އިސްމާޢީލް ޢަލީ،ކަނދޮޅުދޫ ވިލާތަކުގެ ތެރެއަށް ހަނދު ނިވާވުމާއިއެކު ކަނުއަނދިރިކަން ދުނިޔެއަށް ވެރިކުރުވައިފިއެވެ.އަހަރެން އިނީ އަތިރިމަތީގައެވެ.ބިރުވެރިކަން އިޙްސާސްކުރެވޭމެއެވެ.އެހެނަސް ފަހުން ލިބޭނެ ހިތްހަމަ ޖެހުން ބޮޑުވާނެތީއިންތިޒާރު ކުރެވެނީއެވެ.ގޭމީހުންނަށް އެނގިގެން ހަޅޭއްލަވާ ތަންގަނޑު އެންމެންނަށް ބޭޒާރު ވިޔަސް އެއުފާވެރި އިޙްސާސްތަކާއި ދުރެއްނުވެވޭނެއެވެ.އެބީހިލުމުގައިވާ އަރާމު ހިތަށް އިޙްސާސް ކުރެވުމުން މައިމީހާ ކޮންމެ ދުވަހަކު ކިޔާ އެއްޗިއްސާއި،ކުރާ އަނިޔާގެ ސަބަބުން ހަށިގަޑަށް ލިބޭ ވޭން ފިލައެވެ.އެއުފާވެރި ބައްދަލުވުން ނުބޭއްވިއްޖެނަމަ މޫޑު އެއްކޮށް ޚަރާބުވެއެވެ. ފިރާޝް އަހަރެން ދެކެ ލޯބި ވެއެވެ.ކޮންމެ ގޮތަކުން ވިޔަސް […]
އާޅެން ނަސީބުގެ މާތައް ބިންނާށެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ޚުލްޤު ހެޔޮވުމީ ފިޔަޖަހާ ތަރިތަކެއް ފަދައިން އުޖާލާވާ ކަމެކެވެ. ރިވެތި ޚުލްޤު ނެތުމީ ކަޅުފޮއިރޭގަޑެއް ފަދައިން އަނދިރިވާކަމެކެވެ. ޢިލްމުވެރި ކަމުގެ ފާހަގައަކީ،މީހާގެ ޢަމަލުތައް ހެޔޮވުމެވެ. އަޚްލާޤް ނެތުމީ،ޢިލްމުވެރި ކަމަށް ހިރަފުސް ބުރާ ކަމެކެވެ. މޭވާނާޅާ ގަހަކުން ކުރެވޭނެ ބޭނުމެއް ނެތްކަން ވިސްނަން ވާނެއެވެ. އިންސާނާ ނެތިފަނާވެދާނެކަން ޔަޤީނެވެ. ގެއްލި ނުދާނެ އެއްޗަކީ،ކުރެވޭ ހެޔޮޢަމަލެވެ. ހެޔޮކަމުގެ ތިލަފަތް ބަރުކުރުމީ ވާޖިބެކެވެ. ހެޔޮކަމުގެ ދޮރުވަނީ ހުޅުވިފައިކަން ކަށަވަރެވެ، ޓިކެޓާއި ނުލައި […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ޞިއްޙަތު ސަލާމަތުން ހުރުމީ ހާސް ނިޢުމަތެވެ. ހާސް ނިޢުމަތަށް ފުރަގަސް ދޭން ވާނެހެއްޔެވެ؟ ދުންފަތުގެ ވިހަ ގުލްކޯޒް ތިއްކަކަށް ވުރެ މުހިއްމު ވެއްޖެއެވެ. މަސްތުވާ ތަކެތީގެ އެހީއާއި ނުލައި ހައިކަމެއް ނުފިލައެވެ. މިއީ ހަށިގަނޑު ސަލާމަތުން ނެތްކަމުގެ ހެއްކެކެވެ. ދުޅަހެޔޮކަމަށްޓަކައި ނުރަގަޅު ޢާދަ ތަކާއި ދުރުވާން ޖެހެއެވެ. އަވަހަށް ނިދައި، ބޮޑުފަތިހާ ތެދުވުމީ ރިވެތި އާދައެކެވެ. ފަތިހު ފިނީގައި ހިނގައި ކަސްރަތު ކުރުމީ މޮޅު ގޮތެކެވެ. ބަނޑަކީ ޖާޑީއަކަށް ނުހަދާށެވެ. އިންޖީނަށް ތެޔޮ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ފަށުވިގަޑެއްފަދަ އިސްތަށިގަޑު ވަނީ ހާވާލެވިފައެވެ. ދެތުންފަތް ވަނީ ރޫޖެހިފައެވެ. ކޯތާފަތް ހީވަނީ ހުދުކަފަގަޑެއް ހެންނެވެ. ލޮލުން ފެންނަނީ ވީރާނާކަމެވެ. ކުޑަހިނދުކޮޅެއްތެރޭ އެފަރި ނާޒުކުކަން ގެއްލުނީ ކީއްވެބާވައެވެ! ފޭރިގަތުމުން ދެންބާކީ އޮންނާނީ ކޮންއެއްޗެއް ހެއްޔެވެ؟ ފޭރިގަތީ ރީތިކަން އެކަންޏެއްނޫނެވެ. އަބުރުގެ ދާވަނިވެސް ހަފުސްކޮށްލީއެވެ. އަބުރުވެރި ގޮތުގައި ޖިންސީ ބާރުތައް ބޭނުންކުރެވެން އެބައޮތެވެ . ކުކުޅުހާލަށްވުރެ ދަށު ދަރަޖައަކަށް ވެއްޓެނީ ކީއްވެހެއްޔެވެ؟ އަރާމާއިއެކު ލިބެވޭން އޮތް އުފާ ދަންތުރައަކަށް ހަދަނީ ކީއްވެހެއްޔެވެ؟ ހިތުން ބިރުވެރިކަން ނުފިލާނަމަ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ޙަޤީޤަތް ފޮރުވުމަށްޓަކައި، ލައްކައިން ފައިސާ ޚަރަދު ކުރިއެވެ. އިންޖެކްޝަން ލިބުނު މުނާސަބާ ފާހަގަ ކުރިއެވެ. ގޮވައިގެން ރާއްޖެއިން ބޭރަށް ދިޔައެވެ. ދުނިޔޭގެ މީހުންގެ ލޮލުގައި އަނދުން އެޅުވިއެވެ. ދުނިޔެ ދޫކުރީ ފާފަތަކުގެ ޝިކާރަ އަކަށް ވެގެންނެވެ. ދުނިޔޭގެ ޙަޤީޤަތަކީ،ނެތިދިއުމެވެ. ދިރިއުޅުމުގެ ޙަޤީޤީ ބޭނުމަކީ،ފަހުދުވަހަށް ތައްޔާރު ވުމެވެ. ޙަޤީޤީ މައިންބަފައިންނަކީ،ރަގަޅު ކަންތައް ކުރުވާ މީހުންނެވެ. ޙަޤީޤީ މުއްސަނދި ކަމަކީ، ފުދުންތެރި ކަމެވެ. ޙަޤީޤީ ރީތި ކަމަކީ،ރިވެތި އަޚްލާޤެވެ. ޙަޤީޤަތް ޒަހަރަށްވުރެ ހިތްޗެވެ. ޙަޤީޤަތް މާމުޔަށްވުރެވެސް […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އުއްމަތުގެ ދިރުމަކީ އެކުވެރި ކަމެވެ. އެކުވެރި، ކަމަކީ ދިރިހުރި ބާރެކެވެ. އިސްލާޙަށް މަގުފަހި ވުމުގެ މަދަދުގާރެވެ. ދުޝްމަނުން ބަލިކުރުމުގެ އައްޑަނައެވެ. ތަރައްޤީގެ ސިއްރަކީ އެކުވެރިކަމެވެ. މުސްލިމުންގެ ރަމްޒަކީ އެއްބައެއްވަންތަ ކަމެވެ. ހަލާކުގެ އަސްލަކީ ވަކިވަކި ވުމެވެ. އުފާތައް މުގުރާލާ ހަތިޔާރަކީ އަނިޔާވެރިކަމެވެ. މުސްލިމުންގެ ބިރަކީ،ޢަދުލުވެރިކަން ގެއްލުމެވެ. ފާގަތި ޙަޔާތުގައި ސިއްކަ ޖަހަނީ ރުޅިވެރިކަމެވެ. ދަގަނޑުގެ ފާރަކަށްވުރެ އެކުވެރިކަމުގެ ބާރުގަދައެވެ. ފަނިފަކުސަގެ މެދުގައިވެސް އެކުވެރިކަން އޮވެއެވެ. ގުނަވަނަކަށް ވޭނެއްލިބުމުން މުޅިހަށިގަނޑު އެވޭން އުފުލައެވެ. މުސްލިމް […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ގުލާނު ކޮށްގެން ހުރިހާ ކުދިންގެ ބަނޑުފުރާނަ މުއްތި ކޮށްދެވޭތޯ ބެލީމެވެ. ސާހިބަކު އެހީވެދޭން ބުނަނީ ފާފައަކަށްފަހުގައެވެ.. ހުއްދަވާ އެންމެ ގިނައަދަދަށް އަނބިން ތިބޭ އިރުވެސްމެއެވެ. ކުދިވެރީން ބަނޑުހައިކަމުގައި ރޮއި ހަދަނީއެވެ. އިތުރަށް އޮތްމަގަކީ އެގޮތާއި އެއްބަސް ވުމެވެ. ކުދިވެރީންގެ ޝަކުވާ އެހުމަށް ކަންފަތް ވަނީ ނުކުޅެދިފައެވެ. މަފަކީރަކީ،ފިރިމަރުވިއިރުވެސް ޢިއްދައިން ކެނޑިފައިވާ މީހެކެވެ. ކޯތާފަތުގައި ރޫޖެހި ދެއަޑިކޮޅު ހެދިފައިވާ މީހެކެވެ. ޕަރީންތަކެއްފަދަ އަނބީން ލިބިފައިވާއިރު ހިތްއޮބިނޯވެގެން އުޅެނީއެވެ. ނިކަމެތީންގެ ބަލިކަށިކަމުގެ ނާޖާއިޒް ފައިދާ ނަގަން […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ބަޔަކު ބުރަކޮށް ހެއްދި ގަހެއްގެ މޭވާއެވެ. ފައިދާ އެމީހުންނަށް ލިބިދޭން ވާނެއެވެ. ގެއްލި ނުދާނެ ފައިދާއަކީ ކުރެވޭ ހެޔޮދުޢާއެވެ. އެމީހުންނަށް ރަޙުމްކޮށް ހެޔޮކޮށް ހިތުންވާޖިބެވެ. އެމީހުންގެ އަބުރަށް ހުތުރުނުވާ ގޮތަށް އުޅުން ލާޒިމެވެ. ހާދަފޮނި އުއްމީދުތަކެއް އެވެރީން ކުރާނެއެވެ. ހާދަ ވޭނަކާއި، ބުރަ ތަޙައްމަލު ކޮށްފައިވާނެއެވެ. ހޭހަން ކުރުމުގައި ރޭތަކެއްގެ ނިދިން މަޙްރޫމް ވެފައިވާނެއެވެ. ހާދަގިނަ ސުވާލެއްގެ ޖަވާބު ދީފައވާނެއެވެ. ހާދަގިނަ ބޭނުންތަކެއް ފުއްދައިދީފައިވާނެއެވެ. މަސަލަސް ކުރަން ލައްކަ ގިނަބަސް އިއްވާފައިވާނެއެވެ. ފުރިހަމަ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ކުކުޅު ދަރިފިއްލާފައި ދިއަޔަސް އަހަރެން ބޭނުންވީ އެގޮތެއްނޫނެވެ. ފޮނިފޮނި އުއްމީދުތަކެއް ދަރީންނާއިމެދު ކުރެވުނެވެ. މަތީ މަޤާމު ހޯދާނެ ކަމުގެ އުއްމީދުގައި އަތްމަތި ހުސްކޮށްލީމެވެ. މަތީ މަޤާމެއް ނުހޯދިތާ ރަގަޅު މަގުންވެސް ނުހިގިއެވެ. އެކަނިކޮށް ދުރަށް ދިޔައީ އަވާމެންދުރުގެ ފަހަތުންނެވެ. ބަދުނާމުގެ ސިއްކަ ޖެހުނީ މަގޭ ނިތްކުރީގައެވެ. އެދަނޑިވަޅުގައި ވަފާތެރި ބައިވެރިޔާވެސް އެމަގުން ދިޔައީއެވެ. ހަތަރު އުދަރެސް ފެނުޖެހުނީމާ ވާންވީގޮތް ވީއެވެ. މިކަމަށް ހެދޭނެ ފަންޑިތައެއް ބޭހެއް ނެތެވެ. ވިސްނާވިސްނާ ހަލާކުވީ މަފަކީރުގެ ސިކުނޑިއެވެ. […]