Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންމަޖާލޯބި

އާއެކޭ ލޯބިވޭ ބާރަވަނަބައި (ކައިވެނީގެ ހެދުންތައް ފެހުން)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
November 1, 2025 7 Mins Read
2 Comments

ހަވީރު ފެށިއެއްކަމަކު ހުރިހާ ހެދުމެއް ކަނޑައި ނިމުނުއިރު ރޭގަނޑު އެގާރަވެސް ޖަހައިފިއެވެ. އެހެން ކަމުން ފަހަން ފަށާ ގޮތަށް ނިންމީ އަނެއްދުވަހެވެ. އަނެއްކާ އެހާ ލަސްވެފައި ހުރުމާއެކު ބައެއް މީހުން ނިދި އައިސްގެން އޭރު ހާފުރެމުން ދިޔައެވެ.

 

ކައިވެނީގެ މުހިންމު ކަންތައްތަކެއް މިއަދު ނިންމިގެން ދިޔައެވެ. ވަކި ޚާއްސަ ކުލައެއް ޕާޓީގައި ލުމަށް ނިންމުނެވެ. ކައްކާނެ އެއްޗެހީގެ ލިސްޓެއް ތައްޔާރުކުރިއެވެ. ހަފްލާ ބާއްވާނެ ތަނެއް ކަނޑައެޅިއެވެ. ދެވަނަ ދުވަސް ދަތުރުގެ ދިޔައީ މިކަހަލަ ގޮތަކަށެވެ. ދެން އޮތީ މާދަމައަށް އިންތިޒާރުކުރުމެވެ. އެންމެ ރީތި ހެދުންމެއް ފަހާނީ އަޅެ މާދަން ކާކު ބާއެވެ؟

********************************

އައްޑޫ ސިޓީއަކީ ދިވެހިރާއްޖޭގެ ދެކުނުގައިވާ، ގުދުރަތީ ރީތިކަމުން އެންމެ ފުރިހަމަ އަދި ޚާއްޞަ ސިފަތަކެއް ލިބިފައިވާ ރަށެވެ. އެތަނުގެ ފެހިކަންގަދަ ގަސްތަކާއި، ސާފު ނޫކުލައިގެ ކަނޑާއި، ދޮންވެލީގެ ތުނޑިތަކަކީ އެތަނުގެ ހިތްގައިމުކަން އިތުރުކޮށްދޭ މައިގަނޑު ސިފަތަކެވެ. ކަދުރުރުއްތައް ވައިރޯޅީގައި މަޑުމަޑުން ހެލިގޮވާ މަންޒަރާއި، ކަނޑުގެ މަޑުމަޑު ރާޅުތަކުގެ އަޑުން އައްޑޫއަށް ވަކި ސުކޫނެއް ގެނެސްދެއެވެ. މިތަން “ލެގޫންތަކާއި”، ފަޅުތަކާއި، ރީތި ފަރުތަކުންވެސް  ވަނީ ދިރުދިރާސީވެފައިވެއެވެ.

 

 

ފަތިސްނަމާދު ކުރެވުނީ ހަމަ ކިރިޔާއެވެ. ލީނިޔާ އިރުއޮއްސޭ މަންޒަރު ދެކޭ ހިތްވެއްޖެއެވެ. އެކަމަކު އޭނާ ދާނީވެސް ކިހިނެއްހެއްޔެވެ؟ އެރަށުގެ މަގުތައް އަދި އެހާ ފަރިތައެއްނޫނެވެ.

“ލީނީޔާ: ހިނގާބަލަ މިލީ ދާކަށް ނޭނގެއޭ ބުންޔަކަސް ނުވާނެއެއްނު ދާން އުޅުނީމަ ދެވޭނީ ބާސިލްމެންވެސް ނިދާފަކައެއްނެ ތިބޭނީ” ލީނިޔާގެ ރުންކުރު ރާގުގަނޑުގައި ބުނެލިއެވެ. އޭނާއަކީ ބޭނުން ކޮންމެ ކަމެއް ކުރާ މީހެކެވެ.

 

ނަމާދު އައިސް ކޮޓަރިއަށް ވަންނަން އައީ ޚުބާބްމެންނަށް ހުއްޓެން މަޖުބޫރުވީ މިލީހަމާއި ލީނިޔާފެނިފައެވެ. ފަރިވެގެން މީހާ ފަތިހު މިދެވެރިން ދާތަނެއްވެސް އޮންނާނެ ތާއޭ ބާސިލް ހިތަށް އެރިއެވެ. “ބާސިލް: ކޮންތާކަން ނައްޓާލަނީ މާ ވަގުވަގަށް ތިހެން އުޅެނިކޮން ގެއްލުނިއްޔާ އޯ” ބާސީލް އަހާލިއެވެ. މިލީހަމް: މިރަށު ތުނޑިނުފެނިގެން ހަމަނޭވާ ނުލެވިގެން މިއުޅެނީ” މީލަހަމް ލީނިޔާއަށް ހެޔޮވަރުގެ ރައްދެއްދިނެވެ. ތުނޑިއަށް ނުދެވިގެން އުޅޭއިރު އެލިނީ ހީވަނީ އެހެން ފަދަ ކަމެއްހެންނެވެ. ފަތިހު ތެދުވީންސުރެ ތުނޑި ތުނޑި ނޫނީ ކިޔާނުލައެވެ.

 

ސިޑީގެ ހަރުފަތްތައް ގިރާކޮށްފައި ފައިބި ހަތަރުމީހުންނަށް އެރުނީ ސައިނާގެ ކުރިމައްޗަށެވެ. “ސައިނާ: ކިހިނެއް ހާދަ ހެނދުނަކައި އިރުއަރައިގަތީ ބަނޑުހައިވީތަ” ސާއިނާ އެހިއެވެ. ވާނީވެސް އެހެންތާއެވެ. އޭރު އަދިކިރިޔާ ފަހެއް ޖެހީއެވެ.

“ލީނިޔާ: ނޫނޭ އިނާވެސް ތިހެން ނުހުރެ ހިނގާބަލަ އަހަރުމެންނާއެކު ތުނޑިއަށް ގޮސްލަން” ލީނިޔާ ސައިނާއަށް ދަޢުވަތުދިނެވެ. އެމީހުންނާއެކު އިރުއޮއްސޭ މަންޒަރު ބަލަން ތުނޑިއަށް ދާށެވެ.

 

ސައިނާވެސް ލައިގެން ހުރި ހެދުން ބަދަލުކޮށް ލައިގެން އެމީހުންނާއެކު ދިޔައެވެ. ފަނޑުއަލީގައި ހިމަ މަގުތަކުން ލާފައި ތުނޑިއަށް ދެވުނު އިރު ފަސްގަނޑި ބައިވަނީއެވެ.

 

ފަތިހުގެ ނަލަނަލަ ރޯޅިތަކުން ޖައްވަން ވެރިވެފައިވަނީ ތާޒާކަމެވެ. ދޫނިސޫފާސޫފިތައް ކޮޅު ކޮޅަށް ދަތުރުކުރަމުން ދިޔައެވެ. ހަމަހީމެން ހިމުން ވެލިގަނޑުގައި ޚުބާބް އިށީނދެލިއެވެ. ފޯނުނަގައި މަންމައަށް ގުޅާލިއެވެ. ހަމަ އެންމެ ރިންގަކުން މަންމަ ޖަވާބުދީފިއެވެ. “ޚުބާބް މަންމަ: ދަރިފުޅާ ކިހިނެއް ހުރިހާ ކަމެއް ރަނގަޅުތައް ތިގޭމީހުންގެ ހާލު ރަނގަޅު ” މަންމަ ދެތިން ސުވާލު އެއް ފަހަރާކޮށްލިއެވެ. “ޚުބާބް: މަންމާ އަޅުގަނޑު ވަރަށް ރަނގަޅު އިއްލެމެންގޭ އެންމެންވެސް ވަރަށް ބަރާބަރު ވަރަށް ސަލާން ބުނި ބައްޕައަށްވެސް ބުނި ދަތުރުވަރެއްގައި އައިސްބަލާށޭ ޗުއްޓީ ހަދާލަން އައްޑޫއަށް” ހިތުގައި އަޅަމުންދިޔަ ވޭން މަންމައަށް ފޮރުވަން މަސައްކަތްކުރަމުން ޚުބާބް ވާހަކަދެއްކިއެވެ. މަންމައާއި ހަމާލަށް މިކަންތައްދާކަށް އޭނާ ނޭދެއެވެ. “ޚުބާބް މަންމަ: އަންނައަހަރު ތިކޮޅަށް ދާކަހަލަ ވާހަކައެއް ބައްޕަ ދެއްކި ރޭގަ” ސިހުމާ ހާމަކޮށްލިއެވެ. އުމްރާއަަށް ދިއުމުގެ ކުރިން ޚަބީބްގެ ގާތް ރަހުމަތްތެރިން ކައިރިއަށް ދާކަހަލަ ވާހަކެއްއެބަ ދައްކައެވެ. “ޚުބާބް: އެހެންތަ މަންމަ ކިހިނެއްތައް ބައްޕަ ކޮބާ ނާދޭ ދޯ މިސްކިތުން” ހުބާބް އަހާލިއެވެ. “ޚުބާބް މަންމަ: ނޫނޭ ބައްޕަމީނީ ޚަބީބް މިއޮތް ޚުބާބް ގޮވަނީ” ސިހުމާ ޚަބީބަށް ފޯނު ދިއްކޮށްލަމުން ބުނެލިއެވެ. ” ޚަބީބް: އަހާ ދަރިފުޅާ ކިހިނެއް ހުރިހާކަމެއް” ބައްޕަ އަވަސް އަވަހަށް އެހިއެވެ. “ޚުބާބް: ރަނގަޅޭ ބައްޕަ ކިހިނެއް” ބައްޕަގެ ހާލުވެސް ޚުބާބް އަހާލިއެވެ. ކުޑަ ވަގުތު ކޮޅަކު މައިންބަފައިންނާއި ވާހަކަ ދައްކަން އިނދެފައި ތެދުވި ޚުބާބްގެ ލޯ އަމާޒުވީ މިލީހަމަށެވެ.

 

އޭނާގެ ތިންކަނު ބުރުގައި ފަތިހުގެ ފިނި ފިނި ރޯޅިތަކާއި ހަނގުރާމަކުރަމުންދިޔައެވެ. ޚުބާބްގެ ހިތް މިލީ ސިފަކޮށްލިޔަސް އެއީ ދުނިޔޭގެ އަޖައިބެއްފަދައެވެ. އެފަދަ ރީތިކަމެއް މިދުނިޔެމަތިން އެހެން އަންހެނަކަށް ލިބިގެންނެއް ނުވާނެއެވެ. އެރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސް ދެނީ އެލަދުރަކި ހީލުމެވެ. މަޑުމައިތިރިކަމެވެ. ލީނިޔާއާއި ހިލާފަށް ސަކުވާ ނުކުރުމެވެ.

 

ލީނިޔާ ބާސިލްއާއެކު ފޯޓޮނަގަމުންދިޔައެވެ. ބައެއް ފަހަރު ގަދަ ހަދަމުން ދިޔައެވެ. އެމަންޒަރުތައް ބަލަން މިލީހަމް ހުރީ ދުރުގައެވެ. ސައިނާ އުޅުނީ ފޮޓޯ ނަގައިދިނުމުގައެވެ.

 

ލަސްފިޔަވަޅުގައި ގޮސް މިލީއާ ހަމަކުރީމެވެ. އަދި ކަންފަތް ދަށުގައި މަޑުމަޑުން ބުނެލީމެވެ. “ޚުބާބް: ލޯބި ޖޯޑެއް ދޯ” ބާސިލްމެންނަން އިސާރަތް ކުރަމުން އަހަރެން ބުނީމެވެ. އަހަންނާއި ދިމާލަށް މިލީހަމް ބަލާލީ ނުރުހިފައެވެ. އެއަޒުމެއް ނުގުޑާނޭ އެހިތްވަރަކަށް ބަދަލެއް ނާންނާނޭ، ބުނާފަދައެވެ. އެނގެއެވެ. ޤަބޫލުވެސްކުރަމެވެ. އެއީ ވަރަށް އަޒުމް ވަރުގަދަ ކުއްޖެކެވެ. ކުރަން ހިތުލި ކޮންމެ ކަމެއް ވަނީ މިހާތަނަން ކާމިޔާބުވެސް ކޮށްފައެވެ. މިކަންވެސް އޭނާއަށް ނުވާނޭ ބުނެވިގެން ކަމަކު ނުދާނެއެވެ.

 

މިފަދަ ހިތްގައިމު މާހައުލެއްގައި، އައްޑޫގެ ތުނޑީގައި، ފަތިހުގެ އިރުއެރުން ބަލަން އެކުވެރިންތައް ތިބިއިރު އެ މަންޒަރަކީ ހިތްގައިމުކަމުން ފުރިގެންވި މަންޒަރެކެވެ. އިރުއަރަން ފެށުމުގެ ކުރިން، އުދަރެހުން އަނދިރިކަން މަޑުމަޑުން ފިލައިގެންދާއިރު، ހިތްގައިމު ފިނި ވައިރޯޅި ގައިގައި މަޑުމަޑުން ބީހިލައެވެ. ވެލިގަނޑުމަތީގައި ތިބި އެކުވެރިންތައް ކަނޑުގެ ރާޅުތަކުގެ މަޑުމަޑު އަޑު އަހަމުން، އުދަރެހަށް ނަޒަރު ހުއްޓާލައިގެން ތިއްބެވެ.

 

މަޑުމަޑުން އިރު އުދަރެހުގެ ދަށުން ބޯދިއްކޮށްލި ހިނދުން، އުދަރެސް ރަތްކުލައާއި ރަންކުލައިން ޒީނަތްތެރިވެގެންދިއައެވެ. ފުރަތަމަ ފެނުނީ މަޑު ރަތްކުލައެކެވެ. އެއަށްފަހު، ރަންކުލަ އޭގެ ބޮޑުވަމުންދާ އާރޯކަމާއެކު މުޅި އުދަރެސްގައި ފެތުރިގެންދިޔައެވެ. ކަނޑުގެ މަތީގައި ރަންކުލައިގެ ދިއްލުންތަކެއް ދިއްލި، މުޅި މާހައުލު އަލިކޮށްލިއެވެ. މި މަންޒަރުންގެ ރީތިކަންފެނި އެހުރިހާ ކުދިންގެ މޫނުމަތިން ފެނިގެންދިޔައީ ހިނިތުންވުމާއި، އުފާވެރިކަމާއި، ހަމަޖެހުމެވެ. ދިރިއުޅުމުގެ ކުދިކުދި ކަންތައްތައް ހަނދާންނައްތާލައި، މި ހިތްގައިމު މަންޒަރުގެ ރީތިކަމުގައި އެމީހުން ގެއްލިފައި ތިއްބެވެ. މިއީ ހަމައެކަނި މަންޒަރެއް ނޫނެވެ. އެހިތްތަކަށް ސުކޫނާއި ހަމަޖެހުން ގެނެސްދިން، އަދި އެކުވެރިކަމުގެ ގުޅުން ބަދަހިކޮށްދިން ތަޖުރިބާއެއްކަހަލައެވެ.

 

އިރުއަރަމުން ދިޔަ ހިތްގައިމު ވަގުތު ބަޔާން ކުރަން ދަތި ފޮނި އިހުސާސެއް ޚުބާބަށްކުރެވުނެއެވެ. އެހެނަސް އިރުއަރާ ޖައްވު އަލިވަމުން ދިޔައިރު ޙުބާބްގެ ދިރިއުޅުން ކަޅުވިލާތަކުން ބަނަވަމުންދިޔަކަހަލައެވެ.ދެލޯ ފުސްވެ މަންޒަރު ނުސާފުވިކަހަލައެވެ. ކަނޑުއަޑީގެ ރީތި މަންޒަރުތަކާ ފޮނުއަރުވަމުން ދުވާ މަސްތައް އެއްގަމަށް އަރައިގެން އުޅޭ ކަހަލައެވެ. ނޭވާ ތާށިވާން ފެށިއެވެ. މިއީ ކޮންކަހަލަ ހުވަފެނެއްހެއްޔެވެ؟ ޚުބާބް ހިތާ ހިތާ ކިޔާލިއެވެ.

 

“މިލީހަމް: ދެން ތި ދެލޯމަރައިގެން ނީދެ ހުޅުވަބަލަ” ދެލޯމަރާ ތަގުޅިކޮށްގެން އިން ޚުބާބްެގެ ހަރަކާތްތަކަށް ބަލަމުން މިލީހަމް ބުނެލިއެވެ. އެވަރުންވެސް ޚުބާބް ދެލޯ ނުހުޅުވިއެވެ. އިނީ ހަމަ އެހެން ގަބު އަރާފައެވެ.

އެއްގޮތް މިލީއަކަށް ކަމަކުނުދިޔައެވެ. ” މިލީހަމް: އިސްނާ އައްޑޫގެ ތުނޑި ސިފަކޮށްލި ގޮތް ފެނުން ކަހަލަ ހާދަ ރީއްޗޭ ރޯލީމޭ ވާހަކަ ރޮވުން ވަރު ބުނާކަށް ވެސް ނޭނގެ ކިޔާނިމުނުއިރު ” ވާހަކައިގެ މައުލޫ ފެށީ މިލީހަމް ދިރުންގޮސްފައިން ޙުބާބް ހިނިތުންކުރުވާށެވެ. “ޚުބާބް: ތިއެއްވެސް އެނގޭނީ މިލީއަށް ކިޔައިދޭން ބުންޔަސް ތަންކޮޅެއް މިއިވެނީ ކޮންމެވެސް ކަމެއް ޖެހޭ” މިއޮތް ހުރިހާއިރު ނެގިމަޑުވެފައި އިން ޙުބާބް ދެލޯ ހުޅުވާލަމުން ބުނެލިއެވެ. ވާހަކަ ފޮތް ކިޔުމާ އަޑު އެހުމަކީ އޭނާ ވަރަށް ގަޔާވާކަމެވެ.”މިލީހަމް: އެހެން ވިއްޔާ މިފެށީ މިއޮތީ ދަބަހުގައި ފޮތް” ދަބަހުގައި އޮތް ފޮތް ނަގަމުން މިލީ ފޮނިކޮން ބުނެލިއެވެ. “ޚުބާބް: މިތަނަން ވެސް ރޯލީމޭ ހިފައިގެން ސާބަހޭ ޕަރީ” ޚުބާބަށް މިލީއާ ދިމާލަށް ޕަރީއޭ ބުނެވުނެވެ. ވަރަށް އެހެން ނުބުނެވޭތޯ އޭނާ މަސައްކަތް ދަނީ ކުރަމުންނެވެ. “މިލީހަމް: ދެން ހެވޭ ތިވަރަށް ހުސާމަތުނުކުރޭ ލަދުގަނޭ އެބަ މި ފަށަނީ އިނގޭ” އެންމެ ފަހުން ކީ ހިސާބު ހޯދަމުން މިލީހަމް ބުނެލިއެވެ. ”

ފިރިހެންވެރިން މަސްދަތުރު ދާން ނިންމިއެވެ. އަންހެންވެރިންނަށް އޮތީ ހަވާދު ގަނޑު ހެދުމެވެ. ބައްޕަ ފުރަން ކައިރިވެފައި ހުއްޓާ ބުންޏެވެ.” ދަރިފުޅުމެން މަހަށް ދާއިރު ނިހާދުވެސް ގެންދާތި! އެވެސް މިހާރު މިގޭ ކުއްޖެކޭ” އެ އަޑު އަހާފައި އަފާ ވަރަށް ސިއްރުން ހީލިއެވެ. ހީވަނީ އެދިގެން ހުރި ކަމެއް ހާސިލް ވިހެންނެވެ.

 

ރޭގަނޑު ހަތެއްޖެހުމުން ރަށުގެ ތުނޑީގައި މަސްފިހަން ފެށިއެވެ . ހިބަރުމަހާއި ކުކުޅާއި ލައްޓީގެ އިތުރުން ސޮސެޖުވެސް ފިހުނެވެ. އަލުވިއާ ޒުވާރި އަދި ޕާން ވެސް ފިހުނެވެ. ދެ ވައްތަރުގެ ރޮއްޓާ ބެތް ވެސް ތައްޔާރުކުރިއެވެ. ނާށީގައި ބިސް ފިހުނެވެ.

 

އަފާގެ އާއިލާއަކީ ބޮޑު އާއިލާއެކެވެ. އަފާ އާ ނުލާ އެއްބަނޑުއެއްބަފާ ހަތަރު ބެއިން ތިބެއެވެ. އެ މީހުންގެ ދަރިންނާ ފިރިންނާއެކު ޖުމްލަ ވިހި ވާނެއެވެ. މާމަ އާ ކާފައާ ވެސް އެކުއެވެ. އަފާއަކީ އާއިލާގެ އެންމެ ހަގު ކުއްޖާއެވެ. ހުއްސަރިބައި ކޮން ހުރި ގޭގެ ހަމައެކަނި ކުއްޖާއެވެ.

 

އުފަލާ މަޖަލުގައި ވަގުތުތައް ދިޔަ ގޮތެއްވެސް ނޭނގެއެވެ. އެހާވެސް އެންމެން ތިބީ އުފާވެފަ އެވެ. ކުޑަކުދިންގެ މޫނުމަތިން ހިނިތުންވުން ނުފިލައެވެ. މުޅި މާހައުލުގައި ދުވެ ނަށަމުންދިޔައެވެ. ކޮންފަދަ ހިތްގައިމު މަންޒަރެއް ހެއްޔެވެ؟

 

މޫދުގެ ލޮނު ގަނޑު ދޮންވެލި ގަނޑުގައި ބީހިލާ އިރު ލުއި މިއުޒިކެއްފަދައެވެ. ރަން ހަނދުވަރުން ފަޒާ އޮތީ ހުޅުދާންވެފައެވެ. ތަރިތަކުން އުޑުމަތި އޮތީ ޖަރީވެފައެވެ.

 

މަޖާ ރެއަކަށް ފަހު ވިއްސާރަ ދުވަހަކަށް މަރުހަބާ ކިއެވެ. ހުއްޓާ ނުލާ ހެނދުނު  ވާރޭ ވެހެމުންދިޔަ އެވެ. ވާރޭ ހުއްޓާނެ ކަމުގެ ހިލަމެއް ނެތަސް މެންދުރު ކޮޅަށް އައިއިރު ހަމަ ރީތި އަވި ބާރު ދުވަހަކަށް ވިއެވެ.

 

މަންމަ ފަރާތު އާއިލާ ކުދިންނާއެކު ބަނދަރުގައި ހަވީރު ސައެެއް ހެދީމެވެ. ޗުއްޓީއަށް އައިސްގެން އުޅޭ ކުދިން އާދިއްތަ ދުވަހު ފުރާނެތޯއެވެ. ނިހާދު އެތަނުން ފެނުމުން ބައެއް ކުދިން އަފާ އާއި ދިމާކުރިއެވެ. “އެ އަފާ އިންނަށް ގެނައި ސޮރެއްތަ ހާދަ ރީއްޗޭ” އެތަނުން އެންމެ އަނގަ ގަދަ ނީޒާ ނުކުރެވިގެން އެހާފިއެވެ. އެ ރީތިކަމުގައި ޖެހި އަނގަ ސަކާރެތްވެގެންނެވެ. ބަހެއް ނުބުނެ ކެތްނުވުމުންނެވެ. ޖަވާބު ގައި ހިނިތުން ވުމަކުން އަފާ ފުއްދާލިއެވެ. މީހުން ގިނަވުމުން ޖަވާބެއް އެކަހަލަ ސުވާލަކަށް ދޭން ލަދުގަތުމުންނެވެ. އެއީ ރަށު ސުކޫލު ޓީޗަރެކޭ ބުނަން ވެސް ބޭނުންވިއެވެ. އިންނަށް ގެނައި ކުއްޖެއް ނޫކަން ބުނެދޭހިތްވިޔަސް އަފާގެ ހިތުގައި ދިޔައީ ނިހާދުގެ ނަން ފެވެމުންނެވެ. ކޮންމެ ހާލެއްގަވެސް އަފާ މިހާރު ނިހާދު ބޭނުން ވެއެވެ. މިކަން އަފާއަށް ވާނެބާއެވެ. ނިހާދަކީ ކޮންތާކުން އައި ކާކުބާއެވެ.”

 

“ޚުބާބް: އޭ ގުރާ ޖޯޑުތައް އެކުގައި ތިއޮތް އަންނަނީ” ބާސިލް ދުރުން އަންނަމުން ދިޔަ ބައިގަނޑަށްބުނެލިއެވެ. ވާހަކައަށް ގެއްލި ހުސްވެފައިއިން މިލީ ފޮތް ލައްޕާލީ ބިރުންހުރެއެވެ. ދެން މިއަދު ދިމާކުރުން ނުހުއްޓޭނެވެ. ނުބަލަން އިނދެފައި ބަލާލީމެވެ. ތެދެކެވެ. ސައިނާ، ސުމާމެވެ. ސާއިލް، ސިރުހާއެވެ. އަދި ބާސިލް، މިލީހަމެވެ. ނޫނެކެވެ. ސަކުވާގެ ރާނީއެވެ. ލީނިޔާއެވެ. “ލީނިޔާ: މާ ދުރުގައި ތިބެގެން މާފޮޅުވަނީއޭ ދޯ” އެ ހިސާބުގައި ހުއްޓިލަމުން މިލީހަމް ބުނެލިއެވެ. އޭނާއަށް ދިމާކޮށްނުލައި ނުހުރެވުނީއެވެ. “ޚުބާބް: ލޯބިވެރިންނެއްނު އެހެން އުޅޭނީ” ޚުބާބް ލީނިޔާއަށް ބުނެލިއެވެ.

 

އަނގަތަޅާލަން ތިބެފައި ގެއަށް ދިޔައިރު  އެކުގައި ހަތެއްޖަހަނީއެވެ. ސައިލާ އިނީ އޭރު ފަހާށެވެ. ގޭގެ ސިޓިންރޫމު އޮތީ ފެހުމަށް ތައްޔާރުކޮށްފައެވެ. ބޮޑު ހަތަރު ފަހާފޮށި ބަހައްޓާފައި ހުއްޓެވެ. އަހަރުމެންވެސް ސައިބޮއެ ހަދައިގެން ފެހުމާއިގެން ކުރިއަށް ދިޔައީމެވެ.

 

ކައިވެނި ހަފްލާއަކަށް ތައްޔާރުވުމަކީ ވަރަށް އުފާވެރި އަދި ހާސްކަންވެސް އެކުލެވޭ ކަމެކެވެ. ހަފްތާއެއް ކުރިން ކުރަންޖެހޭ ތައްޔާރީތަކަކީ ހަފްލާ ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ވަރަށް މުހިންމު ކަންތައްތަކެކެވެ. އަދި އާއިލާގެ އެންމެން ގޭގައި އެއްކޮށް ހެދުން ފެހުމަކީ އެއަށްވުރެވެސް އުފާވެރި، ހަނދާންތަކެއް އާކޮށްދޭނެ ކަމެކެވެ.

 

ކައިވެނީގެ ހަފްތާއަކީ ވަރަށް ދުވެލިބާރު ހަފްތާއެކެވެ. މި ހަފްތާގައި ބޮޑަށް ސަމާލުކަން ދޭންޖެހެނީ ފަހުވަގުތުގެ ކަންތައްތައް ރަނގަޅުކޮށް، ހިތްހަމަޖެހޭ ގޮތަކަށް ހަފްލާ ކުރިއަށް ގެންދިއުމެވެ.

 

މި ހަފްތާގައި ވަރަށް ބޮޑަށް ހިތްހަމަޖައްސާލުމަށާއި، ދެމަފިރިންގެ ދެމެދުގައި ވާހަކަ ދައްކައި، ދިރިއުޅުމުގެ އާ ބާބަކަށް ތައްޔާރުވުމަށް ވަގުތު ދޭށެވެ.

 

އެނގޭހެއްޔެވެ؟ ކައިވެނިކުރެވޭ ދުވަހުގެ ކުރިން ގާތް ރަޙްމަތްތެރިންނާއި އާއިލާގެ މީހުންނާއެކު ހިތްހަމަޖައްސާލާ، ހުސްވަގުތުކޮޅެއް ހޭދަކޮށްލުމަކީ ހާސްކަން ކުޑަކުރުމަށް ވަރަށް އެހީތެރިވާނެ ކަމެކެވެ.

 

އަދި ނަމާދުކޮށް، ދުޢާކޮށް، ﷲ އަށް ވަކީލުކުރުމަކީވެސް ކައިވެނީގެ ކަންތައްތައް ބަރަކާތުން ފުރިގެން ދިއުމަށްޓަކައި އެންމެ މުހިންމު އެއްކަމެވެ.

 

އާއިލާއެއްކުލައި ގޭގައި ހެދުން ފެހުމަކީ ކައިވެންޏަށް ތައްޔާރުވުމުގެ ތެރޭގައި ލިބިދާނެ ވަރަށް އުފާވެރި ތަޖުރިބާއެކެވެ. މަންމަ، ދައްތަ، ދެބެން، ރަހްމަތްތެރިންނާއެކު އެއްތާކު އިނދެ، ހެދުން ފެހުމަކީ އެންމެންގެ ގުޅުން ބަދަހިކޮށް، މަޖާ ގަޑިތަކެއް ހޭދަކުރުމުގެ ފުރުސަތެވެ. މިކަންކަން ދަނީ ލިނީމެންނަށްވެސް ފެންނަމުންނެވެ.

 

އާދެ!  ކޮންމެ ހެދުމަކުންވެސް އިއްލެގެ އާއިލާގެ މެންބަރުންގެ އަތުގެ މަސައްކަތާއި، ލޯބި އެކުލެވޭނެއެވެ. ފަހުން އެ ހެދުން ފެންނައިރު އެ ވަގުތުތަކުގެ ހަނދާން އާވާނެއެވެ. މޫނު މައްޗަށް ހިނިތުންވުން ގެނުވައިދޭނެއެވެ.

 

ގޭގައި ފަހާ ހެދުންތައް ވެގެންދާނީ ވަކި ޚާއްސަ އެއްޗަކަށެވެ. ބޭނުންވާ ފަދަ “ޑިޒައިނެއް،” ކުލައެއް، އަދި މިންގަނޑަކަށް ހަދާލެވޭނެއެވެ. މާބޮޑަށްވެސް ތައްޔާރީ ހެދުން ގަތުމަށްވުރެ ނުވަތަ ފަހާމީހަކަށް ދިނުމަށްވުރެ ގޭގައި ހެދުން ފެހުމުން ޚަރަދު ކުޑަކުރެވޭނެއެވެ.

 

ފެހުމުގެ ހުނަރު ނެތް މީހުންނަށްވެސް އާއިލާގެ އެހެން މީހުންގެ ކިބައިން ފެހުމުގެ އަސާސީ ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ. ފެހުމަކީ ވަރަށް އުފެއްދުންތެރި އަދި މޮޅު ހުނަރެކެވެ. ރަނގަޅު އުކުޅުތަކާއި ހުނަރުތައް ބޭނުންކޮށްގެން ރީތި ހެދުންތައް ފެހިދާނެއެވެ.

 

 

ހެދުން ފެހުމުގެ އެންމެ ބޮޑު އެއް ބަހާއަކީ ސީދާކޮށް މިންކުރުމެވެ. ހަށިގަނޑުގެ ބައިތައް ކޮނޑު، މޭ، ކަދުރާ، އަދި ދިގުމިން ރަނގަޅަށް މިންކުރަން ދަސްކުރަންވާނެއެވެ.

 

ވަކި ބައިތައް  ބޭނުންކޮށްގެން ފޮތި ކޮށާއިރު، ރަނގަޅުކޮށް ފޮތި އެޅުވުމަށާއި، ސީދާކޮށް ކެފުމަށް ސަމާލުކަން ދޭންޖެހޭނެއެވެ. ދެން ފަހަމުންދާއިރު ފޮތީގެ ކައިރިތައް ދެމިނުދިއުމަށްޓަކައި “ޒިގްޒެގް ސްޓިޗް” ނުވަތަ “އޯވަރލޮކް ސްޓިޗް” ޖަހަންވާނެއެވެ.

ހެދުމުގެ ފަސްބައިގައި ނުވަތަ އަތްދޮށުގައި ފަހާ އެ ރޮނގަކީ “ހެމްއެވެ.” މިއީ ހެދުން ރީތިކޮށް ނިންމުމަށްޓަކައި ކުރާ ކަމެކެވެ. ހަމައެޔާއެކު ފެހުމުގެ ތެރޭގައި ކޮންމެ ބައެއް ފެހުމަށްފަހު އިސްތިރިކުރުމަކީ ހެދުން ސާފުކޮށް ރީތިކޮށް ފެހުމަށް މުހިންމު ކަމެކެވެ.

 

ފެހުމަކީ ވަގުތު ނަގާ މަސައްކަތެކެވެ. ރީތި ނަތީޖާއެއް ހޯދުމަށް ކެތްތެރިކަން ވަރަށް މުހިންމު ރޯލެއްއަދާކުރާނެއެވެ.

 

ކުދިކުދި ތަފާތުތަކުންވެސް ހެދުމުގެ ނިމުމަށް ބަދަލު އަންނާނެއެވެ. ކޮންމެ ކަމަކަށް ސަމާލުކަން ދިނުމަކީ ރީތި ނަތީޖާއެއް ހޯދުމަށް މުހިންމު ކަމެކެވެ.

 

އެންމެ ރީތި ހެދުމަކަށް ވީ މިލީހަމް ފެހިވަށްތިރިއެވެ. އިއްލެމެންގެކައިވެނި ހަފްލާއަށް ހާއްސަކޮށް ފަހާފައިވާ، ފެހި ވިލުނޫކުލައިގެ ވަށްތިރި ހެދުމަށް ހަމަ އެންމެންގެ ނަޒަރު ހުއްޓޭނެއެވެ.

 

މި ހެދުމުގެ ފަށުވިކަން ފެންނަން ހުންނާނީ ބޭނުންކޮށްފައިވާ ފެހި ވިލުނޫގެ ރީތިކަމުންނެވެ. އެއީ ހަށިގަނޑުގައި ޖެހުމުން ވަރަށް މަޑު، އަރާމު އިހުސާސެއް ގެނެސްދޭނެ ފަދަ ފޮތިގަނޑެކެވެ. ވަށްތިރިއަށް ފަރުމާކޮށްފައިވާ ކަރު ކައިރީގައި ހިމަ ރަންކުލައިގެ އާއި ރިހިކުލައިގެ ފަށުނެއް އަޅުވާފައި ހުއްޓެވެ. އަދި އޭގެ ތެރެއިން ބައެއް ތަންތަން ކުދިކުދި ވިދާ ގާފަޅިތަކުން ޒީނަތްތެރިކޮށްފައި ހުއްޓެވެ.

 

ހެދުމުގެ އަތް ދިގުކޮށް ފަހާފައި ހުރިއިރު، އަތްދޮށުގައި ވެސް ކަރު ކައިރީގައި ހުރި ފަދަ ފަށުނުގެ މަސައްކަތެއް ހުއްޓެވެ. ހެދުމުގެ ބޮޑު ބައި ސާދާ، ނަމަވެސް މީހާގެ ހަށިގަނޑަށް ވަރަށް ހިތްގައިމުކޮށް ގުޅޭނެ ގޮތަކަށް ހުރީ ފަހާލާފައެވެ. ހެދުމުގެ ބުޑު ކައިރީގައި ވެސް ކަރުގައި ހުރި ފަށުނުގެ މަސައްކަތެއް ހުރުމުން، ހެދުމުގެ މުޅި ސިފަ ފުރިހަމަވެގެންދިޔައެވެ. މި ހެދުން ލާފައި ހުންނައިރު، މީހާގެ ރީތިކަން އިތުރަށް ފާޅުކޮށްދީ، ހަފްލާގެ އެންމެންގެ ތައުރީފާއި ސަނާ ލިބިގެންދާނެއެވެ.

 

މިފަދަ ރީތި އަދި ފަރުވާތެރި ހެދުމެއް ފަހާފައިވާ ފެހުންތެރިޔާގެ ހުނަރުވެރިކަމާއި މަސައްކަތަށް ކޮންމެ މީހެއްގެ ފަރާތުންވެސް ވަރަށް ބޮޑު އަގުވަޒަންކުރުމެއް ލިބޭންޖެހޭނެއެވެ. “ހަމަ މިހާ ރީތިކޮށް މި ހެދުން ފަހާފައިވާ ފެހުންތެރިޔާ ހަމަ ވަރަށް ހުނަރުވެރި” ކަމަށް އެންމެން ބުނަމުންދާނެއެވެ. އެހެންކަމުން، ފެހުންތެރިޔާ ވެސް ވަރަށް އުފާކުރާނެ ކަމާމެދު ޝައްކެއްނެތެވެ.

 

މިހެދުން ފެހި ކުޅަދާނާ ފެހުންތެރިޔަކީ މިލީހަމެވެ. ދަތުރުގެ ތިންވަނަ ދުވަސް ދިޔައީ އުފަލާ މަޖަލުގައެވެ. ނޭނގޭ އެތައްކަމެއް އެނގި ދަސްވެގެންދިޔައެވެ. ދުނިޔޭގެ ދިރިއުޅުމަކީ ފިލާވަޅެކެވެ. މާދަމާއި ދަސްވާނީ ކޮން ފިލާވަޅެއްބާއެވެ؟

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ހިދާ 1

Next

އަބަދުވޭ ހިތުގާ މަގޭ 26

Next
November 1, 2025

އަބަދުވޭ ހިތުގާ މަގޭ 26

Previews
October 31, 2025

ހިދާ 1

2 Comments!

  1. Anonymous says:
    November 2, 2025 at 4:58 am

    mi vaahaka thereyga haadha vaahaka eh eba aadheyey i feel like some of them are pointless and dont anything to the story itself also why does it feel were always comparing linee and milee like milee is better than linee cuz of her quiet personality or whatever or trying to make linee bad for wanting her bfs attention im telling you the problem here is baasil other than that i like the descriptions in this story

    1. Isnaa says:
      November 2, 2025 at 11:39 am

      Thank you dear 🫶🥰
      Milee and linee both ge personality thafaathu asluvess 😊
      Yes true baasil is the problem

Comments are closed.

Next Episodeއާއެކޭ ލޯބިވޭ… ތޭރަވަނަބައި ( ގުދުރަތުގެ ހިތްފަސޭހަ ނިއުމަތްތައް)←


All Right Reserved!