” ވަޓް ދަ ހެލް.. މީ ކާކު ފޮނުވި އެއްޗެއް.. ޔަގީން އަހަންނާއި ރާދްއާއި ޖައްސަން އުޅޭ މީހެއްކަން.. ރާދް އަހަރެން ދެކެ ލޯބިވާވަރު އަހަންނަށް އިނގޭ.. ދެމަފިރިން ދޭތެރަށް ވަންނަން އުޅުނަސް މީދެން ބޮޑުވަރު..” ޔާނާ އަމިއްލަ މީހާއާއި ވާހަކަ ދެއްކިއެވެ. ނަމަވެސް އޭރުވެސް އޭނައަށް ބެލެނީ އަތުގައި އޮތް ޕެން ޑުރައިވްއަށެވެ. އޭގައި ވާއެއްޗެއް ބަލަން ބޭނުންވާ ކަހަލައެވެ. އިރުކޮޅަކު ވިސްނަން ހުރެފައި ދުވެފައިގޮސް ސިޑިން އަރައި އޭނާގެ ކޮޓަރިއަށް ވަނެވެ. ލެޕްޓޮޕް ނަގައި […]
އައިރާ ރޮމުން ދިން ހަބަރަކުން ޔާނާއަށް ތެޅިގަނެވުނެވެ. ދުވެފައި ކަހަލަ ގޮތަކުށް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އިރުކޮޅަކުން ނިކުތީ ނިދަންލައިގެއި ހުރި އެއްޗެހި ބަދަލުކޮއްގެންނެވެ. ދެމީހުން އެކީގައި ނިކުމެ ބެލީ ޓެކްސީއެއް ލިބޭތޯއެވެ. ލަސްވާތީ ޔާނާ ގެޔަށްވަދެ ޝަރްވާން ކައިރީގައި ޑްރޮޕެއް ދިނުމައް އެދުނެވެ. ޝައުންވެސް އެމީހުންނާއި އެކު ދާންބޭނުންވި ނަމަވެސް ރާއްކޮ އެކަނި ގޭގައި ބާއްވަން ޖެހޭތީ އޭނާ މަޑުކުރީ ރާޔާ ކައިރީގައެވެ. “މިތަނަށް އަހަރެންގެ މަންމަ ގެނެސްފިއޭ ބުނީމަ.. ކޭން އައި ސީ […]
ކަރުނުން ތެމިގެންދިޔަ ދެ ލޯ ފުހެލާފައި ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން ޔާނާ ތެދުވިއެވެ. އޭނާގޮސް އިށީނީ ރާޔާގެ ކުރިމަތީ މުށިގަނޑުމަތީގައެވެ. ރާޔާގެ ދެއަތުގައި ޔާނާގެ ދެއަތުން ހިފާލައިފައި އެދެއަތުގައި ބޮސްދިނެވެ. ” މަންމި ހުއްޓަ ކީއްކުރާ ބައްޕިއެއްތަ ބޭބީ.. ދެމީހުންނަށް ވާވަރަށް މަންމި ލޯބިދެމޭ.. ރާއްކޮއަށް ބައްޕިއެއް ބޭނުންނުވާ ވަރަށް އަދިވެސް މަންމި ލޯބިދޭނަމޭ އިނގޭ..” ޔާނާގެ ވާހަކަތައް އަޑުއަހާފައި އައިރާ ގާތަށް ރުޅިއައެވެ. ” ކޮންމެ ކުއްޖެއްގެވެސް ބައްޕިއެއް ހުންނާނެ އިނގޭ ބޭބީ.. ރާއްކޮގެ ބައްޕިވެސް […]
” ހޫމް މީހަކާއި އިންނަންވީ.. އެކަމަކު އަހަންނެއްނޫން.. އަހަރެން އަދި މީހަކާއި އިންނަވަރަށް ބޮޑެއްނުވެއެއްނު ދޯ.. ރާދްވީ ދެވަނަ ކައިވެންޏެއް ކުރަން.. ރާދް ބޭނުންވާ ކަހަލަ ކުއްޖަކު ބުނޭ.. އަހަރެންނަށް އަންހެން ކުދިން ހޯދަ ދެވިދާނެ.. ތިހެން ހުސްކޮށް ހުރުމުގެ ބޭނުމެއްނެތް.. އެވެސް އެއަންހެނާއާއި ހެދި.. ދައްތަ ބުނިހެން އެންމެން އެއްގޮތެއް ނުވާނެ.. ރާދް ތިހެން އުޅޭތީ ބޭބެމެން ހާދަ ކަންބޮޑުވެޔޭ.. އަބަދު މީހާ މަސައްކަތުގައި މާ ބިޒީކޮއްލައިގެން ތިއުޅެނީ އެޔާނާއެއް މަތިން ހަނދާން ނެތޭތޯއެއްނު.. އޭނަމަތިން […]
އައިރާހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ޔާނާ އެދެއްކި ވާހަކަ އޭނާއަށް ގަބޫލުކުރަންވެސް ދަތިވިއެވެ. ރާދިންގެ ގޮތް އޭނާއަށް އެނގޭތީއެވެ. ނަމަވެސް ޔާނާ އެގޮތަށް ދޮގުނަހާނެކަންވެސް އޭނައަށް އިނގެއެވެ. ޔާނާ ރޮމުން ކޮޓަރިއަށްވަތް އިރުވެސް އައިރާ އެއިން ގޮތަށް އިނީއެވެ. 4 އަހަރު ކުރިން އޭނާއަށް ނޭންގޭ ކަމެއް ޔާނާއާއި ރާދިންއާއި ދެމެދު ހިނގައިދިޔަކަމަށް އޭނާގެ ހިތް ބުނަމުން ދިޔައެވެ. ” ރާދިންއާއި ހެދި އެންމެން އަހަރެންދެކެ ރުޅިއެ އަންނަނީ.. އަހަންނަށް ކޮން ކުށެއްތަ ކުރެވުނީ. ލޯބިވެއޭ ކިޔައި […]
” ސަބަބު އެނގެން އަހަރެންވެސް ބޭނުން.. ލޯބިނުވާއިރު ދޮގު ހަދައި އޮޅުވާލި ސަބަބު އަހަރެން ހޯދަން ބޭނުން.. ކައިވެނިކުރީ އޭނަވެސް ލޯބިވާތީކަމަށް އަހަރެން ދެކުނީ.. އަހަންނަށް އެނގޭނީ އޭނަ އަހަރެންގާތު ބުނި އެއްޗެއްތާ ދޯ.. އެކަމަކު މަންމައާއި ވާހަކަ ނުދައްކައި އުޅެންވި ސަބަބެއް ނުވެސްނެތް.. އަހަރެންދެކެ ލޯބިނުވިޔަސް މަންމަދެކެ ލޯބިވާނެއެއްނު..” ރާދިން އެހެން ބުނެފައި ނިކުމެގެން ދިޔައީއެވެ. ************************ ލޯންޗު މާލެއާއި ކައިރިވަމުންދާ ވަރަކަށް ޔާނާގެ ހިތުގެތެޅުން އަވަސްވަމުން ދިޔައެވެ. މީހާ ނުތަނަސްވެ މޫނުމަތިން ދާހިތްލަންފެށެމުން ޓިޝޫއަކުން […]
” މާމަގެ ދަރިފުޅު ދެން މާމައަކަށް ނުފެންނާނެ ދޯ.. ދުވަސްކޮޅަކުން މާމަމަތިން ހަނދާން ނެތޭނެ ދޯ.. ” ފޮއްޓަކަށް އެއްޗެހި އަޅަމުން އުމުރުން 50 އަހަރުގެ ޖުވެއިރިޔާ ބުނެލިއެވެ. އޭނާ އެހެން ބުނުމުން ރާޔާ ގޮސް އޭނާގެ ގައިގައި ބައްދައިލިއެވެ. ކުޑަކުޑަ ދެއަތުން ކަރުނަތައް ފުހެލަދިނެވެ. ނަމަވެސް އަނގައިން ބަހެއްނުބުނެއެވެ. ” މަންމަ ދައްކާ ވާހަކަ.. ދެން މަންމަމަތިން ހަނދާނެއް ނުނެތޭނެއެއްނު ދޯ.. އަހަރުމެންގެ ދެމައިންގެ ހުރިހާ ކަމެއް ކޮއްދިން މީހަކީ މަންމަ ވިއްޔަ.. މަންމަ ނެތްނަމަ […]