Skip to content
އެސްފިޔަ
PRO · MVR 2.00

ތިހަނދާނުން ފަސްވަަނަބައި (ނިވީގެ ހިތުގެ އުދާހުން މިންވަރެއް)

ހަފްތާއެއް ވަންދެން ސުކޫލަށް ނުގެން ގޮސް ގޭގައި ނިވީ ގެންގުޅުނީމެވެ. އަހަރެންވެސް “ކުލިނިކު”ން މަސްދުވަހުގެ ޗުއްޓީއެއް ނެނގީމެވެ. ހާލަތު ކޮންމެ ފަދަ ގޮތަކަށް ވެސް ބަދަލުވެދާނެއެވެ. މިއީ ޚަޔާތުގައި ލިބުނު އިބުރަތެކެވެ. މިދުވަހެއް ހިތަކުން ފިލައިގެން ނުމެދާނެއެވެ. މި ހަނދާނަކަށް އިރެއް ނޯއްސޭނެއެވެ. މި ގުޅުމަކަށް އަލްވަދާއެއް ނުކިޔޭނެއެވެ. މި މަންމައަށް ތި ދަރިފުޅު ނެތި ނޭވާއެއް ވެސް ނުލެވޭނެއެވެ. ތިއީ މި ހަޔާތަށް ރޯސަން ކަން ގެނެސްދޭ ފިނިފެންމަލެވެ. ދިރިހުރުމުގެ ރޫޚެވެ. އުންމީދެވެ. ތި ހަނދާނުގައި އަބަދުވެސް ހުންނަން ޖެހެނީ ހާސްވެފައެވެ. ކަންބޮޑުވެފައިއެވެ. މާދަން ކަންތައް ވާނެ ގޮތެއް ނޭނގޭތީއެވެ.
އެކި ދުވަހު އެކި ރަހަަ ދައްކާ ދިރިއުޅުމަކީ އިމްތިހާނުތަކުގެ ގޮވައްޗެކެވެ. ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ ކޮންމެ ފަދަ ހާލަތަކަށް ވެސް ދިރިއުޅުން ބިއްސާލަފާނެކަމެވެ. އާޚިރުގައި ކާމިޔާބު ލިބޭނީ ހިތާމަތަކަށް ކެތްކުރާމީހުންނަށެވެ. ދިރިއުޅުމުގައި ކުރިމަތިވެގެން މި އުޅޭ ހިތްދަތި ހާލަތުން ނީރާއަށް އަރައިގަނެވިދާނެބާއެވެ. ނިވީއަށް އުފާވެރި ހިތްހަމަޖެހޭ ބަލި ކުޑަ ހަޔާތެއް ވޭތުކުރަން ލިބިދާނެ ހެއްޔެވެ؟
*****…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.