Skip to content
އެސްފިޔަ

އިންސާނުންނަކީ ނިކަމެތި ބައެކެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

އިންސާނުންނަކީ،ﷲގެ އަޅުންނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނުން ހައްދަވާފައިވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް އަޅުކަން ކުރުމަށްޓަކައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އަކީ އެންމެ ބާރުގަދަ އެންމެ މަތިވެރި ފަރާތެވެ.  އިންސާނުންނަކީ ނިކަމެތި ބައެކެވެ. އާރެއް ބާރެއް ނެތް ނިކަމެތި ބަލިކަށި ބައެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނުން ހެއްދެވިއެވެ. އިންސާނުންގެ ހުރިހާކަމެއް ﷲ ސުބްޙާނަހޫ ވަތަޢާލާ މޮޅަށް ދެނެވޮޑިގެން ވެއެވެ. އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި އެބައިމީހުންގެ ތެރެއިން ރަސޫލުން ޚިޔާރު ކުރެއްވިއެވެ.އަދި އިންސާނާއަށް އިޚުތިޔާރު ދެއްވިއެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ޚަލްޤު ކުރެއްވެވި މަޚްލޫޤުންގެ ތެރެއިން އިންސާނުން ހިމެނެނީ މާތް ބައެއްގެ ގޮތުގައެވެ. ކަރާމާތްތެރި ބައެއްގެ ގޮތުގައެވެ. އިންސާނުންނަށް ލިބިފައިވާ މާތްކަމާއި،ކަރާމަތްތެރިކަން ނަގައިލަނީ އެބައިމީހުންގެ އަމިއްލަ އަތުންނެވެ. ނަހީ ކުރައްވާފައިވާ ކަންތައްތަކަށް އަރައިގަނެގެންނެވެ.ފާފައިގެ ޝިކާރައަކަށް ވެގެންނެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ   ދެމަގު ވާކަން ހަނދާން ކޮށްދެއްވިއެވެ. ސީދާމަގުން ކުރިއަށް ދެވިއްޖެނަމަ ލިބޭނޭ ގިނަގުނަ ނިއުމަތްތައް ބަޔާން ކޮށް ދެއްވެވިއެވެ. ކަތިމަގުން ކުރިއަށް ހިގައްޖެނަމަ ކުރިމަތިލާން ޖެހޭނޭ މުސީބާތްތައް އެންގެވިއެވެ.އިންސާނުންނަށް ދެއްވާފައިވާ މާތްކަމާއި،ކަރާމާތްތެރިކަން ނަގައި ނުލުމަށް ރަސޫލުން މެދުވެރި ކުރައްވައި ނަސޭޙަތް ދެއްވެވިއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ދުނިޔޭގައި ލައްވަވާފައިވާ ތަކެތި ހެޔޮގޮތުގައި ބޭނުން ކުރަން އެންގެވިއެވެ.

ދުނިޔޭގައި ލައްވަވާފައިވާ ހުރިހާ ތަކެއްޗަކީ، އިންސާނުންގެ ބޭނުމަށް ލައްވަވާފައިވާ ތަކެއްޗެވެ. ދުނިޔެ އާރާސްތު ކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުލާން ޖެހެނީ އިންސާނުންނަށް ކަމަށް ވާތީއެވެ.ތަފާތު ގިނަގުނަ ރިޒްޤު ﷲ ބިމުގައި ލައްވަވާފައިވެއެވެ. މީރު ބުއިންތަކާއި ،ރަހަ ހެޔޮވަރު ކާނާގެ ބާވަތްތަކެވެ.އަރާމު ކުރުމުގެވަސީލަތްތަކެވެ. މިތަކެތީން އިސްރާފު ނުކުރުމަށް ވަނީ އަމުރު ކުރައްވާފައެވެ.

އިންސާނުންނަކީ ނިކަމެތި ބައެކެވެ. އިންސާނާގެ އާރެއް ބާރެއް ނެތްކަމާއި، ބަލިކަށިކަން ދެކޭށެވެ. ލޮލުގެ އެސްފިޔަވެސް ޖަހާލެވެނީ އެކަލާނގެ މަދަދާއި އެހީތެރި ކަމާއިއެކުގައެވެ. އަބަދާއި އަބަދު އެކަލާނގެ އެހީތެރިކަން އިންސާނުންނަށް ބޭނުން ވާނެއެވެ. އެކަލާނގެ އަށް ވަންހަނާވާ އެއްވެސް ކަމެއްނެތެވެ. ހިތުގައި ފޮރުވާފައިވާ ސިއްރުތައްވެސް ﷲ  މޮޅަށް ދެނެވޮދިގެންވެއެވެ. އިންސާނާ ކުރާހުރިހައި ކަމެއް          ﷲ ސުބްޙާނަހޫ ވަތަޢާލާ  މޮޅަށް ދެނެވޮދިގެންވާނެކަން އިންސާނާ ދަންނަން ޖެހޭނެއެވެ.

ފާފައަށް އަރައިގަނެވުނީމާ އިންސާނުންގެ ހިތަކަށް ހަމަޖެހުމެއް ލިބިގެންނުދެއެވެ.އެކަމަކު ފާފައަށް އަރައިގަންނަން އުޅުނުއިރު ހަށްޓަކު ހެއެއްނެތެވެ. ލޮލަކަށް ނިންޖެއްވެސް ނާދެއެވެ. ޝައިތާނީބާރު އިންސާނީ ވަންތަކަމަށް ނުފޫޒު ފޯރުވީއެވެ.އެކަންވެ ނިމުމުން ފާފަ ބޮލުގައި އެޅުމުން ހިތާމަ ކުރަން ފަށައެވެ.ތައުބާގެ ދޮރުން ވަންނަން ބޭނުންވެއެވެ. ﷲ އިރާދަ ކުރައްވަވަނީ ތައުބާވާ މީހުންގެ ފާފަތައް ފުއްސެވުމަށެވެ. ﷲ ކިހާ އޯގާވަންތަ ހެއްޔެވެ؟

Comments (9)

  1. Mary

    ما شاء الله ?

    1. ismail ali kaleyfaanu
      Mary

      varah bodah shukriyya

  2. Kokki

    Masha Allah..varah rangalhu liumeyh..keep it up..

    1. ismail ali kaleyfaanu
      Kokki

      kokki ah varah bodah shukriyya

  3. Naash

    Mi site ga mikahala liyunthah madhukan faahagavey adhi libey tharuheebuvess. Ekamakuvess liyun huhtaa nulaa kuriyah gendhaathi. In sha Allah Adhi ginabayaku kiyaa meegein manfaa vess kuraanea.

    1. ismail ali kaleyfaanu
      Naash

      thank you Naash.thiyadhehvi khiyaalah marhaba.

  4. Naash

    Ismail ali kaleyfaanu Dhyny vaahaka liyan vy ehnun. Eyrun ginameehun kiyaanea in sha Allah. Adhi naash varah kiyaa hihvey vaahaka. Ummydhukuran Ismail Ali kaleyfaanu gea vaahakaeh kuyan libeynea kamah in sha Allah. ?

    1. ismail ali kaleyfaanu
      Naash

      Thanks, Naash.that’s brilliant idea. I will try.

  5. HAWWA

    MA SHA ALLAH

Comments are closed.