ކައި ނިމުމުން ތަށިތައް ނަގާފައި ސިހުމާ މެންދުރަށް ބަތް އުދިއެވެ. މިލީހަމްއަށް ކާނެ އެއްޗެހި ތައްޓަކަށް އަޅައި ތަށިބަރި ހެދިއެވެ. ވަރޭ ހުއްޓާނެ ހެން ހީނުވާތީ ކާރަކަށް ގުޅައިގެން ގެނައެވެ. ސައިކަލު ބާއްވާފައި ޚުބާބު މެންވެސް ދިޔައީ ކާރުގައެވެ. ދިއުމުގެ ކުރިން ކުރިން ސިހުމާ ވަރީގެ ފޯމުތައް އަންދާލި އެވެ. ވަރި ނުވުމަށް އެދި އެތައް ނަސޭހަތެއް ދީ ދެމަފެރިންގެ ގުޅުން ރަނގަޅުކޮށް ދިނެވެ. މައްސަލައެއް ފެންމަތިވާހާއިރު ހައްލަކީ ވަރި ނޫންކަން ބުނެދިނެވެ. ނުވަ ގަޑިބައިހާއިރު […]
މުލްހަމް ލޯބިން މުލްކުގެ ކޮލަށް ބޮސްދިނެވެ. “މުލްކު: ބައްޕަ ނުދާތި! މުލްކު މެން ނުލާ ދެން” އެފަދަ އެއްޗެއްް މުލްކު ބުނާނެ ކަމަކަށް އެކަކުވެސް އުންމީދެއް ނުކުރެއެވެ. މުލްހަމަށް ދޭނެ ޖަވާބެއް ނޭނގުނެވެ. މިދަނޑިވަޅުގައި ވަކި ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ ހިނިތުންވުމަކުން ހަމަ އެއް ނުޖެހުނެވެ. މުލްކުގެ މޫނުމަތި ބަނަވިއެވެ. ދެރަވެގެން އިސްޖަހާލީއެވެ. ކުޑަކުޑަ އެދެލޮލުން ކަރުނައިގެ ތިކެއް ފައިބައިގެން ދިޔައެވެ. “ޚަބީބު: ކާފަ ދޫނި ނުރޮއޭ. ބައްޕަ އެއް ނޫޅޭ […]
ޅެން: މިނިވަންވި ފޯކައިދޫން…. ރާގު: ޔެ ބަހާރު ކަހެރަހީހޭ މި ބަހާރުގައި ނަޔާ ފޮޅޭ، ތާޒާ މި މާމަލުން ޢީދެއްގެ ފޮނި އަބީރުން މުޅި ދޭހު އަލިވަމުން މިނިވަން މި ފޯކައިދޫން، އިއްވޭނެ ޢީދުނަން އިރު ތަރި ތެދޭ ފަޒާ ޖައްވާ އެކީ ހެމުން *********************************** ފާލަމުގެ ޢީދު ހޭ ކުޅިވަރުގެ ޒާދު ލެއްވެވި ކަމުން އުފާ، ފޮނުވޭ މިއީ ވިދާތު 2x އަޟްޙާގެ ނަންދެވޭ، ބޮޑު ބޮޑުވި ޢީދު […]
ޚުބާބު މަންމައަށް ބަލާލާފައި ގަދަކަމުން ހީލިއެވެ. އެއްޗެއް ބުނެވޭތޯ އަނގަ ހުޅުވާލާފަވެެސް ލައްޕާ ލެވެނީއެވެ. ބުނަން ޖެހޭ އެއްޗަކުން މަންމައަށް ރޮވޭނެތީއެވެ. އެހެން އިނދެ ޚުބާބު އޭނާގެ އަމިއްލަ ނަފްސާ ވާހަކަދައްކަމުން ދިޔައެވެ. “ޚުބާބު: މަންމާ! ދޮންތަ ވަރިވާން ފޯމު ނަގައިފި!” ވަރަށް ކެތް ކުރަމުން ޚުބާބަށް ބުނެލެވުނެވެ. ސިހުމާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިއީ ޚުބާބު ކުރާ ސަމާސެއް ބާއެވެ؟ ހުއްބާ ވަރިވެއްޖެއްޔާ އެދެކުދިންނަށް ވަނީ ކިހިނެއް ބާއެވެ؟ ސަމާސާ ކުރަންވެސް ވަގުތެއް ވަގުތެއް […]
މަދަހަ: މާތްވީ އެ މައްކާ ރާގު: ޔޭހަވާ ޔޭފިޒާ ޔޭސަމާ އެއަޑުން އިވޭ ތީ ފޮނި އަސަރު ޤުދުރަތުގެ ނަލަވި މީ އޭ އަސަރު ދޭ ހަނދާން މީ އެ އަލިކޮށްލަދިން އެއަޑުން އިވޭ… ********************************** ވަސްވިލާ އުދުހިލާ އަސަރުގެ ހިތޭ އަލި ތަރިން ޖަރީވި މީ ރިހި އުޑޭ ލޯބިން އެތައް ޝުކުރޭ އޮތީ މިތާ ޚާއްޞަވި އެ މާތް ނަންފުޅުން އެއަޑުން އިވޭ… ********************************** ފުހެވި ނުމެދާނޭ މާތްވީ އެ މައްކާ އުހުގައި ބަބުޅައި […]
ޅެން: ކާއިނާތު ހެކިވާނީ… ފަތިހުގެ ފިނިރޯޅިން ލިބުނު އުފަލުގައި ފަރިވެފާވާ މާމަލުން ގެނުވި ހިޔަލުގައި ދޫނިތައް ހެވިފައި ކިޔަނީ ތަޞްބީޙަ މޭ އިލާހީ މާތް ޙަޟްރަތަށް އެދިގެން ނިޔާމޭ ކައުނުގައިވާ ކޮންމެ ނަލަ ދިރުމެއްގައި ކާއިނާތު ހެކިވާނީ ފުރިހަމަ ބާރުގައި ނޫ ކުލައިން ބާނިލާ ކަނޑާ މޫދުމޭ ވަޔާ އެކުގައި އެ ހޫރޭ ރުއްގަސް ފޫދުމޭ ހިތްތަކަށް ދޭ މި ފޮނި އަސަރުގައި ހިތް ނިޔަނެތި ސާފުވީ ފަރިކަމުގައި އުސް ފަރުބަދަ އެ ބިންގަނޑުގެ ހަމަޖެހުމޭ އޮހޮރޭ […]
ޅެން: ހުލްޤުވެރި ހިތަކުން… އެންމެނީ އެއް ނަސްލަކުން އައި ބައެކޭ ނިތޭ އެންމެހާ އަޞްލާ ސުރޫރެއްގައި ވި މަޤްފިރަތޭ ސިއްރުގައިހޭ ފާޅުގައިހޭ ސިއްކަ ރިހި އަލިދޭ ސިޔަރަތާ ދިނާއި އަދި ސުންނަތް ވި ހެކިދޭ ނޫ ފަޒާއާއި ރީތި މޫދައި ހެއްދެވީ ފަހެ ކާކުހޭ؟ ބިންގަނޑާއި ބިޔަ ގަސްގަހާގެހި ހެއްދެވީ ﷲ ހޭ؟ އިންސިޔާ ޖިންނިއާއި ފަހެ ލެއްވެވީ ޚަލްޤުން ނެނގޭ ޖިންސުތައް ނަސްލާއި ވަނީ ވަކިކޮށްފައޭ ދޭހުން އެނގޭ […]
މަދަހަ: ވަދާއުގެ ހައްޖު ސަނާއާއި ޙަމްދުން ފުރޭތީއޭ އާލަމް ނަބިއްޔާގެ ނޫރުން ވިދާލީ މި ކައުނާތު ސަނާއާއި ޙަމްދުން ފުރޭތީއޭ އާލަމް ނަބިއްޔާގެ ނޫރުން ވިދާލީ މި ކައުނާތު ***************************** ވަދާއުގެ މި ޙައްޖަށް ނިކުންނެވި އެ ހިނދުގައި އަސްހާބު އާލުންގެ ހިތްތައް އަސަރުގައި ލައްބައިކަ ކިޔަމުން އެ މާތް ވީ މި ބިމުގައި ރަޙުމަތުގެ ބަރަކާތޭ ފެށުނީ އެ ދޭހުގައި ސަނާއާއި ޙަމްދުން ފުރޭތީއޭ އާލަމް ނަބިއްޔާގެ ނޫރުން ވިދާލީ މި ކައުނާތު ***************************** ޢަރަފާތު […]
ޅެން: ހައްޖުގެ މާތްއާރު ރާގު: އިސްޤީ މިހިތުގައި ލިޔުނީ: އާއިޝަތު އިސްނާން އަޙުމަދު ފެށުނީޔޭ ބަރަކާތުން ފުރިގެންވި މާތްއާރު ހިތްތަށް އުފާކޮށްދޭ އަލިވީ އެ ޛުލްޒާރު ފެށުނީޔޭ ބަރަކާތުން ފުރިގެންވި މާތްއާރު ހިތްތަށް އުފާކޮށްދޭ އަލިވީ އެ ޛުލްޒާރު ********************************** ލައްބައިކަ ކިޔަމުން ފެށުނު ފަރިވި ހައްޖާރު ހައްޖުގެ މި ބަރަކާތުން ރަންވީ މި ގުލްޒާރު (އެކި ކަންކޮޅުން) 2x އައި ދަތުރުގައި ނަޔާހާރު ރަޙުމަތުގެ ނޫރުން އެކުގައި ލިބުނު ފެންއާރު ފެށުނީޔޭ ބަރަކާތުން […]