ކުރުވާހަކަ ( މިހިތުގެ އަޑު)
ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެމުން ފާޚާނައިން ނުކުތީމެވެ. ދެރަވާ ކޮންމެ ފަހަރަކު ވަދެވެނީ އެތަނަށެވެ. އަހަރެންގެ އިހުސާސްތައް ދަންނަން އެކަކުވެސް ނޫޅެއެވެ. އެހެން މީހުން ކުރިމަތީ ރޮއެ ހޭރުމަކީ އެއްވެސް ހާލެއްގައި ކުރާ ހިތްވާ ކަމެއް ނޫނެވެ.
ރޭގަނޑުގެ ނިދި ގެއްލިއްޖެއެވެ. މަޒީ އެނބުރި އައި ކަހަލައެވެ. ކުޑައިރުގެ އެ ދުވަސްތައް ހަނދާންވިއެވެ. އަރާމުން ނިޖަކުން ދުނިޔެ ނިދާ ހަމަހިމޭން ވާއިރުވެސް ހޭލާ އޮންނަނީ އަހަންނެވެ. ނުނިދަނީއެއް ނޫނެވެ. ނުނިދެނީއެވެ. ދިރިއުޅުމުގައި ކަންތައްތައް ވަމުން ދާ ގޮތުން ދެރަވަނީއެވެ. ރޮވެނީއެވެ. ގިސްލެވެނީމެވެ.
މާޔުސްކަމަކީ އަހަރެންގެ ދުނިޔެއެވެ. މީ ބޮޑު އެކަނިވެރިއެކެވެ. ގާތް އެކުވެެރިއަކު މިހާރަކު ނެތެވެ. އެކަމަކު ކުޑައިރު ހުއްޓެވެ. އަހަރެން އޭނާ ދެކުނީ އެންމެ ގާތް ރަޚުމަތްތެރިއާގެ ގޮތުގައެވެ. އެ ހަނދާންތަކުން އަދިވެސް މި އުޅެނީ ހަމަ ނިދި ނުލިބިގެންނެވެ. ވީ ގޮތެއްވެސް ނޭނގެއެވެ. ގުރޭޑު 6 އަކާއި ހަމާލުން މުޅިން ބަދަލުވެއްޖެއެވެ. ކައިރީގައި ޖެހިފައި ދިޔަޔަސް ތީ ކާކުހޭ ވެސް އަހާނުލާނެއެވެ. ކިތަންމެ ދުވަހަކު އެއްމަގުގައި އެކުގައި ސުކޫލަށް ދިޔައީމެވެ. ދުލުން އެންމެ ބަހެއްވެސް ބުނެނުލައެވެ. މި ހިތަށް ވަރަށް ތަދުވިއެވެ.
ދުވަސްތައް ޚަޔާތުގެ އެކަނިމާ އެކަނި ގުނަމުން ދިޔައީމެވެ. އަހަރެންގެ އެންމެ ގާތް މިތުރުންނަކީ ކޮޓަރީގެ ހަތަރު ފާރެވެ. ދެރަވިޔަސް އުފާވިޔަސް ހިއްސާ ކުރެވުނީ ފާރާއެވެ. މީހަކު ފަހަރުގައި އަހަރެން މޮޔައެއްގެ ގޮތުގައިވެސް ސިފަކުރުމަކީ އެކަށޭނަކަމެވެ. އެއްވެސް ހިތް ބުރަކަމެއްނެތެވެ. ހުދު އަހަންނަށްވެސް އިހުސާސްވަނީ އެހެންނެވެ.
ނަފްސާނީ ބަލީގެ ދޮރުން އެތެރެވެވުނީ ވަރަށް ޅައުމުރުގައެވެ. މިއަދު މީ އެކާވީހުގެ އަހަރުތައް ގުނަމުން އަންނަށް ޒުވާނެކެވެ. ޖިންސުން ލަތީފެކެވެ. ރީތި ވަރެއްގެ ދޮން ހަށިގަނޑެއްގެ ވެރިއެކެވެ. އިސްކޮޅުގައި ހަތަރު ފޫޓުވެސް ހަމަ ނުވާ ކުރު އަންހެނެކެވެ.
މީ ބަދުނަސީބު ވެެރިއެކެވެ. އުފަލެއް ލިބެން ނެތް ނިކަމެއްޗެވެ. އާއެކެވެ. މިއަދު އެހެން ބުނަން ނަޖުބޫރު ވެއްޖެއެވެ. އިންސާނަކު ދެކެ ވަކިނުވެވޭ ވަރަށް ލޯބި ވެމުށްފަހުއެވެ. ދައްކަން މި އުޅެނީ ލޯބީގެ ވާހަކައެވެ.
ފަސް އަހަރުގެ ދިގު އިންތިޒާރެކެވެ. ކޮންމެ ނަމާދަކަށް ފަހު މެދު ނުކެނޑި ދުޢާކުރީމެވެ. އެ ޒުވާނާ އަހަރެންގެ ދިރިއުޅުމަށް ގެނެސްދިނުމަށެވެ. މާތް ﷲ ގެ ތަނަވަސް ރަޚުމަތާއެކު އެކަން ވިއެވެ.
އަނީލް އާއި ދިމާވީ “ސޯސަލް” މީޑިއާގެ މަންސައަކުންނެވެ. އޭނާގެ އެކުވެރިކަމަށް އެދުނީ އަހަންނެވެ. ފުރަތަމަ މެސެޖުކުރީ އޭނާއެވެ. އެއީ އެދުވަހުގެ މެންދުރު ފަހުގެ ވަގުތެވެ. އެރޭ އަހަރުމެން ލޯބީގެ ގޮތުން ގުޅުނީމެވެ. މި ޚަޔާތުގައި އައި އެއީ އެންމެ ޚާއްސަ ރެއެވެ. ވަރަށް އުފާވިއެވެ. މާތް ﷲ އަށް ޚަމްދު ކުރެވުނު ވަރެއްވެސް ނޭނގެއެވެ. ވީ އުފަލުގައި އެތައް އިރަކު ރޮވެން ވެސް ރޮވުނެވެ.
ގުޅުން ދިޔައީ އެއްދުވަހުން އަނެއް ދުވަހަށް ކުރި ފަޅައި ހެދެމުންނެވެ. އަލަށް އަނީލް ފެނުނު އިރުގެ ވާހަކަތައް ހިއްސާކުރީމެވެ.
އެއީ ދެހާސް އަށާރައިގެ ނޮވެމްބަރު މަހުގެ ފަހު ކޮޅެވެ. ސަތާރަވަރަކަށް ދުވަހު އެ މޫނު ދެކުމުގެ ނަސީބު ލިބުނެވެ. ހިތްކީ ކޮންތާކު ކާކުކަން ނުވެސް އެނގިހުރެއެވެ.
” ރަށަށް ފުރަން އޮތް ދުވަހު ވަރަށް ދެރަވި ދާ ހިތަކުން ނޫން ދިޔައީކީ” އަނީލަށް މެސެޖުކުރަމުން ދިޔައީމެވެ.
” ކިހިނެއް އަހަރެން އިނގުނީ” އެ ކޮޅުން ޖަވާބުވެސް އެހާ އަވަހަށް ލިބެއެވެ. ހިނިތުންވެ ހުރެ ޖަވާބު ލިޔެލީމެވެ. އަހަންނަށް އިނގެއެވެ. ތީ ދަރިއެއްގެ ބައްޕައެކެވެ. މީހެއްގެ ފިރިއެކެވެ.
ދެން ދިޔައީ ހަމަހިމޭން ކަމުގެ ސުކޫތެކެވެ. ވަކި އެއްޗެއް ނުބުނެ އަނީލް ފޮނުވާލީ ޚައިރާން ވި ކަމުގެ ސިގުނަލެކެވެ. އިސްޓިކާއެކެވެ.
އަސުރު ނަމާދަށް ޓީވީން ބަންޤި ގޮވަން ތައްޔާރުވީވެސް އެހެން ތިއްބައެވެ. ނަމާދަށް ދިއުމުއަށް އަނީލް ކައިރީބުނީމެވެ. އަދި އަހަރެންވެސް ފޯނު ނިއްވާލުމަށްފަހު ވުޝޫކުރަން އަވަސްވެ ގަތީމެވެ. ވަގުތައް ނަމާދުކުރުމަކީ އަބަދުވެސް އިސްކަމެއް ދީގެން ކުރެވޭތޯ އަހަރެން ބަލާ އެއްކަމެވެ.
ފެންވަރައި ހަދައިގެން ވަރަށް ފަރިވީމެވެ. މިއިން ދުވަހަކު ރީތި ނުވާ ވަރަށް ރީތީވީމެވެ. ލޯގަނޑު ކުރިމަތީ ހުއްޓި ހުރެ ފަރިބެލީމެވެ. ސޫރައާއެކު ހީ ހެދީމެވެ.
އަނީލް މަތިން ހަނދާންވީ ކުއްލިއަކަށެވެ. ފޯނު ހުޅުވާލީމެވެ. ސުވާލެއް އަމާޒުކޮށްފައި އޮތެވެ. ތީ ކާކުހޭ އަހާފައި އިނެވެ. ފުރިހަމަނަން ހާމަކުރީމެވެ.
” މީ ޒީސާން އަލީ” ނަން ބުނެގެން އޭނާއަށް ނޭނގޭނެކަންވެސް އެގެއެވެ.
ހަފްތާތައް ފާއިތުވަމުންދިޔައެވެ. ކުރިން އެކަނިވެރިކަމުގައި ހޭދަކުރަމުން އައި އަހަންނަށް ދިރިއުޅުމުގެ ހަޤީޤީ ސިފަ ފެންނަށް ފެށިއެވެ.
ހުރިހާ ގޮތަކުން ޤަބޫލުކުރީމެވެ. މި ޚަޔާތަށް އެވަރުގެ މީހަކު ނާއްނާނެއެވެ. ދަރިއަކު ހުއްޓަސްމެއެވެ. އެންބަކު ނުހުރެވެ. އުޅެމުން ދަނީ ފިކުރު ބޮޑު ދިރިއުޅުމެކެވެ.
އަނީލަކީ ސިފައިގެން ތެރޭގައި މަސައްކަތް ކުރާ ހީވާގި ޒުވާނެކެވެ. އުމުރުން ވީ ސައުވީސް އަހަރެވެ. އަލަތު ކައިވެންޏެއް ކުރީ ވިހި އަހަރުގައެވެ. ދަރިފުޅަށް އަހަރެއް ނުވެ ވަރިވީ އަންހެނުން ޒީލަ ގަދަކަމުންނެވެ. ރުންކުރުވެފައި ޝަކުވާ ގިނަ ވުމުންނެވެ.
ހަތަރު ވަރަކަށް މަސް ވުމުން އާއިލާއަށް އަންގަން ބޭނުވިއެވެ. އެކަމާ ވަރަށް ތައްޔާރުވީމެވެ. ބުނާނެ ގޮތެއްވެސް ސިކުނޑިއަކަށް ނޭނގުނެވެ. ގުޅާ ކޮންމެ ފަހަރަކު އޭނާ އެވާހަކަ އަހަމުންދިޔައެވެ.
އެހެން އުޅެނިކޮން އެއްދުވަހަކު ދެކެވުނު ވާހަކައެއްގައި ބޭޒާރުވިއެވެ. ނޭގުމެއްގެ ތެރޭ އަނީލް އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ ބުނެވުނެވެ. ފާޅުގައި މަންމަ އާއި ބައްޕަ އިންކާރުކުރީއެވެ. މިއިން ދުވަހަކު ދެރަ ނުވާ ވަރަށް ދެރަވިއެވެ. ހިތުގައި ޖެހުނެވެ. ކުރާނީ ކީންހެއްޔެވެ؟ މިއީ މާތް ﷲ ގެ ކުޅަދުން ވަންތަކަމެވެ . ނިޔާ ފުޅެވެ.
އޭގެ ދުވަހެއް ފަހުން ކަންވީ ގޮތް ކިޔައިދިނީމެވެ. އާއިލާ ނުރުހޭކަން ބުނީމެވެ. ފަސްވަރަކަށް މަހު އެކުގައި ހޭދަކުރުމަށް ފަހު ވަކިވީ އެ ތާރީޚުގައެވެ. އޮކްޓޯބަރު 4 ގައެވެ.
އަންނަން އަހަރުތެރޭ މި ވަކި ވުމަށް އަހަރެއް ފާއިތުވެގެން ދާނެއެވެ. އެހެންނަމަވެސް މިހިތުން އެ މޫނު ވެއްކެއްނުވެވޭނެވެ. އާދޭހެވެ. ބޮލުގައި އަބަދުވެސް އެ ޙިޔާލުތައް އާވެ އާވެ ހުރެއެވެ.
މިއަދާ ހަމާލަށް މި ހުރީ އެހެން މީހަކާ ދިމާލަށް ބަލައިވެސް ނުލައެވެ. ރަށުގެ އެތައް ބަޔަކުވެސް ކައިވެންޏަށް އެދުނެވެ. ނުރުހެނީ ޚުދު އަހަންނެވެ.
ބުނާނަމެވެ. ލޯތްބަކީ އެއް އިރެއްގައި އަހަރެންވެސް ވަރަށް ޤަދަރުކުރި އެއްޗެކެވެ. އެކަމަކު މިހާރު އަހަރެން ލޯތްބަށް ނަފުރަތު ކުރަމެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. އަނީލް ވެސް ކުށްވެރި ކުރީ އަހަންނަށް ވީތީއެވެ.
އެކަމަކު އަހަރެންވެސް ލޯބީގެ ގޮތުން ގުޅުނީ ވަރަށް ފޮނި އުންމީދުތަކާއެކު އެވެ. އުމުރަށް ވެސް އެކުގައި ވެވޭނެ ކަމަށް ހީކުރަމުންނެވެ.
އެހެނެސް ކަންތައްވީ ދިމާ އިދިކޮޅަށެވެ. މައިންބަފައިން ނުޤަބޫލުވުމާއެކު އުމުރަށް އޭނާ އާއި ދުރައް ދިޔައީ އަހަންނެވެ. މީގެ ކުރިން ވެސް އަނީލް ލޯބިނުވާކަން އެނގުނީ އެ ހިތްދަތިކަމުގައި އަހަރެން އުޅެނިކޮށެވެ. އެހެން އަންހެނަކާއެކު ނަނގަފައިވާ ތަސްވީރެއް “ސުނެޕް”ކުރުމުންނެވެ.
ދުނިޔެ މަތީގައި އިމްތިހާނުތައް ކުރިމަތިވާނެއެވެ. މިކަން ވެސް އިނގެއެވެ. އެއީ ދިރިއުޅުމުގެ ހަޤީޤަތެވެ. އެކި މީހުންނަށް އެކި ވަރުގެ އިމްތިހާނުތައް ކުރިމަތި ކުރުވާނެއެވެ. ސައްކެއްވެސް ނެތް ގޮތުގައި މިއީ ދުނިޔެ ހިގަމުންދާ ގޮތެވެ.
އެކަނިވެރިކަމުގެ ދުނިޔެއަކަށް އުފާވެރި މަސްތަކަކަށް ފަހު މަރުޚަބާ އަނެއްކާވެސް ކީމެވެ. ދެން ދުވަހެއްގެ ކޮޅުން ވެސް ލޯބި ނުވާން ނިންމަނުންނެވެ. ޒަވާޖީ ޚަޔާތެއް ފަށަން ކުރި އުންމީދުތައްވެސް ފަސްއަޅައި ފޮރުވީމެވެ. ޑިޕުރެސަންގެ ވޭނުގައި ރޯލަ ރޯލަ ހުރީމެވެ. އަހަންނަށް އިނގެއެވެ. އެއްވެސް މީހަކަށް ބުނެދިނަސް މި ހިތުގެ އަޑެއް ނީވޭނެއެވެ.
ނިމުނީ
(ކިޔުންތެރިންގެ ސަމާލުކަމަށް)
السلام عليكم ورحمة الله وبركاته”
بِسْــــــــــــــــــمِ اﷲِالرَّحْمَنِ اارَّحِيم
އަޅުގަނޑުގެ ވާހަކަތަކުގެ އަދާހަމަތައް “އިސްނާގެ ގަލަމުން” އިންސްޓަގުރާމު ޕޭޖުން ލިބިލައްވާނެއެވެ. އަދި ފޭސްބުކު ޕޭޖު “އިސްނާން އަޙުމަދު” އިން ލިބިވަޑައިގަންނަވާނެއެވެ. އަޅުގަނޑުގެ ވާހަކަތަކައް ލޯބިކުރާ ހުރިހާ ކިޔުންތެރިންވެސް އަޅުގަނޑަށް ފޯލޯކޮށްލަދެއްވުން އެދެމެވެ.
ޝުކުރިއްޔާ
❤️😊🫶🥰🥀
6 Comments!
Comments are closed.






𝓜𝓪𝓪𝓼𝓱𝓪 𝓐𝓵𝓵𝓪𝓱 🫶❤️
𝓓𝓮𝓹𝓻𝓮𝓼𝓼𝓲𝓸𝓷 𝓬𝓸𝓷𝓷𝓮𝓬𝓽𝓼 𝓱𝓮𝓪𝓻𝓽𝓼…
𝓘𝓽 𝓹𝓪𝓼𝓼𝓮𝓼 𝓯𝓻𝓸𝓶 𝓸𝓷𝓮 𝓼𝓸𝓾𝓵 𝓽𝓸 𝓪𝓷𝓸𝓽𝓱𝓮𝓻…
𝓣𝓱𝓻𝓮𝓮 𝓶𝓸𝓷𝓽𝓱𝓼 𝓪𝓰𝓸, 𝓲𝓽 𝔀𝓪𝓼𝓷’𝓽 𝓶𝓮—𝓲𝓽 𝔀𝓪𝓼 𝓶𝔂 𝓫𝓮𝓵𝓸𝓿𝓮𝓭 𝓶𝓸𝓽𝓱𝓮𝓻. 💔
𝓢𝓱𝓮 𝓼𝓵𝓮𝓹𝓽 𝓪𝓵𝓵 𝓭𝓪𝔂, 𝓵𝓸𝓼𝓽 𝓲𝓷 𝓭𝓪𝓻𝓴𝓷𝓮𝓼𝓼… 𝓘 𝓬𝓻𝓲𝓮𝓭, 𝓼𝓸 𝓶𝓮𝓵𝓪𝓷𝓬𝓱𝓸𝓵𝔂 😢
𝓑𝓾𝓽 𝓯𝓸𝓻 𝓶𝔂 𝓼𝓲𝓼𝓽𝓮𝓻’𝓼 𝓼𝓪𝓴𝓮, 𝓘 𝓼𝓽𝓪𝔂𝓮𝓭 𝓼𝓽𝓻𝓸𝓷𝓰. 💪
𝓐𝓵𝓱𝓪𝓶𝓭𝓾𝓵𝓲𝓵𝓵𝓪𝓱 ❤️🫶 𝓢𝓱𝓮’𝓼 𝓫𝓮𝓽𝓽𝓮𝓻 𝓷𝓸𝔀, 𝓽𝓱𝓸𝓾𝓰𝓱 𝓽𝓱𝓮 𝓹𝓪𝓼𝓽 𝓼𝓽𝓲𝓵𝓵 𝓵𝓲𝓷𝓰𝓮𝓻𝓼.
𝓚𝓮𝓮𝓹 𝓭𝓸𝓲𝓷𝓰 𝔂𝓸𝓾𝓻 𝓱𝓪𝓻𝓭 𝔀𝓸𝓻𝓴, 𝓱𝓪𝓿𝓮 𝓯𝓪𝓲𝓽𝓱 🫰❤️
Thank you 🫶🥰
Ava’s shifaa akah edhn you and your family 🤲
InshaAllah 🫶❤️
Wish you a Best life too Alhamdhlillah ❤️🫶My beloved Mother fine now 3months passed
Alhamdhlillah
Glad to hear dear ❤️ 🫶
Hope you and your mom a healthy life and
Wish you all the best
“Iraadha kurehviyaa hurihaa kameh ves rangalhu vaane dhn IA”
Hi ….mashaallah vhk vrh Reethi . .. thi gothah emme lwbivi kuhjjaa my bestie aa alhaiganegn gaimu…mihr IA alhugaa mentaly ok but breakup vee vx test dhuvas Kolhu vrh undhagoo dhuvas kolheh
Alhamdulillah Thank you 🫶🥰 Yasherr
Glad to hear
IA iraadha kureh viyaa rangalhu vaane 😊