Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރި އިންތިޒާރު 2

kudhoo Level 310 Stories100 Comments
April 29, 2020 4 Mins Read
4 Comments

[ޖިދާ ކިހިނެއްތަ؟.. އަހަރެންމީ ކާކުކަމެއް ނޭނގިގެން ދޯ ތިބަލަނީ..] ޑްރައިވަރު އަހާލިއެވެ.

[ އާނ!.. ދަންނަ ވައްތަރެއް އެބަޖަހާ.. އެކަމު ނޭނގުނު..] ކަމެއް ހަނދާން ކުރާ ގޮތަކަށް ވާހަކަ ދައްކަމުން ޖިދާ ބުންޏެވެ. [ހަނދާންވޭތަ އުޝާމް އަލީ އާޒިފް.. ޓްރިޕްލް އޭ..] ހިނިގަނޑަކާއެކު އުޝާމް ބުންޏެވެ. [ އޯ.. މިހާރު ހަނދާންވެއްޖެ.. ހާދަ ދުވަސް ފަހުންނޭ ދިމާމިވީ.. ކޮންތާކު ފިލާގެން އުޅެފަ ތި ދައްކާލީ ..] އުޝާމްގެ ނަން ބުނުމުން ހަނދާންވެފަ ސަޕްރައިޒް އެއްލިބުނު ފަދަ ގޮތަކަށް ޖިދާ ބުންޏެވެ. އުޝާމް އާ ޖިދާ ދިމާވީ އެމީހުން ގްރޭޑް ދިހައެއްގައި އުޅުނު އިރުއެވެ. އޭރު އަބަދުވެސް އުޝާމް އުޅޭނީ ޖިދާގެ ފަހަތުންނެވެ. ނަމަވެސް އުޝާމް އަކީ ސްކޫލް ދައުރުގައި ހުރިހާ އަންހެން ކުދިންގެ ހިތްތަކުގެ ރަސްގެފާނެވެ. އޭރުވެސް އުޝާމްއަކީ ރީތި ފިރިހެންވަންތަ ކަމެއް ލިބިފައި ހުންނަ ކުއްޖެކެވެ. ޚާއްސަކޮށް އިސްތަށިގަނޑު ސްޓައިލް ކޮށްފައި ހުންނަ ގޮތްތަކަކީ އަންހެން ކުދިން މާބޮޑަށްވެސް އަޅައިގަންނަ ކަންތައްތަކެވެ. ނަމަވެސް އުޝާމް މަސައްކަތް ކޮށްކޮށް ޖިދާގެ ހިތުން ޖާގައެއް ލިބޭ ގޮތެއް ނުވިއެވެ. ދުވަސްތައް ފާއިތުވަމުން ދަނިކޮށް އުޝާމްއަށް އަޑުއިވުނީ ޖިދާއާ ގްރޭޑް ބާރަގައި އުޅޭ ލަސަންއާ ރައްޓެހިވެގެން އުޅޭ ޚަބަރެވެ. އެއީތެދެއްކަން ޔަގީންވީ ހިސާބުން ޖިދާގެ އުފަލަށްޓަކާ އުޝާމް ބޭނުންވީ ޖިދާއާ ދުރަށް ދާށެވެ. އެހެންކަމުން ގްރޭޑް ދިހައެއް ނުނިމެނީސް އާއިލާއެއްކޮށް މެލޭޝިޔާއަށް ބަދަލުވީއެވެ. އުޝާމްގެ އާއިލާ އަކީވެސް މާލޭގަ ނަން މަޝްހޫރު މުއްސަދި އާއިލާއެކެވެ. އުޝާމްއާ އެއްކޮށް އުޅުނު ކުދިންނަށްވެސް އުޝާމްއަށް ވީގޮތެއް ނޭނގުނެވެ.

[މެލޭގަ އުޅެފަ ރާއްޖެ އައިތާ އަދި ވާނީ ފަސްވަރަކަށް މަސް.. ވަރަށް ބަލަން ޖިދާ ފެނޭތޯ.. ރައްޓެއްސެއްގެ ފަރާތުން އެނގުނު ކްލިނިކުގައިކަން އުޅެނީ.. ވަޒީފައި ނިމިގެން އާންމުކޮށް މިމަގުން ދަން.. ފުރުސަތެއް ނުލިބޭ.. އަބަދުވެސް ބައްޕައާ އެކު ނައްޓާލާތަން ފެންނަނީ.. ކޮބައިތަ ޖިދާގެ ލަސަމް؟…] އުޝާމް ހުރީ ޖިދާއާ ލަސަމްގެ ގުޅުން އެނގެން ބޭނުންވެ ކެތްމަދުވެފައެވެ. އުޝާމް ކުރި ސުވާލުން ޖިދާގެ މޫޑް މުޅިން ޚަރާބުވެއްޖެއެވެ. ޖިދާގެ މޫނަށް އަރާފައިބަމުން ދިޔަ ކުލަވަރު ކިތަންމެ ރަގަޅަކަށްވެސް އުޝާމްއަށް ފެނުނެވެ. [ކިހިނެއްވީ؟.. އަނެއްކާ ކޮށްގެން ނުވާނެ ކަހަލަ ސުވާލެއްތަ މިކުރެވުނީ؟..] ކަމެއްގޯސްހެން ޖިދާގެ މޫނުމަތިން ފެނުމުން އުޝާމް ކިތަންމެ ރަގަޅަށްވެސް ކަޑަވެއްޖެއެވެ. ފުރަތަމަ ފެނުނު ދުވަހުވެސް ގުޅުން ގޯސްވީއެވެ. ނަމަވެސް އެއީ އުޝާމް ވަރަށް އެގެންބޭނުންވާ ކަމެކެވެ. [ނޫނޭ… މިހާރުވެސް ލަސަމްއާ އޮވޭ.. ދެން ފަހުން ދޯ އެވާހަކަ ދައްކާނީ.. ކޮންތާކުތަ އުޝާމް ތި އުޅެނީ؟..] އެހެންމީހެއްކައިރީ އަދި ޖިދާގެ ހަޔާތުގެ ވާހަކަތައް ޖިދާ ކިޔައިދޭކަށް ތައްޔާރެއް ނޫނެވެ. [މަންމަ އެންމެ ފަހުން ހުޅުވި ލައިފް ކެއަރ ހޮސްޕިޓަލްގަ.. ލޮލުގެ ޑްކްޓަރއެއްގެ ގޮތުގަ..] އުޝާމްގެ ޖަވާބުން ޖިދާއަށް ހެވުނެވެ. [ދެމީހުނަށް ވެސް އެއްދާއިރާއަކުން ދޯ ކުރިއަށް މިދެވެނީ..] [އާނ.. ކުރިއަށް އޮތްތާވެސް ދެމީހުން އެއްމަގަކުން ހިނގަން އޮތީ ނޫންކަމެއްވެސް ނޭނގެއެއްނޫ] އުޝާމްގެ ވާހަކަ ހުރި ގޮތުން އަދިވެސް އެކަންތައް ދޫކޮށް ނުލައިކަން އެނގުނެވެ.

ވާހަކއިގައި ތިއްބާ ގެއަށް އާދެވިއްޖެއެވެ. ޖިދާ ކާރުން ފައިބަން އުޅެނިކޮށް އުޝާމް ޖިދާގެ ފޯނުނަންބަރު އަހާލިއެވެ. އިރުކޮޅަކަށް ބަހެއް ނުބުނެ ހުރެފަވެސް ޖިދާ އޭނަގެ ފޯނުނަންބަރު ދިނެވެ. ޖިދާ ގެއަށްވަދެ އަވަސްވެލީ ފެންވަރައިގެން ނަމާދުކުރުމަށެވެ. މިއަދު އެހެންދުވަސް ދުވަހަށްވުރެން ލަސްވުމުން ނަމާދު ވަގުތުވެސް ވަނީ ވަރަށް ކުޑަތަންވެފައެވެ. ޖިދާ ކޮޓަރިން ނިކުތީ އިޝާނަމާދުވެސް ކޮށްލައިގެންނެވެ. އޭރު ބައްޕަ ސިޓިންގ ރޫމްގެ ސޯފާއެއްގައި އަށެއްގެ ޚަބަރު ބަލަން ހުއްޓެވެ. ޖިދާވެސް ބައްޕައާ ބައިވެރިވެލުމުގެ ގޮތުން ސޯފައިގައި އިށީނެވެ. ޚަބަރުބަލާ ނިމުނުތަނުން ރައިފާ ކާންތައްޔާރު ކުރެވުނު ވާހަކަ އައިސް ބުންޏެވެ. ދެބަފައިން ކާނިމިގެން އަނެއްކާވެސް އައިސް އިށީނީ ސޯފާގައެވެ. [ދަރިފުޅާ މިއަދު ކްލިނިކްގެ ކަންތައްތައް ކިހިނެއްތަ ދިޔައީ؟ ] ދަރިފުޅުގެ މޫނުމަތިން ވަރަށް ވަރުބަލިވެފައިހުރިކަން ޝަމީލްއަށް އެނގެއެވެ. [އެހެން ދުވަސް ދުވަހަށް ވުރެ ތަންކޮޅެއްބުރަ.. ބައްޕަ ވެސް މިއަދު މާ ބުރަދުވަހެއްދޯ…] [އާނ ފިހާރައަށް އާ މުދާ ގެންނަންވެގެން… އެމަސައްކަތުގައި މިއަދު ތަންކޮޅެއް ބުރަކޮށް އުޅުނީ… ދަރިފުޅާ ލަސަމް އަދިވެސް ކައިވެނީގެ ވާހަކައެއް ނުދައްކާތަ؟.. ދަރިފުޅު ތިހެން އޭނަ ބުނާ ދުވަހަކަށް އިންތިޒާރުކޮށްކޮށް ހުރެވެނީ… ބައްޕަޔަށް ހީވަނީ މިހާރުދެން މާލަސްވެއްޖެހެން…] ބައްޕަގެ ސުވާލްތަކަށް ޖިދާއަށް ޖަވާބުދޭން އުނދަގޫކަމަކަށް ވިއެވެ. އެކަމާ ލަސަމްއާ ވާހަކަ ދައްކާނަން ކަމުގައި ބުނެފައި ބައްޕަ މިރޭ ހޮސްޕިޓަލަށް ނުދަންތޯ އަހާލިއެވެ. މިޝާލްވެސް މިއުޅެނީ ހޮސްޕިޓަލަށް ދާން ކަމުގައި ބުނެފައި ސޯފައިންތެދުވެގެން ދާން ހިނގައިގަތެވެ.

ބައްޕަ ދިޔުމުން ޖިދާ ވަނީ މަންމަގެ ކޮޓަރިއަށެވެ. އެނދުގައި އޮތް އޭނަގެ ލޯބިވާ މަންމައަށް ބަލާލި ހިނދު ދެލޯ ކަރުނުން ފުރުނެވެ. އެނދުކައިރީއިން ގޮނޑިގައި އިށީދެ މަންމަގެ އަތުގައި ހިފައިގެން ހިތުން މަންމަ ތެދުވުމަށް އެތަށް އާދޭސްތަކެއް ވެވުނެވެ. މީ އަބަދުވެސް މަންމަގެ ކޮޓަރިއަށް ވަނިއްޔާމު ޖިދާގެ އާދައެވެ. އެހެން އިންނަތާ އިރުކޮޅެއް ތެރޭ ހިޔާލީ ކަނޑަކަށް ގެބުނެވެ. މީގެ ދެމަހެއްހާ ކުރިން ޖިދާގެ އާއިލާއަކީ އުފާވެރި އާއިލާއެކެވެ. ވަޒީފާއިން ގެއަށް އަންނައިރު މަންމަ ކައްކާފައި ހުންނަ މީރު ކެއުންގަނޑަކީ ދުވަހަކުވެސް ހަނދާނުން ފިލާނެ ކަމެއް ނޫނެވެ. އެއްދުވަހަކު ވަޒީފާގައި ހުއްޓާ ރައިފާ ގުޅާފައި ދިން ހަބަރަކުން ހީވީ މުޅި ދުނިޔެވެސް ހުއްޓުމަކަށް އައިހެންނެވެ. މަންމަ ބަދިގޭގައި ހުއްޓާ ކުއްލިއަކަށް ވެއްޓުނީއެވެ. މަންމަ ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ހޭ ނާރައެވެ. ޑޮކްޓަރުން ޓެސްޓްތަކެއް ހެދުމަށްފަހު މަންމަގެ ސިނކުޑީގެ ނާރެއް ފިތުނީކަމުގައި ބުންޏެވެ. އެކަމުގެ އިތުރުން މަންމަޔަށް ސްޓްރޯކެއް ޖެހުނީއެވެ. އެދުވަސްވީ ޝަމީލްއާ ޖިދާގެ ހަޔާތް ބަނަކޮށްލި ދުވަހަކަށެވެ. މަންމަ ސިނކުޑީގެ އޮޕަރޭޝަނެއްވެސް ކުރެވުނެވެ. ނަމަވެސް ހޭނާރާ އޮވެ ކޯމާއަކަށް ދިޔައީއެވެ. ދެހަފްތާވަންދެން ހޮސްޕިޓަލުގައި އުޅުމަށް ފަހު ބައްޕަގެ އެދިލެއްވުމަކަށް މަންމަ ގެއަށް ބަދަލުކުރެވުނެވެ. އަދިވެސް މަންމަ އޮތީ ކޯމާގައެވެ. މަންމަގެ ކަންތައްތަކުގައިވެސް ޚައްސަމީހަކު ބަހައްޓާފައި ހުރެއެވެ. މިރެއަކީ ޑޮކްޓަރ މަންމަގެ ޙާލަތު އިތުރަށްބަލާ ޓެސްޓް ހެދި ދުވަހެކެވެ. އެހެންކަމުން އެއާބެހޭގޮތުން ބައްޕަޔާ ވާހަކަ ދައްކާލަން ޑޮކްޓަރ ބޭނުންވީއެވެ. މަންމަ ބެލުމަށްޓަކައި އާއިލީ ޚާއްސަ ޑޮކްޓަރެއް ވަނީ ހަމަޖައްސާފައެވެ.  ޖިދާ އެހެން އިންނަތާ ބައިގަޑިއެއްހާ ފަހުން ހިޔާލީ ދުނިޔެއިން ބޭރުވެވުނީ ރައިފާއައިސް ގޮވާލުމުންނެވެ. ރައިފާ ގޮވާލުމުން ނިދަންވަންނަނީ ކަމުގައި ބުނެ ކޮޓަރިއަށް ދިޔައެވެ.

ޑްރެސިންގ ޓޭބަލް މަތީއޮތް ފޯނު ރިންގް ވާތަން ފެނި ޖިދާ ގޮސް ފޯނުނެގިއެވެ. ސްކްރީނަށް އަރާފައިއިން ނަން ފެނުމުން ފޯނުނަގާ ހިތެއްވެސް ނުވިއެވެ. ނަމަވެސް އެއަށް ޖަވާބު ނުދިނަސް އެހާ ކަންތައް ބޮޑުވާނެއެވެ. ގުޅަނީ ލަސަމްއެވެ. މިއަދުވެސް ދައްކަނީ އެހެންޏާވެސް ދައްކާ ވާހަކަތަކެވެ. ބައްޕަ ކައިވެނިނުކޮށްގެން އެވާހަދެއްކިކަމަށް ބުނުމުން ވެސް އަދި ކުރެވިދާނެ ނޫންހޭ ކިޔާ ވާހަކަ އޮޅުވާލީއެވެ. އެންމެ ފަހުން ޖިދާއަށް ކެއްނުވުމުން ބޮލުގައި ރިއްސަނީކަމުގައި ބުނެ ފޯނު ކަނޑާލިއެވެ. ލަސަމްގެ ފޮރުވިފައިވާ ފަރާތް ޖިދާއަށް ފެނުނުތާ މިހާރު ތިން އަހރު ފާއިތުވެއްޖެއެވެ. ނަމަވެސް އެއްޗެކޭ ނުބުނެ ކެއްކޮށްލައިގެން ހުންނަނީ ލަސަމްދެކެ ލޯބިވާތީއެވެ. ނަމަވެސް މިހާރު ކަންތައްތައް ތަކުރާރުވަމުންދާތީ ލަސަމްދެކެ ޖިދާ ފާޑަކަށް ފޫހިވާން ފަށައިފިއެވެ. ލަސަމް ޖިދާ ދެކެ ލޯބިވެއޭ ބުނަނީ ނަމަކަށެވެ. އެހެން އަންހެންކުދިންނާ ގުޅުންތައް ބާއްވަމުންދަނީ ހިތުން ޖިދާއަށް ސިއްރުންނެވެ. ނަމަވެސް ޖިދާއަށް ހުރިހާ ކަމެއް އެނގި އެވާހަކަ ދެއްކުމުން އެކަމަށް އެއްބަސް ނުވެއެވެ. އަދި ރުޅި އަންނަ ކަމަށް ހަދާފަ ފޯނު ކަނޑާލަނީއެވެ. ދެން ޖިދާ ކިތަންމެ ވަރަކަށް ގުޅިޔަސް ފޯނު ނެގޭ ކަމަކަށް ނުވެއެވެ. ފޯނު ނެގިޔަސް އޭނަ ބިޒީކަމުގައި ނޫނީ ނުވެއެވެ. ސްކޫލް ނިމުނުތަނާ އޮސްޓްރެލިއާއަށް ކޯސްހަދަން ދިޔަ ގޮތަށް ލަސަމް އުޅެމުން އަންނަނީ އެތާގައެވެ. ލަސަމްއާ ވަކިވާން ޖިދާގެ ހިތަށް މިހާރުވަރަށް ގިނައިން އަރައެވެ. ނަމަވެސް ހިތްބުނަނީ އެކަންވެދާނެތޯއެވެ.

ފޯނު ބާއްވައިފައި އެނދުގައި އޮށޯތްތަނާ އަނެއްކާވެސް ފޯނު ރިންގުވާން ފެށިއެވެ. މިފަހަރުވެސް ގުޅަނީ ލަސަމްކަމުގައި ހީކޮށް ފޯނުނުވެސް ބަލާ ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް އެކޮޅުން އެހެން މީހެއްގެ އަޑު އިވުމުން ޖިދާ ފާޑަކަށް ރަކިވެސްވިއެވެ. ރަގަޅަށް ސްކްރީނަށް ބަލައިލިއިރު ނުދަންނަ ނަންބަރެކެވެ.  ” ކާކު ކަމަށް ހީކޮށްތަ ވާހަކަ ތިދެއްކީ..” މިފަހަރު އަޑުން އެއީ ކާކުކަން ޖިދާއަށް އެނގުނެވެ. ” އުޝާމް ދޯ.. ވަކި މީހަކު ކަމަކަށް ނޫން.. ކަމަކު ތަ ގުޅީ؟..” ވާހަކަ ބަދަލުކޮށްލުމުގެ ގޮތުން ޖިދާ އަވަހަށް ވާހަކަދެއްކިއެވެ. ދެމީހުން އެގޮތުގައި ވާހަކަދައްކަން ތިބޭތާ ދިހައެއްކަ މިނެޓް ފަހުން އުޝާމް އެދުނީ މާދަމާރޭ ޑިނަރއަކަށް ދާށެވެ. ފުރަތަމަ ޖިދާ އެކަމަށް ދެކޮޅުހެދިއެވެ. ނަމަވެސް ފަހުން އުޝާމް ކިޔާވަރުން އެކަމަށް އެއްބަސްވިއެވެ. ފަނަރާއްކަ މިނެޓް ވަންދެން ވާހަކަ ދައްކަން ތިބުމަށްފަހު ދެމީހުން އަދިވެސް ދިމާވާނެ ކަމުގެ އުއްމީދުގައި ފޯނު ބޭއްވިއެވެ. އޭރު ޖިދާ އިނީ ވަރަށް ބޮޑަށް ނިދިއައިސްފައެވެ. އެހެންކަމުން އޮށޯއްތަނާ މާގިނަ އިރެއްނުވެ ނިދިއްޖެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ވާށޭ މަށާ އެކީ-14

Next

އެހެނަސް 12

Next
April 29, 2020

އެހެނަސް 12

Previews
April 29, 2020

ވާށޭ މަށާ އެކީ-14

4 Comments!

  1. thiththa says:
    April 29, 2020 at 11:27 am

    masha allah kudhu …….its beaitiful….cant wait for the next part

  2. kudhoo says:
    April 29, 2020 at 11:59 am

    Thanx thiththa. ?

  3. Mint says:
    April 29, 2020 at 1:47 pm

    Kudhoo I love this story❤️❤️❤️❤️❤️???
    When is the next part❤️

    1. kudhoo says:
      April 29, 2020 at 7:21 pm

      thanx. Insha Allah 1st may ga next part

Comments are closed.


All Right Reserved!