުއްޖެކެވެ. އެހެންކުދިން ގަޑި ޖެހުމުން ވީ ގެއަށް ގޮސްފައެވެ. އެކުދިންގެ މޫނުމަތިންވެސް މިއަދު ވަރަށް ވަރުބަލިވެފައި ހުރިކަން ފެނެއެވެ. ” މިއަދު މާ ލަސްވެއްޖެ ދޯ.. ތަންކޮޅެއް ޕޭޝަންޓުން ގިނަ ދުވަހެއް ދޯ.. ހިނގާ އަވަހަށް ނިކުންނަމާ..” ޖިދާ ހިނިތުންވުމަކާއެކު އެކުދިންނާ ވާހަކަދެއްކިއެވެ. ޖިދާ އެކުދިންނާ ބާ ގާތްކަމެއްގެ ސަބަބުން އެކުދިން ވެސް ޖިދާއާ މެދު ދެކެނީ އެކުވެރިއެއްގެ ގޮތުގައެވެ.

އެހެން ދުވަސްދުވަހު ޖިދާ ބަލާ ގަޑިއަށް ޝަމީލް އާދެއެވެ. ނަމަވެސް މިއަދު ޝަމީލްވެސް އޮފީހުގައި މާބޮޑަށް ބުރަވުމުން ޓެކްސީއެއްގައި ގެއަށް ދިއުމަށް ބުންޏެވެ. ބައްޕައަށް އޭނާ ބަލާ ނާދެވޭ ދުވަހެއް ނަމަ ޖިދާ ޓެކްސީގަ ދާން ޖެހުމުން ވަރަށް ފޫހިވެއެވެ. އެކަހަލަ ގިނަ ދުވަސްދުވަހު ޖިދާ ގެއަށް ދަނީ ހިނގާފައެވެ. ނަމަވެސް މިއަދު ވެފައި ހުރި ވަރުބަލިކަމުންނާ އަނެއްކޮޅުން ދުނިޔެ މައްޗަށް ބަލައިލިޔަސް ހިނގައިފައި ދަންޏާ ގެއަށް ނުފޯރާނެކަން ޖިދާއަށް އެނގެއެވެ. ދުނިޔެ މަތި ވަނީ ކަޅު ވިލާތަކުން ބަރުވެފައެވެ. ހީވަނީ ދެންމެ ދެންމެ އޮއްސާލަފާނެހެނެވެ. އެހެންކަމުން އަވަހަށް ޓެކްސީއެއް ލިބޭތޯ ބަލަންފެށީއެވެ. މިއީ އާންމުކޮށް ވަޒީފައި ނިންމާފައި މީހުންގެއަށް ދާ ގަޑިކަމުން އުޅެއުޅެ ޓްކްސީއެއްލިބޭގޮތެއް ނުވިއެވެ.  ދެން އިތުރު ގޮތެއް ނެތުމުން ހިނގާފައި ގެއަށްދާން ނިންމިއެވެ. ތަންކޮޅަކަށް ނުދެވެނީސް ކަޅުކުލައިގެ ކާރެއް އައިސް މަޑުކޮށްލައިފިއެވެ. ކާރުގެ ލޯގަނޑު ތިރިކުރުމަށްފަހު ޖިދާ ކައިރީ ގެއަށް ގެންގޮސްދީފާނަމޭ ބުންޏެވެ. ޖިދާއަށް ކާރުގައި އިން ޑްރައިވަރު ފެނުމުން ކޮންމެވެސް ތާކުން ދެކެފައިވާ ވައްތަރު ޖަހައެވެ. ނަމަވެސް ހަނދާންކޮށްކޮށް ހަނދާނަކަށް ނައެވެ. ނަމަވެސް އެހާ ހިތްހެޔޮކަމާއެކު ބުނީތީ އަދި ގެއަށްވެސް ހިނގާފައި ދެވޭހާ ވަގުތުއޮތްހެން ހީނުވާތީ ކާރަށް އެރިއެވެ. “ޖިދާ ކިހިނެއްތަ؟.. އަހރެންމީ ކާކުކަމެއް ނޭނގިގެން ދޯ ތިބަލަނީ..” ޑްރައިވަރު އަހާލިއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ހިތުގެ ކޮންމެ ވިންދެއްގައި – 14 – ފަހުބައި

Next

މިދެލޯ ފުހެލަ ދޭށޭ ލޯބިން (ޓްރެއިލާ)

Next
April 27, 2020

މިދެލޯ ފުހެލަ ދޭށޭ ލޯބިން (ޓްރެއިލާ)

Previews
April 27, 2020

ހިތުގެ ކޮންމެ ވިންދެއްގައި – 14 – ފަހުބައި

11 Comments!

  1. Dhonthi says:
    April 27, 2020 at 5:21 pm

    Varaha salhi
    Cant wait for the next episode ?

    1. kudhoo says:
      April 27, 2020 at 10:17 pm

      Thanx dhonthi

  2. thiththaaaaaaaaaaaaaaa says:
    April 27, 2020 at 5:23 pm

    masha allah kudhu…..varah reethi ………waitind for the next paart

    1. ???Aaliya??? says:
      April 27, 2020 at 8:10 pm

      ????Varah v salhi ?????
      ?????maasha Allah?????
      ??Waiting for the next part?????

    2. kudhoo says:
      April 27, 2020 at 10:18 pm

      Thanx thiththaaaaaaaaaaa

  3. ???Aaliya??? says:
    April 27, 2020 at 8:09 pm

    ????Varah v salhi ?????
    ?????maasha Allah?????
    ??Waiting for the next part?????

    1. kudhoo says:
      May 20, 2020 at 11:49 am

      thanx Aaliya

  4. Anonymous says:
    April 27, 2020 at 10:13 pm

    Thanx dhonthi

    1. kudhoo says:
      August 16, 2020 at 9:48 pm

      thanx Anonymous

  5. aree says:
    July 12, 2020 at 9:03 pm

    varah salhi

    1. kudhoo says:
      August 16, 2020 at 9:48 pm

      thanx aree

Comments are closed.


All Right Reserved!