ވާ އިޝްޤް – ދެވަނަބައި
ދުވަސްތައް ފާއިތުވަމުން ގޮސް މިހާރު ލިހަމްއާއި ނުހާ ވަނީ ކައިވެނީގެ ހުރިހާ ކަމެއްވެސް ނިންމާފައެވެ. “ނިންނީ ޓުމޯރޯ އިޒް އަ ވެރީ ސްޕެޝިއަލް ޑޭ ފޮ މީ” ލިހަމް ބުންޏެވެ. “މީޓޫ ލިމް.” ނުހާ ޖަވާބުގައި ބުންޏެވެ. މާދަމާއަކީ މިދެކުދިންގެ އިންތިޒާރުގެ ނިމުމެވެ. ކައިވެނި ކުރެވި ޝަރުއީގޮތުން ހުއްދަ މީހެއް ކަމުގައި ލިހަމް އަށް ނުހާ ވާނެ ދުވަހެވެ. ކޯޓުން ކައިވެނި ކުރުމަށް ފަހު ލިހަމްއާއި ނުހާ ނުކުމެއްޖެއެވެ. “ކޮންގްރާ ދެމީހުންނަށް” ލިހަމްގެ ސުކޫލް ރައްޓެހިންނާއި ތިމާގެކުދިން އޭނާއަށްށާއި ނުހާއަށް ވަރަށް ހޫނު މަރުހަބާ އެއްކިޔެވެ. އިރުކޮޅެއް ފަހުން ކޯޓުން ނުކުތީ ރަށުގެ އެންމެން ދަންނަ ޖޯޑު ނާއިލްއާއި މާޔާއެވެ.
މިޖޯޑު ކޯޓުން ނުކުތުމުން އެންމެންވެސް ތިބީ ހައިރާން ވެފައެވެ. “ކޮބާ އަހަރުންވެސް މިނުކުތީ ނިންމާލައިގެން.” ނާއިލް ދިނީ އެންމެނަށް ވެސް ވަރަށްވެސް އުފާވެރި ހަބަރެކެވެ. “ހަމަ ހުވާތަ ނާއީ!” ލިހަމް އުފަލުން ބުންޏެވެ. ލިހަމް އަދި ނުހާގެ ކައިވެނީގެ މަރުހަބާ ކިޔަން ދިޔަ އެންމެނަށް ވެސް ނާއިލްއާއި މާޔާ މިދިނީ ވަރަށްވެސް ހައިރާން ކުރުވަނިވި ހަބަރެކެވެ. “ކޮންގްރާ ލަވްބާޑް” ނާއިލްއާއި މާޔާއަށް މަރުހަބާކިޔައިފިއެވެ.
“ނާއީ ޕާޓީއަށް ކާޑް ބެހިއިރު ކާޑްގަ އިންނާނީ ދޮންއާ ނިންނި ގެ ވެޑިންގް ގެ ވާހަކަ” ލިހަމް ގެއަށް ދެވުމުން ބުންޏެވެ. “ދޮން ބުނަން ނާއީ އާއި ތާތާ ވަރަށް ކުރީއްސުރެ ވަނީ ދޮން މެރީ ކުރާދުވަހު ދޮންއަށް ދޭނެ އެންމެ ސަޅި ސަޕްރައިޒަށް އަހަރުމެން ދެމީހުންގެ ކައިވެނި ޕްލަސް ޕާޓީއަށް ރެޑީ ވެފައި ވާކަން ނުބުނެ ވެޑިންގ ކާޑްގައި ދެބެންގެ ނަން ހިމަނާފަ ކާޑްތައްބަހާފަ ދޮންއަށް މިކަން ސިއްރުކޮށްފަ”ނާއިލް ކުރުކޮށް ފޮނިކޮށް ކިޔައިދިނެވެ. އެރޭ އޮތް ޕާޓީއަށް ރަށުގެ ގިނަބަޔަކުއައިސް ދެކުދިންނަށް ވަނީ ވަރަށް ބާއްޖަވެރި ދިރިއުޅުމަކަށް ތަހުނިޔާ ކިޔާފައެވެ. އަނެއް ދުވަހު އިރު އެރުމާއެކު ލިހަމް ނުހާގޮވައިގެން މާލެ ފުރިއެވެ. ކުއްލިގޮތަކަށް މާލެ ދިޔުމަށްފަހު ދެމަފިރިން އެނބުރި އައީ އެކުދިންގެ ކައިވެންޏަށް މަހެއް ފުރެން ކައިރިވި ފަހުންނެވެ.
“ނުހާ ހިނގާ މާދަމާ މެންދުރުފަހު ފުންފިނޮޅަށް ދާން. ނާއި ބުނި ދޮންބެ އައީމައޭ ދަތުރުދާނީ.” މާޔާ ނުހާގާތު ދަތުރު ދިޔުމަށް އެހިއެވެ. “ލިމް ކައިރީ އަހާލާފަ ބުނަން އިނގޭނީ. އެންޑް މާދަމާއެއީ އަހަރުމެންގެ ފަސްޓް ވަންމަންތް އެނިވާސަރީއޭ.”ނުހާ މިހެން ބުނުމަށްފަހު ކޮޓަރިއަށް ވަދެއްޖެއެވެ. “ލިމް ނާއީމެން އެބައޮތް މާދަމާ ފުންފިނޮޅު ދަތުރެއްރާވާފަ. ދާނަންތަ؟” ކޮޓަރިއަށް ވަނުމަށްފަހު ނުހާ ވަރަށް ލޯބިން ލިހަމްގާތި ބުންޏެވެ. “ޔެސް ނިންނީ. ހިނގާދޯ ދާން. މެރީ ކުރިފަހުން އަދި ދަތުރެއްވެސް ނުދަމެއްނު. އެންޑް މާދަމާ އެއީ އަހަރުމެންގެ ފަސްޓް މަންތް އެނިވާސަރީ. ނާއީއަށް މެސެޖް ކޮށްލާފަ ބުނޭ ދާ ވާހަކަ. ބުނެފަ ނުކަން އާދެބަ….” ލިހަމް ވަރަށް ދާހިތުން ނާއިލްއަށް މެސެޖް ކުރުމަށް ބުންޏެވެ.
ފުންފިނޮޅުގެ ދަތުރު ވަރަށްވެސް ހިތްގައިމެވެ. އެހާދުވަސް ކޮށްލާފައި ދަތުރުއައި އިރު ލިހަމްއާއި ނާއިލް ދަތުރު އައީ މުޅި އާއިލާ ގޮވައިގެންނެވެ. މުޅިއާއިލާގެ ވަރަށް ހަނދާން ގަދަ ދަތުރަކަށް މިދަތުރު ވާނެއެވެ. ދަތުރު ނިންމާލުމަށްފަހު އެނބުރި ރަށަށް އައީ ހަވީރު 5ބައި ވަނިކޮށެވެ. ގެއަށް ދެވުނުތާ މާގިނައިރުތަކެއް ނުވަނީސް ނާއިލްއަށް ފޯނެއް އައެވެ.
“السلام عليكم .ނާއިލް ވަރަށް މުހިއްމު ވާހަކައެއް ބުނެލަން. ދޮންބެގެ ޓެސްޓުތަކުގެ ނަތީޖާ ލިބިއްޖެ. އިޓްސް ޕޮސިޓިވް….” ޑރ. އިޔާޒަށް މިހާހިސާބަށް ބުނެވުނު އިރު ނާއިލް މިވަނީ ބޮޑު ޝޮކެއްގައެވެ. ހުރިތަނުން ބިންގަނޑު ކަނޑައިގެން ދިޔަފަދައެވެ. ދުނިޔެއަށް ނޭވާލީ ދުވަހުން ފެށިގެން އޭނާއަށް ބައްޕައެއްގެ ފަރާތުން ލިބެންޖެހޭ ލޯބި ލިބުނު ހަމައެކަނި މީހާ މިއަދު އެވަނީ ބޮޑު ބައްޔަކަށް ފަރުވާކުރަންވެފައެވެ. އިސާހިތަކު އޭނާއަށް ރޮވިއްޖެއެވެ. ސިޓިންގް ރޫމްގައި އިން ސޯފާއަށް އިށީދެގަނެވި އިނދެ ރޯން ފަށައިފި އެވެ.”ނާއިލް. ނާއިލް . ހަމަޖެހިބަލަ. ބުނެލަން އޮތީ ދޮންބެއަށް ލަސްނުކޮށް ވަގުތުން ފަރުވާ ފަށައިފިއްޔާ މިކަމުން ދޮންބެ ވަރަށް އަވަހަށް ސަލާމަތް ވާނެ. ނާއިލް ހަމަޖެހޭ އިނގޭ. ދެން ދޮންބެއަށް ކިޔައިދީފަ ފަރުވާ ފަށާ. ހިތްވަރުކުރޭ ﷲ އިރާދަ ކުރެއްވިއްޔާ ދޮންބެއަށް ޝިފާ ލިބޭނެ. އެހަށް ބޭއްވީ” ޑރ. އިޔާޒް ނާއިލްއަށް ހިތްވަރު ދިނުމަށްފަހު ފޯން ބޭއްވިއެވެ.
“ހަބީ ކިހިނެއްވީ؟” މާޔާއަށް ނާއިލް ސޯފާގައި ރޯން އިންތަން ފެނުމުން ހައިރާންކަމާއި ހާސްކަމާއި އެކު އެހިއެވެ. “ދޮން…..” މާޔާ ލިހަމްއަށް ގޮވަން އުޅެނިކޮށް ނާއިލް މާޔާގެ އަނގައިގައި އަތް އެޅުމަށްފަހު ދޮންބެއަށް ނުގޮވުމަށް ބޮލުއިޝާރާތުން އެދުނެވެ. “ހިނގާ ކޮޓަރިއަށް. ޕްލީޒް. މިތާކު ނޫން…” ނާއިލް މާޔާގާތު ކޮޓަރިއަށް ދިޔުމަށް އެދުނެވެ.
“މާޔާ.. މަގޭ ދޮންބެ.. އަހަރެން ބޭނުމެއްނޫން ދޮންބެ އަހަރެންދޫކޮށްފަ ދާކަށް..”ނާއިލް މާޔާގެ އުނގުގައި ރޯން އޮވެފައި ބުންޏެވެ. “ކީކޭ؟ ދޮންބެއަށް ކިހިނެއްވީ؟”މާޔާ ސުވާލު ކުރިއެވެ. “ދޮންބެއަކީ ބްލަޑް ކެންސަރ ޕޭޝަންޓެއް. މިއަދު އިޔާ ގުޅާފަ ބުނީ. ދޮންބެ ވަނީ ފުރަތަމަ ސްޓޭޖްގަ. އެހެން ވުމުން އެއްވެސް ސިމްޓިމްސް ތަކެއް ނުފެނިދާނެ.” ނާއިލް އަށް ވަރަށް ބޮޑަށް ރޮވިފައި ބުނެވުނެވެ.
(ނުނިމޭ)
ތިންވަނަބައި އަންނަ އަންގާރަ ދުވަހު
އާއަހަރުގެ ތަހުނިޔާ ހުރިހާ ކިޔުންތެރިންނަށްވެސް ކިޔަން.
ނޯޓް : މިވާހަކައަކީ ލިޔެ ނިމިފައިވާ ވާހަކައެއް ކަމުން ދިގު ކޮށް ލެވެން ނެތް ވާހަކަ ވަރަށް ހިތާމަޔާއެކު ބުނަން.
ހީކުރަން އަންޑަސްޓޭންޑް ވާނެކަމަށް.
6 Comments!
Comments are closed.


kuraane kameh nethifa innagadyga dhen kiyaalan kamudhey kudakoh
wat is this? i dnt understand a single thing. first part akaa gulhumeh ves neh mi part. and very confusing too. lots of mistakes. over all koh if u try miah vure furi hama koh genes dheveyne i am sure 🙂
Hii maahil.. Ookayy mi vhk dhigu noon as.. Vhk vrh reethi.. But mistakes Eba huri.. Nxt part rangalhu kuraane kamah ummeedhu kuran..Nd bunaadhuvahu vhk up kuraathiive vrh happy?? happy new year to yuh??
Liye nimifa oi vaahaka eh viyaa keevebaa ehaa lahun up kuranee. Konme dhuvahaku ves up kureveye dhw ninifa iniyaa
Liye nimifa iniyaa kome dhuvahaku upkodheebala
Vara salhi
Kobaa next part? I am waiting for this story????????????